މުސްލިމުން ހެދުން އަޅަން ޖެހެނީ ކީރިތި ރަސޫލާ މުޙައްމަދުﷺ އެންގެވި ގޮތަށް ކަމަށާއި، އެކަން ކުރަން ޖެހެނީ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު ނަޝީދު އަންގަވާ ގޮތަކަށް ނޫން ކަމަށް، މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިގޮތަށް ވިދާޅުވީ، ދިވެހިންގެ ހެދުން އެޅުމަށް އައިސްފައިވާ ބަދަލާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޣިޔާސުއްދީން ސުކޫލުގައި އޮތް ރަސްމިއްޔާތެއްގައި ނަޝީދު ވާހަކަ ދައްކަވާފައި ވަނިކޮށް، އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.
Muslimun hedhun alhan jeheny Rasoola Sallahu Alaihi Wasallam engevi gothasheve. Aee @MohamedNasheed angaa gothah kuran jehey kameh nooneve.
— Dr.Mohamed Iyaz (@dr_iyaz) September 14, 2019
"މުސްލިމުން ހެދުން އަޅަން ޖެހެނީ ރަސޫލާﷺ އެންގެވި ގޮތަށެވެ. އެއީ މުޙައްމަދު ނަޝީދު އަންގާ ގޮތަކަށް ކުރަންޖެހޭ ކަމެއް ނޫނެވެ،" ރައީސް ނަޝީދުގެ ޓްވީޓާ އެކައުންޓު ޓެގުކުރައްވާ، ޑރ. އިޔާޒް ކުރެއްވި ޓްވީޓުގައި ވެއެވެ.
ޑރ. އިޔާޒް މިގޮތަށް ވިދާޅުވެފައި ވާއިރު، ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، "ބުރުގާ އެޅުމަކީ އެހެން ގޮތެއް" ކަމަށެވެ. ނަޝީދު ވިދާޅުވީ ފަހަކަށް އައިސް ދިވެހިންގެ ދިރިއުޅުން މުޅިން އެހެން ގޮތަކަށް ބަދަލުކޮށް މުޅިން އެހެން ސަގާފަތެއް ގެނައުމުގެ ރޫހެއް އުފެދިއްޖެ ކަމަށެވެ.
އެގޮތުން ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅިއަށްވެސް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އޭ އިޔާޒު ކަލޭ އަނގަ ނުހާވާ. ކަލޭމެން ކުރި ކަންތަކުން ދިވެހި ޤައުމަށް ކުރިމަތިވެފައިވާ މުސީބާތެއް މިއީ. ދެން ކޮށް ނަޝީދެކޭ ފަޅޮލެކޭ ކިޔާކަށް.
މިކަމުގަ ލާދީނީ ކެނެރީ ބުއްޅަބޭ މުޅިން ގޯހެއް ނޫން..އިޔާޒު ބޭނުންވަނީ ޕަޓާނުންލާ ކަހަލަ ޖުއްބާ ލާފަ ބޮލުގަ ފަގުޑި އަޅާފަ ފިރިހެނުން ތިބެން.. ކޮން އާޔަތެއްގަ ނޫނީ ހަދީސެއްގަ އެހެން އޮތީ؟ ބުރިގާ އަޅަން ޖެހޭ އެކަމު ހަމައެކަނި ކަޅު ކުލައޭ އޮވޭތޯ؟ ތިޔައީ ދީނުގެ ނަމުގަ ދީނަށް ވައްދައިގެން އުޅޭ ކަންކަން.. އަރަބިން ވެސް ނޫޅޭ މިހާރު އެހެނެއް.. ޕަޓާނުން އެކަނި އެހެން ހެދުން އަޅައިގެން އަބަދު އުޅެނީ
ޢަހަރެމެން ނުޖެހޭ އަރަބިން އުޅޭހެން އުޅެން. ތިއޭ މައްސަލައަކީ. ބަޔަކު އުޅޭހެން އުޅެން ހަދaއިގެން ކަލޭމެނައް ވާޖިބު ކުރެއްވި ނަމާދުވެސް ނުކުރެވިގެން ތިއުޅެނީ. ނަޝީދުވެސް ނުކުރެޔޭ ކިޔާފަ ކަލޭމެންވެސް ނަމާދު ނުކުރަނީ. އަހަރެމެންނައް އަންގަވާފައޮތީ ޤްރުއާނާއި ނަބިއްޔާ އެންގެވި ގޮތައް އުޅެން
ނަބިއްޔާ ނާންގަވާ ޕަޓާނުން ހެން ހެދުންއަޅާ ސިކުންހެން ބޮލުގަ ފޮތި ބަންނާކަށް ފިރިހެނުން.. އަދި އަންހެނުން ވަކި ކުލައެއް ލާކަށް ވެސް.. އެއީ ފަހުން ދީނުގެ ތެރެއަށް ބަޔަކު ވެއްދި ބިދުޢަވެރި ޢަމަލުތަކެއް.. އޮޅިވާނުލައްވާ.. އައުރަ ނިޗާ ކުރުމަކީ ޝައްކެއްވެސް ނެތް އަންގަވާފަ އޮތްކަމެއް އެކަން ކުރަންޖެހޭނެ
އަރަބިން މިހާރު އުޅޭގޮތް އެއީ އަހަރެމެން ބަލަންޖެހޭ ކަމެއްނޫން.
މީނާ ތަންތަނުގަ ވާހަކަ ދެއްކުން ހުއްޓުވަން ވެއްޖެއެްްނު.... މުޅިންވެސް ދީނައް ފުރައްސާރަކުރަނީ......
"އަރަބިންވެސް ނޫޅޭ މިހާރު އެހެނެއް"
???
ނޫނޭ ކަލޭ ހެދުން އަޅަން ޖެހޭނީ އޭނަ އަންގާ ގޮތައް. ހަޅޭއް ނުވެރި ދެންވެސް ހުރޭ. ބޮޑު ފޫހިގަނޑު.
ގަބޫލުކުރިޔަސް ނުކުރިޔަސް، މިދިޔަ 10 ދުވަސްތެރޭގައި މޑޕ އަށް ނިސްބަތްވާ މެދުއުމުރުގެ މީހުން މަޑުމަޑުން ބުރުގާނަގަން ފަށައިފި.
ކުރީގައި މޫދަށްދާން ބުރުގާ ނުނަގާ އެތައްބަޔަކަު އައްޑޫ ހަންކެޑެ ސަރަހައްދުގައި ބުރުގާނަގަންފަށައިފި.
މުޅިންވެސް އުޅެނީ މެދުއުމުރުގެ މައްމަމެން، އަދި މޑޕ ފިކުރުގެ މީހުން
މިނަޝީދު ކީތްވެބާ ކުޑައިރު މަންމަ ޖެއްސި ނެޕީފޮތިގަނޑާއެކު ނޫޅެނީ؟
ސައިތާން ފާޅުވެއްޖެ
ވަރަށް ރަނގަލުވާހަކައެކެވެ. މިހާރަކަށް އައިސް ދީނާއި ހިލާފް އެތަށް ވާހަކަތަކެއް ދަށްކަން ފަށައިފިއެވެ. އެފް.ބީ ގައި (ޖުހާ) ނަމުގައިންނަ އައިޑީ އަކުން ﷲ އަށް ފުރުއްސާރަކޮއް މާތް ސާހިބާ ރަސޫލާ އަށް ބޭއަދަބީ ބަސްތައް ދިވެހިން ބޭނުންކުރަމުން އެބަގެންދެއެވެ. މިކަންތައް ދިވެހި ފުލުހުންގެ މުއަސަސާއަށް ޓެގްކުރެވިފައިވާނެއެވެ. އަދި ވީކަމެއްހަރާމެވެ. (ބޮލޮކް) ކުރިވި މިކަންތައްތައް ކުރާ ފަރާތްތައް ބޮޑެއް،ކުޑައެއްނުބަލާ އަދަބުދޭށެވެ.
ކެނެރީވަގު ކޮންމެއެއްޗެއް އެވާނީ ރަސޫލާގެ ހަދީސްކަމަށް
ނަޝީދު ބުނިއެއްޗެއް އެމްޑީޕީ ކުއްޖަކު ތަރުޖަމާކޮށްދީބަލަ. ދުއާ ދެންނެވި ވެރިން މިއުޅެނީ.
މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމަކީ ކާމިޔާބާއި ފާޙު ލިބޭނެ މަގު. ޢިންސާނެއްގެ ބުނުމަކަށް ތަބާވާނަމަ ތަބާވަން ޖެހޭނީ މާތް ނަބިޔާގެބަސްފުޅަށް.
ޢިސްލާްމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެކެވުމަކީ ނަޝީދަށް ހެއްދެވޭ ވަރަށް ބޮޑު ގޯހެއް. ޢިޔާޒުގެ ހިތްވަރާއި ކެރުމަށް ހަމަ ސާބަސް. މިހާރު މިފެންނަނީ ޖާހިލިއްޔަ ޒަމާނުގައި މައްކާގެ މުޝްރިކުން ދެއްކިފަދަ ވާހަކަތައް ދައްކާތަން. ޢަހަރެމެން ތިބޭނީ ކާބަފައިންގެ ގޮތުގައޭ ކިޔައިގެން.
ރަސޫލާ .. ނުއަންގަވާ .. ޕަޓާނީ .. ހެދުން .. އަޅާކަށް .. ރަސޫލާ . ނުއަންގަވާ .. ކަޅު .. ހެދުންލާކަށް.. ރަސޫލާ .. އެންގެވީ .. އައުރަ.. ނިވާ .. ކުރަން .. . ކޮންމެ . އެއްޗެއް.. ލައިގެންވެސް .. އައުރަނިވާ .. ކޮށްފިއްޔާ .. އެހެރީ .. ރަސޫލާ. .އެންގެވިގޮތަށް .. ހެދުން.. އެޅިފަ... ރަސޫލާ .. އަމިއްލަފުޅު .. ބަސްފުޅެއް ނޫން އެ ވެސް
... ﷲގެ ވަޙީ ބަސްފުޅު .. ރަސޫލާ .. އިއްވަވަނީ ..
ހިއްޕަވައިގެންތޯ ތިހިރީ..
ޜަސޫލާ ސ އ ވ ނުއަންގަވާ ކުރިސްޓިއަނުންގެ ކޯޓުފަޓުލޫނު ލާކަށްވެސް، މާލެ މަގުމަތީ ގައިގަ ދަވާދުލައިގެން އުޅުމުގެ މިނިވަންކަން އޮންނަންޏާ އަރަބިސުޓައިލްގެ ހެދުންލުމުގެ މިނިވަންކަން ނޯންނަންވީ ސަބަބެށް ނުވިސްނޭ ،
ކަލެއްއައް މުސްލިމުން ހެދުން އަޅަން ޖޭގޮތާ ބެހެވެސްޏާ އެންމީހުނައް ކީއްވެ ނުބެޙެވެންވީ؟ މުސްލިމުންގެ ހެދުމަކީ އަރަބިންނުވަތަ ފާކިސްތާނުގެ ޖުއްބާކަމައް ދެކެންޏާ އެގޮތައް ދެކިގެން އެކަންރާބަޔަކު އެތީބީ ވަރައްބޮޑު އޮޅުމެއްގަ
މުސްލިމުންގެ ހެދުމަކީ ޕާކިސްތާނު ޖުއްބާ ކަމަށް އިލްމުވެރިން ބުނާކަމަށް ކަލޭ ބުނަންޏާ ކަލޭ އިވުމުގަ ނޫނީ ފެނުމުގަ މައްސަލައެއް އެބައުޅޭ. މިދެ ހިއްސު ރަނގަޅުކޮށްލައިގެން އައިސް ކޮމެންޓް ކޮށްލީމަ އޯކޭ ވާނެ.
ޔިތަ އުޅެނީ ނޭނގިގެނެއް ނޫން. އާބިދާގެ ނަޝީދު އާއި އެމް.ޑީ.ޕީ ބައިގަނޑުގެ ޗާބި ހުސް ނުވެގެން ހިނދުކޮޅުގަ ހުރެގެން.
އަންނި ބުނީ މާމަވެސް ބުރުގާއެއް އަޅައޭ އޭރު އަޅަ ބުރުގާއަކީ ހަމައެކަނި އިސްތަށިގަނޑު ނިވާކޮށްލަން އަޅަ ބުރުގާއެއް އެއިން މީހާގެ އައުރަ ނިވައެއް ނުވާނެއެވެ. އޭގެފަހުން ދިވެހިން އަޅަންފެށި ބުރުގާއަކީ އައުރަ ނިވަވާގޮތަށް އަޅަންފެށި ބުރުގާއެކެވެ. މިގޮތަށް ބުރުގާ އަޅަން އަންނި ހިތްހަމަ ނުޖެހެނީއެވެ. ބައެއް އަންހެނުން އަޅާ ބުރުގާއިން މީހާހެގ އައުރަ ނިވާވެއެވެ. އަޅާ ހެދުމުން މީހާގެ ވަނާތައް ފާޅެއް ނުވާނެއެވެ. އެހެންވީމާ މިއީ އިސްލާމުން ހެދުންއަޅާގޮތެވެ. މިގޮތަށް ހެދުންއަޅަން ލާދީނީ މީހުން ނުރުހޭނެއެވެ.
މީނާ ތަންތަނުގަ ވާހަކަ ދެއްކުން ހުއްޓުވަން ވެއްޖެއެްްނު. މުޅިންވެސް ދީނައް ފުރައްސާރަކުރަނީ
ދެން ތިވާވަހަކަ ދެއްކުމެއް ނެތް. މިކަން މިހެން ވާ ދޫކުރީމަ ވީ ގޮތްމީ!
މިބޭފުޅާޔައް ބޮކަމަކައް ވަނީ ދީނީކަމެއްބާއޭ ނުވަތަ އެހެކަމެއްޙޭ ހިތައް އަރާ! މިގައުމުގަ ބަނގުރަލާ އޫރުމަސް ވިއްކައިގެން ދިރިއުޅުމުގެ ބޭނުއްތައް ފުއްދުން ބޮޑު ކަމަކައް ނުވަނީ ކީއްވެބާ
އެމީހުން އަތުގަ ރުފިޔާ ހުރީ.
އަންނިގެ އަނބިދަރިން ފުރަތަމަ ނެރެބަލަ ދިވެހި ލިބާހާ ކަނޑިކި ލައްވާފަ..އޭގެ ފަހުން އެހެންމީހުން ދިވެހި ވަންތަ ހެދުން ލައްވަން އުޅޭ.
މުސްލިމް ގައުމެއްގެ ވެރިއަކަށް ހޮވަންޖެހޭނީ ރައީސް ނަޝީދު ބުނާ މީހެއް ދެއްތޮ. އަދި ކެމްޕެއިންކުރަންވެސް ޖެހޭނީ ރައީސް ނަޝީދު ބުނާ މީހަކަށް ދެއްތޮ. އަދި ރައީސް ނަޝީދުއަށް ނުވަތަ ރައީސް ނަޝީދު ބުނާ މީހަކަށް ވެރިކަން ހޯދައި ދިނުމުގައި ދީނުގެ މައްސަލަތައް ހިތަށް އެރިގޮތަކަށް ބަދަލުކޮށް އަމިއްލަ މަޞްލަޙަތު އިސްކޮށް ރަޢުޔު ނެރުން އޯކޭ ދެއްތޮ.
ބަލަ އިޔާޒޫ، މި ފެންނަނީ އިޔާޟް މެންފަދަ ފައިސާއާއި ދުނިޔެއަށް ދީން ވިއްކައިލި ނުބައި ނުލަފާ ޖަނަވާރު ވިސްނުމުގެ މީހުންގެ އަމަލުތަކުގެ ނަތީޖާ. އިޔާޟް ތީ މިއަދު މި ގައުމުން ފުހެވެމުންދާ ދީނީ ހިދާޔަތުގެ ޒިންމާ ނަގަންޖެހޭ މީހެއް.
މީނާ ތަންތަނުގަ ވާހަކަ ދެއްކުން ހުއްޓުވަން ވެއްޖެއެްްނު..... މުޅިންވެސް ދީނައް ފުރައްސާރަކުރަނީ
ކަލޭ ބުނާ ގޮތައްތޯ ހެދުންއަޅާންޖެހެނީ. ކަލޭތީ މާ ތަހިރު ހެދުމެއްލާ މީހެއްތޯ. ނަސީދު އެވިދާޅުވަނީ ދިވެހިން މިހާރު ދީނާ ހިލާފު ކުރު ހެދުން ލާ ވާހަކަ.
އެކަމް ވޯޓުދޭން ޖެހޭނީ އެގަންޖާ 19 އަށް؟
މިއީ އިޔާޒުމެން ބޭނުންވީގޮތް. މިކަލޭގެ ޖަލުންނެރުމުގައި ބައިވެރިވި އެންމެން ބޭނުންވީގޮތް. އެމް. ޑީ. ޕީ ވެރިކަމަށް ގެނެސް މަޖިލިސް ހިބައިންދީ ހެދީ ތިޔައެންމެން ޔައުނީ އިޔާޒުއާއި އިލްޔާސް މެންގެ ނުފޫޒުން. މިހުރިހާކަމެއްކޮށްފަ ދެން ކޮންވާހަކައެއް ދައްކާކަށް. މިގައުމުގައި އިސްލާމްކަންމަތީ އުޅެން ބޭނުމިއްޔާ ދެންވެސް މި ނަޝީދުގެ ކިބައިން މިގައުމު ސަލާމަތް ކުރެވޭތޯ ބަލަންވީ. ވަﷲ އައުލަމް.
މޮޔައަކަށް ރައްދު ދޭނީވެސް މޮޔައެއް
އެބުނާހެން ބޮލުރޮދި ކެޑިފަ ހުންނަ މީހަކު ބުނާހާގޮތަކަށް އުލެން ހެޔޮނުވާނެތާދޯ
ތެދުފުޅެއް ...
ސާބަސް އިޔާޒް ކެރެންވާނެ. ﷲ އިރާދަފުޅުން އިޔާޒައް ހިތްވަރާއި ކެތްތެރިކަން މިންވަރުކުރައްވާށި
ދީނީ އިލްމުވެރިންނޭ ކިޔައިގެން އުޅުނު އިލްޔާސް އާއި ހުސެން ރަޝީދު ފަދަ މީހުންވެސް ފައިސާގެ ދަހިވެތި ކަމުގައި ސިޔާސީ މަގާމް ތަޖަށް ދިއުމީ ދީނީ އިލްމުވެރިންގެ ތާކިހާ އަޅާއިގެން ތިބި މީހުނާމެދުގައި ސުވާކު އުފެދޭ ކަމެއް.
ސާބަސް ޢިޔާޒް.....
ނަޝީދު ބުނާގޮތަކަށެއް ނުން ހެދުން އަޅަންޖެހޭނީ....
އަހަރެމެން ހެދުން އަޅަން ޖެހޭނީ އިސްލާމްދީނާ އެއްގޮތަށް...
ކުރިސްޓިއަނުންގެ ސަގާފީ ކޯޓުފަޓުލޫނު ލުމުގެ މިނިވަންކަން އޮންނަންޏާ ، ފަޓަސް ހެދުމާ އަރަބި ހެދުން ލުމުގެ މިނިވަންކަންވެސް އޮންނަންޖެހޭނެ ، ނޫނީ ކޮން ޑިމޮކުރެޓީއެކޭ ތިކިއަނީ.
އަހަރުމެން މުސްލިމުންނަށް ވަނީ އިޔާޒު ބުނާގޮތަކަށް އުޅުނީމަކާވެސް ނޫން. އިޔާޒު ބުނާ ގޮތަކަށް ހެދުން އަޅާކަށްވެސް ނުޖެހޭ!
އަންހެނުންނޭ އެއްގޮތައް ފިރިހެނުންވެސް ނުޖެހޭ ފަޔަށްފިޓު ޖިންސުލައިޖެން ފޫކޮޅާ ފަލަމަސްގަނޑާ އެހެންތަންތަންވެސް އަރާވަރަށް ޓައިޓުކޮށްލާކަށް.
ކަކުލުންމަތި ފިރިހެނުން ގެ އަައުރަކަމަށްވަންޏާ އެބަޔައް ދޫކޮށް އެއްޗެހިލުން ރަނގަޅުވާނީ