ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއެއް އުފުލާފައި ވަނީ އެމަނިކުފާނުގެ ހަޔާތް ކަތިލުމަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް، ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާޢު ވިދާޅުވެއްޖެއެވެ.
"ޗެނަލް-13" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޝުޖާޢު ވިދާޅުވީ ޔާމީންގެ މައްޗަށް ކުރާ ދައުވާ އަކީ އުފެދުމުގައި ވެސް ބާތިލް ދައުވާއެއް ކަމަށެވެ.
"މިއީ އުފެދުމުގައި ވެސް ބާތިލް ދައުވާއެއް. ވެގެން މިއުޅޭ ގޮތް ދިވެހި ހުރިހާ ރައްޔިތުންނަށް އެނގޭ. ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި ރައްޔިތުން އުއްމީދު ވެސް ނުކުރާ ވަރުގެ ތަރައްޤީ އާއި ތަމައްދުން އެންމެ ގާތުން ގެނެސްދެއްވި، އެތައް ހާސް ދިވެހި ރައްޔިތުންނެއްގެ ލޯބި ހޯއްދަވައިގެން ހުންނެވި ރައީސް ޔާމީންގެ ސިޔާސީ ހަޔާތް ކަތިލުމަށްޓަކައި އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށްގެން އުފުލިފައިވާ ދައުވާއެއް ނޫން މިއީކީ." ޝުޖާޢު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީޢަތް ޓީވީން ލައިވް ކުރަން ނިންމުމުން ހުރިހާ ކަމެއް ރައްޔިތުންނަށް ސާފުވެއްޖެ ކަމަށާއި އެގޮތައް ކަންތައްތައް މެދުވެރި ކުރެއްވީތީ ﷲ އަށް ހަމްދާއި ޝުކުރާއި ކުރައްވާ ކަމަށެވެ.
ޝުޖާޢު ވިދާޅުވީ ޔާމީން އަތޮޅުތެރެއަށް ދަތުރު ކުރައްވަން ފެއްޓެވުމުން ސަރުކާރު ތެޅިފޮޅެމުންދާ ކަމަށެވެ.
އެއްމިލިއަން ޑޮލަރު ފިޔަވައި އިތުރު އަށް އެކައުންޓެއް ފްރީޒް ކޮށްފައިވާ ކަމަށާއި އެއީ ވެސް ސުވާލު އުފެދޭ ކަމަށެވެ. "މިއީ ސިޔާސީ ދައުވާއެއް ކަމަށް ބުނުމުގެ ޖާގަ އޮތް އެއް އަސާސް. އެއް މިލިއަން ޑޮލަރުގެ ދައުވާ ކުރިއިރު ވެސް އޭސީސީ އާއި ޔާމީން ބައިވެރިވެގެން ހުޅުވި އެކައުންޓްގައި އެއް މިލިއަން ޑޮލަރު ހުރީ." ޝުޖާޢު ވިދާޅުވިއެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ ޝަރީޢަތް މިހާރު އޮތީ ނިމުމަކާއި ގާތްވެފައެވެ. އަންނަ ބުދަ ދުވަހު އޮންނާނީ އެމައްސަލައިގެ ހުލާސާ ބަޔާން ހުށަހެޅުމެވެ.
އެއީ ހަޔާތެއް އޮތް އިންސާނެއްނަމަ ރަގަޅު ހަޔާތް ކަތިލަން އޭނާއަށް ކާންދިން އަތާއި ހެޔޮއެދޭ މީހާ އެގުނުނަމަ މިއަދު މިޤައުމަށް މި މުޞީބާތް ކުރިމަތި ނުވީސް
ގިޓާ އަށް ތިޔައޮތީ މާބޮޑަށް އެގިފަ، ރައީސް ޔާމިނަށް ކާންދިން އަތެއް ނޯންނާނެ ހުދު ރައީސް ޔާމިން ތިޔަބުނާ އަތަށްވެސް ކާންދީގެންގުޅުނީ. އަދި ތިޔަބުނާ އަތްތަށް ރައީސް ޔާމިނުވެގެން އުޅުނީ އެބައިމީހުންގެ ކުރިމަގު އުޖާލާކުރަން މިއަދު އެފަދަ ހާލަތެއް ރައީސް ޔާމިނާއެކު ނެތުމުން ކަމަށް ހިތާ ތިޔަބުނާ އަތްތަށް ނެތީ. އިންޝާﷲ ރައީސް ޔާމިން އަދި އެންބުރި އާރާބާރުގައި އަންނާނެ.
ކަލޯ ކާންދިންއަތުން ވިހަލާންފެށީމައި ދަތްވެސް ނާޅައެއް ނުހުރެވޭނެ!
ކާންދިންމީހާހުރީ މިހާރު ދީނަށްފުރައްސާރަކުރާ މީހުންނާއެކު...ދެން..؟!!! ޔާމީން ހައްޔަރުކުރުމަށް ރާވައިގެން އިދިކޮޅުހުރިހާއެއްމެން ބައިވެރިވާކަން މިހާރުއިނގޭ
ޔާމީންގެ ފަ ސްއަހަރު ހުރިހާ ލީޑަރުންގެ މައްޗައް ދައުވާކުރީ އެބޭފުޅުންގެ ސިޔާ ސީ ހަޔާތް ކަތިލުމަށޭ ދެއްތޯ ތިވިދާޅުވަނީ. ނަގޫފިތިފަ ހުރިމީހެއްތީ
ސިޔާސީވެރިންނޭ ކޮންތަނަކުން ކިޔަވައިގެން އަިސްތިބި ބައެއްގެ ވާހަކަ، ހުރިހާ ޖައްބާރުންވެސް އުޅުނީ ގައުމު ކައްވާލާ، އަދި މިއަދު މިދެކޭ ދިވެހިރާއްޖެ ގެންނަން ފޫގަޅާފައި ތިބީ. މިހާރު ވަރަށް ތާހިރެއްނުން ތިޔަބުނާ ސިޔާސިވެރިން ކޮބާ އެބައިގަނޑު.
ކީކުރަންތަ އެއްމިލިޔަން ޑޮލަރު އަތްލީ ! އަތްނުލިނަމަ ތިޔަ ދައުވާ އެއްނުކުރާނެ ދޯ !
ޚިޔާލީ ދުނިޔޭގަ ތިއުޅެވެނީ. ކޮން އެއްމިލިޔަން ޑޮލަރެއްތަ؟ ކޮންތާކު ހުރި އެއްމިލިޔަން ޑޮލަރެއްތަ؟ ކާކު ޖަމާކުރި އެއްމިލިޔަން ޑޮލަރެއްތަ؟ ކޮންއިރަކު ޖަމާކުރި އެއްމިލިޔަން ޑޮލަރެއްތަ؟ ކޮންކަމަކާ ވިދިގެން ހިނގައިދިޔަ ކަމެއްތަ؟ އެންމެ ޖަވާބެއްވެސް އެބައޮތްތަ؟ ކަލޭމެންގެ ނަންނާކަލާނގެ ބުނާ އެއްޗެއް ތަކުރާތޔ ކޮށްލުމަކުން ކަމެއް އރނގެނީ ކަމަކަށް ނުވެއޭ. ތިވެވެނީ އަމިއްލައަށް ބޭޒާރޭ. އެކަންވެސް ނުމެ އެނގެއެއްނު. ތިހިރީ ހާލަކީ.
kaleymen emmenah terrorism ge dhauvaa koh jalah liy kiyhkuran?/ hama emiyhunge hayaah ves kathiliynu kaleymenge verikamuga… REVENGE IS A BEST DISH SERVE COLD!!… hehe
ތިއަކު ޝައްކެއް ނެތެއްނު.
ކީރިތި ވަންތަ ﷲ ގެ މަތިވެރިވެގެންވާ އިރާދަފުޅާއި މިންވަރުފުޅުން ކުރީގެ ރައީސް ޔާމީން މިގައުމުގެ ވަލިއްޔުލް އަމްރުގެ މަޤާމް މިންވަރު ކުރައްވާށިއެވެ. އާމީން.... އިންޝާ ﷲ