މިހާރު ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގެ މިއަދުގެ ޝަރީއަތުގައި އެމަނިކުފާނުގެ ޚުލާސާ ބަޔާން 27 މިނެޓު ތެރޭ އިއްވައި ނިންމަން އެމައްސަލަ ބައްލަވާ ޣާޒީ އަންގައިފިއެވެ.

ޚުލާސާ ބަޔާން އިއްވައި ނިންމަން 27 މިނެޓުގެ މުއްދަތެއް ދީފައިވަނީ ބަޔާން ހުށަހަޅަން މާ ގިނަ ވަގުތު ނަގާތީއެވެ. ބަޔާން އިއްވުމަށް ގިނަ ވަގުތު ނަގާތީ މިއަދުގެ އަޑު އެހުން 10 މިނެޓަށް މެދުކަނޑާފައިވެސް ވެއެވެ. ޚުލާސާ ބަޔާން އިއްވައި ނިންމަން ޔާމީންގެ ވަކީލުން މާ ގިނަ ވަގުތު ނަގާތީ މައްސަލަ ބައްލަވާ ޣާޒީ ވަނީ ތަކުރާރުކޮށް އެ ބަޔާން ކުރުކުރެއްވުމަށް އަންގަވާފައެވެ.

ނަމަވެސް ޔާމީންގެ ވަކީލު ވިދާޅުވީ ޚުލާސާ ބަޔާން ވަރަށް ކުރު ކޮށްފައިވާ ކަމަށާއި އެގޮތުން އެ ބަޔާނުގެ ދިގު މިނުގައި އިނީ 125 ސަފްޙާ ކަމަށެވެ. ޔާމީންގެ ވަކީލް އަލީ ޝާހް ވިދާޅުވީ ވަކިވަކިން ފާހަގަ ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންކަމުން އަދި ގަޑިއެއްހާއިރު ބޭނުންވާ ކަމަށެވެ.

ޔާމީނާއި ދެކޮޅަށް ދައުލަތުން ދައުވާ ކުރާ މައްސަލައިގެ ހުލާސާ ބަޔާން ހުށަހަޅަން ތާވަލް ކުރީ މިއަދު 13:00 އަށެވެ. ނަމަވެސް ޝަރީޢަތުގެ މަޖިލިސް ފެށޭވަރުވީ 13:30 ހާއިރުއެވެ. ފުރަތަމަ ދައުލަތުން ހުލާސާ ބަޔާން ހުށަހަޅަން ފުރުސަތު ދިނުމުން 30 ވަރަކަށް މިނެޓް ތެރޭގައި ވަނީ ހުލާސާ ބަޔާން ހުށަހަޅައި ނިންމާފައެވެ.

14:00 އިން ފެށިގެން އަދިވެސް ކުރިއަށް ދަނީ ޔާމީންގެ ފަރާތުން ހުށަހަޅާ ހުލާސާ ބަޔާން ހުށަހެޅުމެވެ.

 

 

ކިޔުންތެރިންގެ ހިޔާލު