ފުލުހުންނަށް މައްސަލަތައް ރިޕޯޓް ކުރަން ގުޅަން ޖެހޭ ފުލުހުންގެ ހޮޓްލައިން ނަމްބަރުތަކަށް ގުޅުމުގައި ދަތިތަކެއް ދިމާވެއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ފުލުހުންގެ ހޮޓްލައިން 119 އަދި 3322111 ނަމްބަރު ފޯނަށް ގުޅުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށެވެ. އެހެންކަމުން ކުއްލި ހާލަތެއް ދިމާވެއްޖެނަމަ 9888999 އަށް ގުޅުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

ފުލުހުންގެ ހޮސްޓަލައިނަށް ގުޅުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ބައެއް ފަހަރު ފުލުހުންގެ ހޮޓްލައިނަށް ގުޅުމުގައި ބައެއް މައްސަލަތައް ދިމާވެފައިވެއެވެ. ނަމަވެސް މާގިނައިރުތަކެއް ނުވެ އާއްމުގޮތެއްގައި ދިމާވާ މައްސަލަ ހައްލު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު