ދީނަށް ފުރައްސާރަ ކުރާއިރު ބަސް ނުބުނެ ހަނު ތިބުމަކީ މުނާފިގު އަމަލެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްތަރ، ޑރ. އަހުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު ވިދާޅުވީ ދީނަށް ފުރައްސާރަ ކޮށް މަލާމަތް ކުރާއިރު، އެ ދީނުގެ ދިފާއުގައި އެއްވެސް ބަހެއް ނުބުނެ ތިބުމުގެ ނުބައި ކަން ގުރުއާނުގައި ބަޔާން ކޮށް ދެއްވާފައިވާ ކަމަށެވެ. އަދި ﷲ ގެ ދީނަށް ފުރައްސާރަ ކުރާއިރު ދީންގެ ދިފާއުގައި ބަސް ނުބުނެ ތިބުމަކީ މުނާފިގުންގެ އަލާމާތެއް ކަމަށެވެ.

"އިސްލާމްދީނުގެ ހައްގުގައި ބަސް ބުނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެއް. މި ގައުގައި ތިބި މުދިމުންނާ ގުރުއާން މުދައްރިސުންނާ އިސްލާމް މުދައްރިސުންނާ ބައެއް ދަންނަ ބޭކަލުން ހަނު ތިބުމަކީ ހައިރާންވާން ޖެހޭ ކަމެއް." ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ ސީދާކޮށްވިޔަސް ނުސީދާ ކޮށްވިޔަސް އަމަލުން ނުވަތަ ބަހުން މިފަދަ ނުބައި އަމަލުތައް ދިފާއު ކުރުމަކީ ފާފައެއް ކަމަށާއި އެފަދަ މީހަކު ދީނަށް ފުރައްސާރަ ކުރާ މީހާ އާއި އެއްފަދަ މީހަކާ އެއްފަދަ ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒިއާދު މިހެން ވިދާޅުވެފައި ވަނީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ވާހަކަތަކާ ގުޅިގެން އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން އެކި ޕްލެޓްފޯމްތަކުގައި ޚިޔާލު ފާޅުކުރުން ހުއްޓާލަން އެ ޔުނިވާސިޓީން އަންގާފައިވަނި ކޮށެވެ.

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރާއްޖޭގެ ދީނީ ދީނީ އިލްމުވެރިން ދަނީ މެދުކެނޑުމެއް ނެތި އެ ޖަމިއްޔާއާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެ ރިޕޯޓާ ގުޅިގެން އިލްމުވެރިން ވަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާވެސް ބައްދަލުކުރައްވާފައެވެ. އަދި ރިޕޯޓާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހާމަކުރުމަށް އިލްމުވެރިންތަކެއް ވަނީ ނޫސްވެރިންނާވެސް ބައްދަލުކުރައްވާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ބާބޫޖީ

    ޢިސްލާމުންނޭ ކިޔައިގެން ތިބެ އިސްލާމްދީނަށް ފުރައްސާރަ ކުރާއިރު ހަނުތިބޭ ބަޔަކު މިނޫނިއްޔާ އަޅެ ފަހެ އެބައުޅޭބާ!

    23
  2. ޙުޅު

    ހުޅުދެލީގައި އެމްޑީއެންގެ ރިޕޯޓާއި ދެކޮޅަށް ބޭއްވި ހިނގާލުމުގައި ބައިވެރިވި ފަރާތްތަކާ ދިމާލަށް އެމްޑީޕީގެ ސަޕޯޓަރުންވަނީ މުނާފިގުންނޭ ކިޔާ ގޮވާ ހަދާފަ. މިއީ މިހާރުގެ ޙާލަތު....

  3. ޒީ

    އަޅުގަނޑެއް ނުހުންނާނަން ބަދުބަސް ބުނި މީހުންނާ އެއްކޮޅައް!
    އެވަރުގެބަޔަކަށް ވޯޓު ނުލުމަށް ކިހާވަރަކަށް އާދޭސް ކުރިން!
    އެކަމަކުވެސް ނުވިސްނުނު އިލްމު ވެރި ބައެއްގެ ބަސް ދިވެހި ގިނަބައެއް ގަބޫލް ކުރި ކުރުމުން ލިބުނު ހިތި މިލަނީ އަރުތެރެއިން!

  4. އަރިގޯޅި

    ރަނގަޅުވާހަކައެއް މިހާރުމިފެންނަނީއެސިފަތައް އެއްވެސްމީހަކައް ޢަމަލުން ދެކޮޅުކަންދައްކާކައްނުކެރެ