ޅ. ހިންނަވަރުގައި އީދު ޝޯވ ހޫނުވެ މާރާމާރީ ހިންގައިފިއެވެ.

މި މާރާމާރީ ހިންގާފައި ވަނީ މިރޭ އެރަށުގައި ބޭއްވި ޝޯވ ނިމުނުތަނާ، އެ ޝޯވ ބޭއްވި ސަރަހައްދުގައެވެ. މި މާރާމާރީ ހިނގާފައި ވަނީ ހިންނަވަރު މީހުންނާއި، ޝޯވ ބެލުމަށް އެރަށަށް ދިޔަ ނައިފަރު މީހުންނާއި ދެމެދުއެވެ.

ހިންނަވަރަކީ މި އަހަރު ސަރުކާރުން ރަސްމީގޮތެއްގައި އީދު ފާހަގަ ކުރަމުންދާ ރަށެވެ.

ހިންނަވަރުން ވާހަކަދެއްކި މީހަކު ބުނީ، މާރާމާރި ހިންގަން ފެށިތާ ގިނައިރުތަކެއްނުވެ މާރާމާރީ ހިންގި މީހުން އެ ސަރަހައްދުން ފޮނުވާލި ކަމަށެވެ.

އެނގިފައިވާގޮތުން ނައިފަރު މީހުން ފުރަން ދިއުމުންވެސް ހިންނަވަރު ބައެއް މީހުން ބަނދަރަށް ޖަމާވިއެވެ. އަދި ބަނދަރުމަތީގައިވެސް ދެ ރަށު މީހުން ޒުވާބުކޮށް ކުރިމަތިލާން މަސައްކަތްކޮށްފައި ވެއެވެ.

މިކަމާއި ގުޅިގެން ރަސްމީ އެއްވެސް ފަރާތެއްގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހިންނަވަރު

    އީދުޝޯގައި ރައްޓެހިންގެ މެދުގައި މަޖާކުރުމުގެ ތެރެއިން ދިވާވި ކަމަކުން ހިގިކަމެއް!!! ނޫހުގައި ޖަހާވަރުގެ ބޮޑުކަމެއް ނުހިގާ...

    18
    41
  2. ކޮތަރު

    އާނ، ތެދެއް އެއީ. ނޫހުގައި ޖަހާވަރުގެ ބޮޑުކަމެއް އަނެއްހެން ނުހިނގާ. އެކަކުގެ ދަތްޕިލާ އެތެރެއަށް މަޅާލީ.

    65
    6
  3. ނުރަބޯ

    ސަރުކާރުން ބޮޑު ލާރިގަނޑެއް ކާލައިގެން ބޭއްވި ވަރަށް ކަޑަ ޝޯ އެއް. ހަމައެކަނި ބޮޑުބެރު ގްރޫޕެއް ގެންގޮސްގެން. ދެން ރަށުގެ ޒުވާނުންކޮޅެއް އުޅުނީ 2 ގްރޫޕެއް ހަދައިގެން. ބޮޑުބެރު ގްރޫޕުން ޕާފޯމްކުރި ލަވަތައްވެސް ވަރަށް ކަޑަ. ޝޯގެ ހޯސްޓިންގވެސް އެއްވެސް ވަރަކަށް އެޓްރެކްޓިވްއެއް ނޫން.

    17
    3
  4. ދޮންބެ

    އިބޫގެ ޖިބުންނާ އޭނާގެ ތަރިކަމުދަލުން ކިހާފައިސާއެއް ހަރަދު ކުރި

    15
  5. ރިލްވާން

    ނައިފަރު މީހުންނަށް ތިލިބުނީ ވަރަށް ބޮޑު ފިލާވަޅެއެއް

    6
    25
  6. ނައިފަރެޭ

    ﷲއަކުބަރު .... ޝައިތޯނާ ރުއްސަން އުޅެންޔާ އަދި ތިޔައްވުރެ ބޮޑެތިކަންތައްވާނެ

    46
    2
  7. ތަޖޫބެ

    ވަކީލުންގެ ސަހަރުން ތިމީހުން ފުރާނީވެސް ތިކަންކުރާނެގޮތް ރަނގަޅަށްރާވައިގެން.

    7
    1
  8. ޙަޤީޤަތް

    އަސްލު ތިއީ ހިންނަވަރު ބޯކުދިންނާއި ނައިފަރު ބޯކުދިންނާ ދެމެދު ޖެހުނު މައްސަލައެއް

    10
    1