ސަރުކާރުން ތަރައްގީގެ މަޝްރޫއު ތަކަށް ބަޖެޓް ނެތް ކަމަށް ބުނުމަށް ފަހު އަނެއްކާވެސް ސިޔާސީ މަގާމު ތަކެއް އުފައްދާ އެމަގާމުތަކަށް ބޭފުޅުން އައްޔަން ކޮށްފިއެވެ.
އެގޮތުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ދެ ބޭފުޅަކު ޢައްޔަން ކުރައްވައި އެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.
މި ދެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާ ސްޓޭޓް މިނިސްޓަރގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަންގެ މަގާމަށް އައްޔަން ކުރެއްވި ފުވައްމުލަކު ސިޓީ، މާދަޑު، ހަޒާރުމާގެ ޢާއިޝަތު ޢާޠިޔާ ނަޞީރާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަގާމަށް އައްޔަން ކުރެއްވި ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ނީލުގެ، ޒިފްލީނާ ޙަސަންއެވެ.
މިއަދު ފަތްކޮޅު ހަވާލުކޮށްފައިވާ ޢާޠިޔާ ނަޞީރު މާސްޓަރސް ޑިގްރީ ހާޞިލުކުރައްވާފައި ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނޮޓިންހަމް އިން އެޑިއުކޭޝަނަލް ލީޑަރޝިޕް ދާއިރާއިންނެވެ.
ޢާޠިޔާ އެންމެ ފަހުން އަދާކުރައްވާފައި ވަނީ އޭޑީކޭ ހޮސްޕިޓަލްގެ ޗީފް އެޑްމިނިސްޓްރޭޓަރ ގެ މަޤާމެވެ. އޭގެ އިތުރުން އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާ ތަޢުލީމީ ދާއިރާގެ އެކިއެކި މަޤާމުތައް ވެސް ޢާތިޔާ ވަނީ އަދާކުރައްވާފައެވެ.
ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ޒިފްލީނާއަކީ މިހާރު ޕީއެޗްޑީއަށް ކިޔަވާ ވިދާޅުވަމުންގެންދަވާ ބޭފުޅެކެވެ. ޒިފްލީނާ މާސްޓަރސް ޑިގްރީ ޙާޞިލު ކުރައްވާފައި ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ސަދަން ކުއީންސްލޭންޑުންނެވެ.
ޒިފްލީނާ ވަނީ އެމްޑީޕީގެ ކޮންގްރެސް ކޮމެޓީގެ މެންބަރުކަމާއި އެޕާޓީގެ އެކި އެކި މަޤާމުތަކުގެ އިތުރުން ބައެއް މެގަޒިން ތަކުގެ އެޑިޓަރކަމާއި ތަޢުލީމީ ދާއިރާގެ ބައެއް މަޤާމުތައް ވެސް ފުރުއްވާފައެވެ.
ސަރުކާރުގެ ގިނަ މުއަސާސާތަކާއި ކުންފުނިތަކުން ގިނަ ބަޔަކު ވަޒީފާއިން ވަކި ކުރަމުންދާ ދަޑިވަޅެއްގައި ސަރުކާރުން އިތުރު ސިޔާސީ ވަޒީފާތައް އުފައްދާ ބޭފުޅުން އައްޔަން ކުރަމުންދާތީ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ކުރީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވުރެ މި ސަރުކާރުގެ ސިޔާސީ މަގާމުތަށް އިތުރު ނުވާނެ ކަމަށެވެ.
ޒިފްލީނާ އާއި ފޮރިން މިނިސްޓަރު ޝާހިދު އާ ޤާނޫނީ ގޮތުން އެއްވެސް ގުޅުމެއް އޮތްތޯ މީޑިއާއިން ސާފުކޮށްލުން ކިހިނެއްވާނެތޯ؟ އެމް.ޕީ. އެއްގެ އަބިކަނބަލުންނަށްވެސް ސްޓޭޓް މިނިސްޓަރުކަން ދެއްވާއިރު!
އަޑުު އަހަނީ ޝާހިދުގެ ހަގު އަނބި ޔޭ އެއީ
އާތިޔާ އަކީއެމްޑީޕީގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲގެ އަންހެނުން. މިހާރުވެސް މެމްބަރެއް
ބަންޑުންވާއިރު ވެސް ދޭން ޖެހޭމީހުން ގިނަ ވެގެން ހުއްޓާނުލެވިގެން އުޅޭސަރުކާރެއް
އަންހެންކުދިންނޭ މޑޕ މޕ އަކާ އިނދެވޭތޯ ބަލާ. ރަނގަޅު ވަޒީފާ އަށް އެޕްލައި ނުކޮށް ތަބަކަކަށްލާފަ ލިބޭނެ ކެރެންޏާ. މޕ އަކަށް މަފަހަރު ކުރިމަތިލާފ ނޮހޮވުނު އެންމެންނަށް އޮތީ ވަޒީފާ ކަށަވަރުވެފަ. ދެރަވޭ ފަގީރު އާއިލާ ތަކުގެ ކުދިންނަށް ރަނގަޅަށް ކިޔެވެނީކީވެސް ނޫން އުޅޭލެއް ދަތިކަމުން. ލިބޭ މީހުންނަށް އިތުރަށް ދެނީވެސް.
ބަލަދު އަރާމީހުންނައް ދޯ މަގާމްތައް ދެވޭނީ. ގޯހެއްނޫން... މައްސަލަޔަކީ ވަޒީފާ އިން ވަކިނުކުރާނަމޭ ކިޔާފަ ވަޒީފާ އިން އެންމެންތައް ކަޑާތީ
ތަމެން ހަމަ ތިބެންޖެހޭނީ ބޭނުން އެއްޗެއް ހަދާނީ...........
ބަޖެޓް ނެތްކަމަށްވޭ ރަށްޔިތުންނަށް ކަމެއްކޮށްދެއްވުަމަށް ސިޔާސީ މަގާމުތަކުގައި ތިއްބަވާބޭފުޅުން
ކުރައްވާކަމެއްކުރައްވަނީ ހިލޭސާބަހަށްތޯ؟ އެހެންވެތޯ ބަޖެޓްނެތް ސިޔާސީ މަގާމު އުފައްދަވަނީ އެހެންކަމަށްވާނަމަ އަރަތަކަށްވަނީ