ރައްޔިތުންނަށްވި ވައުދާ ހިލާފުވެ ސަރުކާރުން ދަނީ ރައްޓެހިންގެ ޖީބު ފުރަމުން ކަމަށް ބުނެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ވައްކަމާއި ކޮރަޕްޝަނާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށްވި ވައުދާ ހިލާފުވަމުންދާ ކަމަށާއި، ސަރުކާރުން ބަދަލު ދިނުމުގެ ނަމުގައި "ރަށްޓެހިންގެ ޖީބު ފުރަމުންދާ" ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.
"ބަދަލުގެ ނަމުގައި ރަށްޓެހިންގެ ޖީބު ފުރަމުންދަނީ. ހުކުމާ ނުލާ މޭޒުދަށުން ނިންމާ ނިންމުމަށް ވުރެ ބޮޑު ވައްކަމެއް އޮންނާނެ؟ މުޅިންވެސް ބަދަލު ލިބެނީ ރަށްޓެހިންނަށް، ކެމްޕެއިނަށް ހަރަދުކުރި މީހުންނަށް؟،" ޖަމީލް ތުހުމަތު ކުރެއްވި އެވެ.
ބޮޑެތި އަދަދުތަކުން އަމިއްލަ ކުންފުނިތަކަށް ގިނަ ފައިސާތަކެއް ދޫކުރި މައްސަލައެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ތަހުގީގު ކުރަން ފަށާފައި ވާއިރު ދީބާޖާ ކުންފުންޏަށް ދޭނެ ކަމަށް ބުނާ 348 މިލިއަން ރުފިޔާއާ، ނެކްސް ބިޒްއަށް ދޫކުރި 276 މިލިއަން ރުފިޔާއާއި، ދާދި ފަހުން ނޫމަޑިއަށް ދޫކުރަން ނިންމި 848 މިލިއަން ރުފިޔާ ހިމެނެ އެވެ. މީގެ އިތުރުން ބިގް ކުންފުންޏަށް 78 މިލިއަން ރުފިޔާ ދީފައިވާ އިރު ސީޖީޓީއަށް 22 މިލިއަން ރުފިޔާގެ ބަދަލެއް ދީފައިވާ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އަންނަ މަހު ރައީސް ސޯލިހުގެ ވެރިކަމަށް އެއް އަހަރު ފުރޭއިރު ކުރީ ސަރުކާރުން އެއްބަސްވުންތަކެއް އުވާލައިގެން ލިބުނު ގެއްލުންތައް ފޫބެއްދުމުގެ ގޮތުން ދައުލަތުން ވަނީ ގިނަ ބަޔަކަށް ގެއްލުމުގެ ބަދަލު ދީފައެވެ. ކޮރަޕްޝަނަށް މަގުފަހިވާ މިއަމަލުތައް ހިންގަނީ ކޯޓްގެ ތިން މަރުހަލާ ވެސް ނިމުމުގެ ކުރިން ކަމަށް ބުނެ އިދިކޮޅު ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އަދި މި ފާޑުކިޔުންތަކާއެކު، ސަރުކާރުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ޙަވާލުކޮށްގެން ހިންގާފައިވާ އެކި މަޝްރޫއުތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތަކުގެ ތެރެއިން، މާލީގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލު ކުރުމާ ގުޅޭގޮތުން ރައީސަށް ލަފާދޭ ކޮމިޓީއަށް ހުށަހެޅޭ މައްސަލަތަކުގައި، ގެއްލުމުގެ މިންވަރު ދެނެގަނެ ބަދަލުގެ ގޮތުގައި ލިބެންޖެހޭ މިންވަރު އެކަށައެޅުމަށްޓަކައި، މިނިވަން އޮޑިޓް ފާމެއް އައްޔަންކުރުމަށްވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ޙެހެމިސަރުކާރު އައީމަނޫންތޯ މަނިކުފާނު މިގައުމަށް ޢާދެވުނީވެސް އެހެން ނޫން ނަމަ އދިވެސް ނާދެވޭނެ ކަން ޔަގީން ނޫންތޯ ސަރުކާރުން މަގާމެއް ނުލިބުނީމަ މިހާރު ގޯސްވީ
ތިއީ ކަލޯ ކަލެއަށް ހީވާގޮތް ﷲ އިރާދަ ކުރެއްވި ގޮތަކަށް ވެގެންދާނީ
ސުރުކާރުންވިވައުދަކީ މަނިކުފާނު އިގިރޭސީވިލާތުން ގެނައުން
ބިގް ކުންފުންޏަކީ، ކޮންތަނެއްގައި ކޮން މަސައްކަތެއް ކޮށްގެން ހޯދި ފައިސާއެއްތޯ؟ ހޫނު ނުވަންޏާ ނާށިއަނގުރުވެސް ކަނީދޯ؟
ތިއީ ވަރައް ބޮޑު ތެދެއް ވެރިއަކު ވައުދާ ހިލާފް ވާނެ ވަރައް ސޯލިހް މިހާރު ހިލާފް ވެއްޖެ..އަދި ނުވިތާކަށް މާތްވެގެންވާ ދީން ހިމާޔަތް ކުރުމުގައިވެސް ދަނީ ބޮޑުތަނުން ފެއިލް ވެގެން ދެރަ ކަމުގެ ކޮޅެއްނެއް...މިކަމުގައި ސަލާމަތީ ބާރުތަކުންވެސް އަދި ދެނީ ސީދާ ބީރުކަންފަތް ކަމައް ގިނަރައްޔިތުން މިއަދުދެކޭ..
އަހަރުމެނަށް ކުރިންވެސް ތިޔަކަންތައް ދާނީ ތިޔަހެންކަން އިނގޭ. ދިވެހިން ވީމަ އިނގޭ ކަމެއްވެސް ނޭނގޭ ކަމެއް ވެސް ނޯންނާނެ. ދިވެހިން ދިވެހިންގެ ގަމާރުކަންމަތީ އަބަދަށް. ސަޅި އެންނު.
ދިވެހި ދައުލަތުގެ ބަޖެޓުން ވަގަށް 1.6 (އެކެއް ޕޮއިންޓް ހަޔެއް) ބިލިޔަން ރުފިޔާ ދިރުވާލައިފި ޝުކުރިއްޔާ ގަައުމު
މަގާމެއް ނުލިބުމުން ދެންވާނެ ހައެތި ތިފެންނަނީ
ތިޔަ ޖަމީލަކީ އުޅެން ނޭގުނު މީހެއް.މީނާއަށް އެއްވެސް ޕަރޓީއެއްގައި ނޫޅެވޭނެ.
ޖަމީލް އެއީ ބޮޑިބަތް ކައްކާލަން ދޭ ފައިސާކޮލެކޭ