މުޢުޖިޒާތްތަކަށް މުޢުޖިޒާތޭ ކިޔަނީ އެއީ އެކަންކަމަކީ ދުނިޔެ ހިނގަމުންދާ އާއްމު ހަމަތަކުން ބޭރުން އަދި އިންސާނާގެ ބުއްދިއަށް ގަބޫލުކުރަން ދަތިކަންކަން ކަމަށް ވާތީ ކަމަށާއި އެއީ ރަސޫލުންނާއި ނަބިއްޔުންނަށް ﷲ ދެއްވާ ހާއްސަ ހެކިތަކެއް ކަމަށް އޯއައިސީ ސެކެޓްރީ ޖެނެރަލްގެ އެޑްވައިޒަރ، ރާއްޖޭގެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި ރަސޫލާގެ އިސްރާޢާއި މިއުރާޖުގެ ދަތުރުފުޅަކީ ފްލޯކް ވާހަކައެއް ކަމަށް ބުނެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

"މުޢުޖިޒާތަކަށް މުޢުޖިޒާތޭ ކިޔަނީ އެއީ އެކަންކަަމަކީ ދުނިޔެ ހިނގަމުންދާ އާއްމު ހަމަތަކުން ބޭރުން އަދި އިންސާނީގެ ބުއްދި އަށް ގަބޫލުކުރަން ދަތިކަންކަމަށް ވާތީ އެވެ. އެއީ ރަސޫލުންނާއި ނަބިއްޔުންނަށް ﷲ ދެއްވާ ޚާއްސަ ހެކިތަކެކެވެ. އެއަށް ޖެހޭނީ އީމާންވާށެވެ." ޝަހީމް ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ފާޑުކިޔުން އަމާޒުވުމުން އެމްޑީއެން ވަނީ އެ ރިޕޯޓްގައި ބައެއް ވާހަކަތައް އޮޅުން އަރާ ގޮތައް ގެނެވިފައިވާ ކަމަށާއި އެހެންކަމުން އެކަމަށް މަޢާފަށް އެދޭކަމަށް ބުނެފައެވެ.

ނަމަވެސް ގިނަ އަދަދެއްގެ އިލްމުވެރިންނާއި އާއްމުން ގެންދަނީ އެމްޑީއެން އަށް ފިޔަވަޅު އަޅައި އެޖަމިއްޔާ އުވާލަން ގޮވާލަމުންނެވެ.

ފުލުހުން ވަނީ އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ އާއި އެމްޑީއެންގެ މެންބަރުންނާއި މެދު ނަފްރަތު އުފެއްދުމަށް ކުރަމުންދާ ކަންކަން ބަލަމުންދާ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެއްޔާ

    ސާބަހޭ ޝަހީމް. ތީ ޢިލްވެރިންނަކީ. ﷲ ޝަހީމަށް ޘާބިތުކަން ދެއްވާށި.

    18
    2
  2. ހަސަނު

    އެމްޑީއެން އަށްވުރެ މާވަރުގަދަ ބައިގަނޑުތަށް ދުނިޔެއަށް ފޮނުއްވާފައިވޭ. އެމީހުން އުޅުނީ ތިމާމެންގެ އުނި ސިކުނޑިން ވިސްނޭ މިންވަރެއްގެމައްޗަށް ބުރަވެ ހިތުހުރިގޮތަކަށް ހިިތުހުރި ވާހަކައެއްދައްކަމުން ދުނިޔެއާއި ޖާހަތަށްޓަކައި. ނަމަވެސް ވަގުތުޖެހުމުން ބުއްދިފިލައި ވަލުޖަނަވާރުންނަށް ބަދަލުވެ ނިކަމެތިކަމާއި ހިތްދަތިކަމުގައި މަރުވެދިޔައީ. އެމީހުނަށް ކުރެވުނުހާ ކަމަކީ ދުނިޔެ ނިމެންދެން ދުނިޔެއަށް އުފަންވާ އެންމެންގެ ލައުނަތް ލިބިގަތުން. ﷲ ގެ ރަހްމަތުން ބޭރުވެ ދެދުނިޔޭގެ އަޒާބަށް ހުށަހޮޅިގަނެވުން. ދެވަނަ ތުރުކީއަކަށް މި ޤައުމު ނެހެދުމަށް ގޮވާލަން.

    13