އެސްޓީއޯގެ ނަމުގައި އާއްމުންގެ ފޯން ނަމްބަރު ތަކަށް ގުޅައި، ޕްރޮމޯޝަނެއްގެ ނަމުގައި ފައިސާ ހޯދަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ ނަމުގައި އާއްމުންގެ ނަމްބަރުތަަކަށް ގުޅާ މީހުން ބުނަމުން ދަނީ، އެސްޓީއޯ އެނިވާސަރީ ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކި ނަމްބަރުތަކަކަށް ރީލޯޑްކޮށް ފައިސާ ޖަމާ ކުރުމަށް އެދެމުންދާ ކަމަށެވެ.
އެ ކުންފުނިން ބުނީ، ކަސްޓަމަރުން ރީލޯޑްކޮށްގެން އިނާމު ލިބޭ ފަދަ ޕްރޮމޯޝަނެއް އެއްވެސް އިރެއްގައި އެ ކުންފުނިން ހިންގާ ކަމަށެވެ.
"ވީމާ މިފަދަ ފޯން ކޯލްތަކަށް އާއްމުން ސަމާލުވުމަށް މިކުންފުނިން އިލްތިމާސް ކުރަމެވެ". އެސްޓީއޯން ބުންޏެވެ.
ކީއްވެބާ މީހުން އަދިވެސް މި މަކަރުގައި މި ޖެހެނީ؟