މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ ތަފާތު ވިސްނުމެއް ގެންގުޅެގެން ކަމަށް ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވީ ނޭޝަނަލް ޑްރަގް އޭޖެންސީގެ އޯޕަން ޑޭ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ޝިދާތާ ވިދާޅުވީ އީޖާދުވަމުންދާ އާ ގޮތްތަކާ އެއްހަމައެއްގައި އަޅުގަނޑުމެންގެ މަސައްކަތް ވެސް ކާމިޔާބުކުރުމަށްޓަކައި އާ ތަޞައްވުރުތައް އެކުލަވައިލާން ޖެހޭ ކަމަށެވެ.
"މި މައްސަލަ ޙައްލުކުރުމަށް ކުރާ މަސައްކަތުގައި އަޅުގަނޑުމެން ވެސް ތަފާތު ވިސްނުމެއް ގެންގުޅެން ޖެހޭ. އީޖާދުވަމުންދާ އާ ގޮތްތަކާ އެއްހަމައެއްގައި އަޅުގަނޑުމެންގެ މަސައްކަތް ވެސް ކާމިޔާބުކުރުމަށްޓަކައި އާ ތަޞައްވުރުތައް އެކުލަވައިލައި އާ ޕްލޭންތަކަށް މަސައްކަތްކުރަން ޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ މަސްތުވާތަކެތީގެ ސަބަބުން ތިމާއަށާއި މުޅި މުޖުތަމަޢުއަށް ކުރާ އަސަރު އެންމެހާ ފަރުދުންނަށް ވިސްނޭނެ ގޮތަކަށް އަޅުގަނޑު މެންގެ މަސައްކަތްތައް ބައްޓަންކުރުމެވެ.
"މަސްތުވާތަކެއްޗާ ގުޅުން ހުރި މައްސަލަތަކުގައި، ގިނަ ފަހަރަށް ޤަބޫލުކުރެވިފައި އޮންނަނީ، އެ ކަމުގެ ސަބަބުން އަސަރުކުރާނީ އެ ކަމުގެ ޝިކާރައަށްވެފައިވާ މީހާއަށް ކަމަށް. ނުވަތަ އެ ފަދަ މީހެއްގެ ޢާއިލާއަށް އެކަނި ކަމަށް. އެހެން ނަމަވެސް، ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ މަސްތުވާތަކެތި ވިއްކުމާއި ބޭނުންކުރާ މީހުންގެ ސަބަބުން، އެ ކަމުގެ ނޭދެވޭ އަސަރު ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ކޮންމެ ފަރުދަކަށް ވެސް ފޯރާކަން." މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން ޒުވާނުންނާއި ކުޑަކުދިން މަސްތުވާތަކެތީގެ ޝިކާރައަށް ވުމުން ރައްކާތެރިކުރުމުގެ ގޮތުން ޕްރިވެންޝަން މަސައްކަތް ހަރުދަނާކުރަން ޖެހޭ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. މި މަސައްކަތް ވެސް ކުރިއަށް ދާނީ އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއި މުޅި މުޖުތަމަޢުގެ ޝާމިލުވުމާއެކުގައި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
"މި ފުރުޞަތުގައި، މި ދާއިރާގައި ހުރި މައްސަލަތައް ދެނެގަނެ، އެ ކަންކަން ހަމަ މަގަށް އެޅުވުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ސަރުކާރު ދެމި އޮންނާނެ ކަމުގެ ޔަޤީން ކަން އަރުވަން." މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
އެއީ ހަކުރުނޫން އެހެން ހުރިހާއެއްޗެއްބުއިމުގެވިސްނުންތޯ؟
މީ ދެން ކާކު؟ ކުފޫހަމަނުވަ މަޤާމެއްލިބިގެން ގޯންޏަށް ދަތްއަޅައިގެން ހެލުވުން!!!!
އެކިޔަނީ ދިޔާއެއޗެހިބޭނުންކުރާވާހަކަ
ކޮން އޮލްޓަނޭޓިވް ނެރޭޟަން އެއްތޯ އޮތީ ނަޟީދު ބޮޑުވަޒީރުކުރެން އަހާލާ ،ބެޑްޟީޓު ދީގެން ވިޔަސް މިހަކުރިސްޓުންނާއި ހަކުރިޒަމަގެ ހައްދުފަހަނައެޅުމުން މިގައުމު ސަލާމަތްކުރަން އެބަޖެހޭ
ތި ވާހަކަ އަންނި ގާތުބުނެބަލަ
މަސްތުވާތަކެތިން ސަލާމަތްވާން ސިދާތާގެ ގެއްލޭ ބެޑުސީޓު މަސްތުވާ ބާވަތްތަކުގެ މަތީގައިއަޅާބަލަ އިރުކޮޅަކުން މަސްތުވާ އެއްޗެހިތަށް ގެއްލިދާނެ...
ބުނަންތޯ ވަރަށް ރަންގަޅު ވާހަކަ އެއް..މަސްތުވާ ތަކެއްޗާ ދުރުވެޭނީ ވަރަށް ހިތް ވަރުހުރެގެން..ބުނަން ކިތަންމެ ފަސޭހަޔަސް ކުރަން އުނދަގޫ ކަމެއް..ވީމާ ނޭގޭ ވާހަކަ ނުދައްކާ
ނުވާނެ ސިދާތާ އަކަށް އަނގަނާރުވަބަލަ ހުރިހާކަމެއްވެސް ބޮއްސުންލީ ތިބުނާވިސްންކޮބާ
ކަމަނާ ގެންގުޅުއްވާ ތަފާތު ވިސްނުންވެސް ހާމަކޮއްލި ނަމަތާ އެނގޭނީ ބަޔަކަށް؟
ހިނގާ ލައިގެން ހުންނަ ހެދުމަށް ބަލާފަ ތި މީހުންވެސް ކޯޓު އަމު ރެއް ނުލާ އޮ ރިޔާން ކު ރަން.