ބިޑްނުކޮށް، ހިންގަން ސަރުކާރަށް 130 އަށް ވުރެ މަޝްރޫއު އެއްގެ ހުށައެޅުން ލިބިފައިވާ ކަމަށާއި، މީގެތެރެއިން 20 މަޝްރޫއެއް ފަށަން މަޝްވަރާ ކުރަމުންދާ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫ ކަރަންޓުގެ މަޝްރޫއު ހިންގަން ޗައިނާގެ ޑޮންގް ފެންގް ކުންފުންޏާއެކު ފްރޭމް ވޯކް އެގްރިމެންޓުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ 137 އަށް ވުރެ ގިނަ މަޝްރޫއު ހިންގަން ސަރުކާރަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށެވެ.
މިގޮތުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ކުރަނީ މި މަޝްރޫއުތަކުގެ ތެރެއިން ނެގޯޝިއޭޓް ކުރަނީ 20 މަޝްރޫއު ކަމަށާއި މި މަޝްރޫއުތަކުގައި ހިމެނެނީ ފެނާއި ނަރުދަމާގެ މަޝްރޫއު އަދި ކަރަންޓުގެ މަޝްރޫއުތަކުގެ އިތުރުން ހެލްތް ދާއިރާގެ މަޝްރޫއުތަކާއި ޕޯޓާއި ބްރިޖުގެ ޕްރޮޕޯސަލްތައް ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މި ހުށައެޅުން ތަކުގެ ތެރޭގައި އެންމެ ގިނައީ ޗައިނާ އާއި އިންޑިއާގެ ކުންފުނިތަކުން ހުށައަޅާފައިވާ ޕްރޮޕޯސަލްތައް ކަމުގައެވެ. އެހެން ނަމަވެސް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއު ތަކަށް ހުށަހެޅުން ލިބެނީ ސްކެންޑެނޭވިއާ ސަރަހައްދުގެ ގައުމުތަކުން ކަމަށާއި. ބްރިޖާއި ޕޯޓަށް ހުށަހެޅުން ލިބިފައިވަނީ ދުބާއީ އާއި ތުރުކީން ކަމުގައި އޭނާ ފާހަގަކުރައްވާފައިވެއެވެ.
"އަޅުގަނޑަށް ހީވަނީ މިިދިޔަ ސަރުކާރާއި މި ސަރުކާރުންވެސް އެންގޭޖުމަންޓް ބޮޑީ ދެ ދެ ގައުމު ވީމަހެން ދެ ގައުމުން އަންނަނީ. ދެ ގައުމުގެ ފޯކަސް އެބަހުރި ރާއްޖެ އަށް. ބޮޑަށް އެކްސްޕޯސް ވެފައިވަނީ ދެ ގައުމަށް. އަޅުގަނޑުމެންގެ ގިނަ ވަފުދުތައް ވެސް ގޮސްފައިވަނީ މި ދެ ގައުމަށް،" ފައްޔާޒު ވިދާޅުވި އެވެ.
ކޮންމެ ސަރުކާރެއް އޮތްކަމުގައި ވީ ނަމަވެސް އަވަށްޓެރި ދެ ގައުމު ކަމަށްވާ އިންޑިއާއާއި ޗައިނާއާއި ދެމެދު ގާތް ގުޅުމެއް އަބަދުވެސް އަންނަނީ ބާއްވަމުންނެވެ. އެހެން ނަމަވެސް އެންމެ ފުަރަތަމް ބިޑް ނުކޮށް މަޝްރޫއުތައް ދޫކުރުން ފެށިގެން ދިޔައީ މި ސަރުކާރުންނެވެ.
މި ސަރުކާރުން އާ އުސޫލުތަކެއްގެ ދަށުން މަޝްރޫއުތައް ހަވާލު ކުރަމުން ދާއިރު ހަވާލު ކުރެވޭ ހުރިހާ މަޝްރޫއުތަކެއްވެސް ހަވާލު ކުރެވިފައި ވަނީ އިކޮނޮމިކް ކައުންސިލުން ބެއްލެވުމަށްފަހުގައެވެ.
މިގޮތުން މި ސަރުކާރުން މިގޮތަށް ހަވާލުކޮށްފައިވާ އެންމެ ބޮޑު އެއް މަޝްރޫއަކީ ގުޅިފަޅު ބިން ހިއްކަން 53 މިލިއަން ޑޮލަރަށް ބޮސްކާލިސް ކުންފުންޏަށް ދިނުމެވެ. އަދި މިއަދު ޗައިނާގެ ޑޮންގް ފެންގް އިލެކްޓްރިކް ކުންފުންޏަށް 37.5 މިލިއަން ޑޮލަރަށް ހަވާލުކުރި މަޝްރޫއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މުހައްމަދު

  ބިޑު ނުކު ރާ ސަ ރުކާ ރު ކު ރީ ސަ ރުކާ ރު، މީ ކޮންސަ ރުކާ ރު؟ ދޮގުހަދާ ސަ ރުކާ ރު.

 2. ނަސީދު

  ޒީރޯޓޮލެރަންސް ޕަކާސް

 3. ޢިކުރާމު

  ޕީޕީކުދިން ހަޖަމު ކޮ އްލާ އަހަރުމެން އައ އްޑޫ މީހުން މިތިބީ ނަޝީދު ފަހަތުގަ ވޯޓުންވެސް އޮންނާނީ ޔާމިނު ބަލިކޮ އްފަ ހަ އްހޭތް

 4. ޒާ

  ބިޑް ނުކޮށް މަޝްރޫޢު ހަވާލު ކުރީމާ ހިނގާ ޚަރަދު ދެނީ ބޯގަން ވިލާއިންތޯ މާ މޮޅުކަމަކަށްވެ ތިވާހަކަ ތިގޮތަށް ދައްކަނީ. އެއީ ކަރަޕްޝަން. ގުޅީފަޅު ހިތްކަން ހަވާލުކުރީވެސް އެއަށްވުރެން ކުޑައަގަކަށް އެކަންކުރެވެން އޮއްވައި ވަރަށް ބޮޑު އަގަކަށް. ދެން ތިމީހުން އަޅާ 25 ބުރި ހޮސްޕިޓަލަކަށް ނުވަތަ ބުރިޖަކަށް ހޭދަކުރާނެވަރު ވިސްނާބަލަ. އޭސީސީން މިކަމުގެ ތެރެއަށް ވަދެ މިކަންކަން ހުއްޓުވަންޖެހޭ.

 5. ޖާޒީރާ ބޯއީ

  މިނިސްޓަރު ފައްޔާޒު ހިފާ ހައްޔަރު ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކުރަންފެނޭ.

 6. މާލް

  މީވެސް މި ގައުމުގެ ނެތިކޮއްލުމަށް މަސައްކަތް ކުރާ ފަރާތެއް. ޔާ ﷲ މި މީހުނަށް ހެޔޮގޮތް އަންގަވައިދެއްވާނދޭވެ.