ދީނާއި ދެރަޔެއް ލިބޭ ގޮތައް ކުރާ ކަންކަމާ ދެކޮޅުހެދުމަކީ ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމެއް ނޫންކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ބުނެފައި ވަނީ އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީ ރޭގައި ކުރެއްވި ޓްވީޓަކަށް ރައްދު ދިނުުގެ ގޮތުންނެވެ.

ހަސަން ލަތީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީން ހަތިޔާރަކަށް ހައްދަވައިގެން ސިޔާސީ ބޭނުމަށް ސިޔާސީ ލީޑަރުން ވާހަކަފުޅު ދެއްކެވުމަކީ ބޮޑު ފަސާދައެއް ކަމަށެވެ. އެކަން ނުކުރެއްވުމަށް އިލްތިމާސް ދައްނަވާ ކަމަށް ވިދާޅުވެ ހަސަން ލަތީފް ކުރެއްވި ޓްވީޓްގައި މައުމޫނާއި، ގާސިމް އަދި އިމްރާން ޓެގް ކުރައްވާފައިވެއެވެ.

އޭނާ ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުުން މުއިޒް ބުނެފައިވަނީ ދީނާއި ދެކޮޅާށް ދެރައެއް ދިނުމުގެ ގޮތުން ކުރެވޭ ކަންކަމާއި ދެކޮޅުވުމަކީ އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުން ނޫންކަމުގައެވެ.

" އިސްލާމް ދީނަށް ދެރަ ލިބޭ ގޮތަށް ވާހަކަޔާއި ކުރާ ކަންކަމާއި ދެކޮޅު ހެދުމަކީ ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމެއް ނޫނެވެ. އެއީ ދީނަށް ނަސްރު ދިނުމަށްޓަކައި ކުރެވޭ މާތް މަސައްކަތެއް" މުއިއްޒް ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

މި ވާހަކަތައްދެކެވެމުން މިއަންނަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯޓް (އެމްޑީއެން) އިން ދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓުގެ މައްސަލަ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެމްޑީއޭގެ މައްސަލައާއި ބެހޭ ގޮތުން އެމްޑީޕީ ސަރުކާރުން އެއްވެސް އެއްޗެކޭ ބުނެފައި ނުވާއިރު ރޭގެ ވަގުތެއްގައި ހަސަން ލަތީފް ކުރައްވާފައިވާ ޓްވީޓަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.

ދީނީ ކަންކަމަށް ބަޔަކު ހަޖޫ ޖަހާ މަލާމާތްކުރަމުން ދާއިރު މިކަމާއި މެދު ފިިޔަވަޅެއް އެޅުމަށް އަދި މިހާތަނަކަށް ސަރުކާރުން ގޮވާލާފައެއްނުވެއެވެ.

އެހެން ނަމަވެސް އިދިކޮޅު ޕާޓީތަކުންނާއި އާންމުން ދީނާ ދެކޮޅަށް އެމްޑީއެން އިން ނެރުނު ރިޕޯޓްް ހަރުކަށިކޮށް ކުއްވެރި ކުރަމުން ދާއިރު އެކަމަށް އެއްބާރުލުން ދޭފަދަ ޓުވީޓެއް ހަސަން ލަތީފް ކުރެއްވުމުން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ގިނަ ބަޔެއްގެ ނުރުހުން ދަނީ އަމާޒުވަމުންނެވެ.