ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރު އަތުން ނެންގިވިކަމަށް ބުނާ 29 މިލިއަން ރުފިޔާ ނުލިބިގެން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

ޖާބިރު ފުލުހުންނަށް ހުށެހެޅި ސިޓީ ވަނީ ޓުވީޓާގައި އާންމުކޮށްފައެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް ޖާބިރު ފޮނުއްވި ސިޓީގައި ބުނެފައި މައުމޫން މަކަރާއި ހީލަތުން އޭނާގެ އަތުން 29 މިލިއަން ރުފިޔާ ނަންގަވައި އެ ފައިސާ ނުލިބޭ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

އަދި މައުމޫން ފުލުސް އޮފީހަށް ހާޒިރު ކުރައްވައި، އެކަން ފުރިހަމަ ތަހުގީގެއް އަވަސް މުއްދަތެއްގައި ކުރެއްވުމަށް ޖާބިރު ވަނީ އެދިވަޑައިގެންފައެވެ.

ކުރީގެ ރައީސް މައުމޫން, ޖާބިރުގެ އަތުން އިންތިހާބުގެ ކެންޕޭން ދުވަސްވަރު ދަރަންޏަށް ނެންގެވި 29 މިލިއަން ރުފިޔާ ހަތް ދުވަސް ތެރޭގައި އަނބުރާ ރައްދުކޮށްދިނުމަށް އެދި ޖާބިރުގެ ނަމުގައި މައުމޫނަށް ފޮނުއްވާފައިވާ ސިޓީގެ ކޮޕީއެއް މިދިޔަ ޑިސެންބަރު މަސް ތެރޭގައި މީސް މީޑިއާގައި އާންމުވިއެވެ.

އެ ސިޓީގައި ޖާބިރު ވަނީ 29 މިލިއަން ރުފިޔާ ފާރިޝް މައުމޫނާ ހަވާލުކުރެއްވީ މައުމޫންގެ ހާޒިރުކަމުގައި ވިދާޅުވެ އެކަން ސާބިތުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

އަދި އެ ފައިސާ ނުދައްކައިފިނަމަ އެ މައްސަލަ ފުލުހަށް ހުށަހަޅާނެ ކަމަށް ކުރިންވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ފައިސާ ދެއްވި ކަމަށް ވިދާޅުވާ ވާހަކަފުޅު މައުމޫންގެ ފަރާތުން ވަނީ ދޮގު ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ނުރަބޯ

  ހެއްހެއް ޖާޓޭ ގަދަ ހިފުމަކަށް ތިޔަދަނީ. މުސްކުޅިބެ އަތުން ތިޔަލާރި ވާނީ ހަމަ އަތުލަން. ތިޔާކަން މިހާރު މާލަސް ވެސް ވެއްޖެނު؟

  14
  1
 2. ވަހުތާނު އަހުމަދު

  ކޭބަލްކާރުދުއްވަން މީހުންގެއަތުން ފައިސާހޯދަން ސަލާންޖަހަންފެށީދޯ ؟؟

  6
  8
 3. މޫސަ

  ތީ އެ ގެއްލިގެން އުޅޭ ލާރިގަނޑު.

 4. ޢަދުރޭ

  މީނަޔަށް ފެނިގެން އުޅޭ ހުވަފެނެއް

  3
  1
 5. ނައީން

  ސާބަހޭ ޖާބިރު، ތިޔަ ކަލޭގެ ޖަލަށް ލެވޭތޯ ބަލަންވީ، އެހެންނޫނީ އަނެއްކާ ވެރިކަމަށް ފައިނަގަން ފަށާނެ، މިހާރުވެސް އެއޮށް ދުވަނީ އެމް އާރު އެމް ޕާޓީހަދަން، ރައްޔިތުން ލޮލުގަ އަނދުން އަޅުވަނީ، މޯލްޑިވްސް ރިފޯރމް މޫވްމެންޓް، އެކަމަކު އަސްލަކީ އޭނަގެ ހިތުގަ އާ އާއިލާގެ ކުރިމަތީގަ މައުމޫން ރިފޯރމް މޫވްމެންޓް،
  ރައްޔިތުންނޭ މި ދަމާލާ ގުއިރޯނުގަ ރައްޔިތުން ނުޖެހޭތި ނަމަ ނަމަ.،
  ނުބައި މީހެއްމީ، 30 އަހަރު މަދުވެގެން އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން އަދިވެސް ވެރިކަމަށްއާދެވޭތޯ މި އުޅެނީ
  ވެރކަމަށް ބޫތު ކެޔަސް މީ ބޮޑުވަރު.
  ބޮޑު ބލއއ.

  6
  2