މޫސުން ގޯސްވެދާނެ ކަަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައި ވަނީ ހދ އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށެވެ.

މެޓް އޮފީހުގެ އެ ސަމާލުގައި ބުނެފައި ވަނީ، މި ސަރަހައްދުތަކަށް މިރޭ ބޯކޮށް ވާރޭވެހުމާއެކު، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މިރޭ 23:30 އަށެވެ.

މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް ބުނެފައި ވަނީ، ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. އަދި އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު