ސައްތާރުގެ ސައިކަލަށް ކުލަ ޖަހާފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ކަމަށްބުނެ، މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯގައިވާ ސައިކަލަކީ ސައްތާރުގެ ސައިކަލެއް ނޫންކަން އެނގިއްޖެއެވެ.
މީގެ ދެ ދުވަހެއް ކުރިން ސައިކަލެއްގެ މަތީގައި އިން ބިދޭސީ މީހެއްގެ ގަޔަށް ފެން ޖެހި މަންޒަރު ފެންނަ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންދިޔައެވެ. އެ ވީޑިއޯއިން ފެންނަނީ ސައްތާރު ނަމަކަށް ކިޔާ މީހަކު، އޭނާގެ ސައިކަލު މަތީގައި އިން ބިދޭސީއެއްގެ ގަޔަށް ފެން ޖަހާ މަންޒަރެވެ.
އެ މަންޒަރު މީސް މީޑިއާގައި ދައުރުވާން ފެށުމާއެކު، ގިނަ ބަޔަކު ސައްތާރުގެ ސައިކަލަށް ގެއްލުން ދޭނެ ކަމަށް ބުނަމުން ދިޔައެވެ. މިގޮތަށް ވާހަކަދެެކެވެމުން ދަނިކޮށް މިއަދު މީސް މީޑިއާގައި ދައުރުވާން ފެށީ އެހެން މީހެއްގެ ސައިކަލަށް ރީނދޫ ކުލަ ޖަހާފައިވާ ފޮޓޯއެކެވެ.
އެ ފޮޓޯ ފެނުމާއެކު، އެއީ ސައްތާރުގެ ސައިކަލު ކަމަށް ބުނެ ގިނަބަޔަކު މީސް މީޑިއާގައި އެ ފޮޓޯ ދައުރުކުރަމުން އެބަ ދެއެވެ. އަދި ބައެއް ނޫސްތަކަށް ހަބަރުވެސް އަރުވާފައި ވެއެވެ.
މައުލޫމާތު އެނގޭ މީހަކު ބުނީ، އެއީ ސައްތާރު ސައިކަލު ނޫން ކަމަށާއި، ސައްތާރު ދުއްވަނީ އެއާބްލޭޑްއެއް ކަމަށެވެ.
ސައްތާރު އެ ބިދޭސީ މީހަގެ ގަޔަށް ފެން ޖެހި މައްސަލަ ފުލުހުން ބަލަމުން ދެއެވެ.
ކޮންމެހެން ކުލަޖަހަންޖެހޭތަ ހާދަ ނަަާތަހުޒީބެޭ ބަންގާޅީއެއްވީމަ ބޮލަށް ފެންޖަހަާފަ އަމިއްލަ ސައިކުދެކެ ލޯބިވާތީ ކުލަޖަހާފަ ދިވެހިން ހުނަރުވެރިއެއް ނޫނޭ ބުނެފަ ބިދޭސީންނަށް ވަޒީފަާ ދިިީފަ މަގޭ ސުލޭމާނުގެ ވަޒީފާ ދަށްކޮށްފަ ދިިިީނަށް އުޅޭނަމަ މަލާމާތް ކޮށްފަ ނިރުބަވެރިޔެކޭ ގޮވަާފަ ވިސްނުންތަފާތު ވެއްޖެނަމަ ވަޒީފަަާއިން ވަކިކޮށްފަ މިއޮތް ދުނިޔެއެއް ޔޭ އަންދާ ގާނޫން ތަންކޮޅެއް ދިވެހިން ތަހުޒީބުވެބަލަ
ސައިކަލް މައްޗަށް އެ މީހާ އެރި މައްސަލަ ކޮބާ؟ ފުރަތހަމަ އެ މައްސަލަ ފުލުހުން ބަލާބަލަ.
ނަފުރަތަކީ ނަފުރަތުން ހުއްޓުވޭ އެއްޗެއް ނޫނެވެ. އެ ހުއްޓުވޭނީ ވިސްނައިދީގެންނެވެ.
ތިވާނީ ބަންގާޅި ޔަކަށް. ޔަގީން، މިއަދު ދިވެހި މީހާގެ ހައްގުގަ ކާކު ވާހަކަ ދައްކާނީ.، ދިވެހިން ތިބެނީ ބަންގާޅިނަށް ގޮސްހުސްވެފަ..،
ހައްހަހައްހަހާ ހީވޭ ކަމެއްހެން
ތިޔަ ކުލަ ޖެހިމީހާޔާ ފެން ޖެހިމީހާ އާ ތަފާތަކީ ކޮބާ ހަމަ އެއްފެން ވަ ރަކަށް ތިޔަ ވެއްޓުނީ
ސައްތާރު ސައިކަލަށް ކުލަ ޖަހައިިފިނަމަ ސައްތާރަށް ވުރެވެސް އަދި އެބަންގާޅީ މީހާއަަށް ވުރެވެސް ކުލަޖެހި މީހުން މާގޯސް. އެއީ ހައްގަކާއި ނުލާ އެއްވެސް މީހެއްގެ މުދަލަކަށް އެއްވެސް މީހަކަށް ގެއްލުމެއް ނުދެވޭނެތީ.
ބަންގާޅީއެއްގެމައްސަލާގައި ދިވެހިން އެކަކު އަނެކަކުގަޔައް އަތްލާހިސާބުގަ