1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ޝަހީދުވެގެން ދިޔަ ހުސައިން އާދަމް އަށް ބަދުބަސް ބުނެ އެއީ ޝަހީދެއް ނޫންކަމަށް މީސް މީޑިއާގައި ބުނަމުން ދިޔަ އެމްޑީޕީގެ އެކްޓިވިސްޓަކަށް ފާޑުކިޔުން އަމާޒުވުމުން އެންމެފަހުން މަޢާފަށް އެދިއްޖެއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ސިފައިންގެ ދިފާޢު ކުރުމުގައި އެންމެ ވަރުގަދަ އަށް މަސައްކަތް ކުރި ޝަހީދު ހުސައިން އާދަމް އަކީ ޝަހީދެއް ނޫން ކަމަށް ބުނެ މީސް މީޑިއާގައި ވާހަކަ ދައްކަމުން ގެންދިޔައީ އއ.އުކުޅަސް ކައުންސިލް އިދާރާގައި މަސައްކަތް ކުރާ ޢަބްދުލް ވާހިދު ނަމަކަށް ކިޔާ މީހެކެވެ.
އޭނާ އަށް ކުރިމަތިވި ފާޑުކިޔުންތަކާއި ގުޅިގެން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ހުސައިން އާދަމް އަށް ފާޑުކިޔުނީ ހުސެއިން އާދަމްގެ ފޮޓޯ ބޭނުންކޮށްގެން ބަޔަކު މީހުން ހޭވި ހަޑިއެއްގެ ސަބަބުން ކަމަށެވެ. އޭނާ އިޝާރާތް ކޮށްފައި ވަނީ ރައީސް ޞާލިހާއި ރައީސް ނަޝީދު އަދި ނޮވެމްބަރ 03 ގެ ހަމަލާ ދިނުމުގައި ބައިވެރިވި ދިވެހިންގެ ގައިގަ ޗޭނު ޖަހައިގެން ހުސައިން އާދަމް އެމީހުން ދަމާފައި ގެންދާ މަންޒަރު ފެންނަ ކާޓޫނަށެވެ.
ޢަބްދުލް ވާހިދު ކުރި އިތުރު ޕޯސްޓެއްގައި ބުނީ މީގެ ކުރިން ހުސައިން އާދަމް އާއި ގުޅޭ ގޮތުން ނޭނގޭ އެތައް ކަމެއް މިހާރު ސާފުވެއްޖެ ކަމަށެވެ. "އެ ބޭފުޅާ އަކީ ގައުމުދެކެ ލޯބިވާ ރައްޔިތުން ދެކެ ލޯބިވާ ބޭފުޅެއްކަން އަދި ހަމަ ހަޤީޤަތުގައި ވެސް ހުސެއިން އާދަމް އަކީ ވަރުގަދަ ފަހުލަވާނެކަން ސާވިތުވެއްޖެ." އަބްދުލް ވާހިދުގެ ފޭސްބުކް ޕޯސްޓްގައި ބުނެފައި ވެއެވެ.
އަބްދުލް ވާހިދު މާޢަފަށް އެދުމުން ގިނަ ބަޔަކު ވަނީ މަޢާފަށް އެދުމަކީ ރީތި ސިފައެއް ކަމަށް ބުނެފައެވެ. ނަމަވެސް ނޭނގޭ ވާހަކަ ދައްކައިގެން މަޝްހޫރު ވާން މަސައްކަތް ނުކުރުމަށް ވެސް ބައެއް މީހުން ވަނީ އޭނާ އަށް ނަސޭހަތްތެރިވެފައެވެ.
ފަހުލަވާނު ކުނިގޮނޑޭ ސާބަހޭ އިނގޭ
އެއިރުވެސް އިނގޭ އޭނަ މަޝްހޫރުވާންވެގެން ކުރިކަމެއްކަން.އޭނަ އަންނަ ލޯކަލް ކައުސިލް އިންތިހާބުގައި ވާދަކުރޭ.އެހެންވެގެން ކުރިކަމެއް.އެކަމަކު މިފަހަރު އަތަށް ގޮވީ..އެހެންވެސް ވަނެ.
ބޮލުރޮދި ކެންޑިގެން އުޅޭ ތާވަޅެއް...ހުސެން އާދަމައް ފުރައްސާރަ ކުރީ ނޭގިގެންނެއް ނޫން.. ތިލަފަތައް އެރިހުރީމަ ވާނެގޮތް ތިޔައީ...
އަދި އެއްގޮލާ އެބައުޅޭ އައްޑޫ ހިތަދޫ ވެމްކޯ މެނޭޖަރަކަށް.
އެވެސް ސައިޒްކުރަންޖެހޭ އެއްޗެއް. ނަމާދެއް ކުރަން އެރި މިސްކިތެއް ނެތް، ދީނަށް ޖޯކްޖެހުން ކަމަކަށް އޮންނަނީ.
ހަގީގަތުގައިވެސް ކުނި މެނޭޖްކުރަން އަިސްކޮށް މިތިބެނީ ގޮނޑަށް އުކާލަން ޖެހޭ އެއްޗެހި ދޯ ؟
އައްޑޫ ވެމްކޯ މެނޭޖަރ ޖަމީލް އަކީވެސް ޕާޓީ ވެގެންގޮސް ދީނަށް ޖޯކްޖަހާ މޑޕ ގުންޑާއެއް.
މީގެ ކުރިން ޝަހީދު ހުސެއިން އާދަމާ ބެހޭގޮތުން ނޭގި ހުރިއްޔާ އަދިވެސް ނޭގޭނެ. ތި ރިހަގަނޑަށް ހިނދުކޮޅު އަންނަލެއް ގިނަކަމުން. ދެން ލަލަލާ......
ތިސަރުކާރުގަ ތިބީ ހުސް ތިކަހަލަ ދެފުއްކެހެރިން ހިނިއާދޭތަ ފިޔަވަޅު އަޅަން ގޮވާލަން.. ގައުމު 5އަހަރުގެ ހަލާކު އަނެއްކާވެސް 30އަހަރު ފަހަތައް.. ކިހާދެރަ
ގޯން ޓޫ ފަރ،
ވަކަރުގޭ ކުދިން.....ނުކިޔަވާ ކުދިން......މަޖިލީހުގެ ހަލާކު......
ތިއީ ބަލައިގަނެވޭ ވަރުގެ ވާހަކައެއް ނޫން. ތިމާއަކީ ކިތައްމެ ގަމާރު މީހެއް ނަމަވެސް ފާއިތުވެ ދިޔަ 30 އަހަރު ތެރޭގައި ރާއްޖޭގެ މީޑިއާތަކުން ތަފާތު އެކިއެކި ޕްރޮގްރާމް ތަކުގައި 1988ގެ ނޮވެމްބަރ 3ގެ ޙާދިޘާގެ ވާހަކަ ތަކުރާރުކޮށް ދިވެހިންނަށް އަޑު އިއްވާފައިވޭ. ފޮތްތަކާއި ނޫސްތަކުގައި ލިޔެފައިވޭ. އިއްޔެއާއި މިއަދުވެސް ވާޙިދުގެ ސްމާޓްފޯނުން އެ މަޢުލޫމާތުތައް ޑައުންލޯޑުކޮށް ބެލެން އެބަހުރި. އެކަމކު ތިމާ ވަކިމީހެއްގެ އަޅަކަށް ވެގެން އެމީހެއްގެ ޚިޔާލާ އެއްގޮތަށް ކަންކުރަން ވެގެން ހަމަ އެއްވެސް އެއްޗެއް ނޭނގޭ ކަމަސް ހަދައިގެން ހިތަށް އެރިހައި އެއްޗެއް ލިޔެފައި ތިމަންނައަކަށް އެއެއް ނޭނގެއޭ މިހާރު އޭ މި އެނގުީ ކިޔައި މާ ސާފު މީހަކަށް ވާން ތި މަސައްކަތް ކުރަނީ ތިބާގެ މުނާފިޤުކަން އަދިވެސް އިންތިހާއަށް ވަރުގަދަކޮށް ބާއްވައިގެންތޯ ސުވާލުއުފެދޭ؟
30 އަހަރުވެގެން ދިޔައިރު ޝަހީދު ހުސައިން އާދަމަކީ ކާކުކަން ނޭނގުނީމަ ތި މީހާގެ ފެންވަރު އެނގިއްޖެ. ކުޑަކުދިންނަށްވެސް އެކަން އިނގޭނެ. އަނެއްކާ ދުވަހަކު ސްކޫލަކަށް ދިޔައިންބާ. ކައުންސިލުން ތިއޮތީ ރަނގަޅު މަސައްކަތެއް ހަވާލުކޮށްފަ. ކުނިގޮނޑު ބެލެހެއްޓުން. އެއީ ސިކުނޑި ކުނިވީމަ ދެއްކޭވާހަކަ. ފޮޓޯއިން ވާހަކަ ދައްކަނީ. ލިޔަންކިޔަން އެނގޭބާއޭ ހިތަށްއަރާ.
އެހެންވީމާ މީނާމީ ކުނިގޮނޑުފަހުލަވާނު.
ބަލާފަވެސްޖަހާ ގަމާރެ އް ވަ އްތަރު
މިކަހަލަ ހަޔާތްކުޑަ މީހުން ލާދީނީ ޕާޓީގެ ރީނދޫ ޓައީއަޅައިގެ ވާނުވާނޭނގޭ މީހުން ހައްތަހާވެސް.
31 އަހަރު ފަހުން ހުސެން އާދަމް އެނގުނު ކަމުގެ މަ އްޗަށް ހަމްދު ކުރަން. ގަމާރު