ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން އައިސްފައި ވަނީ ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި މީސްތަކުންނަށް ދީން އުގެނުނަނުދީ އިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށްލައި ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ ރާއްޖޭގައި ދީނީ ހަރުކަށި ވިސްނުން ފުޅާވެފައި އޮތް މިންވަރާއި ބެހޭ ގޮތުން ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވާ މައުލޫމާތުތަކެއް އިއްޔެ ރިޔާސީ ކޮމިޝަނުން ހާމަކުރެއްވުމުން ކުރެއްވި ޓްވީޓެއްގައެވެ.

އިޔާޒް ވިދާޅުވީ މައުމޫން ކަންތައް ކުރެއްވި ގޮތަކީ ރައީސް ޞާލިހް އިބްރަތް ހާސިލް ކުރަން ވެސް ރަނގަޅު ކަންތައްތަކެއް ކަމަށެވެ.

"ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން އައިސްފައި ވަނީ މައުމޫންގެ ސަރުކާރުގައި މީސްތަކުންނަށް ދީން އުގެނަނުދީ އިލްމުވެރިންގެ ދޫ ބަންދުކޮށް ޖަލަށްލައި ކުރި އަނިޔާތަކުގެ ސަބަބުންނެވެ. (މިއީ) ރައީސް ޞާލިހް އިބްރަތް ހާސިލް ކުރެއްވުން ރަނގަޅު ކަންތައްތަކެއް ކަމުގައި ދެކެމެވެ." އިޔާޒްގެ ޓްވީޓްގައި ވެއެވެ.

އިޔާޒްގެ ވާހަކަފުޅާއި ގުޅިގެން މައުމޫން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

މައުމޫންގެ ވެރިކަމުގައި ބައެއް އިލްމުވެރިން ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ޖަލަށްލާ، އިލްމުވެރިންނަށް ޖަލުގައި ބޮޑެތި އަނިޔާތައް ދިން ކަމަށް ބައެއް މީހުން ބުނެއެވެ.

ބައެއް މީހުން ބުނާ ގޮތުގައި މައުމޫންގެ ވެރިކަމުގައި ދީނީ ހަރުކަށި ވިސްނުން މާބޮޑަށް އިތުރުނުވެ، އަވައްޓެރި ބައެއް ގައުމުތަކުން ފެންނަ ފަދަ މަންޒަރުތަކެއް ނުފެނުނީ މައުމޫން ގެންގުޅުއްވި ސިޔާސަތު ރަނގަޅު ވުމުންނާއި، މައުމޫން ގެންގުޅުއްވި ހިފެހެއްޓެވުންތަކުގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު

44 ކޮމެންޓް

  1. ކާފު

    މީހަކު ޖަލަށްލުމުން ފިކުރު ބަދަލުވާކަށް ނުޖެހޭނެ މިބުނީ މައުމޫނު ރަނގަޅެކޭނޫން

    102
    20
    • ވިސްނާ

      މަދީނާއިން ކިޔަވައިގެން އައި ޝޭޚުންތަކައް މައުމޫނު ދައުރު އޮތީ ކުޑަގޮޅި. ދެން ބަޔަކުމީހުން ދީން އުގެނުނީ ގޫގަލްއިން. ގޫގަލް އިން ކިޔެވި އެއްޗަކުން އެގަހުކޭލެއް މިގަހުކޭލެއް ވަކިކުރާކަށް އެބަޔަކަށް ނޭނގުނު. ދެން އޭގެ ތެދުދޮގު ނޭނގޭތީ ކިޔެވި އެއްޗަކުން އަސަރުކުރީ އެބައެއްގެ ސިކުނޑިއަށް. އޭރުވެސް މިބުނާ އިލްމުވެރިން ތިބީ ޖަލުގެ ކުޑަގޮޅިތަކުގައި.

      23
      6
  2. މުނާފިގު

    ކަލޭ މައުމޫނާ ކައިވެނި ކުރަންފެނޭ... ތި އުޅެނީ މައުމޫނު ދެކެ މާ ބޮޑަކަށް ލޯބި ވެވިގެން..

    73
    124
  3. ސޮނިފުހޭ

    ތީ ތެދުވާހަކަފުޅެއް

    154
    61
  4. އަނދިރި ފަރާތް

    ކަލެއަކީވެސް މިނިވަންފިކުރުގެ މީހަކީމުތަ

    71
    102
  5. ާކުޅުދުއްފުށީ މީހަ

    އޮންލައިން ނޫސްތަކުން މީހުން ހޭލުންތެރި ކުރުވަން ޖެހޭ ، ޓެރަރިސްޓުން ރެކްރޫޓު ކުރާމީހުން ގަޅި ކަން ވިސްނައިދޭންޖެހޭ ، ސަރުކާރުން އަދިވެސް މީހުން ހޭލުންތެރިކުރަން ނޫޅެ މިސްކިތްތަށް މި ގޯސް ކުރަނީ.

    81
    3
  6. އަދް

    މިހާރު ކަލޭމެން ދެން މޮޔަ ތިވަނީ ކިހިނެއްވެގެން..

    53
    81
  7. ގައުމީ ކޯރާޑި

    މިހާރުން މިހާރައް އިޔާޒްގެ މިޓުވީޓު ސީރިއަސް މައްސަލައްގޮތުގަ ބަލަން ގޮވާލަން

    1.ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އުފެދިގެން އައިގޮޔް އެގިހުރެ އެކަމައް ހިއްވަރު ދިންކަމައް މިޓުވީޓުން ދޭހަވޭ

    2.ރައީސް ޞާލިހް ވިއަސް އަދިކިއެއްތަ ގައުމުގެވެރިއަކައް ބަރަބޮލެ އޮތައް،އިބްރަތް ހާސިލް ކުރަން ވެސް ރަނގަޅު ކަންތައްތަކެއް ކަމަށެވެ ބުނުމުން ގައުމުގެ ސަލާމަރައް ނުރައްކާބޮޑު މެސރޖެއް ކަމައް ފެނޭ.

    މިކަމާމި ފިއަވަޅުއަޅާ...މީނާހިފާ ހައްޔަރުކޮއް ހޮގޮތް ވިސްނާދީ.ގައުމު ފަސާދަކުރަން ތަނެއްނުދޭތި.....މީމަގޭވެސްގައުމު..މަގޭގޭވެސް މަތިވެރިވެގެންވާ އިސްލާމްދީ...ހޯހޯ އިޔާޒް ވަރްވިސްނަވާތި..މީމަގޭވެސްއަމަން

    37
    14
  8. ސައްޔިދު ދީދީ

    އިޔާޒު ގަބު ގަމާރެއްގެ ގޮތުގަ ދައްކަން ބޭނުންވާ ކޮންމެ ވާހަކަ އެއް ދެއްކިއަސް ހަޤީގަތަކީ އިޔާޒުމެން ކިޔަވާގެން އައިސް ދީނަށް ޚިދުމަތް ކޮށް އެކަހެރިވަމުންދާ ޒުވާނުން ދީނަށް ލޯބި ކުރުވުމުގެ ބަދަލުގަ ސިޔާސީ ވީމާ ދިމާވި ގޮތް. އަދިވެސް ތިމަންނައަށް ލިބިފަ ހުރި ޢިލްމަކުން ޤައުމަށް ޚިދުމަތް ކުރީމާ ވަކި މީހަކަށް ލާއިގު ކޮށް ތިދައްކާ ފިނޑި ވާހަކަ ދައްކާކަށް ނުޖެހޭނެ.

    55
    72
  9. ބަކުރުބެ

    އެހެންވީމާ އަންނިމެން އެބުނަނީ ރަނގަޅަށްތާ ދޯ . ހަރުކަށި ފިކުރާ މިނިވަން ހިޔާލުގެ މީހުން.

    32
    5
  10. މުފައްކިރު.

    މައުމޫނު ރަގަޅެކޭ ނުބުނަން. އެއީ ލީކުއާންޔޫ ޖެނެރަލް އަޙުމަދު ސްކާނޯ މަހާތުމާ ގާނދީ ، އަދި ފާތިޙުންގެ ދަރަޖާގަ ގައުމު ޝަރަފު ވެރިކަމާއެކު ބަލައިގަންނަން ފަހުގެ ތާރީޚުގައި އުފެދުނުހަރުދަނާ ލީޑަރެއް. އެކަމަކު ވެރިކަމުގެ ލައްޒަތާ ފޮނި މީރުކަން ފަހާ ދުވުމުގަ ލިބެން އޮތް ޝަރަފާ ޤަދަރު ވެއްޔާ މޮޑެވި މަސްވެރި އެއްގެ ދަރަޖަ އަށް ވުރެ ދަށަށް މިހާރު އެވެއްޓުނީ. މަގު މަތިން ހިގާ ސަލާންޖަހާ މީހަކަށް ވުރެ މައުމޫންގެ ގަދަރު އަޅުގަނޑުގެ ނަޒަރުގާ މާދަށް. މިހެންވި ސަބަބު ކުރިން ދެންނެވުނީ. އެކަމަކު މައުމޫނާ ލާއިގު ކޮށް އިޔާޒު ތި ވާހަކަ ދެއްކުމުގެ ކުރިން އިޔާޒުގެ ފަރާތުން ޤައުމަށް ލިބެންޖެހޭ ޚިދުމަތް ދެވިފަ ވޭތޯ؟ ޢިލްމު ވެރިން އެމުނި އެކުލެވި އެއްރޫޙެއްގަ ދީނަށް، ޤަައުމަށް ޚިދުމަތް ކުރުމަށް ކުރެވުނީ ކޮން ކަމެއްތޯ؟ ބުނެވުނީ ކޮންބަހެއްތޯ؟ ޢިލްމު އުގެނި ގޭގަ ޓްވީޓް ކޮށްލުމާ ނިސްބަތުން މަދު ދީނީ މަސައްކަތެއް ކުރުން ފިޔަވާ ދީނީ ހޭލުން ތެރިކަމަށް ކުރެވުނު ކަމެއް، ޒުވާނުން އިސްލާމް ދީނަށް ބާރު ވެރި ކުރުވާ ރައްޔިތުންގެ ޢަގީދާ ފުރިހަމަކުރުމަށް ކުރެވުނީ ކޮން ކަމެއްތޯ ނިކަން މީޑިޔާގަ ކިޔާދީބަލަ.

    37
    51
  11. އިންމަ

    މި ސައިޚް މި ތެޅިގަތީ މީ އަނެއްކާ އެ ފިކުރަށް މީހުން ރެކުރޫޓް ކުރައްވާ ބޭފުޅަކީތޯ

    39
    87
  12. އަލީ

    އެހެންވީމަ ކަލޭވެސް ތިއީ ހަރުކަށި ފިކުރު ތާއެވެ. އެއީ ކަލޭވެސް ދީނީ އިލްމު ކިޔެވީ މައުމޫނުގެ ދުވަސްވަރު ވެފަ ތި ބުނާ ބަޔަކާ އެއްކޮޅަށް ހުންނާނެތީ.

    32
    101
  13. ދީބާޖާ

    އެންމެފުރަތަމަ މީނަ ޖަލައްލާންވީ. މިއީ ބޮޑު ޔަހޫދީއެއް. މަގުފުރެދިފަހުރި ޖާހިލެއް.

    22
    124
  14. ތައްޚާން.

    ވިސްނާ ފިކުރު ކޮށްބަލާށެވެ. މާތް ވެގެންވާ އިސްލާމްދީނާއި ދުރު ވިސްނުން ގެންނުޅޭ މީހުންނަކީ މިނިވަން ވިސްނުމޭ ކިޔާ އިއުލާން ކުރީމާ އެއަށް ބަހެއް ބުނުމުގެ ބަދަލުގަ މުޅިން އެހެން ވާހަކައެއް ދައްކައިގެން އެކަން އޮއްބާލަން ތި މަސައްކަތްކުރަނީ އެއީ ކަލޭމެން ބޭނުންވާ ގޮތް ވީމަ ހެއްޔެވެ. ދީނީ އިލްމް ވެރިންގެ ތާޖު އަޅައިގެން މީސްތަކުން މަގު ފުރެއްދުމަށް މަސައްކަތް ކުރުމަކީ ހާދަހާވާ ނުބައިކަމެކެވެ. މިފަދަ ފިތުނަ ވެރިންގެ ކިބައިން އަޅަމެން ސަލާމަތް ކުރައްވާށި. އާމީން.

    31
    3
  15. މޫސަ

    ރާއްޖޭގައި ހަރުކަށި ފިކުރު އުފެދުނީ ތިޔަ ފާޑުގެ ހަރުކަށި ފިކުރަށް ތާއިދު ކުރާ މީހުން އިލްމުވެރިންގެ ތޮފި އަޅައިގެން ފާޑު ފާޑުގެ ދަރުސްތައް ދީނުގެ ނަމުގައި ދޭން ފެށުމުން. ކަލޭގެ ގަޓް ހުރިއްޔާ އަންހެނުން ގާޒީ ކަމަށް އައްޔަން ކުރުމުގެ މައްސަލާގައި ހުސެއިން ރަޝީދާއި ބަހުސްކޮށް ކާމިޔާބު ހޯދާ

    32
    142
  16. އަޑަފި

    މައުމޫނު ވެރިކަމުގައިވެސް ޖަލައްފާފައިވަނީ، މިހާރު ސުއޫދު އެވިދާޅުވާފަދަ އިސާލާމީ ހަރުކަށި ފިކުރުމުގެ މީހުންނެވެ. އޭގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކަށް ނުގޮސް ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަން ގޮވި މީހުނާއި، އެމީހުން ނޫން މީހުންނަކީ ކާފަރުންކަމަށް ގޮވި މީހުންނާއި، މޫނު ބުރުގާނާޅާ އަންހެނުން އުޅުމަކީ ހަރާމްކަމެއްކަމަށް ގޮވި މީހުންނެވެ. އޮޅުވާލައްވަން ނޫޅުއްވާށެވެ. މައުމޫނު އަބަދުވެސް މަސައްކަތްކޮށްފައިވަނީ، ހައްދުފަހަނަ އަޅާދިއުން ކޮންޓްރޯލް ކުރުމަށެވެ. ހަމަ އެގޮތުން ދީނަށް ފުރައްސާރަ ކުރި މީހުނަށްވެސް މައުމޫނު ވެރިކަމުގައި، އަދަބުދީފައިވެއެވެ.

    31
    72
  17. ސަމީރު

    ޢިލްމުވެރިންނެއްކަމަކު ކުށަށް އަރަގަތީމާ ޖަލަށްލެވޭނެ! ވަކި ބަޔަކަށް ވަކިގޮތަކަށް ޢަމަލުކުރުން އެއީ އިސްލާމީ ޝަރީޢަތުގައި ހުއްދަކަމެއްނޫން!

    28
    2
  18. ބައްޕަ

    ތިބުނަނީ އައި އެސް އެސް އަކީ ވެސް ހަމަ މައުމޫނު އާ ހެދީ އުފެދުނު ބައެކޭތަ. ... ބޯހަލާކު

    21
    2
  19. އަހުމަދު

    ފުރަތަމަ ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި މީނާގެ ބައްޕަ ކަޅުބެ އަބްދުއްލަތީފު ހިމެނޭ ...އެކަމުގެ ދިލަ ނުކެނޑޭތީ އެވާހަކަ އެބުނަނީ ޖަލުގައި ގޯސް ކަންކަން ނުހިނގަޔެކޭ ނޫން... އެތަނުގައި ވެސް ދޭން ނުޖެހޭ އަދަބު މީހުންނަށް ދިން.... އެއީ ދެރަކަމެއް.... އެދުވަސް ވަރު ވަކިން ޖަމާއަތް ހަދައިގެން ގޭގޭގައި ވެސް ދިޔައީ ނަމާދު ކުރަމުން އަދި ތަފާތު ފަތުވާ މީނާގެ ބައްޕަ ވެސް ދެމުން ގެންދިޔައީ..... ދީނުގެ އިލްމު އެންމެ ރަނގަޅަށް ނޭގޭ މީހުން އޭރު ފަތުވާ ދެމުން ގެންދިޔައީ.... ދެކޮޅުންވެސް ހަދަމުން ދިޔައީ ގޯސް ސަރުކާރުވެސް އަދި އާންމުންވެސް ........

    17
    2
    • ޓްވީޓް ޝޭޚް

      ތިބުނާ ކަޅުބެއަކީވެސް ދީނީ އިލްމުވެރިއެއްތަ؟ ތިހެންޏާ
      މަވެސް މީ ދީނީ އިލްމުވެރިއެއް. ބަލަ މުޑުދާރު ޑރ. ކަލޭ ޝައިޠާނާގެ ރޯލު ތިއަދާކުރަނީ ކާކު ކަލޭ ޖަލަށް ލައިގެންތަ؟ ކަލޭމެންގެ ޑޮޓް ގްރޫޕް އެންމެނާ އެކިޔާ މިނިވަން ފިކުރު އެންމެން ހިފާ ހައްޔަރުކޮށް ތަޅާ ތިރިއަރުވާލަންވީ. ޖަލަކަށްވެސް ނޫން ލާންވީ.

      2
      1
  20. ފުތާ

    މިކަލޭގެ ބައްޕާ ފުޅު އަހަރުން ކުޑައިރު ފެންނަނީ އެންމެގިނައިން ގޭގޭދޮށައް ކުނިކަހަން ހެނދުނު ނިކުމެތިބޭ ޙައްސަކޮއް ހެންވޭރު ކޮޅު އަންހެނވެރިންވާ ފޮށި މައްލަވާކޮއް ދީނޭ ކިޔައިގެން ވާހަކަ ފަތުރާތަން. އަދި ކުޑަ ފިރިހެންކުރިންނާ މައިންބަފައިންގެ ބޮލައް ސަވާރުވެގެން މީނާ އިސްކޮއްހުރެ އިންޑިއާ އާއި ޕާކިސްތާނުގެ "ރޯނުއެދުރު މުއްލާއިންނާ މައުލާނާއިން" ހިންގާ މަދަރުސާތަކައް އަޅާލައިގެން ސީދާ "ބްރެއިން ވޮޝް ކޮއް ޗިޕް" ޖެހުމުގެ ޕްރޮޕެގެންޑާ ހިންގީ. އޭގެތެރެއިން ބަޔަކު ވިސސްނިގެން އެނބުރި އައިރު އަނެއްބަޔަކު ބޮލައް ޖެހި ޝިޕުން ސަލާމަތް ނުވެގެން އެއުޅެނީ!

    18
    71
    • ޑޮޓްގްރޫޕް އިޔާޒު

      ވަރަށް ރަނގަޅު ވާހަކައެއް . މިބާވަތުގެ ވާހަކަ ނުދައްކަން ތިއްބަސް ދުލުގަ ހިފާ ދަމަންޏާ ލޮލަށް ފެނި އަތުން ހިފާފަ ހުރި ކަންކަމުގެ ވާހަކަ ދެކެވޭނެ.

      1
      1
  21. ސަޓޯ

    ތިއީ ކަލޭ ގަބޫލް ކުރާގޮތް... ޖަލަށްލީމަ ހައްދު ފަހަނަ އަޅާދާކަށް ނުޖެހެޔޭ... މިކަހަަލަ ގަމާރުން ގިނަވީމަޔޭ އިސްލާމް ދީންގެ ނަން ހަޑިވަނީ

    18
    32
  22. އިބްރާހީމް

    ހަރުކަށި ފިކުރު އުފެދެންފެށީ ތިކަހަލަ ތާކުންތާކު ނުޖެހޭ ދެބަންދިހާރުންގެ ސަބަބުން، ކަލޭގެ އެކުވެރިޔާ ކެނެރީގޭ ނަޝީދު ދިން ދީނީ މިނިވަންކަމުގެ ސަބަބުން، އަމިއްލައަށް ޖަމާއަތްހަދައިގެން ތި ބައިގަނޑުކުރި ކަންތަކުގެ ސަބަބުން ތި ބައި މީހުނަށް ހަލާކުހުރި

    16
  23. ކޮސްބުއްދި

    ހަރުކަށި ޖާހިލީ ފިކުރުގެ މީހުން އެއީ އިލްމުވެރީންތަ؟

    9
    2
  24. ޢަދުރޭ

    ތީ ދޮގެއް. މީގެ އެތައް ޒަމާނެއް ކުރީއްސުރެ މަދީނާ ޔުނިވަރސިޓީ ޖާމިޢުލް އަޒްހަރު ކަހަލަ ތަންތަނުން ސަލަފީ ވައްހާބީ އިސްލާމް އުގެނިގެން އައި ޝޭޚުން ތިބި . 2010 ގައި މި ފެށިގެން އުޅޭ ހަރުކަށިފިކުރަކީ އިރާޤާ ސީރިޔާ ގައި ހަނގުރާމަ ކުރި އަލްޤައިދާ އާއި އައިސިސް އަށް އެތަންތަނުގެ ބިމުގެ ބޮޑުބައެއް ލިބުމާއި ގުޅިގެން ލިބެންފެށި ފައިސާތަކުން ދުނިޔޭގެ އިސްލާމް ޤައުމުތަކުގައި އެފިކުރު ރެކްރޫޓް ކުރުމަށް ހޭދަކުރި ފައިސާތަކުގެ ސަބަބުން ހަރުކަށި ފިކުރު އާލާވެގެން ދިޔައީ ރާއްޖޭގައި . ސީރިޔާއަށް ދާ ކޮންމެ މީހަކަށް 5 ހާސްޑޮލަރާ 2 ކޮޅު ޓިކެޓް ލިބޭ އަދި ރެކްރޫޓުން ފޮނުވާ މީހާޔަށް މީހަކު ފޮނުވުމުން އެއަށްވުރެ ގިނައިން ލިބޭ .އައިސިސް ސީރިޔާގެ ބިމުން އަތުލި ތެޔޮ ކާރުޚާނާތަކުން އެ މީހުންނަށް ދުވާލަކަށް 3 ބިލިއަން ޑޮލަރު ލިބެމުން ދިއައީ . ހާލިގަނޑު ފުނޑު ފުނޑުވެއްޖެ ހަރުކަށި ފިކުރަކަށް މިދުނިޔޭގައި މިއަދު ޖާގައެއް ނެތް . މައުމޫނު ބޮލަށް ކަނޑާލައިގެން އަދިވެސް ކަލޭމެންގެ ގޮތް އާލާ ކުރުމަށް ދޯ ތި ވިސްނަނީ. ތި ވިސްނުން ދޫކޮށްލާ . ދެނެއް ތިކަމެއް ނުވާނެ . ސަލަފީންނާ ވައްހާބީން ނެތަސް ދުނިޔޭގައި އިސްލާމުން އުޅޭނެ . އިސްލާމްދީން ވެސް އޮންނާނެ .

    10
    18
    • ދޮގެއް؟

      . ހާލިގަނޑު ފުނޑު ފުނޑުވެ ލިބެމުން އައ ޑޮލަރުތައް މަދުވީމަ ރުޅިއައިސް ކުޅަނދުރެއްހެން ފުފިފަ އެކަލޭގެ އެހުންނަނީ.

      1
      26
  25. އަޖައިބު

    އަޖައިބު ހައިރާނެއް ނުވާނެތަ ދީނުގަ އޮތީ ހަރުކަށިވުންތަ
    ޖަލައްލިޔެކޭ ކިޔާފަ ހަރުކަށިވާންޖެހޭތޭ

    ބަލަ ޖަލައްލީ ޤައުމުގެ ދީނީ އެއްބައިވަންތަކަން ނަގައިލާ ހިސާބަށްގޮސް ޖިނާޢީ ކުށަތައްކޮށް ދީނުގައި ނެތްކަންކަން ގެނެސްގަތީމަ ޖަލަށްވެސް ލާންޖެހޭނީ

    މީހެއްގެ ބޮލުގައި އަޅުވާފަ ތިމާމެން ސަލާމތްވާނެތަ

    9
    20
  26. ކަމަކުނުދޭ

    ލާދީނީ ފިކުރު އުފެދިގެން އައީ ސޭކު އިޔާޒް މެންނާ ހެދި.......

    13
    26
  27. ފުނަމާ

    މައުމޫނުގެ ދުރުވިސްނޭސިޔާސަތުގެދަށުން މިހިސާބަށް މިގައުމު މިގެނައީ ކަލޭވާހަކަނުދައްކާހުރޭ.

    11
    72
  28. ފިކުރު

    ރައީސްމައުމޫނަށް ދަންނަވަން މިކަހަލަމީހުނަށް ރައްދުނުދެއްވާތި.

    5
    29
  29. ގުއިދައިތަ

    އަނެއްކާ އެއްކަލަ ކަލޭގެ މޮޅު ވާހަކައެއް ބުނެލީ ދޯ..!!

    6
    33
  30. ސަރީފް

    މިގައުމުގަ އިލްމްވެރިން ތިބިކަމެއް ނުދެނަހުރިން. ތުނބުޅިން އިސްތައްޓެއް ފަޅާއިރަށް އިލްމުވެރިޔަކަށް ވެގެން އުޅޭމީހުން ހައްތަހާވެސް. ކަލޭމެންތީ މުދަލާއި ފައިސާއަށް އެނބުރޭ ބައެއް. ކަލޭމންގެ ތެރޭހައި އިސްލާމްދީންދެކެ ލޯބިވާާާ ބަޔަކު ނޫޅެ. ވައިޖެހޭކޮޅަކަށް ރައުޔު ނެރޭބައެއްތީ

    11
    32
  31. ޓައްޕު

    ތިކަހަލަ ދެފުށްކެހެރިންގެ ސަބަބުން މިއަދު ލާދީނީ ބައިގަނޑަށް އެހިއްވަރު ލިބިގެން ބޭނުން އެއްޗެއް އެކިޔަނީ

    2
    1
  32. ރައްޔިތުން

    މައުމޫނު އިރު ތައްކަތު ދޯ.. އަންނިބެ އަރާ މިކަމެއް ކުރީ..

    5
    1
  33. ޣޮބަަމަ

    އެނގިފައިވާ ގޮތުގައި މައުމޫނަށްވެސް ފަންޑުކުރަނީ އައިއެސްއެސްއިން

    2
    1
  34. Alibe

    އެއީ ތިޔަކަހަލަ ގޮތެއް ފޮތެއް ނެތް އިލްމުވެރިންގެ ތާކިހާ އަޅައިގެންތިބި މީހުން.

    4
    26
  35. މާނިއު

    ކަލޯ މިހާރު ފާހަގަ ކުރެވެނީ ޖާހިލުންގެ އިމާމުގޮތުގައި .ރޯނު އެދުރު ހެދިގެން ފިތުނަވެރުކަމާއި ހަސަދަވެރިކަމާއި ހައްދުފަހަނައަޅާ ދިއުން ޕްރޮމޯޓްކުރުން ނޫންކަމެއް ކަލޯއަށް ކުރެވޭތަ.ތިޔަ ޖާހިލު އިލްމުވެރުން ރާއްޖެއަށް ބޭނުންނުވޭ

    4
    1
  36. ބުރޯ

    ހަރުކަށި ފިކުރު އުފެދުނީ މައުމޫނުގެ ސަބަބަކުންނޫން . ހަރުކަށި ފިޔަވަޅު އައީ ތިމާމެނަށް ނޭގޭ މިންވަރު ތިމާމެންނަށް ނޭގިތިބެ ފަތުރާ ވާހަކަތަކުގެ ސަބަބުން. އަމިއްލަގޮތް ތައާރަފް ކުރަން އުޅުމުގެ ސަބަބުން. މައުމޫނު މަސައްކަތް ކުރީ ދުނިޔޭގަ އިސްލާމްދީނުގެ މަޒުހަބުތަކުގެ ހިލާފުގެ ސަަބަބުން ފެތުރޭ ހަމަނުޖެހުން ރާއްޖޭގަ ފެތުރިގެން ދިޔަ ނުދިނުމަށް . އެކަންކަން ފެތުރީ ދީން ދަންނަކަމަށް ހެދިގެ އުޅޭ ރޯނު އެދުރުން ރާއްޖެ އައިސް މަމޮޅުހެދިގެން.

    6
    70
  37. އ

    ދީނީ އަރާރުން ފެށިގެންއަައީ 70ގެ އަހަރުތަކުގެ މެދެއްހާ ހިސާބުން. މަދީނާއިން ކިޔަވާ ވިދާޅުވެގެން ވަޑައިގެން ދީނީ ބޭކަލުންނާއި އަޒުހަރުން ނިމިގެން ވަޑައިގެންނެވި ދީނީ ބޭކަލުންގެ ދެމެދުގައި. 'ހަށުކަށި ފިކުރޭ' ކިޔާ ކަންތައް ގުޅެނީ މި އަރާރުމާ. އެ ދުވަސްވަރު ދީނީ ކަންތައްތަކެއް ކަމުގައި ބެލެވުން ކަންތައްތަކަށް މަދީނާގެ ބޭކަލުން ފާޑުކިޔުއްވުމުން. ބަންގި ގޮވީމަ ހުއްޓުން، މައުލޫދު ކިޔުން، ގޭގެއަށް ގޮސް ސަލަވާތްކިޔެވުން. މި ކަހަލަ ބައެއް ދީނީ ކަންކަމަށް އެބޭކަލުން ފާޑު ކިޔުއްވީ. ދެން މީގެ އިތުރުން އެހެން މައްސަލަތައް ވެސް ފަހުން ނެގުނު. ތުނބުޅި ދިގުކުރުން، ބުރުގާއެޅުން، ގުނޫތުކިޔުމުގެ މައްސަލަ. މި އަރާރުމުގައި އާންމުންގެ ބަޔަކު މަދީނާގެ ޝައިޚުންނަށް ތާއިދުކޮށް އެމީހުން މުޖުތަމައުތެރޭން ފެންނަން ފެށީ. ރައީސް މައުމޫނު ދައުރަށް އެޅުނު އިރު އޮތީ މިހާ ހިސާބެއްގައި. ދެން ރައީސް މައުމޫނު ދީނީ ވާހަކަތައް ދައްކަވަން ފެއްޓެވުމުން އެ ވާހަކަތަކަށް ވެސް ފާޑު ކިޔަން ފެށުނު. އެ ހިސާބުން މައްސަލަ ސިޔާސީވެ، މީހުން ބަންދު ކުރަން ފެށުނު. ދެން އެކި އެކި ގޮތް ގޮތުން ފިއްތުންތައް މެދުވެރި ކުރުވި. ޚާއްސަ ހުއްދައެއް ލިބިގެން މެނުވީ ދީނީ ވާހަކަ ދެއްކުން މަނާކުރުން، ވަކިބަޔަކަށް ފާރަލުން، މިމީހުންނަށް ފުރައްސާރަކުރުން. ދެން މި ފިއްތުންތަކުގެ ރައްދުއަމަލެެއް ފެނިގެން ދިޔައީ. އެމީހުންގެ ގޮތުގައި ވަރުގަދައަށް ހިފެހެއްޓީ. އެހެން އެންމެން ގޯސްވެ، ހަމަ އެކަނި ދީނީ ގޮތުން ރަގަޅު ބަޔަކަށް އެބައިމީހުން ވީ. ދެން މިސްކިއްތަކުގަ ވަކި ޖަމާއަތް ޖަމާއަތް ހަދަން ފެށުނު. އާންމު ޖަމާއަތަކީ ސައްހަ ޖަމާއަތެއް ނޫންކަމަށް ބުނެ. ދެން މިކަންތައް ވެސް މަނާކުރެވުނު. އެއަށް ފަހު، ބައެއް ގޭގޭގައި ހުކުރު ކުރަން ފެށުނު. އާންމު މިސްކިތްތަކުގެ ހުކުރު ސައްހަނޫން ކަމަށް ބުނެ. މިއީ އެކަން ފެށިގެން އައިގޮތް. ދެން ބައެއް ރަށްރަށަށް މިކަން ދިޔަ. އަދި އިތުރަށް 'ހަރުކަށި'ވެގެން ދިޔަ.

    2
    25
  38. މައުމޫން.

    ދީން ކިޔަވައިގެން ކަލޭމެން މިސްކިތުގަ ތިބެންވީމަ ސިޔާސީވާތީ ހުރިހާ މައްސަލައަކީ. ކަލޭވެސް ތިހިފަހައްޓަނީ މުޅިން ޓްވިޓަރުން.

  39. އައްޔު

    މިފަހަރު ސިޔާސީ ތެދެއް ހަދައިފި

  40. ޙ

    ތެދުފުޅެއް