ކެމިކަލް ގުދަނެއްގައި ރޯވެ ހެންވޭރުގެ ގެތަކެއް އަނދަމުން ދިޔަ ވަގުތު، އެމަންޒަރު ދިވެއްސަކަށް ސިފަވީ މަޝްހޫރު އިނގރޭސި ލަވައެއް ކަމަށްވާ "ޝީ އިޒް ފަޔަރ ބާނިން އޮން ދި ޑާންސް ފްލޯ" ހެނެވެ.
ފޭސްބުކްގައި "އިލްޔާސް އަހުމަދު އިލޫ" ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން އެ ބޮޑު އަލިފާންގަނޑަށް ޖޯކުޖަހައި ޕޯސްޓު ކުރުމުން މީސްމީޑިއާގައި ގިނަ ބަޔަކު އޭނާ "ސައިޒު" ކުރަމުން އެބަ ދެއެވެ.
ރަހުމާއި ކުލުނުގެ ކަންފުޅެއްވެސް ހިތުގައި ވާނަމަ އެފަދަ ހިތާމަވެރި މަންޒަރެއް މިހާ ދަށު ދަރަޖައިގެ ގޮތަކަށް ނުފެންނާނެ ކަމަށް އޭނާ އަށް ފާޑުކީ މީހުން ބުނެފައި ވެއެވެ. އޭނާއަށް މަޖާ އަދި މޮޅު ކަމަކަށްވި ބޮޑު އަލިފާންގަނޑުގެ ސަބަބުން ދެ ކުއްޖެއްގެ މަންމައެއްގެ ފުރާނަ ވަކިވެ އެތަކެއް ބަޔަކު ދިރިއުޅެމުން ދިޔަ ގެދޮރާއި ތަކެތި ލޯމަތީގައި އަނދައި ހުލިވެގެން ދިޔައެވެ.
"އަދިވެސް ފެންނަނީ ތިބުނާ އަންހެން ކުއްޖާ ނެށުމުގެ އިސްޓޭޖުގައި ވަހުށީ ވިސްނުންތަކުގެ ތެރޭގައި އަނދަމުންދާ މަންޒަރު ހެއްޔެވެ. އެމީހުން އުފުލާނެ ވޭނާއި ކެކުޅުން އިހުސާސް ކޮށްލުމަށްފަހު ދެ އަތް އުފުލައި އެ ބިރުވެރިކަމުން ސަލާމަތް ކޮށްދިނުމަށް މާތްﷲ ގެ ހަޒްރަތަށް ދުއާ ކޮށްދިންނަމަ މާ ރަނގަޅުވީސް ތާއެވެ. އޭނާއަށް އިސްޓޭޖެއްގެ މަތީގައި ނަށަމުން ދިޔަ އަންހެން ކުއްޖަކު ސިފަވީ ކޮން ގޮތަކުން ބާވައެވެ." އެކަކު ބުނެފައި ވެއެވެ.
އެހެން މީހަކު ބުނީ އެ ހޫނު އަލިފާނުގެ ދިލަ ތަހައްމަލު ކުރަމުންދިޔަ ކުދިބޮޑު އެންމެންނަށް އަޅާނެ ވޭން ހިތަށް އަރުވާލިނަމަ އެފަދަ އެއްޗެއް ބުނާކަށް ނުކެރުނީސް ކަމަށެވެ. "ފަހަރެއްގައި އޭނާ މިހެން ބުނެފައި ވަނީ މީހުންގެ ޝައުގުވެރިކަން ހޯދަން ކަމަށް ވެދާނެ. އެހެން ނަމަވެސް އެފަދަ މަދު ބަޔަކު ދައްކާ ވާހަކަތަކަށް ތާއިދުކޮށް އެމީހުންނާ އެއްބައި ވާވަރަށްވުރެ ގިނަ މީހުންގެ ބުއްދި ތަނަސް." އޭނާ ބުންޏެވެ.
"އިލިޔާސް އަހުމަދު ތިޔަ ހޯދަން އުޅުނު "އެޓެންޝަން"ގެ ބަދަލުގައި އަހަރުމެންނަށް ތިބާއަށް ދިވެހިން ދޭން އޮތީ އެންމެ އެއްޗެކެވެ. އެއީ ދިވެހިންގެ ނަފުރަތެވެ. ދެންވެސް ތިޔަ ހިޔާލީ ދުނިޔެއިން ނުކުމެ ކުރެވުނު ކުށަށް މައާފަށް އެދޭށެވެ." އިތުރު މީހަކު ބުނެފައި ވެއެވެ.
އެއީ މޮޔަގޮލައެއް
އެ މޮޔައަކަށްވީ. މޮޔައީއެއްނޫން. ނުބައި ނުލަފާކަމާއި އަނެކުންގެ މައްޗަށް ރަޙުމުގެ ކުނޑިފަށެއްވެސް ހިތުގައި ނެތުމާއި އީމާންތެރި ކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތީ.
މިއެއް ނޫންތަ ހައްދު ފަހަނައަޅައި ދިއުމަކީ.....
ދީނާ ދެކޯޅައް މީހުން ބައެއް ދިވެހިން ކުރާ ޕޯސްޓް ތައް ހަމަ މިގޮތައް ޖެހުނަް މާ ރަނގަޅުވާނެ
މިއީ ހުޅުރޯކުރުމަށް ފަރިތަ ބަޔަކު ހިންގި ޢަމަލެއްކަމުގައި ފެނެއެވެ.
މޮޔައިވެސް ނޫން... ނުލަފާކަން އެއީ ހަމަ. މިހާރު ދިވެހިރާއްޖެ މިއޮތީ %100 މުސްލިމް ޤައުމެއްގެ ބައިން އުނިކުރަންވެފަ. ދީނަށް ލޯބިކުރާ އުޅެނީ މަދު ބައެއް. ދިވެހިރާއްޖޭގެ ތައުލީމީ މަންހަޖަށް އިސްލާހުގެ ނަމުގައި ގެންނަނީ ހަލާކާއި ގެއްލުން. ހެނދުނު އިރުއަރާތަނުން ސްކޫލަށް ގެންގޮސް ފަތިސް ނަމާދުކުރުވާ، ކަސްރަތު ކުރުވާފަ އަނެއްކާ ސްކޫލަށް ގެންގޮސް ކިޔަވާއިދީފަ.... ސްކޫލް ނިމުނީމަ 1ގަޑިއިރަށް އެގެންދަނީ ވަކިކުލާހަކަށް އެކުލާހުން އެދަސްކޮށްދެނީ ކުއްޖާއަދި ދިރިއުޅުމަށް ތައްޔާރުުރުން. ބެލެނިވެރިން ދަރިން ރަނގަޅުކުރުމަށް ފޫގައަޅާ ސްކޫލަށް ސަނާ ކިޔުމުގަ އަވަދިނެތި. އެނަގާ 1 ގަޑިއިރަށް ޖެހިދާނެ ގޭސް ފުޅިއާ ދޮންނަ މެޝިނާ އިސްތިރިއާ ހިފާއިގެން ސްކޫލަށް ދާން.
ބައްލަވާ މައިން ބަފައިން ދަރިން ތައްޔާރުކުރާނޭ ދިރިއުޅުމަށް. އެއީ ސްކޫލުން ކުރަން ޖެހޭ ކަމެއް ނޫނޭ. ދެންކިޔާނެ ޓީޗަރުންނަށް ހާދަ ބުރައޭ. ބައްލަވާ ތިބޭފުޅުން ބުރަ ތިވެލައްވަނީވެސް އަމިއްލަފުޅަށް.
މިވަރުން ދެން ކިހނެއް ރަނގަޅު ޖީލެއް ބިނާ ކުރާނީ..... ދުވަހެއް ދުވަހަކަށް ހާލަތު މިހިރަ ދަނީ ގޯހުން ގޯހަށް
ދިވެހި ސަރުކާރު ތިއޮތީ އަމިއްލަ އެދުމުގަ. ރައްޔިތުން ތިބީ މައުމޫނު ހުޅުވާލި އަނގަ ގަދަ މިތުރު ޕްރޮގްރާމުގައި ބައިވެރިވެ އޭގެ ބޭނުން ހިފަންވީ އެންމެ ނުބައިކޮށް ހިފާއިގެން.. ގައުމަކު ވެރިއެއް ގެރިއެއް ވަކިވަނީއެއްނޫން.....
ނަޝީދުން ހުންނަވަނީ ހަމައިން ނެއްޓިފަ
ޔާމިން ހުންނެވީ ބައްކުރައްވާއިގެން
ވަހީދު ހުންނެވީ ފިލާފަ
ސޯލިހު ހުންނެވީ ޤައުމުގެ ހިންގުން ފައްޓަވާނީ 0 ން ނުވަތަ 1000 ން ކަންވެސް ނޭނގި އަންތަރީސްވެފަ.
ދިވެހި ފުލުހުން މިބަޔަކު ހޯދާ ހައްޔަރުކޮއް ކޯޓުން ލަދުގަންނަވަރުގެ ރަގަޅު އަދަބެއްދޭންޖެހޭ.