ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ އިމުގެ މައްސަލައިގައި 1982 އިން ފެށިގެން ރާއްޖެ އިން ނިންމާފައިވާ ހުރިހާ ނިންމުމެއް ހާމަކުރުމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ދިވެހި ސަރުކާރަށް މިއަދު ގޮވާލައްވައިފިއެވެ.

ޑރ. ޝަހީދު ކުރެއްވި ޓުވީޓެއްގައި ވަނީ ދައުލަތުގެ މައުލޫމާތު ހިއްސާ ކުރުމަކީ އިތުބާރު އުފައްދާ އަދި ޕްރޮފެޝަނަލް ނޫސްވެރިން ބާރު ކުރެވޭ ކަމެއް ކަމަށެވެ.

އެހެންވެ، ކަނޑުގެ ގާނޫނާއި ޗާގޯސް އާ ބެހޭ ގޮތުން 1982 ވަނަ އަހަރުން ފެށިގެން ރައީސް އޮފީސް، ފޮރިން މިނިސްޓްރީ، އެޓާނީ ޖެނެރަލް އޮފީސް އަދި އެމެރިކާގެ ނިއު ޔޯކާއި އިނގިރޭސި ވިލާތުގެ ލަންޑަންގައި ހުންނަ ރާއްޖޭގެ މިޝަންގައި ހުރި ކަމާ ގުޅެ ހުރިހާ ފައިލެއް ހާމަ ކުރަން ޝަހީދު އެދިވަޑައިގެންނެވިއެވެ.

"މި ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން ވަރަށް އަދަބުވެރިކަމާ އެކު ދަންނަވާ ދެންނެވުމެއް. ސައްހަ ފުރިހަމަ މައުލޫމާތުގެ އަލީގައި ރައްޔިތުން މި ބަހުސްގައި ބައިވެރިވެވޭނެ މަގެއް ކޮށައި ދެއްވުމަކީ ވެރިންނާއި ނޫސްވެރިންނާއި އަދި ޔުނިވަސިޓީތަކުގެ ޒިންމާއެއް،" ޑރ. ޝަހީދުގެ ޓުވީޓުގައިވެއެވެ.

ޝަހީދު ވިދާޅުވި ގޮތުގައި މިނިވަން، ޕްރޮފެޝަނަލް ނޫސްވެރިކަމެއް ނެތް ގައުމެއްގައި ހެޔޮ ވެރިކަމެއް ނުކުރެވޭނެއެވެ. މިނިވަން ނޫސްވެރިކަން ނަގާލީމަ، ސަރުކާރާ މެދު ރައްޔިތުން އިތުބާރު އުފެއްދޭނެ މުއާމަލާތެއް ހިންގޭނެ ގޮތެއް ނޯންނާނެ ކަމަށް ވެސް ޝަހީދު ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލާގައި އިޓްލޮސް އިން ނިންމި ނިންމުގައި ސަރުކާރުން އަމަލު ކުރި ގޮތުން ސިޔާސީ ގިނަ ޕާޓީތަކުން ވަނީ ހިތްހަމަނުޖެހިފައެވެ. އިޓްލޮސް އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައެވެ. މޮރިޝަސް އަށް ދޭން ނިންމީ 45،331 އަކަކިލޯ މީޓަރެވެ. މިއީ ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުން ކަމަށް ސަރުކާރާ ހިޔާލު ތަފާތުވާ މީހުން ބުނެފައިވެއެވެ.

ސަރުކާރާ ދެކޮޅު ފަރާތްތަކުން ބުނެފައި ވަނީ ދެކުނުން 200 މޭލަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމަށާއި އެ ތަން އިތުރު ބަޔަކަށް ދިނުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. މިއީ ރާއްޖެ އަށް ލިބުނު ބޮޑު ގެއްލުމެއްގެ ގޮތުގައި އެ ފަރާތްތަކުން އަންނަނީ ސިފަ ކުރަމުންނެވެ.

ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތަށް ކޮންމެ ގައުމަކަށް 200 މޭލުގެ ކޮންޓިނެންޓަލް ޝެލްފެއް ދޭންޖެހޭ ގޮތަށެވެ. އެކަމަކު އެހެން ބަލާއިރު ދެ ގައުމުގެ އިމުން 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރަ އެވެ. މިބައި ބަހާއިރު މޮރިޝަސް އިން ބޭނުންވީ ބޭސް ޕޮއިންޓަކަށް "ބްލެންހެމް ރީފް" ބެލުމަށެވެ. އެކަމަކު ރާއްޖޭން ބުނަމުން އައީ އެއީ މީހުންނަށް އުޅެވޭ ގޮތަށް އޮތް ހިކިފަސް ތަނަކަށް ނުވާތީ އެތަން ބޭސް ޕޮއިންޓަކަށް ނުބެލޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އއ

    ކުރިން ހީކުރެވިފަ އޮތީ ޑރ އަކީ ތައުލީމީ ހަމަބުއްދިހުރި މީހުންގެ އެއްޗެއްކަމައް! މިހާރު އެނގިއްޖެ މީހަމަ 2 ނަމްބަރ ކާތިބު މިކިޔާ ލެވެލްގެ ކޮރަޕްޓު ބައިގަނޑެއްކަން.

    5
    2
  2. ދިވެހި މުސްކުޅިން

    ފޯޅަވަހީގެ މައްސަލަ. އެތަނަކީ ފުރަތަމަ އެންމެ އެވޭލާ ޒަމާނުގާ ދިވެހިންގެ ތަނެއް އެތާގެ ބޭނުން ފަލީގައި އާއި ފަންރިޔާގައި ދިވެހިން ބޭނުން ހިފި. އެތަނުގަ ދިވެހި އާބާދީއެއްއޮތް ރާއްޖެ އިސްލާމްވުމުގެ ކުރީގާ. ތޫފާނެއް އައި ފަހުން އުޅުނު މަދު ދިވެހިން ހާލުގާ އެތާގަ އުޅޭތީ ދަތުރު ވެރި ބަޔަކަށް ފެނިގެން އެމީހުން ގެންދިޔަ ފަހުން މާފަހުން އެތަނަށް އެހެން ބައެއް ގައުމު ތަކުން އަޅުން ފޮނުވީ އެތަނުން އާމްދަނީ ހޯދުމުގެ ބޭނުމުގަ މަސައްކަތު މީހުންގެ ގޮތުގަ. އޭރު ދިވެހިން އެތާގެ ބޭނުން ކުރުން އޮތީ މެދު ކެނޑިފަ. އިސްތިއުމާރީންގެ ބާރު އެތަނަށް ފޯރާ ޗާގޯސިއަނުން މިކިޔާ މީހުން ނަގާ އެތަނުން މޮރިޝަސްއަށް ބޭލުމަށްފަހު، އެތަނަށް އިގިރޭސިން އަދި އެމެރިކާއިން އެތާގެ ބޭނުން ކުރަން ފެށި. ދެން މިވީ ގޮތްވީއިރު މީގެ އިހުމާލުވީ ކޮންސަރުކާރަކުންތޯ؟ ރާއްޖޭގެ ދެކުނުން ޗާޓު މުނައްވަރު މެން ޗާޓު ކުރެހި އިރު އެރަށްތަކުގެ ބިއްދޮށުން 200މޭލަށް ރާއްޖޭގެ ސަރަހައްދު ނުޖެއްސީ ގަމާރު ކަމުންތޯ؟ އޭރު މިތަނުގެ ތާރީޚާއި މެދު ނުވިސްނީ "ގޮފަޅެ" ކަމުންތޯ؟ ކަނޑެކޭ ކިޔާ ފުށު އަރާ ބާއޭ ކިޔާ ހިންގި ޖަރީމާ އެމީހުން ފެށީ ފައިސާ ނަގައިގެންތޯ؟ ބަލަ މޮޔައިންނޭ އައްޑޫގަ އުޅޭ ދޮންދީނި . އަދި ފޯޅަވަހީގެ އުޅޭ ދޮންދީނި ކޮންމެ ދުވަހަކު އާއިލީ ގުޅުން ބަދަހި ކުރާއިރު ބުއްދި ދެއްވި އިންސާނުން މިތާ މިތިބީ ޣާފިލުވެފަތޯ؟

    1
    1