މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރުކުރި ރިޕޯޓްގެ މައްސަލައިގައި އެޖަމިއްޔާ އުވާލަން އެންމެ ވަރުގަދައަށް ގޮވާލަމުން ގެންދާ ޑރ.މުހައްމަދު އިޔާޒަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އިޔާޒަށް ފާޑުކިޔުން އަމާޒުވީ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީއެން އާއި މެދު ފިޔަވަޅު ނޭޅީ ކީއްވެތޯ ސުވާލުކޮށް އިޔާޒް ކުރި ޓްވީޓަކާއި ގުޅިގެން މީހަކު އޭނާ އާއި ކުރިމަތިކުރި އިތުރު ސުވާކަށް ދިން ޖަވާބެއްގެ ސަބަބުންނެވެ.

އިއްޔެ އިޔާޒް ފުރަތަމަ ވިދަޅުވީ "ޔާމީންގެ ވެރިކަމުގައި ލާދީނީ ޓެރެރިސްޓް އެމްޑީއެން އާއި މެދު ފިޔަވަޅެއް ނޭޅުއްވީ ކީއްވެބާ؟ ދެވަނަ ދައުރަކަށް ހޮވައިދީފިނަމަ ފިޔަވަޅު އަޅަންތޯ؟އެވެ."

އެވާހަކަތަކާއި ގުޅިގެން މީހަކު އިޔާޒާއި ކުރިމަތިކުރި ކުރި ސުވާލަކީ އެމްޑީއެންގެ ރިޕޯޓް މާކުރިން ނެރެފައިވާ ރިޕޯޓަކަށް ވާނަމަ އެމްޑީއެން އުވާލުން އެދި އިޔާޒް އަޑުނުއުފުލީ ރައީސް ޞާލިހް ވެރިކަމަށް އައުމުން އަޑުއުފުލަންތޯއެވެ.

ޖަވާބުގައި އިޔާޒް ވިދާޅުވީ އޭރު އަޑުނުއުފުލީ އޭރު ރަސޫލާއަށް ފުރައްސާރަކުރި ބައި ނުނެރޭތީ ކަމަށެވެ.

އިޔާޒް އެހެން ވިދާޅުވުމުން ޔާމީންގެ ސަރުކާރު ކުއްވެރި ކުރެވެން އޮތީ ކޮން ހަމައަކުންތޯ އިޔާޒް އާއި އާއްމުން ވަނީ ސުވާލުކޮށްފައެވެ. އަދި އިޔާޒް ގެންދަނީ އެމްޑީއެންގެ މައްސަލައިގައި "ދެ އަނގައިން ވާހަކަދައްކަމުން" ކަމަށް ބައެއް މީހުން ވަނީ ތުހުމަތު ކޮށްފައެވެ.

އިޔާޒަށް ފާޑުކިޔާފައިވާ ގިނަ މީހުން ބުނެފައި ވަނީ މިމައްސަލަ ފެންމަތިވީ ޔާމީންގެ ވެރިކަމުގައި ނަމަ މިސަރުކާރުން މައްސަލަ ދިގު ދައްމަމުންގެންދާ ގޮތައް ދިގު ދައްމަމުން ނުގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

އެމްޑީއެން އިން ރިޕޯޓް ނެރުނީ 2016 ވަނަ އަހަރު ކަމަށް އެޖަމިއްޔާ އިން ބުނި ނަމަވެސް އިންޓަނެޓުން ލިބެން ހުރި މައުލޫމާތައް ބަލާއިރު ބަދަލުތައް ގެނައުމަށް ފަހު އެމްޑީއެން އިން އެެރިޕޯޓް އެންމެ ފަހުން އާއްމު ކުރީ މިއަހަރުގެ ފެބްރުއަރީ މަހު އެވެ.

އެމްޑީއެން އުވާލަން ގިނަ އާއްމުންނާއި އިލްމުވެރިން ގޮވާލަމުން ގެންދިޔަ ނަމަވެސް ސަރުކާރުން ނިންމާފައި ވަނީ މައްސަލަ ތަޙްޤީޤުކޮށް ނިމެންދެން އެމްޑީއެން ސަސްޕެންޑް ކުރާށެވެ.

ކިޔުންތެރިންގެ ހިޔާލު

30 ކޮމެންޓް

 1. ސޭކު

  ރައީސް ޔާމީނު ކަމުނުގޮސްގެންނޫންތަ ޔާމީނު ބޭރުކޮށް، ދުޢާގައި އައިސްފައިވާކަހަލަ ރައީސަކާ، ބޮޑުވަޒީރެއް ރައްޔިތުން ހޮވީ.. ރިޔާސީ އިންތިޚާބުގައި އިބޫއަށް، އަދި މަޖިލީސް އިންތިޚާބުގައި ރޫޙާނީ ލީޑާރުގެ އެމްޑީޕީއަށް ސުޕަރމެޖޯރިޓީ ދިނީ ޔާމީނު ކަމުނުގޮސްގެންނޫންތަ؟؟؟ ޔާމީނަކީ މިހާރު މާޒީ.. ފުރިހަމަ ބާރުލިބިގެން ހުރިހާ ބާރެއް މުށުތެރެއަށް ލައިގެން މިއަދު ވެރިކަންކުރާ ބާރުގަދަ ވެރިންނާ މިއަދު ސުވާލުކޮށްބަލަ.. އިސްލާމް ދީނާ ﷲއާ ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނުމީހުންނަށް ފިޔަވަޅުއެޅިއްޖެތޯ؟؟؟ ނޭޭޅެންޏާ ނޭޅެނީ ކީއްތޯ.. ޔާމީނު ވެރިކަމަށް ރައްޔިތުން ހޮވިނަމަ މަވެސް ޔާމީނާ ތިސުވާލު ކުރާނަން..

  215
  2
 2. މަހުލޯ

  ތިބުނާ އިޔާޒް ކިބައިގައި މުނާފިގެއްގެ ސިފަ ހުރިކަމުގައި ބުނެވިދާނެތޯ؟؟؟ އަޅުގަނޑަށް ޝައްކު ކުރެވޭތީ ހަމަ އާންމު ފަރުދުންނާއި ކޮށްލި ސުވާލެއް

  117
  11
  • Anonymous

   އޭނަގެންގުޅޭ ވައިބަރ ގުރޫޕުގައި ނިކަން އަހާލަބަލަ.

   61
   1
   • އެކްސްޑީ888

    އަހާފަ އިންނާނެ

    27
    1
 3. އެންދެރި

  މިއީ ސިޔާސީ ކުރަން ޖެހޭ މައްސަލަ އެއް.ނޫނެވެ.

  73
  9
 4. ސަޒާ

  އަދިވެސް ދީނީ އިލްމުވެރިންގެ ބައެއް މީހުންބަލަނީ ސިޔާސީ ފައިދާ ނެގޭތޯ. އިޔާޒުމެންނަށް ނުކެރޭ ސީދާ މިހާރުގެ ރައީސަށް އެއްޗެއް ބުނާކަށް އަބަދުވެސް ޔާމީން. މަސްހޫރު މީހެއްގެ ނަންދޯ ކިޔާނީ

  127
  4
 5. އަލިފް

  އިޔާޒު ބޭނިއްޖެ......................................................

  105
  4
 6. ބާމީނު

  ޔާމީނުގެ ވާހަކަ ދެން ނުދައްކާށޭ. ރައީސް ޔާމީން މިހާރުމިހިނގާ ކަންކަމާ ނުގުޅުވޭނެ ދެއްތޯ. މިހާރު ހުރިހާ ބާރެއް ރީނދޫ ބައިގަނޑުގަ އޮތްއިރު އަދިވެސް ކަމެއްވާއިރްށް ކޮން ޔާމީނެކޭ ކިޔާކަށްތޯ؟ މިހާރު އަސްލަށްވެސް ތިބޭބޭފުޅުންނަށް އަލިފް އަދި ބާ، ވެސް ނޭނގޭކަން އެނގި ޔަގީނަވެއްޖެ. ތިޔަބޭބޭ ފުޅުންގެ ފަރާތުން ފައިދާއެއް ރައްޔިތުންނަށް ވަނީ ތިބޭފުޅުން މަގުމަތީ ތިބުމުން. އޭރުން ސަރުކާރުތައް ޖަވާބުދާރީކުރަން އެއްވަނަ. އެކަމު މަގާމުތަކަށް ހޮވުނީމަ ހަމަ ޗޮކުންދަނީ. ވާނުވާނޭނގޭ. އެންމެ ދިވެހިން ހެކިވާނެ. ހަމަ ވާނުވާނޭނގެނީއޭ.

  90
  2
 7. އަލީ

  މިހާރު އެނގިޖެއް މި އިޔާޒަކީ ވެސް ދެއުޅިއެއް ނުވާ މީހެއްކަން. އެއްވެސް އިހްުލާސްތެރި ކަ މެއް މީނަގެ ނެތް ކަން ވެސް ހާމަވެއްޖެ.

  101
  3
 8. އަޒާ

  އިޔާޒް ތިޔަ ގޮވީ އަތަށް... އަމިއްލަޔަށް ފަޟީހަތްވެ ބޭޒާރުވީ...

  94
  4
 9. އަމީ

  މިއުޅެނީ ބޭރު ދުނިޔޭގެ ޕުރެޝަރޭ ކިޔާފަ ލާދީނީ ފިކުރަށް ގާނޫނުން ޖާގަ ދޭނެ ގޮތެއް ހޯދަން.
  ކާފަރު މުޖޫ ނައީމް ގެ ވާހަކަ ތަކުރާރު ކުރަމުން ކެނެރީގޭ ނަޝީދު ވަނީ ދީނީ ފިކުރާއި އެކީ ލާދީނީ ފިކުރަށް ވެސް ޖާގަ ދޭން ޖެހޭ ކަމަށް ބުނެފަ. މިކަމުގައި މިސަރުކާރުގެ ނުވަތަ ތާއީދު ކުރާ ބަޔަކުވެސް އެއްވެސް އެއްޗެއްނުބުނާނެ. ރޭވިގެން ހިނގާ ޖަރީމާއެއް. މިކަން ވުމުން މެޑެލް ޖަހާލަން ލިބުނީމަ ދެން މީނަ ދައްކާ ވާހަކަ އިން އިނގޭނީ މީ ކިހިނެއް ވާ ކަމެއްކަން

  64
 10. އަޙްމަދް

  އިޔާޒް އެހެން ވިދާޅުވުމުން ޔާމީންގެ ސަރުކާރު ކުއްވެރި ކުރެވެން އޮތީ ކޮން ހަމައަކުންތޯ އިޔާޒް އާއި އާއްމުން ވަނީ ސުވާލުކޮށްފައެވެ. އަދި އިޔާޒް ގެންދަނީ އެމްޑީއެންގެ މައްސަލައިގައި "ދެ އަނގައިން ވާހަކަދައްކަމުން" ކަމަށް ބައެއް މީހުން ވަނީ ތުހުމަތު ކޮށްފައެވެ.
  މިހުރިހާ މިފާޑުގެ ޝޭޙުންތަށް
  (ކޮއްމެ ވެރިކަމަކަށް ޢަޤީދާ ބަދަލުވާ) ދެމޫނުގެ ސިޔާސީ ޝޭޙުންތަށް ގިނަވެ މިޤައުމު އެކަށް ފަސާދަވެއްޖެއެވެ.

  55
  1
 11. އެދުރުބެ

  ޝައިޚަކަސް ޑޮކްޓަރަކަށް އޭނާގެ ހުރި ގޮތް އެނގޭ ކިތަންމެ ބަޔަކު އުޅޭނެ. ސިޔާސީ ގޮތުން ނާއި ތެދުވެރިކަމުގެ ދައްކާ ވާހަކައިގެ ގޮތުން އޭނާގެ ފެންވަރު ވަރަށް ބޮޑަށް ވަޒަން ކުރެވޭ. ހަގީގަތް އެނގޭ މީހުން އެވާހަކަތައް ނުދައްކާ ތިބެނީ، އެހެންނޫން ނަމަ.... ވަﷲ އަޢުލަމް!

  36
 12. ޝަފީޤް

  މުނާފިޤްގެ ސިފަ މިހާރު 100% ހުރިކަމަށް ލަފާކުރެވޭ

  41
  2
 13. ާއަލީ

  މީ ދީން ސިޔާސީ ކުރާމީހުން..

  36
 14. ސާމް

  ޢިޔާޒް މެންގެވެސް ފަތައް އިތުރު ވާނީ އެހެންވެ އަނގަ މައިތިރި ކޮށްގެން ހުރޭ.. ކަލެޔާ އިލިޔާސް މިކަމުގެ ހުރިހާ ޒިންމާ އެއް ނަގަން ޖެހޭނީ.. ތީ މިގައުމުގެ ހަލާކު..

  54
  1
 15. ކާފަ

  ފުރަތަމަ އެންމެން އެކައްޗެއްކިޔައިގެން ހިނގާބަލަ މިލާދީނީ ބައިގަނޑު ރޫޅާލަން، އިޔާޒޭ ޔާމިނުއޭ ނުކިޔާ އަހަރުމެން އެކުގައި މަސައްކަތް ކުރަމާ، އެމީހުން އަހަރުމެންގެ އެއްބައިވަންތަކަން ގެއްލުވާނަން ތިކަހަލަ ފިތުނަވެރިވާހަކަ ފަތުރާނެ، ފުރަތަމަ ބާތިލު އަޤީދާތަކިން ޤައުމު ސަލާމަތްކުރުން މިއޮތީ. އަބަދުވެސް ރަނގަޅަށް ވިސނަބަލަ ހުރިހާކުދިންވެސް.

  56
 16. ސޮނިފުހޭ

  އޭ އިޔާޒު ކޮށްކޯ ތިބޭފުޅާ ގެ ޙަސަދަ ވެރިކަމަކުން ތަޢައްސަބަކުން ވާނެ ފައިދާ އެއް އޮންނަާނެ ހެން ހިޔެއްނުވޭ އަޅުގަނޑަކީ އިލްމުވެރިއެއް ނޫން އެކަމަކު އަޅުގަނޑު ތިބޭފުޅާ އަށް އިޚްލާސްތެރިވެ ތެދުބަހުން ވާހަކަފުޅު ދެއްކެވުމަށް ނަސޭހަތްތެރި ވަން ވައްސަލަާމް.

  54
  2
 17. ހަސަން

  ސާބަހޭ މ އިޔާޒޫ މުނާފިގެއްގެގައިގާ
  ހުންނަސިފަތަކުގެތެރެއިން އެއްސިފަ
  ބުނެދެއްވަފާނަންތޯ

  22
  2
 18. ކައުންސެލަރު

  އަޅުގަނޑު ހައްޕު!

  11
  9
 19. ޖާބިރު

  އިޔާޒް ކަލޭގެ ތިހިރަ ޒާތީވަންތަކަން ފިލުވާލާ ދީނީ އިލްމު ވެރިއެއްގެ މަޤާމަށް އެބުރި ރުޖޫއަވުމަށް ނަޞޭޙަތެއްގެ ގޮތުގައި ބުނެލަން، ކަލޭގެ ދީނީ ދަރުހަކީ މީހުންނަށް ބަދުބަސް ބުނުމާއި ނެތިމޮށުމާއި ފިތުނަ އުފެއްދުން މިއީތަ ދިނީ އިލްމުވެރިންގެ ސިފައިކީ، މީހަކު ހައިރާނެއް ނުވާނެތަ؟

  19
 20. ރައްޔިތުން

  ހައްދުފަހަނައެޅުން މުސްލިމުންނާއިގުޅުވައި “ޓޮލަރަންސް" އެއީ"ތަހުޒީބް" ފަލްސަފާއެއްކަން ކިޔާދިނުމައްފަހު، ހަމައެނޭވާގައި މުސްލިމުންނަށްފުރައްސާރަ ކުރާ ލިޔުންތައްދިފާއުކުރަނީ މަކަރުވެރިކަމާއި އެކު އެހެންދީންތަކައް ރާއްޖެއިންޖާގަހޯަދަން. MDN އުވާލަންޖެހޭ.

  30
 21. ހަސަން

  މ އިޔާޒު މުނާފިގެއްގެގަައިގާހުންނަ
  ސިފަތަކުގެތެރެއިން އެއްސިފަވިދާޅުވެ
  ދެއްވުއެދެން

  17
  2
 22. ބުރޯ

  ތިނަދޫ މީހަކު ލާދީނީ ވާހަކަތަކެއްދެއްކީމަ އޭނަ ފުލުހުންގެންދިޔަ އެކަމަކު އެމްޑިއެންގެ މީހަކުވެސް އަދި ޕޮލިހަކަށް ނުގެންދޭ ފުލުހުންބުނަނީ ތަހުގީގު ކުރަނީއޭ އެއްވެސް މީހަކާ ސުވާލެއްނުކޮށް ސަހިންދާ ފުރުވާލުމުގާ ނަސީދުގެ އަތެއް ވާކަމަށް ތުހުމަތު ކުރެވެނީ އެމް ޑީއެން މައްސަލާގަ ނަސީދުި ދެއްކެވި ގިނަ ވާހަކަތަކުގެ ސަބަބުން .އަދިމިކަމުގެ ސަބަބުން. އެރިޕޯޓް ގެ ލާދީނީ ވާހަކަތައް ލިއުނީ ނަސީދު ކަމަށް ވެސް ތުހުމަތު ކުރެވެންފަށައިފި

  22
 23. ުހުސެއިން

  އިއާޒު އާއި މެދު ސައްކު މަށަށް އުފެދިއްޖެ

  23
  2
 24. ޓަރި

  ލަދު ހަޔާތް ކޮބާ ކަލޭގެ.. އިންސާނެއް ވެެއްޖެއްޔާ ލަދޫ ހަޔާތްވެސް ހުއްނަން ވާނެ

  12
  2
 25. ހާހާ

  އެމް ޑީ އޭ އިން 2016ވަނަ އަހަރު ނެރުނު ރިޕޯޓް ރައީސް ޔާމީން ކާލީ. އެހެން ވެ އެންނު ނުފެނުނީ އެ ނެރުނު މީހުނަށްވެސް ތިޔަ ދީނީ ޢިލްމު ވެރިންނަށް ދައްކާ ނުލެވެނީސް.. އެމީހުނަށް ނުފެނުނީ އަދި ޖަމްޢިއްޔާ އުވާލަން ނުގޮވުނީ އެހެންވެ. ދީނީ ޢިލްމު ވެރިންވެސް މީހަކު ދެކެ ރުޅި އަޔަސް މީ ބޮޑު ވަރު މިތިބަ ލާ ދީނީ މީހުން ކުރާ ކަންތައް ވެސް ޔާމީނު ބޮލަށް. ތަންކޮޅެއް ހޭޖެހޭ މީހުންނަށް ޤަބޫލުކުރެވޭ ވާހަކަ ދައްކަ ބަލަ. މި ސަރުކާރަށް ކިތަންމެ ތާޢީދު ކުރިޔަސް ބުނެލަން އޮތީ މި ސަރުކާރުގެ މޔގުލުގަިތިބީ ލާ ދީނީ މީހުނޭ. ކުރީގެ ސަރުކާރު ކިތަންމެ ގޯހަސް ދީނަށް ފުރަށްސާރަ ކުރުމެއްނެތޭ އަދި ެިއިސްލާ ދީނާ ދެކޮޅު މީހުންނާ އިސްލާމުން ނަށް އަނިޔާ ދޭ މީހުންގެ ފައިގަ ބޮސނުދެޔޭ

 26. ހެހެހެ

  މިކަލޭގެ ޕީ.އެޗް.ޑީ ނެގީ ހަސަދަ ވެރިކަމުން، ކިޔަވައިގެން ތިބި މީހުންނަށް ވެސް މިކަލޭގަޔާހެދި ހުތުރު. ރަގަޅަށް ބަލައިފިނަމަ ހީވަނީ ތި އޮތް ޕީ.އެޗް.ޑީ އަކީ ވެސް .... ދެން މަ ހައްޕު

  8
  1
 27. ސާލިހ

  ރިޕޯޓު ޔަމީނު ސަރުކާރުގެ ދައުރުގަ ލިޔުނަސް އެމްޑީއެނުން އާނމެއް ނުކުރޭ. އާނމުކުރީ މިފެބްރުއަރީ މަހު އެމީހުންގެ ވެބސައިޓުގަ. އެމްޑީޕީއިން ހިމާޔަތްދޭނެކަން ކަށަވަރުކޮށްފަ

  13
 28. ނަކަސް

  އިޔާޒުގެ ވާހަކަތަކުން މިހާރު ހުރި ހާލަތާއިމެދު ރައްޔިތުންނަށް ސުވާލު އުފައްދަން ޖާގަ ދިނުމަކީ އިންތިހާއަށް ހިތާމަކުރާ ކަމެއް.