އަމާޒަކީ މިއަންނަ އަހަރު ދުނިޔޭގައި އެއްފަހަރާ އެންމެ ގިނަބަޔަކު ސްކޫބާ ޑައިވްކުރުމުގެ ރެކޯޑް މުގުރާލުން ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ނޫސްވެރިންނާ މުހާތަބުކޮށް ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިއަހަރު ދުނިޔޭގެ ފްރީ ޑައިވް ރެކޯޑް ރާއްޖެއިން ހެދުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި އަދި އަންނަ އަހަރު "ފަތުރުވެރިކަމުގެ އީދު"ގެ އަމާޒަކީ ސްކޫބާ ޑައިވްގެ ރެކޯޑް މުގުރާލުން ކަމަށެވެ.

"މިއަންނަ އަހަރުގެ ފަތުރުވެރިކަމުގެ އީދުގައި އަޅުގަނޑުމެން ނިންމާފައި ވާނީ ލޯންގެސްޓް ހިއުމަން ޗެއިން އަންޑަރ ވޯޓަރ ސްކޫބާ ޑައިވް ވޯލްޑް ރެކޯޑް އެޓެމްޓު ކުރަން" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިހާތަނަށް މުޅި ދުނިޔޭގެ ރެކޯޑަކީ ގާތްގަނޑަކަށް 570 ކަމަށެވެ. އަދި އެކަން ކުރަން ނިންމާފައި ވަނީ ދިވެހިރާއްޖޭގެ "ޖަޒީރާވަންތަ ރީތި" ރަށެއް ކަނޑުއަޑިން ވަށާލުމަށް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އެރެކޯޑް ހެދުމުގައި ދިވެހިންނާއި ފަތުރުވެރިން ބައިވެރިކުރާނެ ކަމަށް މިނިސްޓަރަ ފާހަގަކުރެއްވިިއެވެ.

މިއަންނަ އަހަރުގެ ސެޕްޓެމްބަރ 27 އިން ފެށިގެން އޮކްޓޯބަރ ތިނަކާއި ހަމަޔަށް ފާހަގަކުރާނީ ފަތުވެރިކަމުގެ އީދުގެ ގޮތުގައި ކަމަށާއި، އެދުވަސްތަކުގެ ތެރޭގައި މިކަމުގެ އިތުރުންވެސް ރާވައި ކުރިއަށް ގެންދާނެ ހަރަކާތްތައް އިއުލާނު ކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނިއުޒިލޭންޑްގެ ވިލިއަމް ޓްރުބްރިޖް އިސްވެ ހުރެ އިޓަލީގައި ކުރިއަށްދިޔަ އިވެންޓެއްގައި އެއްފަހަރާ 280 ބައިވެރިންނާއެކު ފްރީ ޑައިވްކޮށްގެން ގާއިމްކޮށްފައިވާ ރެކޯޑް މުގުރާލައިފައި ވަނީ އޭގެ ދިހަ އަހަރު ފަހުން ރާއްޖެއިންނެވެ. މި ރެކޯޑް މުގުރާލީ 521 ބައިވެރިންނާއެކު އެވެ. ފްރީޑައިވް ރެކޯޑް ގާއިމް ކުރީ 30 ސިކުންތު ވަންދެން މޫދުގެ ތިން މީޓަރު އަޑީގައި ތިބެގެންނެވެ. މިއަހަރުގެ ފްރީޑައިވް ރެކޯޑުން ޑިސްކޮލިފައިވީ ދެޑައިވަރުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ކާފަބޭ2019

    ކަލޯއައްޔާއެވެ. އަންނައަހަރުއަންނަންދެންދުނިޔޭގަ ހުރެވޭނެކަމުގެގެރެންޓީދިނީކާކުތޯ؟ ﷲގެއިރާދަފުޅުން މެނުވީއެއްވެސްކަމެއްނުވާނެ! އެއްޗެއްބުނުމުގެކުރިން މިކަމާވިސްނާލައްވާށެވެ.

    34
  2. ވަގު ކަރާ

    އަންނަ އަހަރު މި ރާއްޖޭގެ އެއްވެސް ރިޒޯޓެއްގައި ދިވެހި މުވައްޒަފުން ނުގެންގުޅޭނެ. އެންމެން ބޭރު ކުރާނެ. އެއީ ކިހާ ސަޅި ރެކޯޑެއް މުގުރާލަން

  3. އަލީ އިބްރާހިމް

    ތިޔައީ ދިވެހި ރައްޔަތުން ނުވެގެން އުޅޭ ކަމަކީ.....

    11
  4. ާަާަަައަސްލު

    އެއްމެގިނަ ރިސްވަތުކޭމީހާގެ ރިކޯޑް މުގުރާލަންވީނު...

    11
    • ސަޓޯ

      ތިކަން އޭނާކޮއްފި... ކިއްލި ވިއްކައިގެން..

  5. އުސްތާޒު

    މިނިސްޓާރ ބޫންބޫން އެވިދާޅުވީ ތެދުފުޅެއް. ސްކުބާ ޑައިވް ގެ ނަމުގައި މުޅިގައުމު ދަރުވާލާނެ އަދި ރެކޯރޑް އަދަދަކަށް ދައުލަތުގެ ހަޒާނާ ލޫޓުވާލާނެ.

    10
  6. ސައްދާމް

    އެންމެ ފަހުން ރެކޯޑެއް ހެދީ ނިއުޜޭޑިއަންޓް ސްޕޯރޓް ކްލަބުގައި ހުރެގެން. ހެދި ރެކޯޑު ފޫބެއްދުމަށް ޒިޔާދު ސޯރ ޖެހުނީ ދަރާވިކެން. މީ މިކަލޭގެ ހަދާ ރެކޯޑު.

    • ހުސޭނުބޭ

      ނިއުރޭޑިޔަންޓްވެސް ކާލައިގެންދޯ މި ކަލޭގެ މޮޓާވެފައި އެއިނީ! މަ އަދި މި އުޅެނީ ނިއުރޭޑިއަންޓަށް ވީ ގޮތް ނޭގިގެން!

  7. ކުރިބޯށި

    އަންނަ އަހަރުގެ ބަޖެޓު ފާސްކުރަން ނިންމި އަދަދު އެގިގެން މިކަލޭގެ މިއުޅެނީ އެއަށް ފެންބޮވާގަނެގެން. އީދު ފާހަގަ ކުރަންވީ ކަލޭ މުޅިއަހަރު.

    10
  8. ރަސީލް

    ކަރަޕްޝަން ބޫން.. ބޫން.. އޯއޯ... ކަރަޕްޝަން ބޫން.. ބޫން.

  9. ބޮއްޅަބޭ

    ބާރަށް ހަރުއަޑުން އެއްޗެއް ބުނެލެވިދާނެ! ރެކޯޑް މުގުރާލުމަށް ފައިވިއްދުމުގެ ކުރީން މޫދަށް ފައިބާއުޅޭ ތަންތަނުް ސޭފްޓީ އިސްލާހްކޮށް މޫދަށްފައިބައިގެން ފަތަން އުޅެނިކޮށް ގެއްލި މަރުވާ މީހުންގެ އަދަދު ތިރިކުރެވޭނެ ގޮތެއްހޯދުން މުހިއްމު.

  10. ސަޓޯ

    ކަލޭ ކަރާ ފަޅާބަލަ..