އދ.ގެ ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑޮމް އޮފް ރިލިޖަން އޮފް ބިލީފްގެ މަގާމުގައި ހުންނެވި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަހްމަދު ޝަހީދު ދިވެހިރާއްޖެ އާއި ބެހޭ ގޮތުން އެތައް ވާހަކައެއް ދައްކަމުން ދާއިރު ވެސް އެމައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އަދި އެހެން ފަރާތަކުން ވެސް މަސައްކަތް ނުކުރައްވާ އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނެރަލްގެ އެޑްވައިޒަރގެ މަގާމުގައި ހުންނެވި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްސަލަ ބަލަން ނިންމާފައި ވާތީ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ޝަހީމް ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި ފާޑުވިދާޅުވަމުން ގެންދިއުމަކީ މައްސަލައެއް ކަމަށް ވިދާޅުވެ ޝަހީމް ފާޑުވިދާޅުވަނީ ކޮން ހައިސިއްޔަތަކުންތޯ ބަލައިދެއްވަން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ ސިޓީއެއް ފޮނުވާފައެވެ. އެ މައްސަލަ ބަލަން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

ޝަހީމްގެ މައްސަލަ ބަލަން ނިންމުން ބައެއް ފަރާތްތަކުން ވަނީ އެމްޑީޕީ އިން ކުރަން އުޅެނީ ކޮން ކަމެއްތޯ ސުވާލުކޮށްފައެވެ. ޝަހީދު ބޭނުން ކޮންމެ ވާހަކައެއް އިސްލާމްދީނުގައި އޮތް ގޮތާއި ހިލާފަށް ވެސް ދައްކަވަމުން ގެންދަވާއިރު އެކަމާއި އެމްޑީޕީ އިން ކަންބޮޑު ނުވަނީ ކީއްވެތޯ ބައެއް ފަރާތްތަކުން މީސް މީޑިއާގައި ސުވާލުކޮށްފައިވެއެވެ.

އަދި ބައެއް ފަރާތްތަކުން ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް ނަޝީދު ޗައިނާ ސަރުކާރާއި ބެހޭ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަކީ ދިވެހި ސަރުކާރުގެ ބަސްތޯ ނުވަަަތަ ނަޝީދު އަމިއްލަ ހައިސިއްޔަތުން ދައްކަވާ ވާހަކަފުޅެއްތޯ ވެސް ތަޙްޤީޤު ކުރުމަށް ގޮވާލާފައެވެ.

 

 

ޝަހީމްގެ މައްސަލަ ބަލަން މަޖިލީހުގެ ކޮމެޓީއަކަށް ފޮނުވުމުން ޝަހީމް ވިދާޅުވީ މަޖިލީހުން އުޅެނީ ބިރުދައްކަން ކަމަށާއި ކީރިތި ރަސޫލާގެ ދިފާޢުގައި އޭނާ ޚިޔާލުފާޅު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ބެއްޔާ

    އާޒިމަށް ދަންނަވާލަން އޮތީ ރައީސް ނަޝީދާއި ޖަނާޒާ ކުޑޭގެ ޝަކުވާގެ ސީޓިއެއް މަޖްލިހުގެ ރައީސަށް ފޮނުވަން. ލާދީނީ ނޫންކަން ރައްޔިތުންނަށް އަންގާލަން ރަނގަޅު ފުރުސަތެއް. އެހެންނޫނީ މީހުން ކިޔަން ފަށާނެ އާޒިމަކީވެސް ލާދީނީ ފިކުރުގެ މީހެކޭ. އަވަހަށް ސަލާމަތްވޭ.

    82
  2. އަފީ

    ލާދީނީ އެމް.ޑީ.އެން ގެ ރިޕޯޓްގެ ދަށުގައި އޮތް މި ސަރުކާރަށް ބަސްބުނަން ނުކެރުނަސް އަދި ފިޔަވަޅު އަޅަން ބިރުގަތަސް މި ގައުމުގެ ރައްޔިތުން މި ރިޕޯޓްގެ ވާހަކަ ދައްކަން ބިރުނުގަނޭ. އަދި މަގުތަކަށް ނުކުމެ އިހުތިޖާޖް ކުރަންވެސް ބިރެތް ނުގަނޭ!

    83
  3. ދިވެހި ދަރިއެއް

    އަހަރުމެން ނޫޅެން އޮޅިގެނެއް، މިކަލޭގެ ދައްކާވާހަކަ ތަހުޤީޤު ކުރަން ބޭނުންނުވަނީ ރީދޫ މީހުން ޤަބޫލުވާޒާތު ލާދީނީ ވާހަކަ ދައްކާތީ، އެކަމަކަށް އަހުމެންގެ ފަރުވާލެއްނެތް، ދީން ހިމާޔަތް ކުރަން ކުރަންޖެހުނު ކޮންމެ ކަމެއް މާތްﷲ ގެ ރަހުމަތް ފުޅާއެކު ކުރުމުގައި އަހަރުމެން ފަހެއް ނުޖެހޭނަން، މަރާލިޔަސް މިކަން ކުރުމުގައި ބިރެއްނުގަންނާނެ، އަހަރުމެން ބިރުގަންނަނީ ދީނަށް ފުރައްސާރަކުރަން

    108
    1
  4. ރަނީލަ

    ޑރ. ޖަނާޒާ.. ލާދީނީ ސަފީރު.. ޔަހޫދީންގެ ޕަޕެޓުއާރ

    50
  5. ކޮރަލް

    ޝަހީމް ރާއްޖޭގެ ދާޚިލީ ކަންކަމާ ބެހި ފާޑުވިދާޅުވަމުން ގެންދަނީ ދިވެހިރައްޔިތަކަށް ވެ ފަ ވާތީ ގާނޫނު އަސާސީއިން ލިބިދީފައިވާ ހައްގަކަށް ވާތީ އެވެ.

    75
    1
  6. އަނދިރި ދައުލަތް

    އެމްޑީޕީގެ ލީޑަރޝިޕްގަ ތިބި ނުފޫޒުގަދަ އަނދިރި ދައުލަތަކީ ލާދީނީ ސެކިއުލާބައެއް، އެމީހުންގެ ބާރު މުޅިދައުލަތުގެ މައްޗަށް މި ހިނގަނީ، މަޖިލީހުގައި ރައީސަކީ އެމީހުންގެ ލީޑަރު، ފުލުހުންގެ އިސް މާގާމުގައި، ސްޕްރީމްކޯޓުގައި ރައީސް އޮފީހުގައި މި އަނދިރި ދައުލަތްވަނީ ވަކިހިއްޕާލާފައި، މި މީހުންގެ ބާރު ހިނގާހާދުވަހަކު ކަންކަން ކުރާނީ މިހެން.. އެމީހުންގެ ލާދީނީ އެޖެންޑާއާ ދެކޮޅު ކޮންމެމީހެއްގެ މައްސަލަ ބަޔާނެ، އަދި އެމީހުންގެ މީހުން ﷲއާ ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށް ދީނުގެ އަސްލުތަކަށް ގޮންޖަހައި، ރާއްޖޭގެ ތައުލީމީ މަންހަޖު އެމީހުން ބޭނުންވާގޮތަށް ބަދަލުކުރުމަށް ގޮވާއިރުވެސް އެމީހުންނަށް އެއްވެސް ފަޔަވަޅެއްނޭޅޭނެ..

    49
    • މިބޭ

      މިބައިގަނޑު ކިތައްމެ ބާރަށް ވަކިހިއްޕައިލިގެން ތިއްބަސް މަރު އައިސް އެމީހުންނާ ބައްދަލު ކުރާނެ. އިންސާފުވެސް ގާއިމްވެގެން ދާނެ. މަ ހަމަ ކޫލް...

      22
  7. ކަނބާ

    މި ކަލޭގެއަށް މިސަރުކާރުން ފިޔަވަޅެއް ނާޅާނެއެވެ. އަޅާކަށް ނުވެސް ކެރޭނެއެވެ. ސަބަބަކީ މީ އެމްޑީޕީގެ ފައިސާ އުފައްދާ މެށިނެވެ. މިބުނީ ލާދީނީ ފަރާތްތަކުން ޕާޓީއަށް ފައިސާ ހޯދައިދޭ އެކަކީ މީނަކަމެވެ.

    44
  8. ސަޒާ

    ޔާމީނުގެ ވެރިކަމުގައި ނަސީދު ބޭރުހުރެގެން ރާއްޖޭގެ ދާހިލީ ކަންކަމާ ބެހި ޓްވަރިސްޓުން ނައުމަށް ގޮވާލާ ސަރުކާރު ވައްޓާލަން ގޮވާލި މައްސަލަ ފުރަތަމަ ބަލަންވީ ނޯންތޯ. ބަލަ ސަހީމަކީ ދިވެހި ޤައުމު ފަހުރުވެރިވާފަދަ ދިވެހި ދަރިއެއް. އާޒިމް ހުރީ ހަމައިގަތޯ

    56
  9. ޥަރުން

    ދެކޮޅު ނުބަލާ ވެރިން ހޮވުމުން ވާނެ ހަތަރެތިވެ އަދިއެވަރުން ނުވެގެން މަޖިލިސްވެސް އެއްކޮށް ހިބައިން ދީފަ މިއޮތީ ދެން ފައިން ނޫންބާ އެރިފާ!

    29
  10. ދިއްގާ

    މި ލާދީނީ ބައިގަޑު އަދި ވަކިން ޚައްސަކޮށް އޭގެ މުގޫ މިއުޅެނީ މި ރިޕޯޓު ސައްހަކުރަން. ބަލަ އުފެދުމުގަ ވެސް ނަހަލާލު ރިޕޯޓެއް ހަލާލުވާނީ ކިހިނެއް؟ ލާދީނީ ބައިގަޑު##

  11. ގުބޯ

    ތިއީ މިހާރު 2 މީހަކުވެގެން ބަތްކައްކާ ކުޅޭ ތަނެއް. ގުބޯ ހެދިގެން އެންމެން ތިބޭ.