އިންޑިއާ އިން ހަދިޔާ ކޮށްގެން ރާއްޖޭގައި މިހާރު ދުއްވާ ދެހިކޮޕްޓަރާއި ރާއްޖެ އަށް ހަދިޔާ ކުރަން އިންޑިއާ އިން ބޭނުންވާ ޑޯނިއާ މެރިޓައިމް ސަވައިލަންސް މަތިންދާބޯޓް ވެސް ރާއްޖެ އިން ބެނުންނުވާ ކަމަށް އިންޑިއާގެ މީޑިއާ އިން ރިޕޯޓް ކޮށްފިއެވެ.
އިންޑިއާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޓައިމްސް އޮފް އިންޑިއާ" އިން ބުނީ އައްޑޫ ސިޓީގައި އޮންނަ ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މުއްދަތު ރާއްޖެ އިން އިތުރު ކޮށްދީފައި ނުވާއިރު ކައްދޫގައި އޮންނަ ހެލިކޮޕްޓަރު ދުއްވަން ތިބޭ އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މުއްދަތު ވެސް މިމަހު ހަމަވާނެ ކަމަށެވެ. ނަމަވެސް އެއެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން ވެސް ރާއްޖެ އިން ބޭނުން ނުވާ ކަމަށް އިންޑިއާގެ ނޫހުން ބުނެއެވެ.
ނަން ހާމަކުރަން ބޭނުން ނުވާ އިންޑިއާގެ އޮފިޝަލަކާއި ހަވާލާދީ އިންޑިއާގެ ނޫހުން ބުނީ ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކުރަން ބޭނުންވާ މަތިންދާބޯޓް ވެސް ހަވާލު ނުކުރެވި ވަނީ އެކަމަށްޓަކައި ރާއްޖެ އިން ސޮއި ކުރަން ޖެހޭ އެއްބަސްވުމުގައި ސޮއި ނުކޮށްގެންނެވެ.
"ދެހެލިކޮޕްޓަރުގެ މުއްދަތު އިތުރު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރަން ރާއްޖެ އިން ހަމައެކަނި ދެކޮޅު ހަދަނީއެއް ނޫނެވެ. އިންޑިއާ އިން އެކަމާއި ބެހޭ ގޮތުން ދައްކާ ރަސްމީ ވާހަކަތަކަށް ދިވެހި ސަރުކާރުން އަޅައިވެސް ނުލަނީއެވެ." އިންޑިއާގެ ނޫހުގައި ބުނެފައިވެއެވެ.
އިންޑިއާގެ ނޫހުގައި ވަނީ އެއް ހެލިކޮޕްޓަރު އޮންނަ ލ.އަތޮޅަކީ ޗައިނާ އިން ބަނދަރެއް ހަދަން އުޅޭ އަތޮޅެއް ކަން ވެސް ފާހަގަކޮށްފައެވެ. ލ.އަތޮޅު ގާދޫގައި ޗައިނާ އިން ބަނދަރެއް ތަރައްޤީ ކުރާ ވާހަކަ އިދިކޮޅު ބައެއް ފަރާތްތަކުން 2016 ވަނަ އަހަރު ދެއްކިއެވެ. ނަމަވެސް އެކަން ރަސްމީ ފަރާތަކުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި އެކަމުގެ ރަސްމީ މަސައްކަތްތަކެއް ހިނގަމުންދާ މަންޒަރެއް ވެސް ނުފެނެއެވެ.
އައްޑޫގައި އޮންނަ ހެލިކޮޕްޓަރު ރާއްޖެ އިން މިހާރު ބޭނުން ނުވަނީ ވެސް ޗައިނާގެ ބާރުއެޅުންތަކުގެ ސަބަބުން ކަމަށް އިންޑިއާގެ މީޑިއާ އިން ވަނީ ތުހުމަތު ކޮށްފައެވެ.
މީގެ ކުރިން ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރާއްޖެއަށް އިންޑިއާ އިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރު އަނބުރާ ފޮނުވާލަން ރާއްޖެ އިން ބޭނުން ވަނީ ހެލިކޮޕްޓަރު ދުއްވުމުގައި އެއްވެސް ވަރަކަށް ދިވެހި ސިފައިން ބައިވެރި ނުކުރާތީ އެކަމާއި ހިތްހަމަނުޖެހިގެންނެވެ.
ބަރާބަރު ނިންމުމެއް.
ޙަމަ ރަނގަލހު
ތިޔަހެލިކޮޕްޓަރު ދުއްވަން ދަސްކޮށްދިނުމުގެ ނަމުގައި ތިޔަބަޔަކުއައްޑޫގައި ތިބޭތާ ކިހާދުވަހެއް ، ދިވެހިން ނަށްދުއްވަން ނޭނގެނީޔޭ ކިޔައިގެން މިސަރަހައްދައް އަތްގަދަކުރުން ނޫން ދެންކޮންކަމެއް
ޢަހަރެމެން ތިޔައެއް ބޭނުމެއްނޫން.ކަލޭމެން ގައުމުގަ ރޭޕްކުރާމީހުން ގޮވައިގެން ދުއްވަން ތިޔަ ބާއްވާ.
ހަމަރަންގަޅު. ފޮނުވާލާ.
ރާްޖެ އަކީ އެއވެސް ގައުމެއްގެ ޖާސޫސީ އިދާރާއެއް އެއް ނޫން. އަދި އެހެން ގައުމަށް އަންނަ ރުޅި ބާލަން އޮތް ޕަންޗް ބޭގެއްވެސް ނޫން. ޕްލީސް ގޯ ހޯމް ހިންދު ބަކްތުސް .
އިންޑިޔާއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ޖާސޫސްކޮށް އިންޑިޔާގެ ދަށުގައި ރާއްޖެ ބާއްވަން މަސައްކަތްކުރާ ބައެކެވެ. ތިޔަ ދެހެލިކޮޕްޓަރު އިންޑިޔާމީހުން އޮޕަރޭޓްކުރަން އެތައް މިލިއަން ރުފިޔާ ރާއްޖެއިން ޚަރަދުކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫނެވެ.
ހަމަ ވަރައް ރަގަޅު ނިންމުނެއް! ސާބަސް!
އިންޑިޔާ ވަރަށް މޮޅުވާނެ ޑްރާމާ ކުޅެން! ލާރި އޮތިއްޔާ ތިޔަވީ.
ފޮނުވާލާ. ޗައިނާެން ދޭންއުޅެނީ އެންމެ މިޒަމާނުގެ އައު ހެލިކޮޕްޓަރާެއި ޖެޓް ފައިޓާރސް. އަދު ދުއްވަން ތިބޭނީ ދިވެހި ޕައިލެޓުން
ބަރާބަރު
ފޮނުވާލާ ދެން ގެންނާނީ ޗައިނާއިން ޑްރޯން. ދިވެހިން ހާސްވާކަށް ނުޖެހޭ.
ތިޔައީ ކެރޭ ރައިސުން ތިޔަފަދަ ރައިސުން މަގައުމަށް ބޭނުވަނީ
އަމިއްލަޔަށް ދުރުވެގަތީމާ ވާނީ ތިޔަހެން.ސާކް ގައުމުތަކުގެ ދަތުރުވެސް ރާއްޖެ މަތިން ހަނދާނެއް ނުވި .ހާރިޖީ ވަޒީރަށް ވެސް ރާއްޖެ މަތިން ހަނދާނެއްނުވި .ވީމާ ދެންވާނެގޮތް ވަނީ
ބަލަ ދިވެހިންވެސް އެބަތިއްބޭ ތިދުއްވާނެ
އިންޑިއާއިން ބްރިޖެއް ހިލޭ ދިނަސް ބޭނުމެއް ނޫން. އިންޑިއާއިން ބުނާނެ ބްރިޖްގައި ދުއްވޭނީ އިންޑީއާގައި އުފައްދާ ކާރާއި ސަކަލާއި ޕިކަޕޭ. ނޫނީ އިންޑިއާ މީހުންނޭ މުޅި ބްރިޖް ބަލަހައްޓާނީ، އޭގެ ޓޮލް އިން ލިބޭ ލާރިވެސް އިންޑިއާ އަށޭ. އެގްޒިސް ބޭންކުން ސަރުކާރުން ލޯނު ނެގީމަ ތިމަންނަމެން އެލާރިން ބްރިޖް އަޅާނަމޭ. ލޯނު ދައްކާ ގެރެންޓީވެސް ދޭނީ ދިވެހި ސަރުކާރުންނޭ. އިންޑިއާ އަކީ އެވަރު ބައެއް. މިގޮތައް މިއޮތީ ހެލިކަޕްޓަރު ކަންތައްވެސް. ވަރަށް ކާރިން އައި.ޖީ.އެމް.އެޗް އަށް ބަލާލީމަވެސް ފެނޭ. ކިތައް އަހަރުވަންދެން 80% ނަރުހުންނާއި ޑޮކްޓަރުން އިންޑިއާއިން އެކަނި ހޯދަންޖެހުނީ. ދިވެހި ނަރުހުންނާއި ޑޮކްޓަރުންނަށް ހިތުހުރިގޮތެއް ހެދީ. އިންޑިއާ މީހުންނަށް ހުރިހާ ޕުރޮމޯޝަންއެއްވެސް ދޭން ޖެހުނީ.