މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑޭ) އެމްޑީޕީގެ ހަރަކާތްތަކުގައި އުޅޭ މަންޒަރު ފެންނަނީ ކޮންމެ ފަހަރަކުވެސް ވެރިކަމަށް އައުމުން ކަމަށް ވިދާޅުވެ، އިގްތިސޯދީ ވަޒީރު ފައްޔާޒް އިސްމާއިލްގެ ހޫނު ރައްދެއް އޭނާއަށް އަމާޒުވެއްޖެއެވެ.

ބޮންޑޭ ވަނީ ސަންގު ޓީވީގައި ރޭ ކުރިޔަށް ދިޔަ ލައިވް ޕްރޮގްރާމެއްގައި ބައިވެރިވަޑައިގެން ފައްޔާޒްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ވިދާޅުވީ ފައްޔާޒްއަކީ އެއްވެސް އިރެއްގައި އެމްޑީޕީގެ ފިކުރުގެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ފައްޔާޒަކީ އެހެން ވިސްނުމެއްގެ ބޭފުޅަކަށް ވުމުން، އެމްޑީޕީއާއި އަދި ރައީސް ނަޝީދަކާވެސް މާ ބޮޑު ގުޅުމެއް ނޯންނާނެ އޭނާ ވިދާޅުވެފައިވެއެވެ.

""އިކޮނޮމިކް މިނިސްޓަރަކީ ސީދާ އެމްޑީޕީއެއް ނޫން. އެއީ ލިބަރަލް ޕާޓީ. އެއީ އުފެދުމުގައި ލިބަރަލް ޕާޓީ، އެމްޑީޕީއާ ވިސްނުން އެއްގޮތެއް ނުވާނެ. ފައްޔާޒްމެންނަކީ އިބްރާ ޕާޓީ. އެމްޑީޕީއަކީ ކޮބައިކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެގޭނެ، އެމްޑީޕީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވިޔަސް، އެމްޑީޕީގެ އަސާސްތަކާއި އުސޫލާއި ފިކުރާއި ވަރަށް ބީރަށްޓެހިވާނެ." ބޮންޑޭ ވިދާޅުވެފައިވެއެވެ.

ބޮންޑޭގެ މި ވާހަކަތަކަށް ރައްދުދެއްވަމުން ފައްޔާޒް ވިދާޅުވީ އޭނާއަކީ އެމްޑީޕީގެ ޓިކެޓެއްގައި ރައްޔިތުން މަޖިލީހުގެ މެމްބަރުކަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރި މީހެއް ކަމަށެވެ. އަދި އޭރު އެމްޑީޕީ އިދިކޮޅުގައި އޮވެ ކަނޑައްތު ކޮށްފައިވަނީ ބިރުވެރި، އަދި އުނދަގޫ ދުވަސްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި އެމްޑީޕީގެ ސޮލޮޓެއްގައި ލ. ގަމު ދާއިރާގެ މެމްބަރުކަން ކުރުމުގެ އުފާ ލިބުނު. ވަރަށް އުނދަގޫ އަދި ބިރުވެރި ވަގުތެއް. އެމްޑީޕީ އިދިކޮޅުގައިއޮތް އިރު ޕާޓީގެ ހަރަކާތްތަކުގައި ބޮންޑޭ އުޅުނު ހަދާނެ ނުވޭ. އެކަމަކު އެމްޑީޕީ ވެރިކަމަށް އައީމަ ޕާޓީގެ ސްލޮޓެއްގައި މެްބަރުކަން އަދާކުރައްވަމުންދާ ހަނދާންތައް ވޭ" ފައްޔާޒްކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވިއެވެ.

ފައްޔާޒް ވަޒީރުކަމުން ވަކިކުރުމުގެ މަސައްކަތް މީގެ ކުރިން ނަޝީދު ވަނީ ކުރައްވާފައެވެ. އެގޮތުން އެ މައްސަލަ މަޖިލީހަށް ހުށައެޅުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތް ނަޝީދު ކުރައްވާފައިވާއިރު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އަފް ގްރޫޕްގައި ފައްޔާޒްއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޙ

    ކޮނމެހެން އެންޑީޕީ ފިކުރަށް ވާންޖެހޭތަ؟ ގައުމައް ވަފާދާރު ވީމަ ރަނގަޅުވާނެ.

    20
    1
  2. ޑަސްބިން

    އެމްޑީޕީއަކީ އުފެދުނީއްސުރެ ގައުމަށް ޖެހިފައޮތް ބޮޑު ވަބާއެއް

    38
    2
  3. އ

    އިރުފާންގެ ޕާޓީ

    15
  4. ސޭފް

    އެމްޑީޕީއާއި އަދި ރައީސް ނަޝީދަކާވެސް މާ ބޮޑު ގުޅުމެއް ނޯންނާނެ . ކަލޯ އެމްޑީޕީ ވެއްޖެނަމަ ނަޝީދަށް ސަޖިދަ ޖަހަން ޖެހޭތަ **** އެހެން އެއުޅެނީ އަމިއަލަ އެދުމާގެން އުޅޭ ކެޔޮގަސް ފާޑުގެ މީހުން . އެމްޑީޕީގައި އެބަތިބި ތިޔަ ނަޝީދަށް އިންތިހާއަށް ރުޅިއަރާމީހުން . އަމިއްލަ އެދުމުން ފުރިފައިހުރި ދޮގާ މަކަރާ ޙީލަތުން ރައްޔިތުން ހައްލައިގެން އުޅޭ ޝައިތީނީ ވިސްނުމުގެ، ބޮންޑޭ ކަހަލަ މީހުން ތިބުނާމީހެއްގެ ފަހަތުންއެދުވަނީ

  5. މާމީ

    ބޮންޑޭ ހީވޭ ބުރޯއަތުން ބޮނޑިއެއް ބޯން އުޅޭހެން...