ޕީއެސްއެމްގެ ލައިވް ޕްރޮގްރާމްތަކަށް ދީނީ އިލްމުެރިން ނާރުވަން ރައީސް އޮފީހުން އަންގާފައިނުވާނެ ކަމަށް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމްތަކަށް ދީނީ އިލްމުވެރިން އަރުވަން މަނާކޮށްފައިވާކަމަށް ބުނެ، ބައެއް ނޫސްތަކުން ދަނީ ހަބަރު ފަތުރަމުންނެވެ. އެކަމާއި ގިނަބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންވެސް ދެއެވެ.

އެ ވާހަކަދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އެ ވާހަަކަތަކަކީ ތެދު ވާހަކަތަކެއް ނޫން ކަމަށާއި އެފަދަ ކަމެއް ކުރަން ރައީސް އޮފީހުން އިރުޝާދު ދީފައިނުވާނެ ކަމަށެވެ.

ރާއްޖޭގެ ދީނީ އިލްމުވެރިންނަށް ޕީއެސްއެމްގެ ޕްރޮގްރާމްތަކުން ޖާގަ ނުދިނުމަށް ކަމަށް ބުނެ ވާހަކަތަކެއް ދެކެވެމުން މި ދަނީ، އިސްލާމްދީނާއި މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަ ކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓާ ގުޅިގެން ދީނީ އިލްމުވެރިން އެ ރިޕޯޓާއި ދެކޮޅަށް އެތައް ވާހަކަތަކެއް ދައްކަމުން އަންނަ ދަނޑިވަޅެއްގައެވެ.

ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ދަނީ އެމްޑީއެން އުވާލުމަށް ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން އެ ޖަމިއްޔާ އުވާ ލާފައެއް ނުވެއެވެ. ޔޫތް މިނިސްޓްރީން ހަމައެކަނި އެޖަމިއްޔާ ސަސްޕެންޑް ކުރީއެވެ.

އެ ޖަމިއްޔާއިން ނެރުނު އިސްލާމް ދީނާއި ދެކޮޅު ރިޕޯޓާއި ގުޅޭ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މޮހަދާބެއްޔާ

  މަނިކުފާނުގެފޮޓޯފުޅަށްބަލާލުމުންދީން
  ދެކެމަނިކުފާނުލޯބިވާވަރުއެގޭ

  19
 2. ބުއްދިވެރި ފިނިހައް

  މި ގޮލާ މީ ގައުމުގެ ހަލާކު..

  21
 3. ދދ

  އެންގި

  19
 4. އަހުމަދު

  ހޫދު އަޅުގަނޑުގެ ހަމަ އެންމެ ސުވާލެއް؟ ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގެ ޖަމުއިއްޔާ އަކާއި ދެމެދު ވީ އެއް ބަސް ވުމެއް ގެ ދަށުން ބޭންކުން ދޭން ޖޭހެ ފައިސާ ދިނުމަށް ހޫދު ހުރަސް އެޅުއްވީ ކީއްވެތޯ ؟އެޖަމުއިއްޔާ އިން މިއަދު ކޯޓަށް ދިޔައަސް އެފައިސާ ދިނުމަށް ހުކުމް ކުރާނެ އެއީ ވެވިފައިވާ އެއްބަސް ވުމެއް ކިމަށް ހުރަސް އެޅީ ވަރަށް ނާ ތަހުޒީބު ގޮތަކަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން < މިކަމަށް ޖަވާބު ދޭން ޖޭހޭ ދުވަސް އޮތީ ވަރަށް ގާތުގައި އެކިފަރާތް ތަކުގެ ހައްގު ތަކަށް ނުބަލާ ބޭފުޅަކު ކިތަންމެ ބޮޑު ދޮގެއް ވެސް ހަދާފާނެ.

  26
 5. ހާމިދު ޝާހިދު

  ނާގާބިލު ވެރިން ތިބެގެން ސެލްފް ސެންސަރޝިޕް ގެންގުޅުމުގެ ނަތީޖާއެއްގެގޮތުން މިފަދަ އަޑުތައް ފެތުރެެނީ. މިކަމުގައި އެތަނުގެ ވެރިންގެ ނާގާބިލުކަމާއި ނުކުޅެދުންތެރިކަން އިންތިހާއަށް އެބަ އޮތް.

  20
 6. ގިޓާ

  ދީނީ ޢިލްމުވެރިން ޕީއެސްއެމުން ނުފެން ނަނީ ކީއްވެ ދީނީ ޕްރޮގުރާމުތައް ނުގެންނަނީ ކީއްވެ ޕީއެސްއެމް މެދުވެރިކޮށް އިސްލާމްދިނާއި ރަސޫލާއަށް ފުރައްސާރަ ކުރުމަކި ކިހާވަރެއްގެ ކަމެއްކަން ދުވާލަކު އެއްފަހަރު ގެންނަންވާނެ ރައީސްއޮފީހުން ޕީއެސްއެމަށް އަންގަބަލަ އެކަމަށް ޚާްއްޞަ ޕޮރޮގުރާމެއް ގެންނާށޭ އޭރުން ޤަބޫލުކުރާނަން ތިޔައީ ތެގެއްކަމަށް

  23
 7. މިތުރު

  ޢެހެންވިއްޔާ މި ހުކުރު ދުވަހު ޕީއެސްއެމް އިން ކީއްވެބާ މަރުކަޒުގެ ހުތުބާ ލައިވް ނުކުރީ. މިއޮއް ހުރިހާ ދުވަހަކު ދައްކަނީ މަރުކަޒުގެ ހުތުބާ. ޢެކަމަކު އިއްޔެގެ ހުތުބާ ދެއްކީ އެހެން މިސްކިތެއްގެ. ޟަ ހީކުރީ އިލްޔާސް ގެ އަމިއްލަ ހުތުބާއެއް ވީމަ ބިރުގަތީކަމަށް. ހީހީ ހަލާކު

  18
  • ޜަނާ

   ޓީވކީ އެމް އިން ދެއް ކީ އިލްޔާސްގެ ޚުޠުބާ ލައިވް

   3
   1