މުހިންމީ ސަރުކާރުގެ ދަރަނީގެ އަދަދު ނޫން ކަމަށާއި ރާއްޖެ އިގްތިޞާދު ކުރިއެރުވުން ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު މިހެން ވިދާޅުވީ "ރާއްޖެޓީވީ" ގެ ޕްރޮގްރާމެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ދަރަނީގެ އަދަދަށް ވުރެ މުހިންމީ، އިގްތިޞާދު ކުރިއަރާ މިންވަރާ އަޅާ ބަލާއިރު، ދަރަނީގެ ނިސްބަތް ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމަށް ވަޑައިގެންނެވި އިރު ދަރަނި ހުރީ 48 ބިލިއަން ރުފިޔާގައި ކަމަށާއި މި ސަރުކާރުން މިހާތަނަށް ނަގާފައިވަނީ 1.9 ބިލިއަން ރުފިޔާގެ ދަރަނި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ ތެރެއިން 1.5 ބިލިއަން ރުފިޔާ ނުވަތަ 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަކީ ފަހުން އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ކަމުގައި ހަދައިދޭނެ ކަމުގެ ޔަގީންކަން އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށް ރޭ މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ދަރަނި ބޮޑުވީ މި ސަރުކާރު އައިފަހުން ނޫން ކަމަށެވެ.
"މިހާރު ޓްރެޝަރީ ބޮންޑެއްގެ ގޮތުގައި އަޅުގަނޑުމެން ވިއްކާފައި، ދަރަނީގެ ގޮތުގައި ރެކޯޑު ވިޔަސް، އަޅުގަނޑުމެންނަށް ޔަގީންކަން ލިބިފައި އެބަވޭ އިންޑިއާ ސަރުކާރުން މި ޓްރާންސިޝަން ޕީރިއަޑުގައި އެގޮތަށް ދަރަންޏެއްގެ ގޮތުގައި ރެކޯޑުވެފައި އިނަސް އެބޭފުޅުން މެޗުއަރިޓީގައި އެއީ ހިލޭ އެހީއެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަމަޖައްސައިދޭނެ ކަމަށް،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
މިނިސްޓަރ އަމީރު އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާތަނަށް 325 މިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް ރާއްޖޭގައި ވިއްކާފައި ވާނެ ކަމަށާއި ނަމަވެސް މި ބިލް ތަކުގެ ތެރެއިން ގިނަ ބިލް ތަކަކީ ކުރިން ވިއްކާފައި ހުރި ބިލްތައް މެޗުއަރ ވުމުން ރޯލްއޯވަރ ކުރުމަށް ހުޅުވާލުމުން ބޭންކް ތަކުން ސަބްސްކްރައިބް ކޮށްފައިވާ ބިލްތަކެއް ކަމުގައެވެ.
މިނިސްޓަރ ވިދާޅުވީ މީގެ ކުރިން މަޖިލީހުން ބަޖެޓް ފާސްކުރާ ގޮތައް ބަޖެޓް ތަންފީޒު ކޮށްފައި ނުވާ ކަމަށެވެ. މިދިޔަ އަހަރުތަކުގައި ބަޖެޓްގެ 90 އިންސައްތަ ބޭނުން ކޮށްފައި އޮތީ މަޖިލީހުން ފާސްކުރި ގޮތައް ނޫން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަމީރު ވިދާޅުވީ މިދިޔަ އަހަރުތަކުގައި ހިލޭ އެހީގެ ގޮތުގައި ލިބެނީ އަހަރަކު 150 މިލިއަން ޑޮލަރު ވަރު ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރ އިން ފެށިގެން މިހާތަނަށް ހިލޭ އެހީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ މަގްސަދަކީ ރާއްޖޭގެ އިގްތިޞާދު ފުޅާކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުން ކަމަށާއި ރާއްޖޭގެ މެދު ފަންތީގެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވާން ފެށުމުން ގައުމުގެ އިގްތިޞާދު ކުރިއަރަން ފަށާނެ ކަމަށެވެ.
ހިލޭ ދަރަނި.
ގަމާރު ވާހަކަ ނުދައްކާ
ދަރިންގެ ދަރިންނަށް ދާންދެން ސަލާމަތް ނުވާނެ ކަމަށް ރައްޔިތުންނަށް ވިސްނައިދިން ބައިގަނޑު އަމިއްލަ ދުލުން މިބުނީ ރައްޔިތުން ގުނބޯ ހެއްދި ވާހަކަ.
ރާއްޖޭގެ މެދު އަދި ދަށުފަންތީގެ ދިރިއުޅުމެއްއުޅޭ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުވަނެގޮތް ދިވެހިރަޢިއްޔަތުންނަށް އަމީރު ކިޔަދެއްވަފާނަންތޯ މަސްވެރިން ބާނާމަސް ނުއަގުގައި ކިރެނީ މަދުއަދަދެއް ބަކީ އުކަލަނީ ކަނޑަށް ދަނޑުވެރިން ހައްދާ ބަވަތްތައް މާލޭގެ މާރުކޭޓު ގޮނޑަށް އުކާލަފައި އަންނަނީ އަމީރު އެތަނަށްގޮސް ބަލާކަބަލަ މިއީތޯ ދިރިއުޅުމުގެ ފެންވަރު މަތިވުމަކީ؟
މަސްވެރިންނަށް މިހާރު ލިބެނީ މަހުގެ ހަމައަގެވެ. އެމްޑީޕީން ކެމްޕޭންގައި މަހުގެ ހަމައަގަކީ ކިހައިވަރެއްކަމެއް ބުނެދީފައިނުވާނެ. މިހާރު ލިބެނީ ކުރިއަށްވުރެ ދައްއަގެއްކަމުގައިވާނަމަވެސް އެއީ މަހުގެ ހަމައަގެވެ. ވޯޓް ހޯދުމަށް ތަފާތު ސްޓަންޓް ޖެއްސުމަކީ ޑިމޮކްރަސީ ގައުމުތަކުގައި އާއްމުކޮށް ކުރާކަމެކެވެ.
މުހިންމީ ދަރަނީގެ އަދަދެއް ނޫން، އިގްތިޞާދު ކުރިއެރުވުން މިއަދު މިހެންބުނެވޭ
ރާއްޖެ ދަރާ ވާހަކަ އެމްމެގަދަޔަ ކީ ކަލޭ.
ކަލޭމެންނަށް ތިހުރީ އިޤްތިޞާދު ކުރިއެރުވެފައި! ރައްޔިތުންނަށް ކޮށްދިން ކަމެއް ހަރާން! އެކަމަކު 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިރުވާލާފި! އަނެއްކާ އަނެއް ފަހަރު 40 ބިލިއަން ރުފިޔާ ދިރުވާލަން ތި އުޅެނީ!
އަމީރުކަލެއަކީ ފިނޭންސް މިނިސްޓަރކަމަށް ކުފޫހަމަވާމީހެއްނޫން. އަބަދުވެސް ކުރީސަރުކާރޭ ދަރަންޏޭ ކިޔަކިޔާ ހުރޭ. ރާއްޖެމިދަނީ ބަނގުރޫޓްވުމަދިމާލަށް.
ޔާ މީނުއިރުގަ ޗައިނާއިން ލޯނުނަގައިގެން ދަރނިބޮޑުވެގެން ހި މާރުތަކެއްހެން ހަޅޭއްފަޅޭއްލަވާފަ މިހާރު ކޮން މެކަ މެއް މިވެރިން ކުރީ މަ ރަންގަޅުކަ މަކައް މިވަނީ
ދަރަނީގެ ދަންތުރައެއްގައި ތިޔަ ޖެއްސީ އިންޑިޔާ މީހުން ވަރަށް މައްކާރު ވާނެ ތިޔަ ގޮތަށް ނަޝީދު ސަރުކާރު އިރުގައިވެސް ހެެދީ މާ މޮޅު ގޮތެއްތީ މިބުނީ ލޯނެއް ހެއް ނާގާށޭ ފަހުން ހިލޭ އެހީ އަށް ހަދައިދޭނަމޭ ކިހާ ހެއްވާ މަަކަރުވެރި ރޭވުމެއް
މީ ކޮންފަދަ ގަމާރެއްބާ¿¿¿
ދަރަނީގެ ދަންތުރައެއްގައި ތިޔަ ޖެއްސީ ...... ކިހާ މޮޅު މިބުނަނީ ލޯނު ނަގާށޭ ފަހުން ހިލޭ ކޮށްދޭނަމޭ އެވެރިން ބުނާ އެއްމެ ކަމެއް ނުކުރިއަސް ކުއްލިއަކަށް އަންގާނީ ލޯނު ދައްކަން ނުދައްކައިފިއްޔާ ފިޔާ އަލުވި ބިސް އެތެރެކުރާން ދަތި ކޮށްލާ ވިސާ އަށް ދަތި ކުރާނީ ވަހީދު ސަރުކާރު އިރު ވެސްހެެދީ އެހެން ބަލަ އިހަށް ދުވަހު ހުރިހާ އޮފީހަކަށް ބަރާބަރަށް އެކި ފަރާތަކަށް ފައިސާ ދޭށޭ ސިސްޓަމަށް ނާޅައޭ ބިލްތައް ހުންނަނީ ކިޔާފައި ފޮނުވި ސީޓީ އާއި އެކު ރިޕޯޓް ވާނެ އޭ ބުނެ ހޯދާ ހޯދާ ރިޕޯޓް ނުފެނިގެން ގުޅީމާ މަނިކުފާނުގެ މިނިސްޓްރީން މުބަނީ ވަރަށް ގިނަ ތަންތަނަށް ރިޕޯޓް ނުފޮނުވެ އޭ ތިމާމެން ފުރަތަމަ ރަނގަޅަށް އޮފީސް ހިންގައިގެންދޯ އެހެން އޮފީހެއް ރަނގަޅަށް ހިނގާނީ
ރައީސް ނަޝީދު ސަރުކާރުގައި އިންޑިޔާއިން ނެގި 100މ ޑޮލަރު އެމަނިކުފާނު ވެރިކަން ދޫކޮށްލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެއްކޮށް ދައްކައި ޚަލާސްކުރަން އިންޑިޔާއިން ބާރުއަޅާފައިވާކަން މިސަރުކާރަށްވެސް އެނގޭނެ. މި ސަރުކާރުގެ އިސް ވެރިން ފަހަތުގައި ތިބެގެން ކޮށްފައިވާކަމެއްކަމަށް ބެލެވޭ. ރައީސް ވަހީދު ދައުލަތުގެ ޚަޒާނާއިން އިންޑިޔާގެ ދަރަނި ދައްކައި ދިވެހިރާއްޖެ އިންޑިޔާގެ ދަރަނިން ސަލާމަތްކުރި.
ކުރީ ސަރުކާރު ކުރީ ސަރުކާރު ނިމުނީ އެވެ. އިތުރު ޥާހަކަ އެއް ނެތެވެ.
ކީކޭތަ ތި ކިޔަނީ! ދަރަނީގެ އަދަދު މުހިއްމު ނޫނީ އޭ!؟؟ އިޤިތިޞާދު ކުރިއަރުވާށޭ ބޭނުންވަނީ؟؟ ބަލަ ރައީސް ޔާމީން ކުރެއްވީ އެ މަސައްކަތް ކަމެއް ނޭނގޭތަ؟ ތަރައްޤީ އަދި އިޤްތިޞާދު ކުރިއަރައިގެން ދިޔަތަން ނުފެނޭތަ؟ ދެލޯ ފުސްވެފަ ދޯ ތިހުރީ؟
ލަވައެއްކިޔަން ޖެހިއްޖެނަމަ ކިހާވަރެއްވާނެ އެއްލަވައެއް ތިކިޔަނީ ނިދާހޭލާ ކޮއްމެ ފަހަރަކު ގޮތަކައް ތިޅެން ހެދީވެސް ރާގު މިއުޒިކުވެސް ތިމީހުން މިހާރު ތިއުޅެނީ ބައެއްގެ ބޮލައްކަނޑާލަން އަޑުއަހާ މިީހުނައްއެގޭ ތިޅެން ވަނީދަރަނި މަތިވަނީ އިންފުލޭޝަން އެތެރެއް ބޭރެއްނުވޭ.
ދަރަނީގެޢަދަދެއް މުހިއްމެއްނޫން އެއީ ދަރަނިވެރިވުމަށްނޭދޭތީ ނަމަވެސް ދަރަނިވެރިވާނަމަ ދަރަނީގެ ޢަދަދު ރަށްޔިތުންނަށްއެގުން މުހިއްމު އެއީ ދަރަނިވެރިވުމަށް ރަށްޔިތުންނޭދޭނެތީއާ
ދަރަނިންމިންޖުވުމަށް ކުރީގައި ތައްޔާރުވުމަށް އެއްކަމެއްވެސް އޮޅުވާލާފައިބޭއްވުން، ނުވަތަ
ފޮރުވާފައިބޭއްވުން މުހިއްމުނޫންކަންވިސްނަވާ އި
މުހިންމީ ދަރަނީގެ އަދަދެއް ނޫން، އިގްތިޞާދު ކުރިއެރުވުން
ކަލެއަށް މިކަން އެގުނީ މިއަދު ދޯ. ވަޒީރުކަން ލިބުމުންދޯ. ބަލަ މިވާހަކައެއް ނުން ރޔ ދެއްކެވީ. ކަލޭގެވރައީސަށް މިކަން ކިޔައިދެވޭތީ ބަލާބަލަ. ޡނޫނީ ވަޒީރުކަން އެބަ އަތުލާ. ޥ ކައިރިވެއްޖެ!
އަބަދުވެސް ސަރުކާރުގައި ތިބޭބަޔަކަށް ދަރަނި މައްސަލައަކަށް ނުވެއެވެ. ނަމަވެސް އިދިކޮޅުގައި ތިބޭ ބަޔަކު ރައްޔިތުންނަށް ވިއްކާ އެންމެ އަގުހުރި އެއްޗަކީ ދައުލަތުގެ ދަރަނީގެ އަދަދެވެ.. މިވަނީ ކިހިނެއްތޯއެވެ؟ މި ސަރުކާރުގައި ދައުލަތުގެ ދަރަނި ޑަބަލްވާއިރު ކުރިކަމެއް ރައްޔިތުންނަށް ފެންނަންނެތެވެ.
އިގްތިޞާދު ކުރިއެރުވުނުތަ؟؟
މިހާރު ދަރަނިނުވި އެއްވެސް މައްސަލައަކަށް، މިއޮތްހުރިހާ ދުވަހު ދަރަނި ދަރަނި ދަރަނި، ހިތާމަހުރި،
ވަގުންނަކަށް ދަރަނި އެއީ މައްސަލައަކަށް ނުވާނެ ދަރިންގެ ދަރިންނަށް ދާންގެން ދަރުވާލަނީޔޯ އަމާގެ ފައްޓަރުބައިވެސް ވިއްކާލަނީއޭ ކިޔާފަ ވޯޓުއޮޅުވާލައިގެން 2008 ވަނަ އަހަރު ވެރިކަމަށް އައިސް ދައުލަތުގެ ބޭތިލްމާލުގެ ހިއްސާތައް ބޭރުމީހުނަށް ވިއްކާލައި ފަޅުރައްތަކައް ބަހާލައި ބާކީ ބައި ވިއްކާލައި ހެދުމަށްފަހު ގައުމު ބަނގުރޫޓު އަރުވާލައި ވެރިކަން ދޫކޮށް އަނެއްކާ ހުވަފެންތައް ދައްކައިގެން ވެރިކަމަށް އަރާ ކީހާޅެން ްފައްރިއްސައްވެ ދައުލަތުގެ ދަރަނި ބޮޑުވެ ޤައުމު ބަނގުރޫޓުކޮށްލާފަ މިބުނަނީ ދަރަނި އެއީ މައްސަލައެއްނޫންކަމަށް ތިޔަށްވުރެ ބޮޑު ތެދެއް ތިޔަ ބައިގަނޑަކަށް ނުހެދޭނެ އެންމެ ކުޑަކުއްޖާއަށްވެސް އެނގޭނެ ދަރަނިބޮޑުވެ ބަނގުރޫޓުވީމާ ދެންވާގޮތް ރައްޔިތުން ފެލަންނީ 2008 ގަ ވެރިކަން ފޭރުނު ހިސާބުން ރައްޔިޔުންފެލަންފެށީ މިހާރު ނިކަމެތިމީހާކެ ކަރުބުޑަށް އަތްބާނައި ގޮހޮރުވެސް ދަމަނީ މި އޮތީވާ ޤައުމެއް
ޙެ ހެ މުދިން ކާޅު ސްޓޯރީ އެނގޭތަ
ގޮތްކުޑަ ޖާހިލު ލަދުގެ ކަންފުޅެއްވެސް ނެތް
ދަރަންޏެއްވެސް އިގްތިޞާދެއްވެސް މުހިއްމެއްނޫން. މުހިއްމީ ފޮނި ކެނޑުން. ކުރީ ސަރުކާރަށް އެންމެގިނައިންބެވީ ކަލޭ. މިހާރު ކީކޭތިކިޔަނީ. ކަލޭމެންނަށް ނުވާކަމަކީ މުހިއްމުކަމެއްނޫން. ވާކަންތައް މުހިއްމުވާނީ. ބަޖެޓްހުސްކުރުން އެންމެ މުހިއްމުވާނީ.
މިހާރު ކުދިމަހާ،ބޮޑެތިމަހަށް އެއް އަގުނުދެވިގެން މިއުޅެނީ ކޮންމަޖިލިީހެއް ނުލބިގެން؟މިހާރު ތިބޭޒާރުވަނިީނޫން އެއްވެސް ވައުދެއް ނުފުދޭ،ދެން ލަލާ
މިނިސްޓަރ ޖުހާ
ފަހުގައި ހުންނާނީ ހިރަފުސް
ކުރިން ކަލޭމެން ދެއްކި ވާހަކަޔާ މިހާރު ތިޔަ ދައްކާ ވާހަކަޔާ އެބަ ދިމާވޭހެއްޔެވެ؟ ޔާމީން ދަރަނި ނެގީ އިޤްތިޞާދުވެސް ރަގަޅުކުރަމުންނެވެ. ހެކިތައް އެހުރީ ރޯދިމާލަށް ފެންނާށެވެ. ޔާމީންގެ ޒަޢާމަތު ވަގުތީގޮތުން ނިންމާލީ ޖީއެމްއަރަށް ބޮޑު ދަރަންޏެއް ދައްކާފަ ރައްކަކުރާ ރިޟާވްގައި 779 މިލިޔަން ޑޮލަރު ، ބޭނުންކުރާ ރިޒާވްގައި 200 މިލިޔަން ޑޮލަރު ބަހައްޓާފައެވެ. އިޤްތިޞާދު އިތުރުކުރަން ވަނީ އެތަކެއް ފިޔަވަޅުތަކެއް އަޅާފައެވެ. މިއަދު ކަލޭމެން ތިޔަ ފަތަނީ ޔާމީން ގެނަސްދިން އިޤްތިޞާދުގެ ތެރޭގައެވެ. ކަލޭމެން އިޤްތިޞާދަށް ކޮށްދިން ކަމެއް ނެތެވެ. އިޤްތިޞާދު އެދަނީ ވަޅުލެވެމުންނެވެ. އެކަމަކު ދަރަނި އެދަނީ ބޮޑުވަމުންނެވެ. ވާހަކަދައްކާއިރު މީހާގައި ގޮތެއް ހުންނަންވާނެއެވެ.
ހިރަފުސް ކިސަޑަށްވެސްބަދަލުވޭ އެކިގޮތްގޮތަށް ބަދަލުވަނީ އޭގެހާލަތު
ޙަމަ ތިބޭފުޅުން ނޫންތޯ ބޮލަކައް ޖެހޭދަރަނި ބޮޑުވެގެން ކަންބޮޑުވެގެން އުޅުނީ
ކުރިން ހަމަ ކަލޭމެން ކިއީ ކޮންކުރީޓު ތަރައްގީ މުހިންމެއް ނޫނޭ. ދަރަނި މާބޮޑީއޭ. މިހާރު ކަލޭމެންނާ ޖެހުނީމަ އެކަންވެސް އޯކޭވީ؟
ބަލަގަ އިގްތިސާދީކަންކަމަށް ދަރަނިނަގާ އެނަގާދަރަނިން ކުރާ ވިޔަފާރިން ދަރަންޏަށް ފައިސާދައްކާ ހަލާސްކުރާނަމަ ދަރަނި ނެގުމަކީ މައްސަލައެއްނޫން . ނަމަވެސް ދަވްލަތުގެ ބަޖެޓްގެ ރިކަރެންޓް ހަރަދަށާ އާމްދަނީ ނުލިބޭ ޕްރޮޖެކްޓް ހިންގުމަށް ދަރަނި ނަގާނަމަ އެއީ ގައުމުގެ ދަރަނި ބޮޑުވެ ބަގުރޫޓް ވެގެން ހިގައިދާނެ ކަމެއް. މިއީ މާލީ ކަންކަން ދަންނަމީހަކު ކުރާނެ ކަމެއްނޫން.
އިގްތިސޯދު ރަނގަޅު ވާކަން ބާޒާރުގެ ފިހާރަތަކުން އެބަފެނޭ. މިސަރުކާރު އައި އިރު 8ރުފިޔާ، 10ރުފިޔާ އަށް ލިބުނު ފިޔާކިލޯއެއް މިހާރު ލިބެނީ 30ރުފިޔާއަށް. 15ރުފިޔާއަށް ލިބުނު ކެބެޖް، ކެރެޓް ކިލޯ މިހާރު 25ރުފިޔާއަށް. ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ވީމާތާ ދަރަނިވެރިވެގެންވެސް ބޮޑުއަގުގައި ތަކެތި ގަނެގެން މިއުޅެނީ. މަގޭ ހިތަށްއަރާ މިމީހުންގެ ލަދުހަޔާތް ކޮބައިބާވައޭ. ނިކަން ބާޒާރުމަތީ ފިހާރަތަކަށް އައިސް ބަލާބަލަ. ވިޔަފާރިވެރިން ކުރެން އަހާބަލަ ތަކެތީގެ އަގު ދަނީ މައްޗަށްތޯ ނޫނީ ތިރިއަށްތޯ؟ އިގްތިސޯދު ދަނީ ކުރިއަށްތޯ؟ އަނގައެރުވިއަސް ކަމަކު ނުދާނެ.
މުޅިން އައު ވާހަކައެއް، ދަރަންޏަށް ނުބަލާ އިޤްތިޞާދު ކުރިއެރުވޭނެ ތިޔަރީއެއް ފެނުނީތޯ؟