އައްޑޫ ސިޓީ ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

މިއެކްސިޑެންޓް ހިނގީ އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ކުރިން މާސްޓާ ވީޑިއޯ ހުރި ސަރަހައްދުގައެވެ.

މަންޒަރުދުއް މީހަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އެކްސިޑެންޓް ހިނގީ ދެ ސައިކަލެއް ޖެހިގެން ކަމަށާއި ދެ ސައިކަލް ދުއްވަން ވެސް ތިބީ އަންހެނުން ކަމަށެވެ.

"ދެސައިކަލް ވެސް ދުއްވާފައި އައީ މާބާރަކަށް ނޫން. އާދައިގެ ވަރަކަށް މަޑުން ދުއްވާފައި އައީ. ނަމަވެސް އެެއް ސައިކަލްގައި އިން މީހާ އިނީ ފޯނާއި ކުޅެން. އެހެންވެ އަނެއް ސައިކަލް ނުފެނިގެން ގޮސް ޖެހުނީ ކަމަށް ބެލެވެނީ." މަންޒަރުދުއް މީހާ ބުންޏެވެ.

އަނިޔާވި އަންހެން މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭނާ ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.

އިއްޔެ ވެސް އައްޑޫގައި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. އެއެކްސިޑެންޓްގައި ފަސް މީހަކަށް އަނިޔާވިއެވެ.