ގައުމުގެ އުމުރާނީ ތަރައްގީ އަށް ކުރާ މަސައްކަތްތަކަކީ ރައްޔިތުންނަށް އަޅާ ހުރަހެއް ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް ބޭސް ފަރުވާއަށް ކަމަށް ބުނެ އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވާ ކުރީގެ ރައީސް ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މަސްވެރިކަން ރަނގަޅުވެ, ރިކޯޑު އަދަދަކަށް މަސްބޭނުމާއި ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.
ނަޝީދު ވިދާޅުވީ މަސްވެރިން ބާނާ މަސް އޭގެ އެންމެ ހެޔޮ ހަގުގައި ކިރާލެވޭނެ ގޮތް ހެދުމަކީ ތަރައްގީ ހޯދޭނެ ގޮތް ކަމަށާއި މާލޭ ފުރާ ކޮންކިރިޓް އެޅުމަކީ ތަރައްގީ އަށް އެޅޭ ހުރަހެއްކަމަށެވެ.
Miadhu Raajje ah masverikan varah ran’galhu. Masverin baanaa maskolhu eyege hama aguga kiraaleveyne inthizaam hamajessumakee haqeeqee tharahgee hoadhey goiy. Male’ furendhen concrete elhumakee tharahgee ah elhey huraheh
— Mohamed Nasheed (@MohamedNasheed) April 8, 2018
ނަޝީދު މިހެން ވިދާޅުވެފައިވާއިރު މާލެ ވަށާ ކޮންކްރިޓްގެ މަަސައްކަތް އެންމެ ބޮޑަށް ކުރީ އެމަނިކުފާނުގެ ސަރުކާރުގައެވެ.
އެގޮތުން މާލޭގައި ހުސްތަންކޮޅެއް އޮތް ނަމަ އެތަނެއްގައި ފްލެޓް އަޅަން ނިންމީ އެމަނިކުފާނުގެ ސަރުކާރުގައި އެވެ. މި އާއެކު ނަޝީދުގެ މި މަސައްކަތުގެ ސަބަބުން އެމަނިކުފާނަށް ފްލެޓް ދޮންބެގެ ނަން ވެސް ދެވުނެވެ. ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ވެސް ބޭނުންވި ގޮތަށް ކުރިއަށް ނުދިޔުމުން ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ ނަޝީދަށް އަމާޒު ވެފައެވެ.
އޮއޮއޯ ޖަސްޓް އަދި މިއަޅަނީ ދަރުމަވަންތަ ހޮސްޕިޓަލް ޕާރކްގެ 25 ބުރި އިމާރާތް އެކަނިއޭ އަދި ހުރީއޭ 13 ބުރީގެ އިމާރާތް ފީންނަކާއި އަދި 10 ބުރީގެ އިމާރާތް ފީންނަކާއި އަދި 15 ބުރީގެ އިމާރާތް ފީންނެއް ވެސް. މިހާރު ހުރި އައިޖީއެމްއެޗް އިން ވެސް ބަޔެއް ނަގަން ޖެހިދާނެއޭ މިކަމަށް ޓަކައި އަދި އެތަން ތަޅާލަން ވެސް ޖެހިދާނެއޭ އެގޮތަށް އެކަން ކުރަން ޖެހުނު ނަމަވެސް މަމެން އެކަން ކުރާނަމޭ މިހާރު ތަމެންނަށް އިނގޭނެ ނޫންތޭ މަމެން ޕިންކީން މީ ބިއުޓިފުލް މައިންޑުން ކަން ދޯ. އިޓްސް ޖަސްޓް އައި ދަރުމަވަންތަ ހޮސްޕިޓަލުގެ އެެންމެ އިމާރާތެއް ނޫންތޭ. އައި އޭމް ޖަސްޓް އިން ދަ މިޑިލް އޮފް ލިޓިލް ޓޯކިޔޯ ސައިލެންޑް ޑްރީމް އިޓްސް ޖަސްޓް އެނދަރ ލަކީ ސަންޑޭ އޭ ކުދިންނޭ.
ތިޔަ ނަޝީދު ދައްކާ ވާހަކަ ނުވާނެ އަޑު އަހާކަށް. ޖަމަލު ފޮޑި ނަޝީދު.
ކަލެޭ ތަންކޮޅެއް ހަމަ ޖެހޭ އެއްޗަކުން މީޑިޔާ ސަމާލުކަން ހޯދަބަލަ..
އެހެންވެދޯ މީނަގެ ވެރިކަމުގަ އެއްވެސްކަމެއްނުކޮށް ބޮއިބޮއިއޮތީދޯ.
ތި ކފރ ކަލޭގެ ކިބައިން އަޅަމެން ރައްކާތެރި ކުރައްވާނދޭވެ!
ބޯފުޅުގޮވީތޯ؟
ހަމަ މަގުން ނެއްޓިފަ ހުރި ތިޔަ ޝައިތާނު އެހެން ކިޔާނެތާ، ގައުމުގެ ތަރައްގީއަށް އެޅިފަ އަދި އަޅަމުންދާ ކޮންމެ ފިޔަވަޅެއް ވެގެން ދަނީ އައްނި މިގައުމުގާ ހިންގަން ބޭނުންވާ ޝައިތާނީ އެޖެންޑާ ހިންގަން އެޅޭ ހުރަހެކެވެ. ފެށިފަ އިން ތަރައްގީ ގެ މަޝްރޫޢު ތަށް ފެންނާތީ ވަރަށް މާޔޫސް ވާނެ.
މީ ހަމަ މިގައުމައްޖެހިފަހުރި ބޮޑު ރޫގާއެއް ހުންގަދަވީ ވީނުން ދެއްކޭނުދެއްކޭ ވާހަކައެއްވެސް ނޭންގޭ! ދެރަކަމަކީ މިކަލޭގެ ދައްކާހާ ވާހަކައެއް ނޫސްތަކުގަ ޖަހާތީ!!
ޓެރަރިސްޓުން ނަކައް ނޭންގޭނެ މިގައުމު ތަރައްގީ ކުރަންވީ ގޮތެއް ލަންޑަނު ތަރައް ގީ ކުރަންވީ ގޮތް އެމީހުނައް ކިޔައިދީބަލަ......... މަސްހޫރު ފިލިނަސީދު....