ހުރިހާ ރަށެއްގެ މީހުން މާލޭގައި ފަތްޖެހިއެނދު އަތުރައިގެން ތިބެންވީކަމަށާއި އެއީ ވެސް އެމީހުންނަށް ލިބިފައިވާ ޙައްޤެއް ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މަލާމާތަކުން ފާޑުކިޔުންތަކަށް ރައްދުދެއްވައިފިއެވެ.

ހުޅުމާލެ އިން މާލޭ ރައްޔިތުންނަށް ގޯތި ދޭން ޖެހޭނެ ކަމަށް ބޮންޑޭ މިދިޔަ ހަފްތާގައި ގޮވާލުމުން އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވުމުން އެކަމަށް ރައްދުދެއްވަމުން ބޮޑޭ ވިދާޅުވީ ފަތްޖެހިއެނދު ބަހައްޓައިގެން މާލޭ މަގުމަތީގައި ރަށްރަށުގެ މީހުން ތިއްބަސް އޭނާ އަށް މައްސަލައެއް ނެތް ކަމަށެވެ.

"ހުރިހާ ރައްޔިތުންނަކީ ވެސް ހުރިހާ ރަށެއްގައި ވެސް ދިރިއުޅުމުގެ ޙައްޤު ލިބިގެންވާ ފަރާތްތަކެއް. ހުރިހާ ރައްޔިތުންނަށް ވެސް މާލޭގެ މަގުމަތީގައި ފަތްޖެހިއެނދު އަތުރައިގެން ނިދަންވެސް ތިބެންވީ. އެއީ ވެސް ޙައްޤެއް. އެހެންނަމަވެސް މާލޭގައި ސައިކަލްތަކާއި، އެއޮންނަ ހަނި ދޭތެރެތަކުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން އައިސް ފަތްޖެހިއެނދު އަތުރައިގެން އޮތުމަކީ ފަސޭހަ ކަމެއްތޯއޭ. އެހެން ބަޔަކަށް އުނދަގޫ ނުވާނެތޯއޭ." ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ކުރިން އޭނާ ހީކުރެއްވީ މަޖިލިސް މެންބަރުން ލާމަރުކަޒު ކުރަން ބޭނުންވާ ކަމަށް ކަމަށެވެ. ނަމަވެސް މިއަދު އޭނާ އަށް ގަބޫލުކުރެވޭ ގޮތުގައި ގިނަ މެންބަރުން ލާމަރުކަޒު ކުރުމާއި ގިނަ މެންބަރުން ދެކޮޅު ކަމަށާއި މާލެ ދޫކޮށްލާފައި ރަށަށް އެނބުރި ދާން މަޖިލިސް މެންބަރުން ވެސް ބޭނުން ނުވާ ކަމަށެވެ.

2009 ވަނަ އަހަރު މަޖިލީހަށް އިންތިޚާބުވުމުގެ ކުރިން ރައްޔިތުންގެ ޙައްޤުތަކުގައި ވާހަކަދެއްކުމަށް ނުވަވަނަ ވަރަކަށް އަހަރު ހޭދަކުރެއްވި ކަމަށާއި ރައްޔިތުންގެ މައުލޫމާތު ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"އަޅުގަނޑު މިދަންނަވަނީ މާލޭ ރައްޔިތުން ތިބީ ވަރަށް ހާލުގައޭ. ފުރަތަމަ އެމީހުންނަށް އިސްކަންދޭށޭ." ބޮންޑޭ ވިދާޅުވިއެވެ.

ބޮންޑޭ ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ގެންގުޅުނީ ތޮއްޖެހުމާއި މަރުކަޒު ކުރުމުގެ ސިޔާސަތެއް ކަމަށެވެ.

"އެންމެ ބޮޑު މައްސަލައަކީ ރަށްތައް ފަޅުވެގެން ދިއުން. ރަށްތައް ފަޅުވެގެން ދިއުމުން ދިވެހިންގެ އަތުން ދިވެހިރާއްޖޭގެ ބީވެގެން ހިނގައިދާނެ." ބޮންޑޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

64 ކޮމެންޓް

  1. އަލީ

    ކަލޭ މާ މާލެވެގެން ތިޔަ އުޅެނީ ކަލޭ މަރުވީމާ ކައްވަޅަށްވެސް ދާނީ މާލެ ހިފައިގެން...

    81
    14
    • މާލެ

      ކަލޭ ދެރަވީތަ؟ ޙަޖަމު

      10
      16
  2. ޟމ

    މި ވެރިކަން ގެނައުމަށް އެންމެ ގިނަ ވޯޓް ލިބުނީ މާލެއިންތޯ ނުވަތަ ތިޔަ ކިޔާ ގޮތަށް ރާއްޖެތެރެއިން ތޯ ބަލައިދީބަ ބޮންޑާ، މާލެ އަކީ މިޤައުމުގެ ވެރިކަންކުރާ ރަށް، އޮޅުވާނުލާތި އެއީ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤު ލިބުމުގަ މާލެ އެކޭ އަތޮޅު ތަކެކޭ އެއްވަރު ވާންޖެހޭނީ

    99
    8
  3. ޅަބޭބާ.

    ބޮންޑޭއަށް އޅުގަނޑު ތާއީދު! ޜަށު ކޮންމެ މީހެއް ބޮޑުގޯއޝެއް އޮނާނެ . ނުޖެހޭ ރަށް ރަށު މީހުންނަށް ހުޅުމާލެއިން ގޯތިދޭކަށް، ވިއްކާއެއޗެއް ގަނަނަނަވީ. ގަނެވޭމީހުން. ފުލެޓްވެސް ދޭކަށްނުފެނޭ.

    26
    82
    • ހައްޤުބަސް

      ރަށު ކޮންމެ މީހަކަށް ނޯވޭ ރަށަކުން ގޯއްޗެއް.. މަވެސް މީ ރަށެއްގެ މީހެއް ރަށުން ބިންހުސްވެފަ އޮތީމަ ގޯއްޗެއް ނުލިބޭ.. ބިންހިއްކޭކަށް ނެތް.. މާލޭ މީޙުންނަށް ކ.ވިލިނގިލި ދިން ގޮތަށް ކައިރީގަ އޮތް ރަށްވެސް ނުލިބޭ އަހަރެމެންނަކަށް.. ދެން އޮތީ ހުޅުމާލެ އެއީ މާލެ އެއް ނޫން.. މާލޭ މީހުންނަށް ބިންދީ މާލެއިން.. ހުޅުމާލެއެއީ ރަތްއިތުންގެ ފައިސާއިން އެތަށް ބިލިޔަނެއް އޮއްސައިގެން ވަކި ކޮންސެޕްޓަކަށް ތަރައްޤީކުރި ރަށެއް އެގޮތަށް ތަރައްޤީކުރި އެހެން ރަށެއް ނެތް. ގެދޮރުނެތް ހުރިހާ ރައްޔިތުންނަށް އެތަނުން ހައްޤުވާނެ. އެއީ މާލޭ މީހުންގެ ތަނެއް ނޫން މާލޭ ފަޅެއް ވެސް ނޫން.

      67
      10
    • މާލެ

      ބަރާބަރު. ކީތްވެތަދޯ އަހަރުމެންގެ މާލެއަކާ އަޅައިގަނެގެން މިއުޅެނީކީދޯ؟ ޜައްތައްކުޑައީތަ؟

      7
      18
  4. މަރަށުމީހާ

    ބޭފުޅާ އަށް ދަންނަވަމެވެ. އަޅުގަނޑުމެން ރާއްޖެތެރޭމީހުން މާލެ އައިސް މިތިބެނީ މާލެރީތި ވެފަ ބޮޑުކަމުން އާސޯހުވެ ބަލަހައްޓައިގެން ތިބޭކަން ނޫނެވެ. އަހަރެމެންގެ ރާއްޖެތެރެ މާލެ އަށް ވުރެ 100 ގުނަ ރީތިވެފަ ބައެއް ރަށްތައް މާލެ އަށް ވުރެވެސް ބޮޑުވާނެއެވެ. އެހެން ނަމަވެސް އަހަރެމެންނަށް ލިބިފައިނެތީ އަސާސީ ޚިދުމަތްތަކެވެ. އެޚިދުމަތްތައް ލިބެން އޮތީ ބޭފުޅާމެންގެ މާލެ އައިސް ގެންނެވެ. އަދި އަހަރެމެން މިތަނުން ގައި ތިބެނީ ބޭފުޅާމެން ބުނި ވަރަށް ފައިސާ ދައްކަގެންނެވެ. ފަތްޖެހި އެނދު އަހަރެމެން ބޭނުން ކުރަނީ ފަސޭހަ އަރާމު ގަހެއް ދަށުގައި އޮވެ ނިދާލުމަށެވެ..ވ.ސަލާމް

    95
    7
    • އަސްޤަރު ސިއްދީޤް

      ބަލަ ކަލޭމެން ރަށުގަ ތިބީމާދޯ ރަށް ތަރައްގީކުރެވޭނީ

      8
      17
    • ސުހާ

      ތީފުލޯކު

  5. އަޙްމަދު

    މީ ހާދަ މާލޭފުޅު ބޭފުޅަކޭ. ރަނގަޅަށް ބަލައިފިއްޔާ މިވެސް ރާއްޖެތެރޭ އެއްޗަކަށްވާނީ!

    83
    11
  6. ފިލާވަޅު

    ބޮނޑޭ ރަނގަޅު ދޫނުކުރާތި ހަމައެކަނި ކެރިއަރުގަ ތިޔަކަހަލަ މަދު ކަމެއްކޮއްލެވޭނީ

    17
    34
  7. ސަންފައްތަ

    އަހަރުމެންނަށް މާލެ މާ މުހިންމެއްނޫން. މުހިންމީ ރަނގަޅު ޞިއްޙީ ޚިދުމަތް، މަތީތައުލީމުގެ ފުރުޞަތު، ވަޒީފާގެ ފުރުޞަތު މި 3 ކަންތައް މާލެއެކޭ އެއްފެންވަރަކަށް ރަށްރަށުން ލިބޭގޮތް ހަދައިދީފިނަމަ އެންމެ ސިކުންތަކުވެސް މި މާލޭގަ ނޫޅޭނަން. ކަލޯމެންގެ ބިލްޑިންގްތަކުގަ ދިރިއުޅޭނެ ބަޔަކު ނުވާނެތީވެ އެތަންތަނުން ކުލި ނުލިބޭނެތީވެ މިބުނި 3 ކަންތައް ސަރުކާރުން ހިފަހައްޓައިގެން ތިބެނީ.

    51
    5
  8. ބޯގަން

    އައްޑޫގައި މީހުން އެބައުޅޭ. އެކަމަކު 5ކމ ސަރަހައްދެއް އިންޑިޔާ މލިޓަރީބޭސް ހަދަން ދިނީ.
    ގަބުރު ހުރި ތަނެއްގައި ފްލެޓްއަޅާފައި 9ފޓ ކޮޓަރި އެދެނީ. ވިސްނާލާ 5ކމ ސަރަހައްދެއްގައި ބޮޑެތި ތަނަވަސް ފްލެޓް އަޅާއި ރައްޔިތުންނަށް ދިންނަމަ ވާނެ ފައިދާ .
    ޖާބިރަށް ރަށަކުން ބިމެއް ދިނީމާ އެއީ މައްސަލައެއް.
    އިންޑިޔާ ބޭސްހެދިތަން ކުއްޔަށް ދިންމަ ހިފާނެ ކިތައްމީހުން މިގައުމުގައި އެބަތިބި.
    އެވެސް އައްޑޫ އަށް ލިބެންޖެހޭ އާމްދަނީއެއް ނުވަދެ ދާ ބިމެއް.

    24
    1
  9. ޒާ

    އެމްޑީޕީގެ ހަގީގީ ސިފަ ދިވެހިންނަށް ނޭނގެނީއެއްނޫން. އެމީހުންނަށް ވާގިވެރިވަނީ. މިހިރީ އެމްޑީޕީ މީހުންގެ ހާލަތުހުރިގޮތް. ބާރު ލިބޭއިރަށް ދިވެހިންނަށް އެމިހުން ކުރަނީ މަލާމަތް. އިސްލާމް ދީނުގެ ޢަދުއްވުންނަށް ދެނީ ވާގި. އެކަމާ ދެކޮޅުހަދާމީހުން ގެންދަނީ ޤާނޫނު ހަދައިގެންވެސް ޖަލަށް ލަމުން.

    36
    1
  10. ބޯގަން

    މިއީ ހާދަ ފެންވަރު އޮޅިގެން އުޅޭ މީހެކޭ.
    ޜާއްޖެތެރޭ މީހުން މާލޭގެ ކޮޓަރިތަކަށް ބޮޑު ކުލި ދިނީމައެއްނޫންތަ ކަލޭމެން ގޮސް މެލޭޝިޔާ އަދި ސިންގަޕޫރުގައި ތިއުޅޭނީ.
    އަހަރުމެން މާލެއިން ފޭބީމާ ކަލޭމެން ސައިޒަށް ކެނޑިދާނެ.

    62
    9
    • ސުހާ

      ތީކަލެއައް ހީވާއެއްޗެއް. ކޮސްނުގޮވާ ، ފަސްކުޅަނދު މަދުވާނެ

      5
      9
    • ާއަޙްމަދު

      ދެން ސަ އިޒް ކުރަން ފަ އިބަންވީނު. ނުކެރޭނެ. ކަލޯމެން ތީ ރަށްދެކެ ލޯބިވާ ބަ އެ އް ނޫން.

  11. ޖާބެ

    ރާއްޖެތެރޭ ހުރިހާ މީހުން އެމީހުންގެ ވިޔަފާރިއާއިގެން އެބައެއްގެ ރަށަށް ދިއުމަށް ގޮވާލަން. ދުވަސްކޮޅަކުން މާލެ ފަޅުވެ ކުލިއަތުލައިގެން ކައިބޮއި އުޅުނު މާލެގެ މީހުންތައް ބަނޑަށް ޖެހިދާނެ. އަދި ރާއްޖެތެރޭ މީހުން އެއްގޮތަކަށްވެސް މާލެއަށް ނައުމަށް އެދެން.
    އެހެނަސް ސަރުކާރުން ޖެހޭނެ މާލެއިން މިލިބޭ ހުރިހާ ޚިދުމަތެއް ރާއްޖޭގެ ކޮންމެ ރަށަކުންވެސް ލިބެން. މިހާރު ރައްޔިތުން ފެލައިގެން ހޯދާ ފައިސާ މިޚަރަދުކުރަނީ މާލޭ ރައްޔިތުންނަށް އަރާމުގައި އުޅެވޭނެ ގޮތެއް ހެދުމަށް. އެހެންވީމަ ކިޔަވަން، ޑޮކްޓަރަށް ދައްކަން، އެހެނިހެން ޚިދުމަތް ހޯދަން މިޖެހެނީ މާލެއަށް އަންނަން. މި ހުރިހާ ކަމެއް ރަށްރަށުން ލިބޭނެނަމަ އެންމެ ހިނދުކޮޅަކުވެސް މާލޭގައި ނުހުންނާނަން.

    36
    6
  12. ރާއްޖެ ތެރެ މީހާ

    ބަލަ އަހަރުމެން ރާއްޖެ ތެރެ މީހުން މާލެ ނުތިބެ ކިހިނެއް މާލެ ބޭފުޅުން ގެ ބަންޑު ފުރަނަ މުއްތި ކުރާނީ ، މާލެ ބޭފުޅުން ބަނޑަށް ޖެހޭނެ ކަމުގެ ޔަޤީން އޮތީތީ ދާން ނުކެރިފަ މި ތިބެނީ، އެހެން ނޫން ނަމަ ދާނެތާ ކޮން ދުވަހެއް،

    29
    10
  13. ގުންޑާވާލާ

    ޢުރައްޕެއް ހުރިއްޔާ ދިވެހިރާއްޖޭގެ ވެރިކަން ކޮއްމެވެސް އެހެންރަށަކަށް ބަދަލު ކޮށްބަލަ ، ތިކަން ހައްލުވީ! މާލެ ކޮމާޝަލް ސިޓީއެއްގެ ގޮތުގައި އޮއްނާނެ!

    19
    4
  14. މާލޭ މީހާ

    މާލޭ މީހުން ރާއްޖެތެރޭ މީހުންނަށް ކުއްޔަށް ދޭތީވެ އުޅެނީ.މާލޭ މީހުންގެ އެހާ ފެންވަރެއް ނެތް ކުއްޔަށް ނުދީ އުޅެން.ބޮންޑޭ ކޮންމެ އެއްޗެކޭ ބުންޔސް??

    16
    9
  15. ޒަކް

    ބޮންޑޭ މާ ފެންމަތިވެގެން ނޫލޭ..އަތޮލުތެރެއަށް ވޯޓު ހޯދަން ދެންވެސް އަންނާނި ރިޔާސީ އިންތިހާބު ކައިރިވީމަ.. ބޮންޑޭ މެން ދަޢުލަތުގެ ހުރިހާ ލާރިއަށް މާލެއަށް އެކަނި އަޅާ ހުސްކުރީމަދޯ އެންމެން މިތަނަށް ބޮނޑިވެފަ މިތިބީ.. 21 ވަނަ ޤަރުނަށް ފިޓުނުވާ ނާތަހުޒީބު މީހެއް.. މިކަމުގެ އަޑީގަ ވެސް ހުންނާނި ކެނެރީގޭ ރަތްލާޖެހި ދައްޖަލު.. ރައްޔތުންގެ ރައީހޭ ކިޔާ މެޑަލުޖަހައިގެން މިކަލަހަ ވާހަކަ ދައްކާއިރު ނުހުއްޓުވާ ބަހެއްނުބުނެ އަތްޖަހަން އެ އިންނަނީ އެހެންވެ.

    17
    5
  16. މުނާޒް

    ބޮޑޭ އެދައްކަނީ މުޅިން ގޯސް ވާހަކަ އެއްނޫން. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މާލާގައި ދިރިއުޅުމަކީ ވާނެކަމެއް ނޫން. ރާއްޖޭގައި މީހުން ދިރި އުޅޭނީ ކިތަށް ރަށުގައިތޯ ކަނޑައަޅަން ޖެހޭ. މިގޮތަށް ކަނޑައަޅާ ރައްތަކެއްގައި އިންސާނީ ކަރާމާތާއެކު ދިވެހިންނަށް ދިރިއުޅެ އާމްްދަނީ ހޯދާ ޚިދުމަތްތައް ލިބޭނެ މަގު ފަހިކޮށް ދިނުމުން އެތަންތަނަށް މާލެއެކޭ އެއްގޮތަށް މީހުން ހިޖުރަކުރާނެ. ނަމަވެސް މިއަދުގެ ސިޔާސީ ލީޑަރުންގެ މިކަހަލަ ދުރު ވިސްނުމެއް ނެތް. އޭތި މީތި ކިޔައިގެން ރައްޔިތުންގެ ބޯކާލައިގެން ވެރިކަމުގައި ބަގުޑިބެއްދުނީމާ ނިމުނީ.

    10
    3
    • ސުހާ

      ނޫން އެމީހުން ބޭނުންވަނީ އަބަދުވެސް މާލެއަށް އަތްގަދަދަކުރަން... ބުނާނެ މާލެމީކޮންތަނެއްހޭ އެކަމު ބަލާނެ ކޮންމެވެސް ގޮތަކަށް ތަންކޮޅެއް ދަމައިގަނެވޭތޯ...

  17. ބުރާންތި

    ކަލޭމެން ކައިބޮއިގެން ތިބެނީ އަހަރެމެން ރާއްޖެތެރޭ މީހާ ފެލައިގެން! ކަލޭވެސް ދޭ ނިއުޒިލެންޑް މެންބަރުކަމަށް ކުރިމަތިލާން! އޭރުން ކަލޭގެ 3 ކޮޓަރީގެ އެޕާޓްމަންޓް ތިރީސްހާހަށް ކުއްޔަށް ނަގައިގެން ނިއުޒިލޭންޑަށް ކަލެއަށް ފައިސާ ފޮނުވާނަން! ލަދުގެ ކަންފުޅެއްވެސް ނެތް

    11
    5
  18. މިއަދު

    ބޮންޑާއަށް މިވަނީވަރަށްބޮޑަށް އޮޅިފައި މަލެމާލެއަކަށްވީ ރައްޖެތެރޭގެ މީހުންގެ ސަބަބުން މިހާރު ވެސް ރާއްޖެތެރެމީހުން މާލެއިން ފައިބަންފަށައިފިނަމަ މާލެ މާލެއެއްގެގޮތުގައި އޮންނާނީ ކިހިނެއްތޯ؟ މާލެއަކީ ރާއްޖޭގެ ވަކިދައުލަތެއްކަމަށްކަޑައެޅުމުން ރާއްޖެތެރެއެއްމެން މިއަދުން މިއަދަށް މާލެއިން ފައިބާނެ ރާއްޖެތެރެމީހުންނޭ ތިކިޔާމީހެއްނޫނީ ކޮބައިތޯ މާލޭގައި 10،12، ބުރިއަށް ޢިމާރާތެއްކޮށްފައި މާލޭގައިހުރި ޖިފުޑިތައް ބިލްޑިންގ ތަކަކަށް ބަދަލުކުރީ މިނިކަމެތި ރާއްޖެތެރޭގެ ރަޢިއްޔަތުން މިއަދުވެސް ބޮންޑާއަށް ކަމެއްވިއްޔ ކޮށްދެނީ ރާއްޖެތެރެމީހެއްނޫނީ ބިދޭސީއެއް ދެންކޮބަތޯ ތިކިޔާ މާލޭގެ ބޭފުޅުންނަކީ މިއަދުވެސް ބޮންޑާ ފަންގަނޑުމަތީގައި ކަމުގައިވާނަމަ ރާއްޖެތެރޭގެ އެއްމެ ދައްފެންވަރުގެ ރަށެއްކަމަށްވާ މަލޭގެ ގެދޮރު ޢިމާރާތްކޮށްދިނުމަށް ވެލިގާއުފުލު މާމިގިލީ ގާސިމް އިބުރާހިމް ނިދިކުރައްވާނީ ކާލޯން ގޮދަޑީގައި 100 މީހުން އަބާދީގައި ހަމަނުވާ ނ ކުޑަފަރީސިޔާމު ބިރިޔާނީ ކާނަމަ ތޮބޮންޑަކާނީ މާރުކޭޓުން ގޮނޑު ހޮވައިގެން ދެން ކޮންމާލެމީހުންނެއްވެގެން މިއުޅެނީ

    8
    3
  19. ބުރޯ

    މާލެ ތަރައްގީވީ މާލެއަށް އަތޮޅުތަކުން މީހުން އައިސް މަސައްކަތް ކޮށްފަލިބޭ ހުރިހާ އެއްޗެއް ގޭކުއްޔަށް ދިނުމުން. މާލޭ މީހުންނޭ ތިޔަ ކިޔާ އތޮޅުތެރެއިން ހިޖުރަކުރި އާއިލާ ތަކުގެ މީހުންގެތެރޭގާމީހުން ގ. ކެނެރީގެ މުހަންމަދު ނަސީދު ގެ އާއިލާ ވެސް ހިމެނޭ . މުހަންމަދު ނަސީދުގެ ބައްޕަ ކެރަފާ ސައްތާރުގެ މާމަ ނިސްބަތް ވަނީވެސް ފުވައްމުލަކަށް. މައުމޫނުގެ މަންމަ ނިސްބަތް ވަނީ ގއ. ވިލިގިއްޔަށް ، އިބްރާހިމް ނާސިރު ގެ މަންމަ ނިސްބަތްވަނީ ފުވައްމުލަކަށް. ޔާމީނުގެ މަންމަ ނިސްބަތްވަނީ ނ، ވެލިދުއަށް އަތިރީގެ ހާންދާނުގެ އެއްފަޅި ނިސްބަތް ވަނީ ފުވައްމުލަކަށް އަނެއަފަޅި ނިސްބަތްވަނީ ކ. ހުރައަށާ ފަރަންސޭސި ވިލާތަށް..ބަލަގަ މާލެ އަކީ ގިރަވަރު މީހުންގެ ރަށެއް އެއީ މާލޭގަ ފުރަތަމަ އުޅެންފެށީ ގިރާވަރު މަސްވެރިން ދޯނިފަހަރު އެހިލާ ބަޑަހަ ޖަހާ ރަށެއްގެ ގޮތުގާ.ވީއިރު މާލެއަކީ ރާއްޖޭގެ އެހެން ރަށަތައްފަދަ މާލޭގެ ރަށްވެހި އާއިލާ އެއް އޮތް ރަށެއްނޫން.

    9
    2
  20. ކާފަ

    ބޮންޑޭ: ކޮބާމިގުޅާލީ މާދަމާގެ ކުރިން ކުލިދައްޗޭބުނެލންވެގެން. މިއުޅެނީ މާދަމާ ސިންގަޕޯރއަށް ޖައްސާލންވެގެން
    ރާއްޖތެރޭމީހާ: މިއަދު މުސާރަ ލިބުނީ، މުސާރަ އެއްކޮށް ޖަމާކޮއްލާފައިންނީ.

    8
    4
  21. ހައްލު

    ބޮންޑާ! މޮޔަނުވެބަލަ މި މާލެ މާލެއަކަށް ހެދީ ރާއްޖެތެރޭމީހުންނޭ! ކަލޭމެން ފަންޖިފުޓީގަ ރާއްޖެތެރޭމީހުން އުވަދަވައިގެން އެ އުވަ ގޯނީގައިކާއްތައިގެން ގެގަނދުގައި ބިތް ޖަހާ ނިވައިކޮށްދީގެން އުޅުނު ހަނދާން ނެތީތަ؟ އަހަރުމެން ހަދާން އެބަ ހުއްޓޭ. ހަޑަސްބުރީގައި ވަޅުޖެހީމަ އަރަނީ ނަޖިހޭ ބޮންޑާ!

    4
    4
    • ސުހާ

      ތީހުސް ދޮގު. ތީހަދައިގެން ތިރައްރަށު މީހުން ކިޔާއެއްޗެއް... މީ ކ. ޢެމެރިކާ

      1
      2
  22. ޖާނޭ

    ބޮންޑަރ އަށް ތާއީދު ކުރެވޭ،، އެއީ މާލެ މީހުންނަށް ހުޅުމާލެއިން ގޯތި ދިނުމުގައި އިސްކަން ދޭންޖެހޭނެ ސަބަބަކީ، މާލޭގެ ގޭބިސީތަކުގައި އެރއްޔިތުން އުޅޭ ދަތިހާލު ފެނިފަ ހުރީމަ އަދި މާލޭގައި ގޯތިދޭނެ ޖާގައެއްވެސް ނެތް މާލެ ވަނީފުރިފާ..ކަންމިހެން އޮތް އިރު އެމީހުނަށް އެމީހުންގެ ރަށުން ބޯހިޔާވަހިކަން ހޯދަދޭން ޖެހޭނެ،،،،މިސާލަކަށް މާލެ ނޫން އެހެން ރަށެއްގެ ރައްޔިތުން ގޯތިހޯދަން މަސައްކަތް ކޮށްކޮށް ތިއްބާ އެހެންރަށެއްގެ ބަޔަކަށް އެރަށުން ގޯތި ދޫކުރާކަށް އެރަށެއްގެ ރައްޔިތުންވެސް ނޭދޭނެ. މީކީ ބަހުސް ކުރަންޖެހޭ މައްސަލައެއްނޫން .

    3
    1
    • Anonymous

      ހުޅުމާލެއަކީ މާލޭ މީހުންގެ ރަށެއްނޫން. އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފައިސާއިން ހިއްކާފާއޮތްރަށެއް. ހުޅުމާލެ ފެހިކުރަން އެންމެ ގަހެއް ރުކެއްވެސް މަލެއަކުން ދފައެއްނޯންޏާނެ. ހުރިހަ ގަހަކާ ރުކެއް ގެނައި ރާއްޖެތެރޭން. ހުޅުމާލެއިން ގޯތި ދިނުމުގައި އިސްކަންދޭންޖެހޭނީ ރާއްޖެތެރޭމީހުނަށް. މައމޫނު މާލެބޮޑުކުރަންވެގެން ރާއްޖެތެރޭން ގެނައި ވެލި މާގިނަވާނެ. ރާއްޖެތެރޭމީހުން ހިލޭސާބަހަށް ވެލިގެނެސްގެން

      2
      1
      • ޖުމާ

        ރާއްޖޭގެ ހުރިހާ ރަށަކީވެސް މާލެމީހުންގެ މިލްކެއްކަން ހަނދާންކޮށްދެން

        1
        4
        • ހިބާ

          ކަލޭ އަނގަ އޭ ކިޔާ

  23. ޢާސީ

    ރާއްޖެތެރޭން މާލެ އަންނަީ ކޮންމެހެން ދަރިންނައް ކިޔަވާދޭކަށެއްނޫން ރަށު ސުކޫލުން މޮޅައްކިޔެވޭ ހޮސްޕިތަލް ވެސްނެތީކީނޫން ބޭނުންވަނީ މާލެ މީހުނައްވެގެން ކޮފީއައްގޮސް ބުރުތަޅާ އިތުރައް މުޖުތަމަު ހަލާކުކުރަން އަދި ފިރިމީހާގެލޒާރިކޮޅު ހުސްކޮށް ނާޗަނރަނގީ ކުޅެން މީގަ އަޅެއެއްވެސް ދޮގެއްވޭތަ.. ހާއްސަކޮށް މިރާއްޖެތެރޭން އަންނަ މީހުންގެ ސަބަބުން މާލޭގެ ގިނަބައެއްގެ ދަރިންތައްވެސް ވަނީ ހަލާކުގެތެރެއް ގޮސްނިމިފަ..އަދޮވެސް ބަލަންވީ މިކަން ރަނގަޅުކުރެވޒެތޯ..ބޮންޑާ އެބުނަނީ ވަރައްބޮޑުތެދެއް..

    3
    6
    • ސުހާ

      ތިޔަބުނީ ހެޔޮކޮށް

    • ކިޔާމީހާ

      ކޮންމެ ރަށެއްގައިވެސް ގޯސް މީހުންނާއި މާތްމީހުން އުޅޭނެ ވަކި މާލެމީހަކަށް ވީމަ ބޭފުޅަކަށް ވާކަމެއް ނޫން މާލޭގަމީހުންގެ ތެރޭވެސް ގޯސްމީހުން މަދެއްނުން ރާއްޖެތެރޭމީހެއްވެއްޖެއްޔާ ނަންވާނީ ހަގީގަތަށް ބުނާނަމަ ބުނެވޭނީ ރާއްތެރޭ މީހުންނޭ މާލެމީހުނަށް އުޅެންވާ ހުރިހާ ރަގަޅުގޮތް ދަސްކޮށް ދިނީ ކުރީގަ މާލެ މީިހުނަކަށް ނޭގޭނެ ރީތިވާންވެސް ސާފުތާހިރުކުރަންވެސް ރާއްޖެތެރޭމީހުންގެ ސަބަބުން މާލެމީހުންވީ ތަރައްގީ ހަލާއްކެއް ނޫން

      1
      2
  24. ރާޅު ބޯއީ

    މީ މި މީހުންގެ ހަމަ ހުންނަ ގޮތް. ނުބައި ނުލަފާ ކަމާއި ލަދީނީ ކަމާއި ޖާހިލުކަމާއި ބޮޑާކަން. މި މީހުންގެ ސަބަބުން މުޅި ގައުމު ފުން އަނދަވަޅަކަށް ވެއްޓެމުން މިދަނީ.

    5
    2
  25. ޒިދުނާ

    މީދެންކާކު؟ކަލެއަކަށްނޭގޭތަ ކަލޭމެންގެ ގެ ހަދާފަހުރީ ބޭންކްތަކުންލޯން ނަގައިގެން ކަމެއް.ރާއްޖެތެރޭމީހާ އެއްމަހުވެސް ކުލި ނުދައްކައިފިނަމަ ލޯން ނުދެއްކިގެން އުޅޭނީ.މީނަ ޓެސްޓް ހަދަން ހޮސްޕިޓަލަށް ގެންދަންވީނުން.މިވަރުގެ މީހެއްނެތިގެން.މީނަ އެކަނިތަ މަޖިލިހުގައި މާލޭ ބޭފުޅަކަށް ހުރީ.ކަލޭ މަޖިލިހަށް ހޮވީ ކަލޭވަރުގެ މީހެއްނެތިގެނެއްނޫން.އެމްޑީޕީ މީހަކަށްވީމަ.މިހާރުވެސް ރާއްޖެތެރޭމީހުން އުޅޭނީ މާ އުފަލުގައި.ތީ ހަމަ އެއްވެސް އުރައްޕެއްހުރި މީހެއްނުން.

    2
    2
    • ސުހާ

      ބަލަގަ ގެހަދަނީ ލޯނުނަގައިގެން. ދެން ކަލެއަށް ކުއްޔައް ދޭންވީ 2 ރުފިޔާއައްތަ؟ ކަލެއެއްނުން ޑޮކްޓަރައްދައްކަންވީ...

      1
      1
  26. މުހައްމަދު

    ތިޔަ މާލޭމީހުންނަށް ކުލި ނުދޭންވެގެން މަ މިއޮތީ އައިސް ރަށުގާ...
    މިހާރު މަބަލަނީ ތިޔަ މާލެ ނާރާވޭތޯ.
    ތީބޮޑު ވެހިކަލް ޔާޑެއް މިހާރު.
    އިންސާނުުން ދިރިއުޅެންވެސްނުވާވަރުތަނެއް ތިޔަމާލެއަކީ....
    ބޮންޑާމެން ކޮންފުއްޕުމެއްތަ ތިޔަފުއްޕަނީ.

    1
    1
    • ސުހާ

      ކަލޭމެން ރައްރަށުގެ މީހުންގެ ވެހިކަލްތައް އަރުވައިގެން މާލެ ފުރެނީ... ކަލޭމެންނަށް މާލޭގަ ވެހިކަލް ނުދުއްވޭގޮތައް ބޮންޑާމެން ފާސްކުރަންވީ، ހަމައެކަނި ފައިމަގުގަ އުޅެވޭގޮތް ހަދަންވީ ތިރައްރަށުމީހުންގެ ވެހިކަލްތައް ޓޯކުރަންވީ....

      1
      1
  27. ޙަމޭ

    ބޮންޑާ ތިހުރީ ބޮޑާވެފަތާ

  28. ނަދާ

    ކުޑަސިޓީ ހައްދުވަންވީ އަނެއްކާ...

  29. ފާތުން

    މިތިބަ ރާއްޖެތެރޭމީހުން ކަލޭމެން ރަށުބިޔަ ބޮޑު ގޭގަ އުޅެން ކަލޭމެން ރަށަށްދޭބަލަ މާލެ ތޮއްނުޖައްސާ. ޢަދި މިތާ ތިބެގެން ކޮންމެ މީހަކު މާލެ މީހުނަށް ބަވާނެ. މި ރާއްޖެތެރެ މީހުން މާލެ އައިސް ގޭގަ ނުކައްކާ ބަތް ޕާރުސަލް ޕިއްޒާ އެއްޗިސް ގެނެސްގެން ކައިވެސް ހަދަނީ. އެކަމު ރަށުގަ ހެސްކިޔާފަ މަސައްކަތްކުރާނެ. ?????

    2
    2
  30. އަހްމަދު

    ކޮންރަށެއް ފަޅުވީ. ފަޅުވިއެއްވެސް ރަށެއް ބޮންޑޭ ބުނެދީބަލަ.

    3
    1
  31. ގަބުޅިކަތީބު

    ބޮންޑޭ ބުނަން ވާހަކައެއް. ރާއްޖެތެރޭމީހުން ހަމައެއްގޮތަކަށްވެސް މާލެނައިސް އުޅެފާނަށް މާލޭގައި މިހުރި ސަރުކާރުގެ ހުރިހާ އޮފީސް ތަކާ ސަރުކާރުގެ ހޮސްޕިޓަލާ ސަރުކާރުގެ ސްކޫލްތައް ރާއްޖެތެރެއަށް ބަދަލުކުރޭ. އޭރުން ރާއްޖެތެރޭމީހުން މާލެއޮތްކޮޅަށް ބޯ ލައިގެން ނިދަންވެސް ނުތިބޭނަށް. އޮޅިގެން ނޫޅެބަލަ. މާލެ މާލެއަކަށްހެދީވެސް ރާއްޖެތެރޭމީހުން.

    6
    2
    • ހުދާ

      ތިހުރިހާކަމެއްކޮއްދިނަސް އަންނާނެ ، މޭރީބްރައުން ،ކޭއެފްސީ މިހެންގޮސް މިކަހަލަ ތަންތަނެއްނެތޭކިޔާފަ...

  32. މޫސަ

    ހުޅުމާލެ ހި އްކީ ހުޅުމާލެ އަކީ މާލޭމީހުންގެ ތަނެ އްކަމަށް ވަކާލާތު ކުރާ މީހުންގެ މަ އިން ބަފަ އިންގެ ރުފިޔާ އިންތަ

    3
    2
    • ނަދާ

      ނުލިބޭނެ ކަލޭމެންނަކަށް އެއްތަނެއްވެސް މާލެ ސަރަހައްދަކުން. ޜަށުގަ ހުންނާނެ ތަންތަން.... މީދެން ބޮޑުވެއްޖެކަމެކޭ... އަހަރުމެން މާލެއަންހެންކުދިންނާ އިންނަން ކަލޭމެން ނޫޅޭތި... ނުވެސް އިންނާނަން

      1
      2
    • ޠޯހިރާ

      ޔެސް އައިމެންގެ މާލެ ކުދިންގެ އަމިއްލަ ކޭށް އިން މުޅި ގައުމު މިހިންގަނީ ނޭންގޭތަ އެކަމެއް؟ ތޭކްފުލްވެބާ އެކަމަށްޓަކާ....

  33. ނނ

    ބުނަންވާހަކއެއް. ދިވެހިންނެއްވުރެ މަގުމަތިވެފަތިބި ބަޔަކު މި ދިނިޔޭގައި ނޫޅޭނެ. ދިވެހިން ބޯހިޔާވަހިކަން ޚައްޞަކޮށް ރަށްރަށުގެ މީހުން ހޯދަނީ ހަޔާތްކުޑަކަމުން.

    3
    1
  34. ޜގ

    މާލޭ މީހާ މިއީ

    3
    1
  35. ޏިޒާމު

    ޞބޮންޑޭ އެދައްކަނީ ވަރައް ރަނގަޅު އިބުރަތް ތެރި ވާހަކަ ލާމަރުކަޒީ ކުރެވޭނީ މިމީހުން ރަށުަ ދިރިއުޅެންފެށީމަ..މިރައްފުށު މީހުން މީ އަބަދުވެސް ދެކޮޅުންކާންއުޅޭބައަެއް..ރަށައް ގޮސް ނުލަފާކަން ދައްކަބަލަ މާލެތެރެ ހަލާކު ނުކޮއްބަލަ..

    2
    2
  36. ގައުމު

    މާލެއިން ވެރިކަން އެހެންރަށަކަށް ބަދަލުކޮށްލީމަ ރަނގަޅުވާނެ! މާލެއަކީ ތަރައްގީވަމުން އަންނަ ގައުމެއްގެ ވެރިރަށަކަށް ކަމުދާތަނެއް ނޫން!

    2
    3
    • ފާތުން

      ހިތައްވެސް ނާރުވާތި... ހަހަހަހަހަ

  37. ވަންނޫ

    ބޮންޑޭ ބައްޕަ ރާއްޖެތެރޭ ކިތައް މީހުންނާ އިންތޯ. ރާއްޖެތެރޭ ކިތައް ކުދިން ބޮންޑޭ ބައްޕަ ލިބިފަވޭތޯ. ބޮންޑޭ ބައްޕަ ގެ ކާބަފައިންނަކީ ކޮންތާކަށް ނިސްބަތްވާ ބައެއްތޯ އަމިއްލައަށް ވިސްނާލާފަ މާގަދަވެފަ މާލެ ވެގެން ވާހަކަ ދައްކަންނަހަދާ

    3
    4
  38. ނާޒް

    ބަލަ މާލޭގަ އެކަންޏެއް ނޫނޭ ރާއްޖޭގެ ރައްޔިތުން ދިރިއުޅެނީ .... މާލެއަށްކޮށްދޭ މޮޅުތައް ރާއްޖެތެރެއަށްވެސް ކޮށްދޭނަމަ ރާއްޖެ ތެރޭމީހުން މާލެއަކަށް ނާރާނެ.... ބޭސިކް ނީޑް ހޯދަންވެސް މިޖެހެނީ ރާއްޖެތެރޭ މީހާ މާލެ އަންނަން...ރާއްޖެތެރޭ މީހާ މާލެ އައިމަވެސް މޮޅުވަނީ މާލޭ މީހާއަށް ލައްކަ ފައިސާ ލިބޭވިއްޔާ

    1
    1
  39. ާައަސްލަމް

    ކަލޯ ވާގި ނެތިދާނެ

    1
    1
  40. މަރުބަލި

    ބޮންޑާ އެބުނަނީ ރނގަޅުވާހަކައެއް

    2
    2
  41. އިސްމެހެލާ

    ގަމާރު ލަބޭބާއައް
    ހުޅުމާލެ ހިއްކާފަ ވަނީ މާލެ ރައްޔިތުންގެ ލާރިންތޯ؟ މަޖިލިސްގަ ތިބި 79 މެންބަރުންނަކީ ރާއްޖޭގެ އެކި ރައްރަށައް ނިސްބައިވާ އިއްޒައްތެރި މެންބަރުން. ބޮންޑޭ ބޭނުން އެއްޗެއް ދެނެއްނެހެދޭނެ. ރައީސް އަދި ނައިބު ރައީސް އަކީވެސް ފަހުރުވެރި ރާއްޖެތެރޭ މީހެއް.

  42. މަރީ

    މާލެއަކީވެސް ރާއްޖެތޭ މީހުންގެ ތަންތަން ރާއްޖެތެރޭ ރަށްތަކަކީވެސް އެމީހުންގެ ތަންތަން މާލޭމީހުންގެ އެއްވެސްތަނެއްނެތް. ތިހެންވިއްޔާ ރާއްގެތެރޭ ރަށްރަށުން ގޯތިދޫކުރާއިރު ގޯތިދޫކުރަންވީނުން މާލޭ މީހުންނަށްވެސް. ރަށްރަށުގަ އެމީހުންގެ ގޯތިތައްމޮޅަށް ހަދާލާފަ ކުއްޔަށްދީފަ އަރާމުގަމާލޭގަ އުޅޭއިރު މާލޭ މީހުން އުޅޭހާލުވިސްނާލާ ހާދަދެރައޭ ރާއްޖެތެރޭ މީހުންވެއްޖާ ވައްނާނެތަނެއް މާލޭގަނެތިއްޔާ ރަށަށްގޮސް ރަށުގަވެސް އުޅެވިދާނެ މާލޭމީހުން ކީއްކުރާނީ ކޮންތާކަށްގޮސްވައްނާނީ މަގުމަތިވާނީ އަމިއްލަ ފަސްގަޑުގަ ވަންނާނެތަނެއްނެތް. ރަށަކަށްގޮސް އެއްޗެކޭބުނާއިރަށް ބުނޭ މީ އަހަރުމެންގެ ފަސްގަނޑޭ މާލޭ މީހުން މާލެއަކީ އަހަރުމެންގެ ފަސްގަނޑޭ ބުނާއިރަށްބުނޭ ކަލޭމެންގެ ފަސްގަޑެއްނޫނޭ މީއެއްމެންގެވެސް ތަނެކޭ. މާލޭގަ މާލޭމީހުންނައްވެސް އިސްކަންދިނުމަށް އަޅުގަނޑު ގޮވާލަން

  43. ޑރ. ފިތުނަ

    ރާއްޖެ ތެރޭމީހުން މާލެ ނުދާނަމަ ކަލޭމެން ތިބޭނީ ކުކައިނުބޮއެ، މާލެ މާލެއަކަށް ވަނީ ރާއްޖެތެރޭ މީހުން ތިބީމަ

    2
    1
  44. މާބޭރު

    ކަލޭ ބޯނެއެއްޗެއް ބުޔަސް މަށަށް ހެޔޮ، ރާއްޖޭގެ ކަންކޮޅުތަކުން މާލެ މީހުން ނުދާނަމަ ކަލޭމެނަށް އެއްވެސް އާމުދަނީއެއް ނުލިބޭނެ، ގެދޮރު ވިއްކައިގެން ކައިބޮއެ އުޅޭބައެއްތީ