ގޯސް މިސްރާބަކަށް ދަތުރުކުރާ ގްރޫޕަކާއި އެކު ކުރިއަށް ދިއުމަށްވުރެ ރަނގަޅީ އެކަނި ކުރިއަށް ދިއުން ކަމަށް އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނެރަލް ގެ އެޑްވައިޒަރގެ މަގާމުގައި ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވީ މިއަދު ހެނދުނު އަރަބި ބަހުން ކުރެއްވި ޓްވީޓެއްގައެވެ.
من الأفضل السير بمفردك ، بدلاً من السير مع جماعة في اتجاه خاطئ.
ديان جرانت
— Mohamed Shaheem Ali Saeed (@Mohamedshaheem1) October 28, 2019
ގޯސް މިސްރާބަކަށް ދަތުރުކުރާ ގްރޫޕަކާއި އެކު ކުރިއަށް ދިއުމަށްވުރެ ރަނގަޅީ އެކަނި ކުރިއަށް ދިއުން ކަމަށް ޝަހީމް ވިދާޅުވީ ކޮން ބަޔަކަށް އިޝާރާތްކޮށް ކަމެއް ނޭނގެއެވެ. އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
އެކަނި ކުރިއަށް ދިއުން ރަނގަޅު ކަމަށް ޝަހީމް ވިދާޅުވިއިރު އޯއައިސީގައި އޭނާ އަދާކުރައްވަމުން ގެންދަވާ ވަޒީފާ ނިންމަވާލެއްވުމަށް ފަހު މިއަހަރުގެ ޑިސެމްބަރު މަހު އެނބުރި ރާއްޖެ ވަޑައިގެން ސިޔާސީ މަސައްކަތްޕުޅު ފައްޓަވާނެ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. ޝަހީމް ވިދާޅުވެފައި ވަނީ ސިޔާސީ މަސައްކަތް ކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް އާއި އެކުގައި ކަމަށެވެ.
ޝަހީމް އެނބުރި ސިޔާސީ ދާއިރާއަށް ވަޑައިގަންނަވާއިރު އޭނާ ސިޔާސީ މަސައްކަތްތައް ފެއްޓެވި އަދާލަތު ޕާޓީ އޮތީ މިހާރުގެ ސަރުކާރު ހިނގާ ކޯލިޝަންގެ އެއް ބައިވެރިއެއްގެ ގޮތުގައެވެ. ޝަހީމް ގެންދަވަނީ ސަރުކާރުން ކުރާ ބައެއް ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުވިޑާޅުވަމުންނެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި މެދު ފިޔަވަޅު އެޅުން ލަސްވާތީ އެކަމާ ޝަހީމް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އެމްޑީއެންގެ މައްސަލައިގައި ޝަހީމް ޚިޔާލުފާޅުކުރާތީ ޝަހީމްގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ނިންމާފައެވެ.
ނަމަވެސް ޝަހީމް ވިދާޅުވެފައި ވަނީ މަޖިލީހުން އުޅެނީ ބިރުދައްކަން ކަމަށާއި އެމްޑީއެންގެ ރިޕޯޓް ކުށްވެރިކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ތިކަން ތިޔަބުނާ އަދާލަތުގެ ޝޭހުންނަށް ވިސްނޭނީ ކޮންދުވަހަކުންބާ.
ދެވަނަ ބަގުދާދީ
ޝަހީމާ ދިމާއަށް "ދެވަނަ ބަ ގުދާދީ" އޭ ބުނެ ކޮމެންޓް ކޮށްފައި އޮތް މީހާއަކީ ލާދީނީ ގްރޫޕުގެ މީހެއްކަމާމެދު ޝައްކެއް ނެތް.
ކަލޭތީ މާދީނީ މީހެއްކަމާމެދުވެސް ޝައްކު
ލާދީނީ އޭ ބުނާއިރަށް ފުއްމަ ފުއްމައިގެން ތިޔަ ދަނީ ހާދަވަރެކޭ ދޯ ތިހުންނަނީ އެ ނުބައި ބައިގަނޑާއިހުރެ
މިމީހުން ހުޅުފަޅައި ލޭކެކިގެން ފުމެނީ. ފުމޭތަން މިފެންނަނީ އެހެން މީހުން ؛)
ލާދީނީބައިގަނޑައް ބުނެލުންއޮތީ.
މަރުހަނދާންކޮށް.ކައްވަޅުގެ އަޒާބައް ބިރުވެތިވޭ. ހުވަފެނުން ހޭލާ! އެއްވެސްމީހަކައް އިސްލާމްދީނައްވުރެ މައްޗަކައް ނޭރޭނެ ގާނޫނަކީ އިލާހީ ގާނޫނު.ހަނދާންކުރާތި. ފުލެޓުދޮންބެއަކީ
ބޮޑު އިލީސް. ބިރުވެތިވޭ.
އަސަރުކުރިޔަސް ނުކުރިޔަސް ރޮވުނަސް ނޮރޮވި ލާދީނީ ވިޔަސް ޑރ. މަސައްކަތްޕުޅު ކުރައްވާނީ ޕީޕީއެމް އާއެކު...
އަދި ﷲސބވތ ގެ އިރާދަފުޅުން 2023 އަހަރު ދިވެހިރާއްޖޭގައި އޮންނަ އިންތިޚާބުގައި އެހެންޕާޓީރައް ބަލިކޮށް ދިވެހި ތަޚުތުގައި ރިދަލިވާނީ ޕީޕީއެމް... އެބުރި ފަސްބެލުމެއްނެތި؛ ހިތްވަރާއެކު ކުރިތަށް....
ކިތައްމެ މަލާމާތެއް ކުރިއަސް ޝަހީމު ވަރުގެ ޤާބިލް ބޭފުޅަކަށް ގޮންޖަހާނުލެވޭނެ. މިޤައުމަށް ބޭނުންވަނީ މިކަހަލަ އެތައް ޝަހީމުތަކެއް.
ތިހެންވީމަ އަހަރުމެން މިކިޔަނީ ތިއީ ސިޔާސީ ލީޑަރުންގެ އަޅުންތަކެއްފަދަ ބަޔެކޭ!
ދީން ކިޔެވި އެކަމު ޙިދުމަތް ކުރަނީ ޑިމޮކްރަސީ އަށް
ކޮންފަދަބޮދު އަރަތެއްތޯ!
ކުރިއަރުވާ އާލަކުރަނީ ކޮއްމެވެސް ސިޔާސީ ޕާޓީއެެއް!
ކޮންފަދަ ބޮޑު ޖޯކެއްތޯ؟
ޙެހޭހެހޭ ޖުހާކޮސްނުގޮވާ
واعتصموا بحبل الله جميعا ولا تفرقوا
އިސްލާމީ އިލްމް ނުވަތަ ކީރިތި ޤރއާނުގެ ޢިލްމު އުނގެނިފަވާ މީހަކާއި އެއިލްމް ނޭނގޭމީހަކާ އެއްވަރެއްނުކުރެވޭނެ މުސްލިމަކާ ކާފަރަކާ ހުރިތަފާތު އެގޭނަމަ ބަޣުދާދީއޭ ކިޔާ ކޮމެންޓް ނުކުރާނެ
ބަޣުދާދީއޭ ކިޔަން ޖެހެނީ ފޮރުވިގެން ހުރެ އައިއެސްއަށް މީހުން ފޮނުވާ ގިނަ ޢަދަދެއްގެ ފައިސާ ނަގާމީހެއް ކަމަށް ތުހުމަތު ކުރެވޭތީ
ޝަހީމެވެ. މަނިކުފާނު ހޭލާ ހުރެ ހުވަފެން ދެކެން ފެށީތޯއެވެ. ޤައުމެއްގައި އޮތް ރިޔާސީ އިންތިހާބަކަށް ނައިބު ރައީސް ކަމަށް ކުރިމަތިލައި އެކަމުން ތިމާމެން ފެއިލްވުމުން އަދިވެސް ހަމަ ހީފުލުވަނީތޯ މަނިކުފާނަށް އެކަން ކުރެވިދާނެކަމަށް. ރައްޔިތުންނެއް އަދި އެހާ ޤަމާރެއް ނޫން އިނގޭތޯ. މަނިކުފާނާއި ތިޔަ ގެންގުލުއްވާ އަޢުވާނުންތަކަކީ ރައްޔިތުން ބަލައި ގަންނާނެ ބައެއްނޫންކަން ޙުދު މަނިކުފާނަށްވެސް އެނގޭނެއެވެ.
އާދެ. ދިވެހި ރައްޔިތުން ބަލައިގަންނަ ނީ ލާދީނީ ގުނބޯލުން. ދޯ؟
ޝަހީމަކީ ވަރައް ރަގަޅު މީހެ. ވެރިކަން ކުރެވޭ ވަރުގެ މީހެ.