ގައުމުގެ އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދީގެން ނުވާނެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ މައުމޫން ރީފޯމް މޯވްމެންޓް (އެމްއާރްއެމް) އިން ބުނެފިއެވެ.
އެ ޕާޓީން ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ނެރުނު ތަހުނިޔާގެ މެސެޖުގައި ބުނެފައި ވަނީ، ގައުމު ސުލްހަމަސްލަސްކަން ނަގާލުވާލުމަށް، އެއްބައިވަންތަކަން ފުނޑުފުނޑުކޮށްލުމުގެ ޖާގަ އެއްވެސް ފަރާތަކަށް ދެވިގެން ނުވާނެކަމަށެވެ.
އަދި ދިވެހި މުޖުތަމައުއަކީ އެކަކު އަނެކަކަށް ކަމޭހިތާ، އެކަކު އަނެކަކަށް ހެޔޮއެދޭ، އެކަކު އަނެކަކަށް ޖާގަދޭ، އެއްބައިވަންތަ ސަމާހަތްތްތެރި މުޖުތަމައަކަށް ހަދަންޖެހޭ ކަމަށެވެ.
އެމްއާރްއެމްގެ މެސެޖުގައި ވަނީ ދިވެހި ކޮންމެ ދަރިއަކީވެސް ގައުމަށްޓަކައި ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްހުރި ފަރުދަކަށް ވާންޖެހޭ ކަމަށެވެ. އަދި ގައުމަށް ތިބާ ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި ތިމާއަށް ގައުމަށް ކޮށްދެވޭނީ ކޮން ކަމެއްތޯ އަހާނެ ބަޔަކަށްވާން އަޒުމު ކަނޑައެޅުމަށް ގޮވާލާފައި ވެއެވެ.
ގައުމީ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ
ރައީސް މައުމޫނު މިވަދާޅުވާ އެއްބައިވަންތަކަމަކީ ކޮބައިކަމާމެދު ސުވާލު އުފެދޭ. އިސްލާމްދީނަށައި އެދީނުގެ ރަސޫލާ( ސއވ) އަށް ހަޖޫޖަހާއިރު އެކަމާ ތެދުވަންނުކެރުނު މީހަކު ކޮންއެއްބައިވަންތަކަމެކޭ މިކިޔަނީ. ލާދީނީ އެއްބައި ވަންތަކަން ތޯއްޗެއް.
ލާދީނީ ބައިގަނޑުގެ އެއްބައިވަންތަކަމުގެ ވާހަކަ ކަންނޭގެ މިކިޔަނީ.
ކޮން އެމްއާރްއެމް އެއްބާމީ. 5000 މެމްބަރުން ހަމަނުވާނެ މިހާރުވެސް ބަލާ.
އެއްކަލަ މައުމޫނު.. ގައުމު ބާއި ބާއި.. ކުރުވީ މައުމޫނު އިސްވެކުރި މަސައްކަތުން.. ގައުމުގަ މިފިތުނަ އުފެދެން ޖާގަދިނީ މައުމޫނު.. މައުމޫނު ހަނދުކޭތައެއް ހިބަރުވަދެއްގަ ނުގެންނެވިނަމަ މިފިތުނައާ ބާއިބާއި ނުވީސް.. ކަޅުފޮށީގަ ޖާބިރުގެ 29މިލިޔަށް ރުފިޔާ ނުއުފުލިނަ ގައުމުއޮންނާނީ ހިންދެމިލައިގެން އުފަލުން.. ބައެއްމީހުން ތުންދަމައިގެންތިބިނަވެސް.. މޑޕ އައިސީޔޫގަ ނޭވާހުއްޓިފައޮއްވާ އޮކްސިޖަންދިނީ މައުމޫނު.. ވެރިކަމުގެ ދަހިވެތިކަމުގަ ފާރިސް މޑޕ ހަރުގެެއަށްވެއްދީ މައުމޫނު.. މޑޕ އޮފީހުގަ ޕޕމގެ ދިދަނެގުވީ ގެންދިޔައީ މައުމޫނު.. ދެންކޮން ހާސަރެ.. މިލާދީނީ ބައިގަޑާއެކު ދެމިހުރެގެން ތިފަދަ މުނާފިގު ބަޔާންތަނެރުމުން އަހަރެމެންގެ ލޭހޫނުވޭ.. ރޭގަވެސް މައުމޫނުގެ ދަރިކަލުން ގައްސާނު ފުލުހަށްގެންދިޔައީ މިލާދާނީ ވެރިކަމުން.. މައުމޫނު ހިމޭނުން ނުހުރެވެންޏާ ހޭނެތޭ ބޭހެއްބޭނުންކޮއްގެންވެސް އެބަޖެހެއެއްނުން ހިމޭންވޭތޯބަލަން. ގައުމުގެ މިއަދުގެ ހާލަތުބުނަނީ މައުމޫނޭ ﷲއައްޓަކާ ހިމޭންވާށޭ ލާދީނީ މިސަރުކާރަށް ހިއްވަރުނުދީ..
އެހެންވެދޯ ކލޭ ފައިސާދީގެ އެކެއް ފެބްރުއަރީގަ މުޅި ގައުމު ހަލާކުކޮށްލީ. މުނާފިގު ކަލޭގެ
ކަލޭތީ މިޤަވްމުގެ އެއްބައިވަންތަކަމާ އިޖްތިމާޢީ ފޭރާން އަމިއްލަ އެދުމާގެން ހަފުސްކޮށްލި މީހާ! އެ ހަފުސްކޮށްލުމަކުން ކަލޭ ހީކޮށްގެންހުރި މަންފާތަކެއްވެސް ކަލެއަކަށް ނުލިބުނު! މިކަލޭގެ ލަދުވެސް ނުގަނެޔޭ ދޯ؟
މިގައުމުން އިސްލާމްދީން ނެތިކޮއްލިޔަސް ހެޔޮތަ؟
ރައީސް މަޢުމޫން ބަސްމަދުކޮށްގެން ތިޔަހުންނަވަނީ މިހާރުގު ސަރުކާރުން ވައްކަންކުރާތަން ނުފެންނާތީތޯ.. ބަދަލުދިނުމުގެ ނަމުގާ ވައްކަމެއް ނޫންތޯކުރަނީ އަދި ޕްރޮޖެކްޓަތައް ހައިޖެކްކޮށްގެން ބޮޑެތިކަޓުލައިގެން މިގެންދަނީ... ރައީސް މަޢުމޫންއަށް މިކަމުގައި ނުފެންނަނީތޯ މިކުރާކަންކަން..
މާތް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކުރާ ފުރިހަމަ މުސްލިމުން ތިބި ފަސްގަނޑެއްގައި ހަމަޖެހުމާއި މަސްލަހަތު އޮންނާނެ ފޯމިއުލާއެއް ފެނުނީތަ؟ ތިބޭފުޅާއަށް 24 ގަޑިއިރު ކޭތަހިފައިފަ ހުރިތަން ފެނިދާނެ އެކަމަކު މިބުނާ ކަންކަމުގެ ފޯމިއުލާއެއް ފެނުން އެއީ ވާނޭކަމެއްނޫން.
މިހިރަ މައުމޫން އަށް ނުކެރުނޭ ޤައުމީ ދުވަހުގެ ވާހަކަ ދެއްކިއިރު މިޤައުމައް މިއަދު ޖެހިފައި މިވާ އެމްޑީއެން ގެ ބަލާވެރިކަމާބެހޭ ގޮތުން ޗުޕް ވެސް ބުނެލަން އެހެންތާ ވާނީ މީނާއަކީވެސް އެޒާތުގެ ވާހަކަ 2008ގެ ރިޔާސީ އިންތިހާބް ދުވަސްވަރު ދައްކާފަ ހުރިމީހެއްވިއްޔަ
ކާފާ! އަހަރެމެން އެއްބައިވާންވީ އިސްލާސްދީނާއި ރަސޫލާއަށް ފުރައްސާރަކުރާ މީހުންނާތަ؟ އަނެއްކާ ކާފަ ހަމަތަ؟
ޒުވާނުން ލާދީނި ކުރުވައި އެކަން އެގޮތުގައި ދަމަހައްޓާ ވާހަކަ!
އެއްބައި ވަންތަ ކަމޭކިޔަން ލަދެއް ނުގަނޭތަ އަމިއްލަ އެދުމައިގެން ގައުމު ފުނޑާލާފަ.
މީނާއައްވެސް ދީން ހިމާޔަތް ކުރުނުގެ އެއްވެސް ވާހަކައެއް ނުދެއްކުނުތާ.. މިއީ މިވާވަރަކީ. ރައްޔިތުންނައް މިފެންނަނީ މި މީހުންގެ ހަގީގީ ސޫރަ.
ކާފާ ކާފަހިތަށް އަރާތަ ސުވަރުގެއާއި ނަރަކަވާކަން އަޅެކާފަހިތުގައި އިސްލާމްދީނުގެ ދިފާއުގައި ބަހެއް ނުބުނެވިން ތިޔައުޅެނީ ކީއްވެގެން އަހަރުން ކުޑައިރު ކާފަ ޓީވީއަށްއަރާ ބުނި ކީރިތި ރަސޫލާ ނުވާނަމަ މިދުނިޔެވެސް ނެތީހޭ މިހުރިހާކަމެއް އެނގޭއިރުވެސް ތި ކާފަ މިކަމާދެކޮޅަށް ބަހެއްނުބުނެވިގެން ތިޔައުޅެނީ ކާފަރުން އެއްބައިވަންތަ ކުރުވަންދޯ.
ގާނޫނު އަސާސީގައި ބުނާ ހަމަ އެކަނި ދުވަސް ގައުމީ ދުވަހު ފުރަމާލޭގެ މަގެއްގެ މަތިން ދިވެހި ދިދަ އެއް ވެސް ނުފެނޭ އެކަމު މިމީހުން މިކިޔަނީ ގައުމިއްޔަތޭ ލަދުގެ ކަންފުޅެއް ވެސް ނެތް ރައީސް ވެސް ގޮވާލި ގައުމީ ވާށޭ ގައުމީ ވެވޭނީ ގައުމީ ރޫޙު އާލާކޮށްގެން ގައުމީ ދިދައަށް އިހުތިރާމް ނުކުރާ ބަޔަކަށް މިގައުމުގެ ގައުމީ ވަންތަކަމޭ ނުކިޔޭނެ.... އެހެންވެ ގައުމީ ދިދަޔާއި ބެހޭ އުސޫލު އުވާލީ ޕާޓީ ދިދަ އުސްތަންތަނަށް ނަގާ ޕާޓީ ކުރި އަރުވަން ދިވެހި ކިޔާތީ ލަދުން މިކިޔަނީ ޖަޒީރާ އޭ ބަލަ އަހަރެމެންގެ އަސްލަކީ ދިވެހި ދިވެހިންގެ ދީން ދިވެހިންގެ ގައުމު ދިވެހިންގެ ތަރިކަ ދިވެހިންގެ ބަސް .... ޖަޒީރާ ބަސް ޖަޒީރާ ތަރަކައެކޭ ނޫން ކިޔަނީ ހިލާ އެހެން ކިޔަކަ ނުދޭނަން
30 އަހަރު ފިނިހަކަ ތަރައްޤީ ކޮއްފަ. ގިނަޒުވާނުންތަކަކަށް ހަކުރު ބޯންދީ ކުށް މުޅިރާއްޖެޔަށް ފަތުރާ ގައުމު ފުނޑާފަ. ޢަދިވެސް ނުފުދިގެން ޕާޓީ ހަދައިގެން މިއުޅެނީ. ދޭބަލަ ފަރަށް ބޮލިހޮވާން.
މުނާފިޤުންގެ ސިފަ ތައް ވަރަށް ބޮޑަށް ފާޅުވާ މީހެއް