މަސްވެރިކަމުގެ ސިނާޔަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި އެމްޑީޕީ އިސްވެ އޮވެ ހިންގާކޯލިޝަން ސަރުކާރުން ވީ ވައުދެއް ކަމުގައިވާ ގޭދޮށު މަސްފެކްޓަރީ "ޖާދުލަކުން" ކުއްލިއަކަށް ނޭޅޭ ކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތިން ސަރަހައްދެއްގައި ބޮޑު މުޒާހަރާއެއް ކުރުމަށް މަސްވެރިން ތައްޔާރުވަމުން ދާ ދަނޑިވަޅެއްގައި ބޮންޑޭ ސަންގުޓީވީގެ ޕްރޮގްރާމްއެއްގައި ބައިވެރިވަޑައިގެން ވިދާޅުވީ ފެލިވަރުގެ މަސް ފެކްޓްރީތަކަކީ "ހައްސަ ބޭނި" ޒަމާނުގެ ވަސީލަތްތައް ކަމަށެވެ. އަދި އެ ފެކްޓްރީތައް މި ޒަމާނަށް ނުފެތޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ މިއީ 100 ހައްސަ އެއް ދޯންޏަކުން ބާނާ ޒަމާން ކަމަށާއި، ދޯނިތައްވެސް ޒަމާނާާއި އެއްވަރަށް ބޮޑެތި ވެއްޖެ ކަމަށެވެ.

މި މައްސަލައަށް ހައްލު ހޯދާދިނުމަށްޓަކައި އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގައި ނިންމީ ގޭދޮށު މަސްފެކްޓްްރީތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރުމަށް ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އެހެންނަމަވެސް ބޮޑު ބަލިމަޑު ކަމެއްގެ ތެރޭގައި ގައުމު ވަނިކޮށް ކުއްލިއަކަށް އެ "މެޝިނަރީސް" ރާއްޖެއަށް ޖާދުލަކުން ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޮންޑޭ އިތުރަށް ވިދާޅުވީ ރޯމަހުގެ ގޮތުގައި ބާނާ މަސް ގަނޑުކޮށްފައި ބޭރަށް އެކްސްޕޯޓްްކުރުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގެއްލުންތައް ވަމުން ދާ ކަމަށެވެ. އެކަމުން އަރާގަނެވޭނީ މަސް "ޕްރޮސެސްކޮށްގެން" ކަމަށާއި މަހުގެ އެކި ބާވަތްތައް ރާއްޖޭގައި އުފައްދަން ފަށައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މަސައްކަތް ސަރުކާރުން އެކަނި ކުރުމުގެ ބަަދަލުގައި ގިނަ ބަޔަކަށް ހުޅުވާލައިގެން ކުރެވުމުން ކަމަށް ފާހަގަކުރެއްވިއެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި ކޯލިޝަން ސަރުކާރަށް ވެރިކަން ލިބިވަޑައިގެންނެވި އިރު ޔޫރަޕްގެ ގައުމުތަކަށް ފަރުަމަސް އެކްސްޕޯޓްް ކުރުން އޮތީ މަނާ ކޮށްފައެވެ. އެހެން ނަމަސްވެސް އެކަންވެސް މިހާރު ހުޅުވާލާފައިވާ ކަމަށާއި ރާއްޖެއިން ބާނާ ކަޅުބިލަމަހުން ލޮއިންސް ހަދާއިގެން ކިލޯއަކަށް 4 ޑޮލަރު ޔޫރަޕްގެ ބާޒާރުގައި ލިބޭ ކަމަށް ވިދާޅުވިއެވެ. އަދި ހަރަދުތައް ކެނޑުމުން ފައިދާގެ ގޮތުގައި ދެ ޑޮލަރާއި ބައި ލިބޭ ކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މަހަށް ހަމައަގު ހޯދާދިނީ އެމްޑީޕީ ސަރުކާރުން ކަމަށާއި ވަތު ތެރޭގައި ފެން ފިނި ކުރާ ނިޒާމެއްގެ ވާހަކަތައް ދާއްކާ، އެ ކަމަށް ބޭނުންވާ ވަސީލަތްތައް ތައާރަފްކޮށް، އަމަލީ މަސައްކަތްތައްކެއްވެސް ކުރެވުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމުގެ މަތިން ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޔަތް ކުރިއަރައިގެން ދިޔަ ކަމަށާއި މަސް އޮޑިތައް ބޮޑެތިވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ގާއިމު ކޮށްފައިވާ އެންސިސްގެ ދަޅުމަސް ބަންދުކުރާ ފެކްޓަރީ އާއި އައިސްޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މަސްވެރިކަން މިހާރު ދަށްވެފައިވާ ކަމަށާއި އެކަން ރަނގަޅު ކުރުމަށް އަމިއްލަ ކުންފުނިތަކާއި ގުޅިގެން ސަރުކާރާ އެކީ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެކުގައި އަތްގުޅާލައި އެއް މިސްރާބަކަށް ހިފުމަށް ހުރިހާ ފަރާތްތަކުންވެސް އަމާޒު ހިފަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝައްފަ

    ޒަހާ ބަދަލުކޮށްގެން ތިކަންވާނީ.

    8
    2
    • ދޮގެއްތަ؟

      ޒަހާ ބަދަލު ކުރިޔަސް ނުވާނެ ނާގާބިލު ސަރުކާރަކަށް. ހައުސިންގ މިނިސްޓްރީގަ އާތިފާ ހުރިއިރު ހީވަނީ އެހެން ކަމެއް ވެގެން އުޅުނުހެން. މިހާރު ހުރި މީހާއެކޭ ގާބުރިއެކޭ ތަފާތެއް ނެތް. އެކަމަކު ރީނދޫމެންނަށް ހަމަ ހެޔޮވަރު.

      11
  2. އައްޑޫ މީހާ

    ހަހަހަހަ ތިޔަކަން އަހަރުމެންނަށް އެގެޔޭ ކަލޭމެންނޭ ކިޔަނީ އެޅޭނޭވެސް މިހާރު ނޭޅޭނެޔޭ ތިޔަބުނީ ހަމަ ހީހީހަލާކުވެއްޖެ ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމަ ފެންނާނީ ކެނެރީގެ ސޮރުބުނާ ކަހަކަ އެއްޗެއް މިއީ އަހަރެން ބުނާ އެއްޗެއްނޫން

    10
  3. ތެޔޮބިޑި

    ޖާދުލަކުންތޯ މަސްވެރިންނައް އަދިދިވެހިރައްޔިތުންނައް ބޮޑެތި ވައުދުތަކެއްވީ ގައުމެއްގެ އިގުތިސާދު ދަތުރުކުރާމަގުނޭގޭ މަގުމަތީދިދަދަމާ ގުރޫޕަކުން ރައްޔިތުންނައް ފަތިސްހަނދުވަރު ނޫއިގްތިސާދު ނާނާހުވަފެންދެއްކީ ވަންޑޮލާ ވަންޑޮލާކިޔަމުން ތަނެއްދޮރެއްނޭގި މިހާރު ރައްޔިތުން ނައްނޭގެނީ. މިހާރުރާއްޖޭގެ މަސްވެރިކަމުގެ ސިނާޔަތުގައުޅޭނީ ތައުލީމީހީވާގި ބޭފުޅުން ތިގޮނިޑި ހޫނުކުރާފަރާއްތަކައްވުރެ.

  4. ސަމްކުޅިބޭ

    އަހަރެމެންގެ ކާބަފައިން އުޅުނީ ގޭދޮށު މަސްފެކަޓަރީ އަޅާގެން. އެއީ މަސްކައްކާ ބަދިގެ. ބަދިގޭގައި ހުރިހާ މަހެއްކައްކާގެން ބަދިގޭ ކުރިމަތީގައި މަސްތައް އަވީލާ ހިއްކާގެން އެމަސް ވިއްކާގެން އުޅުނީ. ކޮންމެ ގެއެއްގާވެސް ހުންނާނެ މަސްފެކްޓަރީއެއް. މީތިޔަބުނާ މަސްފެކްޓަރީއަކީ. މަސްވެރިކަމަށް ގެނައި ތަރައްގިއާ ފަސޭހައާއެކު އެ އުނދަގޫ ގޭދޮށު މަސްފެކަޓަރީތައް އުވާލާ ރޯމަހަށް ވިއްކަންފެށީ. ބޮންޑޭ މެން މިހާރު ތިބުނަނީ އަލުން އެގޮތަށް އުޅެން. ބާނާ މަސްކޮޅުވެސް ނުގަނެ ތިބުނަނީ ރަށަށްގޮސް އިހައްވެސް އުޅުނު ގޮތަށް ބަދިގޭގައި މަސްކައްކާށޭ. ޖާދުލަކުން ގޭދޮށުފެކްޓަރީއެއްނޭޅޭ ބުނާއިރު މިވެރިކަމަށް 2އަހަރުވީ. ވީކަމެއްހަރާން. ދައުރުނިމޭ އިރުޖާދުލަކުން އަޅަންވެގެންތާ މިހާދުވަސް ހޭދަވެގެން މިދަނީ.

  5. ކޮވިޑް

    މި ޤައުމުން ފެނިއްޖެ 05 އަހަރު ތެރޭ ކަންކަން ކުރެވިދާނެ ކަން ދައްކައިދިން ވެރިންވެސް. ދެން މިހާރު ކަން ކަން ނުވީމަ ދެން ކޮންމޮޅުވާހަކަ އެއް.މަސް ފެކްޓްރީ ބާއްވާފަ ޖާދޫ ނަހަދާ 20 ރުފާ އިން މަތިން މަސް ގަނެވޭތޯ ބަލާބަލަ؟

  6. ގައުމީ ލޯބި

    ވަރަށް ޤާބިލު ކަމަށް، މޮޅުކަމަށް، ދައުވާ ކުރާ ބަޔަކު ދޯ އަމިއްލަޔަށް ތިޔަވިދާޅުވާ ފެކްޓްރީ ގެ ވާހަކަ މީހުންނާއި ހަމަޔަށް ފޯރުކޮށްދިނީވެސް،

    ނޫނީ ތިޔަވިދާޅުވަނީ، އޭރު ކެންމްޕޭންގަ ހެދީ ހުސްދޮގޭ ތަ؟ ނުވާނެކަން އެގިތިބެމެ، ހަމަ މީހުން އޮޅުވާލަން ޕޯޑިޔަމުގައި ހަދާލި ދޮގުތަކެކޭތައ އެއީ ؟

    ނޫނީ ރައްޔަތުން ގުބޯ ހައްދާލީ ތަ ދަޅަ ދައްކާއިގެން..؟

    ދެން ކޮންއިރަކު އެމްޑީޕީމީހުން ދައްކާވާހަކަ ރައްޔަތުން ތެދު ގެ ގޮތުގައި ބަލަންވީ؟

  7. އަބްދޫ

    އެހެންވީ ނުކުރެވޭކަހަލަ ވާހަކަ ދައްކައިގެން މިހުންގުނބޯ ހެއްދުމުންނާއި އެއްވެސްކަހަލަ ޕްލޭނެއް ހެދިފަ ނެތީމަ.

  8. ކިނބޫ

    ޖާދޫ ހެދޭނީ ރައީސް ޔާމީނަށް. ދެއަހަރުން އެންމެ ޖާދޫއެއް ނެހެދުނު ބަޔަކު އަވަހަށް ރައްކާވޭ. ގެއްލޭ. ފެއްސޭ.

    10