ރާއްޖެއަށް އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އަނބުރާ އިންޑިއާއާ ހަވާލުކުރުމަށް ދިވެހި ސަރުކާރުން ނިންމައިފި ކަމަށް އިންޑިއާގެ މީޑިއާތަކުން މިއަދު ރިޕޯޓް ކޮށްފިއެވެ.

އިންޑިއާއާ އަނބުރާ ހަވާލުކުރަން ނިންމާފައިވަނީ އައްޑޫ ސިޓީގައި ބާއްވާފައި އޮންނަ ހެލިކޮޕްޓަރެވެ. ދެވަނަ ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ކައްދޫ އެއާޕޯޓްގަ އެވެ.

ދިވެހި ސަރުކާރުން މިގޮތަށް ނިންމާފައިވާ ކަން ހާމަކޮށްފައިވަނީ އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގަ އެވެ.

އެ ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެއް ހެލިކޮޕްޓަރު އިންޑިއާއާ ހަވާލުކުރުމަށްފަހު ދިވެހި ސަރުކާރުން ބޭނުންވަނީ ޑޯނިއަ މެރިޓައިމް ސަވައިލެންސް އެއާކްރާފްޓެއް އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރުމަށެވެ.

މިކަމާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ހޯދުމަށް "ވަގުތު" އިން މަސައްކަތް ކުރި ނަމަވެސް އެ މުއައްސަސާގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރާއްޖެއަށް އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އަނބުރާ އިންޑިއާއާ ހަވާލުކުރުމަށް ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް އިންޑިއާގެ ނޫހެއްގައި ބުނެފައި މިވަނީ ޕާކިސްތާންގެ ސިފައިންގެ ވެރިޔާ، ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގަމަރު ޖާވިދު ބަޖްވާ މިހަފްތާ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ވަނިކޮށެވެ.

ރާއްޖެއަށް ޖެނަރަލް ގަމަރު ޖާވިދު ކުރެއްވި ދަތުރުފުޅުގައި ދިވެހި ސަރުކާރާ އެކު މަޝްވަރާކޮށްފައިވަނީ ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމުމާ ގުޅޭގޮތުން ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މިނިވަން

    ސަރުކާރުގެ ނިއްމެވުމަށް ވަރަށް ބޮޑަށް މަރުޙަބާ ކިޔަން، މިނިވަންކަމާއި އެކު މި ޤައުމު ކުރިއަށްގެން ދިޔުމުގައި މާތްﷲ ތިޔަވެރިންނަށް ހިތްވަރާ ކެރުމާއި ސާބިތުކަން މިންވަރު ކުރައްވާށީ، އާމީން. އެއްވެސް ޤައުމެއްގެ ގޮނޑިކޮށްކޮއެއްގެ ގޮތުގައި މިޤާއުމު ނުބޭއްވުމަށް އެންމެ ތަކުންނަށް އިލްތިމާސް ދަންނަވަން.

  2. ކައުންސެލަރު

    ތިޔަހެލްކޮޕްޓަރުތަކަކީ ޖާސޫސުކުރަން ރާއްޖެފޮނުވި އެއްޗެހިތަކެއްނޫންބާ. މިކަން ތަހުގީގުކުރަންޖެހޭ......

  3. ކަވަސާކިއަންސް

    ހެލިކޮޕްޓަރު ފޮނުވާލަނީ އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަން ހިންގާތީ ކަމަށްވާނަމަ އެއީ ވަރަށް ނުރައްކާތެރި ކަމެކޭ މަމެން ކުރިން ވެސް ބުނަމުންނޫންތޭ މިއަންނަނީ އިންޑިއާ އަދި ލަންކާ މީހުން މިރާއްޖޭގައި އުމުރު ހޭދަ ކުރި ނަމަވެސް އެމެން ރާއްޖެ ދެކެ ކުޑަ ވެސް ލޯތްބެއް ނުވެއޭ އިންޑިއާ ހެލި ކޮޕްޓަރު ތިޔާއީ އޭގެ ނަމޫނާ އޭ އަވަހަށް ބޭރުކޮށްލާ ޖަޕާނުގެ ކަވަސާކީ ކޮލިޓީ މިލިޓަރީ ހެލިކޮޕްޓަރަކަށް އޯޑަރު ދޭންވީ ޖަޕާނުގެ ބޭންކް އަކުން ލޯން ނަގައިގެން ޖަޕާނުން ނުދީފިނަމަ ޗައިނާ އިން ހޯދާނީ މިދެގައުމުގެ ދެމެދުގައި ވެސް ސަރުކާރުން ޖެހޭނީ ވާދަ ވެރިކަން ދިވެހިރާއްޖެ އަށް ތަކެތި ދިނުމާއި ގުޅޭ ގޮތުން އުފައްދަން. އެއިރުން ދޭ ގޭވް އަ ރޯޒެސް އައި ޑޯން ވޮނާ ލެފްޓް ޖަޕަނީސް ޓޯކިޔޯ ގާރލްސް ރޯޒެސް ވިދައުޓް ފީލިންގް ދަ ސްމެލް އޮފް އިޓް. އައި ގޯ ބެކް ޓު ޓޯކިޔޯ ޑްރީމް އިން ލިޓިލް ޓޯކިޔޯ ސައިލެންޓް ޑްރީމް. އީޒީ އީޒީ އީޒީ ނޯ ޑީޕް ބްރެތް ދޯ. މޭބީ އިޓްސް އަ ވިޝް ފުލް ތިންކިންގް އެއްތޭ ނޯ ނީޑް ޓު ވޮރީ ދަ ސެކިއުރިޓީ ޗެއިން އިޒް އެންގޭޖްޑް އޮން ހެލިކޮޕްޓަރު ދޮރުގައި ދޯ. އާންއެކޭ ދޮރުގެ އެތެރެ ފަރާތުންނޭ. އޯކޭ ގުޑް ލެޓްސް އެންޖޯއި ކަވަސާކީ ހެލިކޮޕްޓަރ ރައިޑް ދޯ.

  4. ސަމާސާ

    ތިއީ ހަދިޔާ ކުރި އެއްޗެއްނަމަ ތި އޮންނާނީ ޑިފެންސްގެ ބެލުމުގެ ދަށުގައި. ތިއީ ހަންފަތުރަން ގެންގުޅޭ އެއްޗެއް. އަދި ބަލަހައްޓަންށޭ ކިޔައިގެން ބަޑު އިންޑިޔާ ޖާސޫސްކުރާ ސިފައިންގެ ފައުޖެއް އޮންނަން ނުޖެހޭނެ. ބަރާބަރު ނިންމުމެއް.