ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެ ގިނަދުވަސްވެފައިވާ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވީ އެންވަޔަރަންމަންޓް މިނިސްޓްރީގެ އެދިލެއްވުމުގެ މަތިން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެ ގިނަދުވަސްވެފައިވާ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ދިވެހި ފަރާތްތަކަށް ހުޅުވާލާކަމަށެވެ.
ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 10 ސެޕްޓެންބަރު 2019 އިން 23 ސެޕްޓެންބަރު 2019 އަށެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް 10 ސެޕްޓެންބަރު 2019 އިން ފެށިގެން ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި -/500,000 ރުފިޔާ ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 15 ސެޕްޓެންބަރު 2019ވާ އާދިއްތަ ދުވަހުގެ ކުރިން އީމެއިލް ކުރައްވަން ޖެހޭނެއެވެ.
ބީލަން ހުޅުވުން އޮންނާނީ 24 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހު އެވެ.
އިތުރު މައުލޫމާތު ފިނޭންސް މިނިސްޓްރީން ލިބިވަޑައިގަންނަވާނެއެވެ.
ރަށްރަށުގެ ކުނިގޮނޑުތަކުގައި އެތައް ދުވަހެއް ވެފައި ހުރި ކުނި ގިނަވެ ނައްތާލެވޭނެ ގޮތެއް ނެތިފައި އެބަހުއްޓެވެ. އެއީ ކައުންސިލްތަކާއި އާއްމު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.
ތިކަންވެސް އިންޑިޔާގެ ޓާޓާ ކުންފުންޏާއި ހަވާލުކޮށްލާ ދެން އަވަހަށް. އެވިއްޔާ ނުކުރެވިގެން ތި އުޅޭ ކަމަކީ. ބަޖެޓް ސަޕޯޓާއި މާސިންގާ ލޯނުގެ ގޮތުގައި އެމީހުންދޭ ފައިސާކޮޅު ބައިތުލްމާލަށް ލާފައި އަނެއްދުވަހު އެމީހުންނަށް މިގައުމުގެ ހުރިހާ މަސައްކަތެއް ދީފައި އެއްކަލަ އެމީހުން ދިންފައިސާއިން އެމީހުންނަށް ޕޭމަންޓްހަދާލާ. އެއިރުން އަދި ފުރިހަމަވާނީ. މިއޮތީ ހާބުރިއެބުނާ ބަލާވެރިކަން އައިސްފައި މިގައުމަށް.
މުޑުދާރުވެފައިވާ އެއްޗެހިން ދަބަރު ފިލުވާ ސާފުކޮށްދޭ ވަޒީރެއް މި ސަރުކާރުގަ ހުރޭ. އެކަމު އެކަން ކޮށްދެނީ އެއީ ކުރީ ސަރުކާރުގެ ތަކެތި ކަމުގައިވާނަމަ. މިސަރުކާރުން އަޅާ ކުނި ސާފުކޮށްދޭކަމެއް އަދި ނޭނގޭ.