ވިލިމާލޭގެ ގޭބީސީތަކުގައި ކުނި އުފެދޭ މިންވަރު ދެނެގަތުމަށް ވެމްކޯ އިން، ސާވޭއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.
ވަކިން އޮންނަ މާލޭގެ އެ އަވަށުގައި ކުރާ ސާވޭ އިއްޔެ ފަށާފައިވާއިރު، ސާވޭ ކުރިއަށްދާނީ ތިން ހަފްތާގެ މުއްދަތަކަށެވެ.
"ވޭސްޓް ސާވޭ އަދި އޮޑިޓް" ގެ ނަމުގައި ކުރިއަށްގެންދާ މި ސާވޭ އަކީ ވިލިމާލޭގެ އެކި ޒޯނުތަކުން ހޮވާލެވޭ 336 ގޭބީސީ އަށް ވެމްކޯ އިން ޒިޔާރަތްކޮށް ކުރިއަށްގެންދާނެ ސާވޭ އެކެވެ. މި ސާވޭ ކުރިއަށްގެންދަނީ ވެމްކޯ އިން ހިދުމަތްދޭ ގޭބީސީތަކުގައި ކުނިއުފެދޭ މިންވަރާއި ކުނީގެ ބާވަތްތައް ދެނެގަނެ، ކުނި ބަންދުކުރުމުގައި ގެންގުޅޭ އުސޫލުތައް ދެނެގަތުމަށެވެ.
ސާވޭގެ ނަމުގައި ގޭބީސީތަކަށް ޒިޔާރަތްކުރާ މީހުންނަކީ ވެމްކޯގެ މުވައްޒަފުންކަން ޔަގީން ކުރުމަށް އެކުންފުނިން އިލްތިމާސް ކުރެއެވެ. އަދި ޝައްކު ކުރެވޭ ކަމެއް ފާހަގަވާނަމަ އެކަން ފުލުހުންނަށާއި ވެމްކޯ އަށް އެންގުމަށްވެސް އެ ކުންފުނިން އިލްތިމާސް ކުރެއެވެ.
އެކުންފުނިން ބުނީ ސާވޭ ކުރާ 336 ގޭބީސީގައި އުފައްދާ ކުނިކޮތަޅު ބޭނުންކޮށްގެން ބޭސްޓް އޮޑިޓެއްވެސް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ އޮޑިޓަށް ބިނާކޮށް ވެމްކޯ އިން ދޭ ހިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަންތަރީސް ހަމައަންތަރީސް ތިލިވެމްކޯއެއް އުފެދި ވިލިމާލެއިން ކުނިނަގާ އުކާލަމުންއަންނަތާ 4 އަހަރުވެއްޖެ ވެންކޯގެ ހުއްދައެއްނެތި ވިލިމަލެ ކުނިކޮށްޓަށް ޓިޝޫޕޭޕަރެއްވެސް އެއްލާނުލެވެ އެވަރުންވެސް ވިލިމާލޭގައި ކުނިއުފެދޭމިންވަރު އެނގިފައިނުވާކަމީ ހަމައަޖައިބެއް