އިންޑިއާގެ އަސްކަރިއްޔާ އާއި އެމްއެންޑީއެފް ގުޅިގެން ކުރިޔަށް ގެންދިޔަ ތަމްރީންތައް ނިންމާލައިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ އިންޑީއާ ސިފައިންނާއި ގުޅިގެން ކުރިޔަށް ގެންދިޔަ "އެކްސެސައިޒް އެކުވެރިން 2019" ތަމްރީމް ތައް ކުރިޔަށް ގެންގޮސްފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އިންޑިއާގެ ޕޫނޭގައި ކަމަށެވެ.

މި ތަމްރީނުތަކަކީ ދިވެހިރާއްޖެ އާއި އިންޑިއާ އަސްކަރިއްޔާގެ މެދުގައި އުފެދިފައިވާ އަސްކަރީގުޅުން އިތުރަށް ބަދަހި ކުރުމާއި ކައުންޓަރ ޓެރަރިޒަމާއި ކައުންޓަރ އިންސަރޖެންސީ ފަދަ އޮޕަރޭޝަންތައް ދެޤައުމުގެ އަސްކަރިއްޔާ ގުޅިގެން ހިންގުމުގެ ހުނަރާއި ތަޖުރިބާ ހޯދުމުގެ މަގްސަދުގައި ދެގައުމުން ގުޅިގެން ކުރިޔަށް ގެންދިޔަ ތަމްރީން ތަކެއް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މި ތަމްރީނުތައް އޮބްޒާވްކުރެއްވުމަށް އިންޑިއާއަށް ވަޑައިގެންނެވީ މެރިންކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަޙީދު އެވެ. އެބޭފުޅާ ވަނީ މިއެކްސަސައިޒް ނިންމުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ދިވެހި ސިފައިންގެ ކޮންޓިންޖެންޓާ ބައްދަލުކުރައްވައި ތަމްރީނުތައް ކުރިއަށްދިޔަ ގޮތާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

މިއެކްސަސައިޒުގައި ކިޔަވައިދެއްވީ ދެ ޤައުމުގެ އަސްކަރިއްޔާގެ ތަޖުރިބާކާރު މުދައްރިބުން ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ. 2009 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކޮންމެވެސް އެއް ޤައުމެއްގައި ބާއްވަމުން އަންނަ މި އެކްސަސައިޒް މިދިޔަ އަހަރު ބޭއްވިފައިވަނީ ޅ.މާފިލާފުށީގައެވެ.

ކިޔުންތެރިންގެ ހިޔާލު