ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިހުމާލުން މާބަޑު މީހެއްގެ ބަނޑަށް ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

"އައްޑޫލައިވް" ގައި ބުނެފައި ވަނީ މިހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު ކަމަށެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތު ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިވާ ކަމަށާއި، އެކަން ހޮސްޕިޓަލުން ބަލަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި މައިމީހާގެ ބަނޑުގައި އޮތް ކުއްޖަކު މަރުވި މައްސަލައެއް ފެންމަތިވިއެވެ. އެމައްސަލަ ތަޙްޤީޤު ކުރަން ފަށާފައިވާ ކަމަށް އޭރު ހެލްތު މިނިސްޓްރީން ވިދާޅުވި ނަމަވެސް އަދި މިހާތަނަށް އެމައްސަލަ އާއި ބެހޭ އެއްވެސް މައުލޫމާތެއް ހެލްތު މިނިސްޓްރީން އިއުލާން ކޮށްފައެއް ނުވެއެވެ.

ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ސިއްހީ ޚިދުމަތްތެރިންގެ އިހުމާލުން ހިތާމަވެރި ހާދިސާތައް ހިނގުމަކީ ވަރަށް އާއްމު ކަމެކެވެ. ނަމަވެސް އެއްވެސް މައްސަލައެއްގައި އެކަން ކުރި މީހުން ޖަވާބުދާރީ ކުރުވާ، ގެއްލުން ލިބޭ ފަރާތައް ގެއްލުމުގެ ބަދަލު ނަގައި ދެވޭނެ އުސޫލެއް ނޯވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޅައިލާ

    ޙޮސްޕިޓަލްތައް މެނެޖްކުރަން ޕާޓީ ފިކުރަށް އިސްޖަންދޭ ތަޖުރިބާ މަދު އުސޫލުތަކަށް ނެތް ވެރިން ލުމުން މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވާނެ. 5ދުވަސްވަންދެން ހޮސްޕިޓަލުގަ އޮވެމެ ކޮންމެ 6ގަޑިން މޮނިޓަރކުރެވެމުން ދިއަ މައިމީޣެ ބަނޑުގަ އޮތް ދަރިފުޅުގެ އަޑު ނުލިބި ދަރިފުޅު ބަނޑަށް މަރުވުން މީ ކުޑަކަމެއް ނޫން. ޝަރަފު ހޮސޕިޓަލަށް އައިފަހުން މިފަދަ ގިނަކަންތައް ހިގާ ތަނުގެ ފެންވަރު ދަށްވަމުންދަނީ....

    17
    2