އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ ލޯގޯ ޑިޒައިން ކުރުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީ ޒުވާނުންގެ ހިތްވަރުގެ އައު ލޯގޯއެއްގެ ޑިޒައިން ފާސްކުރުމަށް އެޖެންޑާ ކޮށްފައިވާ ކަމަށް އެމްޑީޕީއިން ބުނެފައިވެއެވެ. އަދި އެފުރުސަތު ވަނީ އާންމުކޮށް ހުޅުވާލެވިފައި ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ މި ލޯގޯ ތައްޔާރު ކުރާއިރު ބޭނުންކުރަން ޖެހޭ މައިގަނޑު ކުލަ އަކީ ރަން ރީނދޫ ކުލަ ކަމަށާއި ތީމްއިން ޒުވާނުން، ލީޑަރުން ފެންނަން ޖެހޭނެ ކަމަށެވެ.

ލޯގޯ ޑިޒައިންކޮށް ކުރެހުން ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ 23 އޯގަސްޓް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. އަދި އެންމެ ފުރިހަމަ ލޯގޯ ތައްޔާރު ކުރާ ފަރާތަށް ތިން ހާސް ރުފިޔާގެ ފައިސާގެ އިނާމެއްވެސް ހުށަހެޅިގެންދާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

ލޯގޯތަކުގެ ތެރެއިން ހޮވާލެވޭ ލޯގޯއަކީ މުސްތަޤްބަލުގައި އެޕާޓީގެ ޒުވާނުންގެ ހިތްވަރުން ރަސްމީކޮށް ދެން ބޭނުންކުރާނެ ލޯގޯކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ ފުރަތަމަ ޔޫތު ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހު ހުޅުމާލޭ، ހުރަވީ ސްކޫލްގައެވެ. އެމްޑީޕީގެ ޔޫތު ކޮންގްރެސްގައި އަސާސީ ގަވައިދު އެކުލަވާލާ ފާސްކުރުމުގެ އިތުރުން އާ ލޯގޯއެއް ފާސް ކުރެވިގެންދާނެއެވެ. އަދި ކުރިއަށް އޮތް ތިން އަހަރުގެ ތަސައްވުރު އެކުލަވާލުމާއި، ނިމިގެން ދިޔަ އަހަރުތަކުގެ ރިޕޯޓު އިއްވުންވެސް ވަނީ އެޖެންޑާ ކުރެވިފައެވެ.

އެމްޑީޕީން ވުނެފައިވަނީ މި ކޮންގްރެސްގައި ރާއްޖޭގެ އެކި ދާއިރާއިން ޒުވާނުން ބައިވެރިވެ، ޒުވާނުން ބާރުވެރިކޮށް ސިޔާސީ މައިދާނަށް އިތުރު ޒުވާނުން ނެރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރެވޭނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު