ކޮންމެ ގައުމެއްވެސް މިނިވަންކަމާއި އެކީ ދެމި އޮންނަނީ އެގައުމެއްގެ ގައުމިއްޔަތުގެ އަސާސްތަކެއް އޮވެގެން ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުއްﷲ ވިދާޅުވެއްޖެއެވެ.
ގައުމީ އިނާމު ދިނުމުގެ ޖަލްސާގައި ރައްޔިތުންނާ މުހާތަބު ކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ދިވެހި ގައުމިއްޔަތުގެ މިނިވަންކަމުގެ އަސާސަކީ މާތްވެގެން ވާ އިސްލާމްދީނާއި ދިވެހިބަހާއި ދިވެހިންގެ ފަހުރުވެރި އާދަކާދައާއި ސަގާފަތް ކަމުގައެވެ. އެހެން ކަމުން ދިވެހި ދައުލަތުގެ މިނިވަން ކަމާއި ރައްކާތެރިކަމަށްޓަކައި ގައުމިއްޔަތުގެ އަސާސްތައް ދިރުވާ އާލާ ކުރުމަކީ އެންމެންގެ މަސްއޫލިއްޔަތު ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހެފައިމިވަނީ މީގެ ކުރިން ދިމާވެފައިވާ ކަހަލަ ކަމަކާއި ނޫންކަމަށާއި އެކަން ކަމުން އަރައިގަނެ ދިވެހި މުސްތަގްބަލް ބިނާކުރުމަށް ކުރިމަތިލާން ޖެހެނީ މިއަދުގެ ވިސްނުމާއި ފިކުރުގެ ތެރެއިން ކަމަށެވެ.
"ބަވަނަ ވެފައިވާ މިދުނިޔޭގައި މިއަދު އަޅުގަނޑުމެން ކުރިމަތިލާން ޖެހިފައިވަނީ ކުރީގަ ދިމާވި ފަދަ ކަންކަމަކާއި ނޫން. އެހެން ކަމުން އެކަން ކަމުން އަރައިގަނެ ދިވެހި ގައުމިއްޔަތު ހިމާޔަތް ކޮށް ގައުމުގެ މުސްތަގްބަލް އާރާސްތު ކުރުމަށްޓަކައި އަޅުގަނޑުމެން އެކަންކަމާއި ކުރިމަތިލާން ޖެހެނީ މިއަދުގެ ވިސްނުމާއި ފިކުރާއި ޒިންމާގެ ތެރެއިން" މިނިސްޓަރ ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ، ރާއްޖެއަށް އެރި ޕޯޗްގީޒުންގެ އަޅުވެތިކަމުން މި ރާއްޖެ މިނިވަންކުރަން ބޮޑުތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރިން ކުޑަވަރެއްގެ އަނގަމަތި މަސްދޯންޏެއްގައި އެތައް އަހަރެއް ވަންދެން ކުރެއްވެވި ބުރަ މަސައްކަތްޕުޅުތައް މިއަދުގެ ޒުވާނުންނަށް އިޙްޞާޞް ވެސް ނުކުރެވޭނެ ކަމަށެވެ. އެހެން ކަމުން އެހާލުގައި މިނިސްޓަރ ވަނީ މާޒީގައި ޤައުމީ އަބްޠާލުން ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރްބާނީ ދެމެހެއްޓުމަށް އިލްތިމާސްކޮށްފައެވެ.
މި ޤައުމުގެ މިނިވަންކަމާ އިސްތިޤުލާލް މިއަދުވެރިކަމުގަ ތިބިމީހުންގެ އަމިއްލައެދުމަށް މަޤާމުގެ ދަހިވެތިކަމުގަވަނީ ނަގާލާފަ. ދިވެހިރާއްޖެ އަޅުވެތިވި ކޮންމެފަހަރަކު އެކަމުގެތެރޭގަ އިންޑިޔާހިމެނޭ. ޕޯޗްގީޒުން ރާއްޖެއަށް އަރާފަވަނީވެސް ޕޯޗްގަލް ސަރުކާރަށް އެގިގެނެއްނޫން. އެއީވެސް އިންޑިޔާއިންކުރުވިކަމެއް. ދިވެހިރާއްޖެ އދ. މެމްބަރކަށްވުމަށް އިންޑިޔާއިން ވޯޓް ނުދޭ. ހިލަޔާ ހިލަވެލި ފިޔާ އަލުވިވެސް އިންޑީޔާއަށް ޑިޕެންޑް ނުވެ ހޯދާ ދިވެހިރާއްޖެ އިޤްތިސާދީގޮތުންވެސް ހިންދަމާލެވި މިނިވަން ޤައުމެއްގެ ގޮތުގަ އޮއްވާ މިސަރުކާރުން ޤައުމުވިއްކާލާ އަޅުވެތިކޮށް ޤައުމުގެ ދުވަސްދުއްވާލާފި. އިމްނާނަށްވެސް ވަޒީފާލިބުނީމަ ތިހިރީ އޯކޭވެފަ.
ކަލޭމެންދައްކާ ވާހަކަޔާ ކަލޭމެންތިބި މަޖިލީހަކަށް ވެ ސް ދާން ހެޔޮނުވާނެ، ކަލޭމެން ތިތިބީ ދުނިޔޭގެ އެދުން އި ސްކޮށް ކުފުރުގެ ބަޔަކަށް ބައިޢަތު ހިފާފަ.
އެހެންވީމަދޯ؟ ޔާމީންގެ ވެރިކަމުގަ ގައުމު އެހާމިނިވަންކޮށް ބާއްވަން ވެގެން ރެއާގަތީދުވާލު މަގުމަތި ހަލަބޮލިކޮށް ގައުމުގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުން ދިޔައީ! ކޮންމެބަޔަކު ވެސް ވެރިކަންލިބުނީމަ އަމާންކަމޭ އިގްތިސާދޭ މިނިވަންކަމޭ ކިޔާނެ. ވެރިކަމަށް އަންނަން މަސައްކަތްކުރާއިރު ގައުމުގެ މިނިވަންކަން ނަގާލާ މީހުންގެ އަބުރު ގެއްލުވާލާ ގައުމުގެ އިގްތިސާދު އިނދެޖައްލަން މަސައްކަތް ކުރަނީ! ހުރިހާސިޔާސީ ފަރާތްތަކުގެ ތެރެއިންވެސް އެމްޑީޕީ އަކީމިކަމިގަ އަރާހުރި ފަރާތް.
ވާހަކައިން މިކަލޭގެ ކުރިއަށްއޮތް 40 އަހަރުވެސް މިމަގާމުގަ ބަހައްޓަން ބޭނުންވާނެ. އަމަލުން ފެންނަނީ ލާދީނީ ބައިގަނޑަކަށް ސަނާކިޔައިގެން މުސާރަނަގާ ދީނީ ބޯޑު އަޅުވައިގެން ހަނުހުރި މީހެއްގެ ސިފަ.
ޤައުމިއްޔަތުގެ އަސާސްއެއްވެސް އޮއްނާނީ ތިމާމެންނައް ހައްޤް ބަސްބުނަން ކެރިގެންދޯ؟
ގައުމަށް ވަމުން މިދަނީ ކިހިނެއްކަން ނޭގޭކަމަށް ހެދިގެން ހުރެ ގައުމިއްޔަތޭ ކިޔަން އެގޭތީ އަންނަނީ ހިނި ، ތިޔައީ ވަޒީފާގެ ދަހިވެތިކަމުގައި ގޮވާ ގޮވެއްޔެއް، ދީނަށް ހަދަމުން މިދަނީ ކިހިނެއް!
ކަލޭ މިކަހަލަ ވާހަކަ ދައްކަން ލަދެއް ނުގަނޭތަ؟
މިނިވަންކަން....
ޕާސްޕޯޓެއް ގެންގުލޭ އޭގެ ހުރިހާ ޑާޓާތަށް ހުންނަނީ އެމެރިކާގެ މީހުންގެ އަތްދަށުގައި.
ފުރަފުރައިގެން ތަންތަނަށް ދާންބޭނުން އެކަމަކު އިންޑިޔާއިން ހުއްދަދީފައިވާ ބަޔަކަށްނޫނީ ނުދެވޭ.
އަމިއްލަ ހައްގުހޯދުމަށް އަނެކާކާރީ ސަލާންޖަހަން ޖެހެނީ.
އިސްލާމުންނޯލަ އެކަމަކު އިސްލާމްކަން އިންނަނީ އަވައްޓެރި ގައުމުތަކުން ހުއްދަދޭ މިންވަރަކަށް،
ގައުމުގެ ރައީސް ބަސްބުނުމާއި ކަންކުރާންވީ ގޮތް އަންނަނީ އިންޑިޔާގެ ދިއްލީން ލިޔެފައި.
މިޔަށް ކިޔާނީ މިނިވަންކަމެއްނޫން. މީ ޒާތެއްގެ އަޅުވެތިކަމެއް.
މިނިވަންކަމުގެ ނަމުގައި އިސްލާމްދީނާއި ރަސޫލާއަށް ހަޖޫނުޖަހާ؟
އަދާލަތުން ކުރި ވަޢުދުތައް ހަލާކުވާތަން ފެންނަނީ.. އަދުލު އިންސާފެއް މިހާރަކުނެތް ނުފޫޒު ގަދަ ފަރާތަކުން ދަނީ ވައްކަން ނުވަތަ ގަވައިދުތައް ނާޖާއިޒް ބޮޑެތި ފައިދާތައް ނަގަމުން އަދި މުހާތަނައް ކުރެވުނުކަމެއް ނުފެނޭ.. ރައީސް ޔާމީން ސަރުކާރުން ވައްކަން ކުރިވާހަކަ ގޮވާކައް ޖާގައެއްނެތް މިހާރުކުރަނީ ރޯމާދުވާލު އެއްމެނައް ދައްކައިގެން ގަވައިދުގެ ތެރޭންބައްޓަންކޮށްގެންވެސް ވައްކަން ެިގޭތޯ