އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ އިނދެގެން އުޅޭ މީހާދެކެ ނުހަނު ލޯބިވާ ކަމަށް ބުނެ އެހެން ކިޔައިގެން އުޅޭ ބަޔެކެވެ. އެހެން ނަމަވެސް، އެކަން ސާބިތު ކޮށްދެވެނީ ވަރަށްވެސް މަދު މީހުންނަށެވެ. ފޮޓޯ އިން ތިޔަ ފެންނަނީ އެކަން ސާބިތުކޮށް، އެތައް ބައެއްގެ ތައުރީފު ހޯދާފައިވާ މީހެކެވެ.

ހަ ގަޑިއިރުގެ ދިގު ފްލައިޓް ދަތުރެއްގައި އެ މީހާ ވަނީ، އަނބިމީހާ ދެފައި ދަމާލައިގެން ނިދަން އޮތުމުން ފްލައިޓް ނައްޓާލުމަށް ފަހު ޖައްސަން ތައްޔާރު ވަންދެން ކޮއްޅަށް ހުރެފައެވެ. މިއީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭނޭ ފަދަ ކަމަކަށް ނުވާއިރު، އޭނާގެ އެ އަމަލަށް މީސް މީޑިއާގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އަންނަނީ ތައުރީފް ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް، އޭނާ އަށް ތައުރީފް ލިބޭ ވަރަށް އޭނާގެ އަނބިމީހާއަށް އެކި ފަރާތްތަކުން ދަނީ ފާޑުކިއުންވެސް އަމާޒު ކުރަމުންނެވެ. ފިރިމީހާ އާއި މެދު ވިސްނައި އޭނާ ދެކެ ހަގީގީ ލޯބިވާނަމަ އެފަދަ ކަމެއް ހިނގައިނުދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންނެވެ.

"އެއީ އަމިއްލަ އެދުން ބޮޑު އަންހެނެއް. އަހަރެންގެ ފިރިމީހާ 10 މިނެޓު އެހެން ކޮއްޅަށް ހުންނާކަށްވެސް އަހަރެން އެއްބަހެއް ނުވާނަން" މީސް މީޑިއާގައި މިކަމަށް ކޮމެންޓު ކުރި އަންހެނަކު ބުނެފައި ވެއެވެ.

މިކަން މިގޮތަށް ހިނގާފައި އޮތްކަމުގައި ވިޔަސް، އެ މީހާ އެގޮތަށް ކަންތައް ކުރި އަސްލު ސަބަބު އެނގޭނީ ހަމަ އޭނާއަށެވެ. ފަހަރުގައި އަނބިމީހާ ވަރުބަލިވުމުން ކުރި ކަމަކަށްވެސް ވެދާނެއެވެ. ކޮންމެއަކަސް، މިއީ ނަމޫނާ ފިރިއެއް ކަމާއި މެދު ޝައްކެއްނެތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަނބިމީހާ

    މަ އޭނަދެކެ ރުޅިއައިއްސަ ތަންކޮޅެއްނުދީ ހަމަ އޮތީ..

    17
    5
  2. ރެޑްވޭވް އައްޔަ

    ތިގޮތަކަށް ނުވެވޭނެ ލޯތްބެއް... ވާނުވާ ތީ..

    15
    4
  3. ޞިރާޠު

    ފުރަތަމަ ތިގޮތަށް މަތިންދަބޯޓެއްގެ ތިންހަތަރު ޝީޓް ޖެހިޖެހިގެން އެއްކޮށްލައިގެން އޮވެވޭނީ ބޮޑުއަގެއްދީފަ ޝީޓް ގަނެގެންނެވެ. ވީމާ ތިޔަ ތަޞްވީރުން ސާބިތުވަނީ ތިޔައީ ފޮޓޯއެއްނަގަންވެގެން ހިންގައިގެންއުޅޭ ދަށުދަރަޖައިގެ ކަމެއް ކަމެވެ. ހުސްކޮށް ޝީޓްތައްހުންނަނަމަ ހުރީހީ އެކިތަނުގައި އެކިޝީޓެވެ. ތިޔައީ ޤަބޫލުކުރެވޭނޭ ވާހަކައެއްނޫނެވެ.

    10
    11
    • މަންޖެ

      މާބޮޑަށް އިނގިފައި ތިއޮތީ. އެއީ ފުރަތަމަ ސީޓް "ޝީޓް" އެއް ނޫން. ފެންނަން އެހުރި 3 ސީޓް. އެމީހުންގެ ދެސީޓް ދެން ހުސް އެއް ސީޓް. ކޮބައިމައްސަލައަކީ؟؟

      22
      1
  4. ޖޯރޭ

    ތިޔައީ ޙަޤީގަތެއްކަމަކަށް ނުބެލެވޭ ކޮބާ ބޯޓްގެ އެހެން ޝީޓްތަކުގައި ތިބިމީހުން
    އޮޅުވާލައިގެން މީހުން ގުނބޯހައްދަންނޫޅެބަލަ

    10
    7
  5. މުޙައްމަދު

    ތިއީ މީޑިއާގެ ސަމާލުކަން ހޯދައި ދުނިޔެއަށް މަޝްހޫރުވުމަށް ކުރިކަމަކަށްވާނީ، ފޮޓޯން ފެންނަ ގޮތުގައި ފައިއޮތްކޮޅު ނުވަތަ ބޮލާއިވިކޮޅު ގޮނޑީގައި އެމީހާއަށް އިށީދެގެން އިދެނވިދާނެ، ފޮޓޯއެއް ނަންގަން ކޮޅަށްހުރީ ކަމަށް %99 ގަބޫލުކުރެވޭ، އެހާގިނައިރު އޭނަ ކޮޅަށް ބަހައްޓައިގެން ފުލައިޓްގެ ފަޅުވެރިން ބަލަން ނުތިބޭނެ

    2
    1