ވިލިމާލޭގައި ހުންނަ ކުޑަކުދީންގެ ހިޔާ އާއި ހުޅުމާލޭގައި ހުންނަ ފިޔަވަތި އަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭސް އިން އެއްބަސްވެއްޖެ އެވެ.

މޯލްޑިވް ގޭސްއަށް 20 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އެކުންފުނިން ނިންމި ނިންމުމުގެ އެއްބަސްވުމުގައި އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް އެވެ. އަދި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

ގޭސްގެ ހިދުމަތުގެ އިތުރުން މޯލްޑިވް ގޭސް އިން ވަނީ 10،000 ރުފިޔާގެ އަގުހުރި ތަކެތިވެސް މިނިސްޓްރީއާ ހަވާލުކޮށްފައެވެ. އެތަކެއްޗަކީ ކުޑަކުދީން ބަލަހައްޓާ ތަންތަނަށް މުހިއްމުވާނެ އެއްޗެހި ކަމަށް މޯލްޑިވް ގޭހުން ބުނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ވިދާޅުވީ ކުޑަކުދިން ބަލަހައްޓާ ތަންތަނަކީ ދައުލަތުގެ ފަރާތުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ބަލަހައްޓާ ތަންތަން ކަމަށެވެ. އެފަދަ ތަންތައް އެންމެ އެކަށީގެންވާ ގޮތުގައި ހިންގޭނީ ގިނަ ބައެއްގެ އެހީތެރިކަން ލިބިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މޯލްޑިވް ގޭސްގެ ފަރާތުން ލިބިފައިވާ އެހީއަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.