މަހުގެ ބާވަތްތައް އުފެއްދުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކާއި ސިޓީތަކަށް ދޭ ރުފިޔާ ޑޮލަރަށް ބަދަލުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

މަސްގަނެގެން ސަރުކާރަށް ފައިދާއެއް ނުވާކަމަށާއި މިފްކޯ އުވާލަން ޖެހޭ ކަމަށް ބުނެ ލިޔެފައިވާ ރިޕޯޓެއް ޓްވީޓާގައި ހިއްސާކުރައްވަމުން ބޮންޑޭ ވިދާޅުވީ މަހުގެ ބާވަތްތައް އުފެއްދުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކާއި ސިޓީތަކަށް ލަސްނުކޮށް ޖަވާބުދޭން ޖެހޭ ކަމަށެވެ.

ބޮންޑާ ވަނީ މަސް އެކްސްޕޯޓުކުރަން ބޭނުންވާ އަމިއްލަ ފަރާތްތަކަށް ބިމާއި ވަސީލަތްތަކާއި، މަސްގަތުމަށް ބޭނުންވާ ދިވެހި ރުފިޔާ ވެސް ދޫކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިކަމުގެ ސިނާޔަތް ކުރިއަރުވާ ތަރައްގީ ކުރުމަށް ދޫކުރާ ރުފިޔާ ޑޮލަރަށް ބަދަލު ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބޮންްޑާ މިފަދައިން ވިދާޅުވި ނަމަވެސް މަސް ގަންނަ އަގު ސަރުކާރުން ދަށްކުރުމުންނާއި މަސްވެރިން ބާނާ މަސް ނުކިރޭ މައްސަލަ ބޮޑުވުމުންނާއި އަދި އައިސް ލިބުމުގައި ކުރިމަތިވަމުން އަންނަ ދަތިތަކުގެސަބަބުން ފަހަކަށް އައިސް މަސްވެރިންގެ ފާޑުކިޔުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވެފައެވެ.

އެގޮތުން ފެލިވަރުގައި މަސްވެރިން ވަނީ މައިގަނޑި ހަތަރު ކަމަކަށް ޑިމާންޑްކޮށް މީގެ ދެދުވަހެއް ކުރިން އިހުތިޖާޖެއްވެސް ކޮށްފައެވެ. އޭގެ ތެރޭގައި މަހުގެ ހަމަ އަގު 20 ރުފިޔާއަށްވުރެ ދަށް ނުވާނެހެން ދެމެހެއްޓުމާއި، ފެލިވަރުން ލުއި ފަސޭހަ ގޮތެއްގައި މަސްވެރިންނަށް އައިސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މަސްވެރިންގެ ޝަކުވާ ބޮޑުވެފައިވާއިރު, ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވަނީ މަސްވެރިނަށް މިފްކޯއިން މިހާރު ބަރާބަރަށް ފައިސާ ދޫކުރާ ކަމަށް ވިދާޅުވެފައެވެ. އަދި މަސްވެރިންނަށް އިހުމާލުވެފައި ވަނީ ކުރީ ސަރުކާރުން ކަމަށް ޒަހާ ވިދާޅުވެފައިވެއެވެ.

ނަމަވެސް މަސްވެރިން ބުނަމުން ދަނީ އެއްވެސް ސަރުކާރަކުން މަސްވެރިނަނަށް އަޅާނުލާ ކަމަށެވެ. އަދި ވެރިކަމަށް އައުމުގެ ކުރިން މަސްވެރިނަށްނަށްވާ ވައުދުތައް އެއްވެސް ސަރުކާރެއްގައި ނުފުއްދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ދސ

    ހަމަ ހިނި އަންނަނީ

    36
  2. މާމީ

    ބޮނޑި ބޮޑުވެ ޑޮލަރު އަތްފޯރާފަށައް އައިއްސި. ލަދެއްވެސް ގައްނަބައެއްނޫންވިއްޔާ.....

    43
  3. ހުސޭނުބޭ

    މިއަދު ބަދަލުވާނެ ޑޮލަރަށް! މާދަމާ ބަދަލުވާނެ ރަނަށް! ދެން ހުރިހައި މަސްވެރިމް ޑޮލަރު ބަލާ ބޮންޑޭ ކައިރިޔަށް ދޭ!

    33
  4. ގޮހޮރޭ

    އިންޑިޔާ ރުޕީސް އައްބަދަލުވަނީ

    34
  5. އައްޑޫ މީހާ

    މީ ޒަހާ ނޫނީ ދެންހުރި މުނާފިޤު ކަލޭގެ ކަލޯ ތިޔަކަން އެނގެޔޭ މަސްވެރިންނަށް ލިބޭ މުސާރަ 19ރުފިޔާއަށް ޑޮލަރެއްކަމަށް ގަތީމަ އެބަދަލުވާނެ ޑޮލަރަށް ސަންދޯކު ކޮޅުފިކައޭ ކިޔާބަލަ ކަލޭ ތިޔަކަހަލަ ވާހަކަ ދިވެހި މަސްވެރިންނަށް އޮޅުވާލަން ދެއްކުމުގެ ބޭނުމެއްނެތް އިންޑިއާ މިހުންކައިރީގަ ތިޔަކަހަލަ ވާހަކަ ދެއްކީމަ ވަރަށް ސަޅިކޮށް ހެއްލޭނެ

    37
  6. އަބްދޫ

    އެޑޮލަރު ޕްރިންތް ކުރާ މެސިންހުރީ ކޮންތާކުބާ؟ މަސްވެރިން ޑޮލަރުބަލާދާންޖެހެނީ މަހުންލަފަާ ފަ ކިހާއިރަކުތަ؟. އެހާތަނަށް ބޮނޑިތައްޔަރު ކުރެވިފާ ހުންނާނެތަ؟

    33
  7. ޟ

    އަދިވެސް ދިވެހިން ހައްލުވާލާނަން ގިނަ ދިވެހިންނަކީ ވަރަން އަވަހައް ހަނދާން ނެތޭނެ ބައެއް.

    18
  8. ބުއްޅަބެ

    ފުރަތަމަ ކަލެޔަށް އެނގޭތަ ޑޮލަރެއް ގަންނަން ލިބޭއަގު ހެހެ ދިވެހިބޭންކުގަ އިންނަނީ 15.42 އެމްޑީޕީގެ ފަލްސަފާގެ ދަށުން އެހުރީ ރޭޓު ކަނޑައެޅިފަ އެކަމަކު ވިޔަފާރިވެރިންނާއި އާންމުރަށްޔަތުންނަށް ޑޮލަރުގަންނަންލިބެނީ 19.20 މިހުރީ މިގައުމުގެ ރައީސްގެ ފެންވަރު ޗީޑި.

    19
  9. މުހުންމާ

    ނުވާނެ ކަލޯމެންނަކަށް ހަމަ އެއްކަމެއްވެސް ނުވާނެކަން މިހާރު މިރާއްޖޭގެ އެންމެންނަށް އެނގިއްޖެ. ކަލޯމެންގެ ބަޔަށް ފަސް ވެރިންނާއި މަޖިލީހުގެ ސުޕަމެޖޯރިޓީއާއި ފަނޑިޔާރުގެ އާއި ފުލުހުންނާއި ސިފައިންނާއި ކައުންސިލްތަކާއި އެއޮތްބޮޑު އިންޑިޔާއާއި ދެންވެސް ތިބިހައިބަޔަކު ވަދެގެން ވެސް ކަލޯމެންނަށް ތިއުޅެނީ ރައްޔިތުންނަށް ގެނެސްދޭން ބުނި ވައުދު ނުފުއްދިގެން. ފުއްދާނެ ގޮތެއްވެސް ނޭގިގެން. ހުރިހާ ކަމެއް ކުރީގެ ސަރުކާރަށް، ކޮވިޑަށް ކަނޑާލައިގެން. ކޮންކަމެއް ކުރެވޭނީ އެންމެ ކުޑަމިނުން ޝަރީއަތެއްކޮށްފައި ހުކުމެއްކޮށް އެހުކުމް ތަންފީޒުކުރާން ވެސް ކަލޯމެންނަކަށް ނުކެރޭތީތާ މިރާއްޖޭގެ ރައްޔިތުންގެ ބައިތުލްމާލު ކައިގެން ބޮއެގެން ބަނޑުފުއްޕާނަގާފައި އެހެރަ އަދީބޭ ކިޔާ މިހާ ޖަލަށްލާން ހުކުމް ކުރީމައި އޭނާގެ އަންހެނުންގާތު ގޭގައި އަރާމުކޮށް ބަހައްޓާފައި އެހެރީ. މިއީ ކަލޯމެންގެ ފެންވަރު. ދެންވެސް އަނގަނުގަޅާ ދައުރު ނިމެންދެން ތިބެބަލަ.
    ކަލޯމެންގެ ރައީސު ވަރަށް އަވަހަށް އައްޑޫ އަށް އެބަދެޔޯ 100 ދުވަހުން ޖަހައި ނިންމަން ބުނި ދިދަދަނޑިޔަށް ދިދަނަގަން، އެހެންވެ އައްޑޫ ކައުންސިލުން ހޭބޯނާރައި އެދިދަދަނޑި ހުރިތަން ބަންދުކޮށްގެން މުޅި ސަރަހައްދު ޒީނަތްތެރިކުރަނީޔޯ. އަދި މިދަތުރުގައި އައްޑޫގައި މިހިރަ ނަލަ ހަސްފަތާލުވެސް އިންޑިޔާ ބަޔަކާއި ހަވާލުކުރަނީޔޯ ރަށުތެރެއިން ކިޔާއަޑު އެބައިވޭ. ފަހަރުގައި އިންޑިޔާ މީހުން ހަދާ ދުމަށި ކަންމަތީ މަސްފެކްޓަރީ އާއި އިންޑިޔާ މީހުންގެ ދީފައި ހުރި ދަގަނޑު އައުޓްޑޯ ޖިމްސާމާނު އެކިތަންތަނަށް އުކާލީމައި އައްޑޫ އެއޮތީ ތަރައްގީވެ ލަންޑަނާއި ޕެރިހާއި ޓޯކިޔޯ އެއްފެންވަރެއްގަޔޯލަ. އައްޑޫގެ ބައެއްމީހުން ކިޔާއަންބާއެއް މިއީ. އެމްޑީޕީ ކުދިން ތިބޭނެ ބާރަށް އަތްޖަހައި ފުމެނަށާއަރަން.

    18
  10. ދުންތަރި

    ކީއްވެބާ މަސްވެރިންނަށްލިބޭނީ ޕައުންދޭ ނުވަތަ ޔޫރޯއޭނުބުނީ މިކަހަލަ ލަދުހަޔާތްކުޑަ މީހުން ލާދީނީ އެމްޑީޕީން މަޖިލީހަށް ވައްދައިގެން މިތެޅެނީ ދިވެހި ރައްޔިތުންނަށް މަލާމާތެއްނޫނީކުރަން ނޭނގޭ ބޮޑުމުސާރަ ޖީބަށްލައިގެން ރައްޔިތުންނަށް ހަރާމްކޯރުވުންނޫންކަމެއް މިބައިގަނޑަކަށްކުރާކަށްނޭނގޭނެ

    15
  11. ސިމާދު

    ދިވެހި ރުފިޔާ ނެތިއްޔާމު ދެން ދެވޭނީ ޑޮލަރުންތާދޯ. ޑޮލަރުން ވިޔަސް އިނޑިއަން ރުޕީސް އިންވިޔަސް ދެވޭތޯ ބަލާބަލަ.
    ލަދު ހަޔާތް ކެނޑިފައި ތިބޭމީހުން ދައްކާނީ ތިކަހަލަ ވާހަކަ.

    12
  12. ....އެހެން...

    މަސްވެރިންނަށްނޫނަސް އެހެން މީހުންނަށް ލިބޭ ރުފިޔާވެސް ޑޮލަރަށް ބަދަލު ކުރެވޭ މާ ކުރިއްސުރެވެސް...ދެން މަސްވެރިންނަށް މިހާރު ދޭން ތިޔަ އުޅެނީ ވަކި ވަގުތެއް ހަމަވީމަ ނޫޓް ޑޮލަރު ނޫޓްއަށް ބަދަލުވާ ކަހަލަ ރުފިޔާ އެއްތޯ...ތިކަހަލަ އެތަށް މާނަ އެއް ނެގޭ ބަސްތަކުން ރައްޔިތުންނަށް އަވާމެންދުރެއް ނުދައްކާނެ އިޚްލާސްތެރިންނެއް...
    އަސްލު ބޮޑަށް ފާޑީ މަސްވެރިންނަށް ކުރި މަލާމާތަކާ...ޑޮލަރު ދޭން ބުނެ ނުދިން ވާހަކަ މަސްވެރިން ގޮވާތީ ޑޮލަރު ނުދިނަސް ދޭ ރުފިޔާ ޑޮލަރަށް ބަދަލުވާނެޔޭ ބުނެ ފުރައްސާރަ ކޮށްލަނީ...މީ ހަމަ ރައްޔިތުން ވިސްނުން މަދު ކަމުގެ ހިތި ނަތީޖާ...

    13
  13. ހަމަ ހިނި އަންނަނީ

    سبحان الله އަނެ އް ޖާދޫ
    މަސްވެރިންނޭ ނިކަން ހޭ އަރާ ތިބޭތި

  14. ހަސަނަ

    މީ އަދި އުޑެއްބުޑެއްދަންނަ ބުރާންޗެއްވެސްނޫ މިކަހަލަބުރާންތިން ޕާރޓީފިކުރުގަހޮވާތީފުއްޕާފަ މިތެޅެނީ ...

  15. ޢައްޔުބޭ

    ބޮންޑާ އަނެއްކާ ޑޮލަރުން މުއާމަލާތު ކުރަން ތި ވިސްނަނީ ދިވެހި ރާއްޖެ އެމެރިކާގެ ބައެއްގެ ގޮތުގައި ހަމަޖަެްސަނީތަ، ބަލަ ދިވެހި ރުފިޔާއިން ނޫން ފައިސާ އަކުން ދިވެހި ރާއްޖޭގަ ވިޔާފާރި ކުރެވޭތަ

  16. ބުންޑީ

    ހޫން މަސްވެރިން އެއުޅެނި ޑޮލަރުތަށް ރުފިޔާ އަށް ބަދަލު ނުކުރެވިގެން. އެކަމާ މުޒާހަރާއެއްވެސް ރާވަމުންދަނި. ރާއްޖޭގަ ރުފިޔާ ހުރިވަރަށްވުރެ ގިނައިންވިއްޔަ ޑޮލަރު ތިޔަދިނީ. ލަދު....