ޤުރުއާން އަޑުއަހަން އިނދެ، އައްޑޫސިޓީ ހިތަދޫ ފިހާރައެއްގެ އިސް ފަރާތަކުން އެ ފިހާރައިގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރާ މަންޒަރުފެންނަ ވީޑިއޯއެއް ޢާންމުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި ހުންނަ، އެ ރަށު މެދު ދާއިރާގައި ހުންނަ ފިހާރައެއްގެ ތެރޭގައެވެ.
މިހާރު ޢާންމުވެފައިވާ މި ވީޑީއޯ މީސްމީޑިއާގައިވެސް ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ ކައުންޓަރުގައި ހުރި މީހެއްގެ ގާތަށް އަންހެން މުވައްޒަފު ދާ މަންޒަރެވެ. އެއަށްފަހު ވީޑިއޯއިން ފެންނަ މަންޒަރު ސާފު ނުވީނަމަވެސް، ކައުންޓަރުގައި އިން މީހާ އެ އަންހެން މުވައްޒަފާއި ވާހަކަދައްކާ އަޑު އިވެއެވެ. އެނގިފައިވާ ގޮތުގައި އެމީހާއަކީ އެ ފިހާރައިގައި ވަޒީފާ އަދާކުރާ، ފިހާރައިގެ ވެރި ފަރާތުގެ އާއިލީ މީހެކެވެ.
ޢާންމުވި ވީޑިއޯއިން އެ ފިރިހެންމީހާ އަންހެން މުވައްޒަފަށް "ފޯނުން ފިރިހެނުންނާއި ޗެޓުކުރުން" ނުކޮށް، ފިހާރައިގައި ތިބޭ ފިރިހެން މުވައްޒަފުން ކައިރީގައި ހުރުމަށާއި އެފަރާތްތަކާއި ގުޅުން ބަދަހިކުރުމަށް އަންގާ އަޑު އިވޭއިރު، އެކި ގޮތްގޮތުން އޭނާއާއި ހަޑި ބަހުން ވާހަކަދައްކައި ފުރައްސާރަކުރެއެވެ.
އެމީހާއަށް ނޭނގި ސިއްރުން ކޮށްފައިވާ މި ވީޑިއޯ ފޯނުން ނަގާފައިވަނީ އެ އަންހެން މުވައްޒަފެވެ. މި ހާދިސާއަށްފަހު އެ މުވައްޒަފު ވަޒީފާއިން ވަކިވެފައިވާއިރު، ވީޑިއޯ ލީކުކޮށްލީވެސް އޭނާ ކަމަށް ވެއެވެ.
އެ އަންހެން މުވައްޒަފާއި ޙަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ވަޒީފާގައި އުޅުނުއިރު ފިހާރައިގެ ފިރިހެން މުވައްޒަފަކު އޭނާ އާއިއެކު ޖިންސީ ޖުޅުން ހިންގުމަށް ދަޢުވަތުދެމުންދިޔަ ކަމަށެވެ. މީގެ އިތުރުން ޖިންސީ ވާހަކަތައް ދައްކައި، ޖިންސީ ފުރައްސާރަކޮށް ހަދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި ފިރިހެންމީހާގެ މައްސަލަ މިހާރު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
އެފިހާރައިގައި އަބަދު ހުންނަނީ ޤުރުއާން ޖަހާފައި ދެން އެކަމުން ދޭހަވޭތަ އޭނާ ހުރީ ޤުރުއަން އަޑުއަހަންކަމެއް.
ބީރު މީހެއް ނޫންނަމަ އަޑު އިވޭނެ ދޯ؟
އަޑުއެހުމާއި އަޑުއިވުމަކީ ތަފާތު ދެކަމެއް.
ޖިންސީ ގޯނާ ކުރާމީހުންނަށް އިބރަތަކަށް ވާވަރަށް ތިޔަމީހާ އަށް އަދަބު ދޭންޖެހޭކަމަށް ދެކެން.
އައްޑު އަތޮޅު އޭރު އަފީފަށް ލިބި ސްވޭދީޔަ އައިލެންޑްގެ ގޮތުގައި ވަކިވިނަމަ މާރަގަޅުވީސް އެއީ އައްޑޫތަ އައްޑޫ ކިޔާފަިއްޔާ ކޮންމެވެސް ކަހަލަ ޤައްދާރު ސިފަޔެއް ހުންނާނެ މީގެ ދިރިހުރި މިސާލަކީ ހަމީދުބެ އާއި އޭނަގެ ބަޑީ ޓަކްލޫ ސައީދުބެ
އެކަމަކު ޔާގުންޑާ ވަގަކަށްވިޔަސް މާލޭމީހުންނަކީ ވަގުންކަމަށް އަހަރެމެން ނުދެކެން
ތިރަށުމީހުންނަކީ ސުވަރުގޭގައި ދިރިއުޅޭެ މީހުންތަ؟
ކޮންރަށެކޭ mikiyany
އައްޑޫމީހުންގެ ހުތުރު ސިފައެއް ހުންނަނީ؟؟ ރާއްޖޭގެ ރަށްރަށް ވިއްކާލާފަ ފައިސާކޮޅު ބިލިއަނުން ގެއަށް ކަހަލަނީ ހަތަރު އުޅަބޮށި މާލޭގޮލާމެން، އެ ރީތި؟؟؟
މިހެންވެގެން އިސްލާމްދީނުގައި އަންހެނުންނާއި ފިރިހެނުން މަސްހުނިވުން މަނާކޮށްފައި އޮތީ... ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ ތަންތަނުގައި ވެސް އަންހެން މުވައްޒަފުންގެ ހާލަކީމީ...
ޢަންހެނާ މަގުމަތީގައި އުޅޭއިރު އައުރަ ނިވާނުކޮށް އުޅުމީ މައްސަލައެއްނޫން އެ އަންހެން މީހާ އާއިދިމާލަށް ބުނާބަސް ވ ގޯސް ކީހެބާ؟ ޙަމަ އެބައިމީހުންގެ ހައްގުތައް ބޮޑީބާ؟ މިކަމުގަވެސް ދެބައިމީހުން ހަަމަހަމަ
ތީ މިހާރު ވަރަށް ބޮޑުވެއްޖެ ކަމެއް... އަންހެން މުވައްޒަފުން ނަށް ސަރުކާރު އޮފީސް ތަކުތެރޭވެސް ރައްކާތެރި ކަމެއް ނެތް... ބޮޑައްޗަށް ތަށް ތިބޭ މީހުންގެ އެދުން ފުއްދީ ދީފައި މަސައްކަތް ކުރާނެ ވަގުތެއް ނުލިބޭ... ހިތަށް އަރާ އެމީހުންގެ އަނބިން ކީތްބާއޭ މިކުރަނީ...
ދެލޯފުޅޭ... އެކަހަލަ ހައިވާނުން އަނބިދަރިންނާ އާއިލާގަ ތިބޭ ކުދި ބޮދު އަންހެނުން ގަޔަށް އަރާ، ގިފިލި ބަލާނެ. ކައިވެނި ހަލާލު ނުވާ ގާތް މީހަކަށް ވެސް ނުބަލާނެ. ކުޑަކުދިން ބިރުގަންނަވާފަ ތިބޭނީ. ބޮޑެތިމީހުން ކުރިމަތީ ތެދު އަލިފަކަށް ވެގެން. މަ ފަކީރު ކުޑައިރު ގޭގެ ބޮޑުބޭބެެން އެފަދަ
ޥަގުތު ނޫސް ޒިންމާދާރުވުން ރަންގަޅު ޤުރުއާން މި ހަބަރު ގެ ސުރުހީގައި ހިމެނުމުގެ ބޭނުމެއްނެއް..،
ތިޔަވާނީ ލާދީނީ ރީނދޫ ފިކުރުގެ މީހަކަށް އައްޑޫ އަތޮޅުގައި ރީނދޫ މީހުން ވަރަށް ގިނަވާނެ އެހެން ނަމަވެސް އެފިކުރުން ބަރީއަ ވެފައިވާ ރަނގަޅު މާތްމީހުންވެސް އެ އަތޮޅު ގައި އުޅޭ.
ތިޔަބުނާ ވަރަށް ފުރައްސާރަ ކުރި އިރު ވަޒީފާއިން ވަކި ވުމުގެ ހައްގުވެސް ލިބިގެންވޭ ދޯ..ތިޔަ ބުނާ ވީޑިޔޯގަ މައިގަނޑު ގޮތެއްގަ އިވެނީ ނަސޭހަތްދޭ އަޑު
އައްޑޫ ކިޔައިފިއްޔާ ފާޑުތީ. ސ އަތޮޅަށް ނިސްބަތްވާ ރަނގަޅު އެކަތި ނުހުންނާޏެ