ބާތިލްކޮށްފައިވާ އެއްބަސްވުންތަކުގެ ބަދަލުގައި ކުންފުނިތަކަކަށް ގިނަ އަދަދެއްގެ ފައިސާ ދައުލަތުން ދީފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބޮޑު މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ފަށައިފި ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ މެމްބަރ އިބްރާހިމް ޝަކީލް ވިދާޅުވީ، މިހާރު ހަދައިގެން އުޅޭ ހުރިހާ ސެޓަލްމެންޓްތަކުގެ މައްސަލަ އަކީ އެ ކޮމިޝަނުގައި ރަގިސްޓަރ ވެފައިވާ ޝަކުވާ އެއް ކަމަށެވެ. އަދި ކޮންމެ ކޭސް އަކަށް ވަކިން ސެޓަލްމެންޓް ބަލާފައި ތަހުގީގު ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި މިހާރު ހަދައިގެން އުޅޭ ހުރިހާ ސެޓަލްމެންޓްތައް ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ހުށަހެޅިފައިވާ ކަމަށްވެސް ޝަކީލް ވިދާޅުވިއެވެ. އެހެން ކަމުން އެ މައްސަލަތައް ބަލަމުން ދާއިރު އޭގެ ތެރެއިން ކޮންމެ ސެޓަލްމެންޓް އެއް ވަކި ވަކިން ތަހުގީގު ކުރަމުން ގެންދާނެ ކަމަށް ޝަކީލް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެމައްސަލަ ބަލަމުންދާ އިރު އެއިން ކޮންމެ ސެޓަލްމެންޓް އެއް ވަކިވަކިން ތަހުގީގުކޮށް ކުރިއަށް ދާނީ" ޝަކީލް ވިދާޅުވިއެވެ.

ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ ދައުލަތުން ބަދަލު ދެމުން އަންނަ ގޮތް ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް ބަދަލު ދެމުންގެންދާ ގެންދިއުމާއި ގުޅޭ ގޮތުން އެއްވެސް ފިޔަވަޅެއް މިހާތަނަށް އޭސީސީ އިން ނާޅާ ކަމަށް އޭނާ ވިދާޅުވިއެވެ. "މައްސަލަ ބަލަމުން އަންނާތީ ވަކި އެންގުމެއް ނުވަތަ ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވާނެ،" ޝިއުނާ ވިދާޅުވި އެވެ.

ރައީސް ޞާލިހް ވެރިކަމާއި ހަވާލުވި ފަހުން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ދީފައިވާ ފައިސާގެ އަދަދު ދެބިލިއަނާއި ގާތް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ކޮރަލް

    ފައިސާ ބަހައިފި އެވެ. ދެން ކަމެއް ކުރެވޭތޯ ބަލާ ބަލާށެވެ.

    20
  2. ސސ

    މައްސަލަތައް ބަލާފަ ބުނޭ. ދައުވާކުރާ ވަރުގެ ކަމެއް ނެތޭ. ތިޔަ މައްސަލަ ތައް ތިބަލަނީ އަނދުން އަޅުވަން. ތިޔައީ ވަރަށް ނަޒާހަތްތެރި ކޮމިޝަނެއް

    24
    • ދދދދދދ

      ވައްކަންތަކުން ލީކު އުޅޭތީ ރައްޔިތުން އެވާހަކަ އެބަ ދައްކާ. އެހެންވީމަ ފޫއަޅާ މަލަރުކޮށް ލޯވަޅުތައް ބައްދާ ހަދާލަންވާނެތާ. ކޮންމެ އެއްޗެއް ހެދިޔަސް ތިކުރާ ވައްކަންތައް ބަލާ ޖަލަށް ނުލާނެ ގޮތެއް ނެތް. އިންތިޒާރުކުރޭ.

  3. ހުވަދޫ ޑޮކް

    ތިޔަކަންތަށް ވެގެންދާނީ ފޫނެތް ކަންވާރައަކަށް ފެންފުރުން ކަހަލަ ކަމެއް!! ތިޔަ ދެވުނު " ވަރުގަދަ " ބަދަލުތަކަކީ ސަރުކާރު / ދަޢުލަތުގެ ބަހެއް ކޮންމެވެސް ސިފައެއްގައި އޮވެމެ ދެވިފައިވާ ބަދަލުތަކެއް !! މިނިވަން މުވައްސަސާތަށް އެމުވައްސަސާތަކާއި މަތިކުރެވި ފައިވާ މެންޑޭޓްތެރެއިން ، ސިޔާސީ ނުފޫޒެއް އެއްވެސް މިންވަރަކަށް ނެތި މި ރާއްޖޭގައި ނުހިނގާ !! އެހެންވީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ސަރުކާރުން ތިޔަ ޖަހަން އުޅޭ ސަކަރާތް ހުއްޓާލާ، ބޭކާރުވަގުތަކަކާއި ސަރުކާރުގެ ރިސޯސަސްތައް އެއްވެސް މާނައެއްކަމެއްގައި ވޭސްޓްވުން ދެވަނަކަމެއް ތިޔަކުން ނުފެންނާނެ!! .... ކޯލިޝަން ވެރިކަމެއްގައި އިންސާނީ އުސޫލުތަކަށް އިޚްތިރާމްކޮށް، ޑިމޮކްރެޓިކް ވެއްޓެއްގައި، ނަޒާހަތްތެރި ކަމާއިކު ހަމަހަމަކަން އިސްކޮށް ރައްޔިތުންގެ އިޚްސާސްތަކަށް އިޚްތިރާމްކޮށް " ޒީރޯ ޓޮލެރެންސް މެތެޑޮލޮޖީގައި " ވެރިކަން ކުރައްވާނެ ވާހަކަ އަކީ ހަމަ، ވެރިކަން ލިބުގަތުމަށް ކޯލިޝަން ޕާރޓްނަރުން ޖެއްސެވި ސްޓަންޓެއް !! ރައްޔިތުންނަށް ހައްޤުމާ މިންވަރީ ސަރުކާރުން ރައްޔިތުންނަށް ދޯކާ ދިނުންކަމަށްވަންޏާ އެކަން ވެނިމިއްޖެ !! އިޓްސް އޯލް އެބައުޓް ޑިފަރެއްންޓް ސްޓައިލް އޮފް ސްޓީލިންގ ޕަބްލިކް ފަންޑްސް !! " ވިސްނުމެއް ނެތިކޮށްފި ކަމަކުން އެންމެ ފަހަރަކުދޭހުގާ، ޤިސްލަމުން ހިތިކަރުނަ ކޮންމެސް ހިސާބަކުން ހިފެހެއްޓުމެއްނެތި އޮއްސެނީ އޮއްސެނީ ....ރައްޔިތުންގެ ލޮލުން ކަރުނަ އޮއްސެނީނީނީ ނީ ......?

    21
    1
  4. މިއަދު

    އޭސީސީގައި ތިތިބީ ރައިސްސާލިޙު އައްތަންކޮށްފައިތިބި މެމްބަރުން ވީއިރު ތިފަދަމައްސައެއް އިންސާފްވެރިގޮތެއްގައި ބޭލެނެކަމަށް ޤަބޫލުކުރާނީކަކު ފައިސާދިނީ ބައިކުދިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ކޮރަޕްޝަނަށް މަގުފަހިނުވެ ބައިކުދިންނަށް ކަމެއްކޮށްދީ އެއްޗެއްދިނުމެގެ ބޭނުމުގައި އިދިކޮޅޭން މިފަހަރު ތިބޭނީ ހީހީފައި އަތްޖަހަން

    26
  5. ާއައްޑޫ އަލިބެއްޔާ

    ޢެހެރަ ބޮޑު ސްޕްރީމް ކޯޓް ގަ ތިބި ބޮޑެތި ފަންޑިޔާރުން ނަށް ޖެއްސުން ކޮށް ތުހުމަތު ތަކެއް ބޮލުގަ އަޅުވާ މަގާމުން ދުރު ކުރި އިރު އޭސީސީ ގަ ތިބިމީހުން ނާ ކެނެރީގެ ނަށީދު އުދަގޫ ނުކޮށް މަޑުން ހުރީމަ ވެސް އިނގޭ މީ ރާވައިގެން ރަވިގެން ރައްޔިތުން ގުބޯ ހައްދަން ކުރުވާ ކަމެއް ކަން..
    ޥ.ސަލާމް އޭސީސީ އަށް

    24
  6. ކަނބާ

    ބޭނުންވާ އެންމެނަށް ބަދަލުދީ ނިނަމާލާފަ ދެންކީއްކުރަން ބަލާބެލުމެއް ހެއްޔެވެ؟ ފޫނެއް ފަޔަށް ފެންފުރަން ވަގުތު ނަގާނުލާށެވެ! މަހަނަމައްޗަށް މަޑިޔަށް ނުޖެހޭށެވެ!

    21
  7. ކަނަމަނަ

    ހޫނނ ތިހިރީ ބެލިފަ އަންހެންވެރިން ލައިގެން ފިތުނަ ފަސާދަވުން ނޫންކަމެއް ވޭތަ

    20
  8. ބިންގޯ

    ބަލަ ބަދަލު ދީ ނިމިއްޖެ ނޫންތޯ. ދެން ކޯޗެއްތޯ ބައްލަވަން ތިޔައުޅުއްވަނީ.

    21
  9. ހުސެން

    0 ޓޮލަރެންސްގެ ދަށުން މައްސަލައެއް ނެތޭ ބުނާނީ

    22
  10. ޢަލީ

    އަވަހައް މިތަނުގެ މެންބަރުން ވަކިކޮށް އާ މެމްބްރުންތަކެއް އައްޔަން ކޮއްލާ. ނަމުން ޑިމޮކްރަސީ ކަމުން ޚުދުމުހުތާރު.

    19
  11. ޖަލި

    ހަމަ ޝޯއޮފް

    17
  12. އިކްލީލް

    ފާޑުކިޔާމީހުންގެ ލޮލުގައި އަނދުން އަޅުވަން ސަރުކާރުން ރާވައިގެން ހިންގާ ކަމެއް! މައްސަލަ ނިމޭނީ އެއީ ހަމަ ދޭންޖެހޭ ފައިސާގެގޮތުގައި! ބަލަން މިތިބީ!

    18
    1
  13. ޒާ

    އެފައިސާ ދޫ ނުކޮށް ހިފަހައްޓަން އަނގަންވެސް ޖެހޭނެކަމަށް ދެކެން އޭސީސީގެ ތަހުގީގު ނިމެންދެން.

    16
  14. ޑރ. ފިތުނަ

    ތިވާނީ ގޭމަކަށް، ގުނބޯ ހައްދަން އުޅޭނެ ކެމެއްނެތް

    18
  15. ދިވެހިން

    ކޯޓުތަކުން ކޮށްފައިވާ ޙުކުމާއި އެއްގޮތަށް ބަދަލުދެނީ. ދެން ކޮން އެއްޗެއްތޯ އސސ އަށް ބެލޭނީ

    6
    1
    • ........

      ކޮން ކޯޓަކުން ކޮށްފަ އޮތް ކޮން ހުކުމެއް؟ ކަލޭ ބޭނުންވާ ގޮތަށް ކޮންމެ ކަމެއް އޮތް ކަމަށް ހަދަން އުޅުބނަސް އެހެނެއް ނުވާނެނު.

  16. ބުރޯ

    މަތިމަތިންބަލާ ނިންމާފަ ތައްގަނޑު ޖަހައިފިނަމަ ޖަވާބުދާރީވާނެ ދުވަހެއް އަތުވެދާނެކަމަށް ވިސްނަވަންވާނެ. ކޯޓްތަކުން ނިންމާފައިވާ މައްސަލަތަކުގާ އެޓަނީއާ ދައުވާ ހުށަހަޅާފަރާތުންވެސް ކުޅެފަވަނީ އެއް ރޯލެއް އެއީ ދައުވާހުށަހަޅާފަރާތުން ބަލާފަ ވަނީ ފައިސާ ހޯދުމަށް އެޓަރނީން ބައްލަވާފަ ވަނީ ފައިސާ ހޯދާދިނުމަށް. މިއީ އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއްނޫން. 2008 ގަ އެމްޑީޕީ ސަރުކާރުން ހޯދާދިނީ ޕެންސަން ފައިސާ ސަރުކާރުންހަމަޖައްސަވާފަ ވާގަވާއިދުގަ ވަނީ ކުރިންސަރުކާރުގެ އޮފީހެއްގެ ގޮތުގާ ހިންގަމުންދިޔަ އޮފީހެއް ކުންފުންޏަކަށް ބަދަލުވިޔަސް އެ ބަދަލު އައިއިރު ތިބި މުވައޒަފުންނަށް ސަރުކާރު މުވައްޒަފުންގެ އޮނިގަނޑު ދަށުން ޕެންސަން ދެވޭނެ ކަމަށާއި ކުންފުންޏަކަށް ބަދަލުވުމުން ބޮޑުވާމުސާރަ ބަޔަށާ އަލަށް ކުންފުންޏަށް ޖޮއިން ކުރާ މުވައްޒަފުންނަށް ޕެންސަން ނުލިބޭނެކަމަށް. މިހެން އޮއްވާ އެމްޑީޕީ ސަރުކާރު އައިސް ކޯޓަށް މައްސަލަ ހުށަހަޅުވާ އެފަރާތްތަކާ އެއް ކޮޅަށް އެޓަރނީން ވަކާލާތު ކޮށްދީގެން ފައިސާ ހޯދާދީފާވެ .އަޅުގަނޑުގާތު ވާހަކަ ދެއްކީ ފައިސާލިބުނު އެކަކު. މިހާރުވެސް މިވަނީ އެކުޅިވަރު ކުޅުއްވާފަ. ދެ ހަސްމުން އެއްކޮޅަކަށް ވަކާލާތު ކޮށް ގިނަ އަދަދެއްގެ ފައިސާ ދަވްލަތުން ބޭރު ކުރުވާފަ. މިހާރު މިހިގާ މައްސަލަތަކުގެ ދިރަާސާގް ކުރިން ހެދިފަ އޮތް އެއްބަސް ވުން ދިރާސާ ކޮށް އެއެއްބަސްވުމުގެ ސަބަބުން ދަވްލަތަށް ލިބިގެންދާނެ ގެއްލުންވެސް ބައްލަވަންޖެހޭނެ . އަދި އެއެއްބަސަް ވުން އުވާލީ އެއެއްބަސްވުން ދެމި އޮތުމުގެ ސަބަބުން ދަވްލަތަށް ލިބިދާނެ ގެއްލުމާ ބުރަޔަށް ރިއާޔަތް ކޮށްފަތޯ ބަލަންޖެހޭނެ އަދި މި ބަދަލުދަވްލަތުން ދޭނެޖެހޭނަމަ އެކަމުގާޒިންމާވާންޖެހޭ ފަރާތަކީ ކޮބައިކަންކަނޑައަޅާ ގާނޫނުނަންބަރު 1/68 ޖ ގެ 9 ވަނަ މާއްދާގައިވާގޮތުގެ މަތީން އެމީހަކު ޒިންމާ ކުރުވަންޖެހޭނެ ، 2008 ގަ އުފެދުނު ސަރުކާރުން ހިންގާފަ ހުރި ކަންކަމުން ނާ 2013 ގަ އުފެދުނު ސަރުކާރުން ނިންމާފަ ހުރިކަންކަމުން ދަވްލަތަށް ލިބިފައިވާ މިފަދަ ގެއްލުންތަކުގެ ޒިންމާ ނަގަންޖެހޭ ފަރާތް ހޯއަދަވާ އެފަރާތް ޒިންމާކުރުއްވުމނަކީ އޭސިސީ ގެ ޒިންމާއެއް.

  17. ހުސޭނުބޭ

    ދެން މާ ރަގަޅު ބައެއްކަމަށް ހެދެން ސަހިންދާގެ މައްސަލަ އޮއްބާލަން ހުރިހައި ނޫސްވެރިން އެއްކޮށްފައި ޖަމަލު ފޮޑިއެއްޖަހާނެކަމެއްނެތެވެ.

  18. Alibe

    ދޭންވާ މީހުންނަށް ދީ ނިމުނީތަ

  19. އެމް ޝަމް

    އަނެއް ދައުރުގަ ތި ގޮޑި ތަކަށް އާދެވޭނީ ފައިސާ ދިން ވަރަކަށް. ނަމަކށް މައްސލަ ބަލާ ރައިސާ

  20. އެމް ޝަމް

    އޭސީ ސީގެ ރިޕޯޓް. އަޑު އަްއްސަވާ.
    ރައީސް ޔާމިންގެ ސަބަބުން މިސަރުކާުން މިވަރަށް މިކުންފުނު ތަކުން ދޭންޖެހޭ ފައިސާ ތަކެއް ކަން ނިންމައިފިން . ފަހރުގަ އަދި އިތުރުވާނެ ދިނީ ރަގަޅށް ސާބަހޭ މަންޖެ.....

  21. ރަޝީދު

    ތިޔަ އޭސީސީ ކިހިނެއްތޯ މިނިވަންވާނީ؟ ރައީސް އޮފީހުގެ ޝައުނާ ދައްތަ ޝިއުނާ އޭސީސީގެ ރައީސަކަށް ލާފަ އޭނި. ހަމަ މިނިވަން ވާނެތޯ؟ ހަމަ ގައިމުވެސް އެމްޑީޕީގެ ފިކުރު ހުންނާނި. ޔާމިން ކުރިކަމެއް ނަމަ މިގައުމުގަ އުޅުމާއި ނުކުޅަދާނަވާނެ.

  22. ކުއްވެރިޔާ.

    ތިމާ ކުއްކޮށްފަ އޭގެތެރެއަށް އެހެންމީހުން ފައްތަން އުޅުމަކީ ވަރަށް ނާތަހުޒީބު ތަންދޮރު ބުދަންނަ ގޮތްކުޑަމީހުންގެ އުސޫލެއް. މިހެން ނުބުންޏަސް އެގޭ އެފަދަ ރިޕޯރޓެއް ނެރުނީވެސް ގޮތެއްނެތް ހުޅަގަށް ސަލާންޖަހާގެން ކާބޮއެއުޅޭމީހުންވީމަކަން.

  23. އަޑަފި

    މިހާރު ތިޔަ އޮތް ކޮމިޝަނުން ތިޔަ މައްސަލަ ނިންމާނެ ގޮތް އެނގެއެވެ. ތިއީ ރައްޔިތުން ލޮލުގަ އަނދުން އަޅުވަން ސަރުކާރުން ރާވައިގެން ކުރަން އުޅޭ ތަހުގީގެކެވެ.