ގިރިފުށީގައި ތަމްރީން ހަދަމުން ދިޔަ ދިވެހި ސިފައިން ޖެހި ވަޒަން އެރީ ސަފާރި ތެރޭގައި ސެލްފީ ނަގަން ހުރި ފިރިހެން ފަތުރުވެރިއެއްގެ ކަރަށް ކަން އެނގިއްޖެއެވެ.
"އީގަލް ރޭ" ނަމަކަށް ކިޔާ އެ ސަފާރީގެ ތިން ވަނަ ބުރީގެ ޑެގު މަތީގައި ސެލްފީ ނަގަން މި ފަތުރުވެރިޔާއެކު އިތުރު ފަތުރުވެރިންތަކެއްވެސް ތިއްބެވެ. އެ މީހުންނަކީ މިއަދުގެ ވަގުތެއްގައި އެ ސަފާރީއަށް އެރި ބައެކެވެ.
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެ ފަތުރުވެރިޔާގެ ކަރުގެ އެއް އަރިމައްޗަށް ވަޒަން އެރުމާއެކު، އޭނާގެ ކަރުން ވަރަށް ބައިވަރު ލޭ ފައިބަމުން ދިޔައެވެ. އޭނާގެ ކަރުން ފައިބަމުންދިޔަ ލޭ މަނާ ކުރުމަށް ހަރަކާތްތެރިވެފައި ވަނީ އެ ސަފާރީގައި އެ ވަގުތު ހުރި ދެ ޑޮކްޓަރެކެވެ.
އެ ހާދިސާ ހިނގިއިރު އެ ސަފާރީ އޮތީ ގިރިފުށީގެ ހުޅަނދު ދެކުނު ފަޅީގައެވެ.
ޖަރުމަން ވިލާތަށް ނިސްބަތްވާ އެ ފަތުުރުވެރިޔާއަށް ފަރުވާ ދިނުމުގެ ގޮތުން މިހާރު ވަނީ ޓްރީ ޓޮޕްއަށް ގެންގޮސްފައެވެ. އެ މީހާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
ހާދަ ދެރައޭ ?
މީ މި ސްޓޭކެއް ނޫން މީ އިންތިހާ ފަރުވާ ކުޑަކަން. ބަަލަންވާ ވަރާ ގާތަށްވެ ސް ނުބެލުން.
ނޯޓިސް ނެރެފަ އޮއްވަ އެ ރޭންޖުން ދަތުރު ކުރުން އެއީ މައްސަލަ އަކީ.
މަޖްލީހުން ބަލަންޖެހޭ މައްސަލައެއް މީ
މަޖުލިސް އިން ބަލަން ނުޖެހޭ މައްސަލަ އަކީ ކޮބާ؟
މާރިޔާ އިސްތިއުފާ
އެކަމު އެމް އެން ޑީ އެފުން ބުނި ވަޒަން ދިޔައީ ކަިރިން ލާފައޭ..ހޭކިލާފައޭ.
ތި ފަތުރުވެރިޔާ ތި ސަލާމަތްވީ މަރު އެތިފަހަރަކުން! މާރިޔާ ރަގަޅުވާނީ އިސްތިޢުފާދީފައި ގޭގައި އޮތިއްޔާ!
މާރިއާ އިންޑިއާއިން އާދޭސް ދަންނަވައިގެން ވަޒަން ގޯނި ގޯނިން މިގެނައީ މިކަމުގަ؟ އިންޑިއާއިން އެއެއްދިންތާ އަދި ނުވޭ 12 ގަޑިއިރު. އެދުއްވާލީ ފަތުރުވެރިއެއްގެ ކަރުގެ ފޫ..
އެމްޑީއެން އުވާލާ
ކޮބާ ތޯ މަޖިލިސް ޕްރިންސިފަލް ގަރާރެއް ވައްދާލަން ވީނޫންތޯ؟ ޖަޒީރާ ހޮޅުއަށީ ދަށުން ވަރަށް ގަރާރެއް ވަންނާނެމިވަގުތު
ހަމަހިނި އަންނަނީ
އަނިޔާވެރި ވެރިކަމެއް
ސުބުހާނަށްﷲ
ކީކުރާނީ މިއީމިގައުމުގެ ހާލަތު ހާދަދެރައޭ ދޯ ޔާﷲ މިއަނިޔާވެރިވެރިކަމުން އަޅަމެންސަލާމަށް ކޮއްދެއްވާށީ އާމީ
މީގެ ކުރިން ގެއެއްގެ ކުޑަދޮރު. މިހާރު މީހެއްގެ ކަރު ކައިރީ ވަޒަން ފިރުމާލާފަދިޔައީ. ދެން ފަހަރަކުން ކިހިނެއްވާނެބާ؟
މިއަށްވުރެވަކިން އަނިޔާވެރި ސަރުކާރެއް އޮންނާނެތޯ ފަތުރު ވެރިންނަށްވެ ސް ރަށްކާތެރިކަމެއްނެތް
ނޯޓިސ ސް އެއް ނެރުމަކުން ނުފުދޭނެ މިކަހަލަ ކަންތަކުގަ އެއް.
އެމް އެން ޑީއެފް އިން އެ ހެދީ ކަނޑައެޅިގެން ދޮގު، އެއީ ހަމަ ދުރު ރޭންޖަކުން އައި ޑައިރެކްޓް އުންޑައެއް ،ވަރަށް ޒިންމާދާރު ކަން ކުޑަ ޖަވާބެއް ތި ދިނީ ،ވަރަށް ދެރަ ، ކުށެއް ކުރެވުމުން ކުށުން ބަރީއަ ވުމެއް ނޫން ރަނގަޅު ގޮތަކީ، މައާފަށްއެދި އިސްލާހުކުރުން.
ޤައުމުގެ ކަންކަން މިދަނީ ގޯހުންގޯހަށް. ހަމައާ އަދުލު ގެއްލި ހިތަށް އެރިހާ އެއްޗެއް ހަދަމުން މިދަނީ. ތިވަރުކަންކަން ނުގިގަ ނުދާނެ މިހިސާބަށް ކަންކަން ދިއުމުން.
މައްސަލައަކީ، ނޯޓިސްއެއްނޫން، ހޭބަލިވެގެން މިޔޮށް ކުޑަކުޑަ ޤައުމުގަ، ވަޔަށް، ފަޒާޔަށް، ޖަށްވަޢް ބަޑިތަޅާތީ!
މޯޑީ މާގިނައިން ތި ވަޒަން ހަދިޔާ ނުކޮށްބަލަ ތި ވަޒަންތައް މުޅި ރާއްޖެ ވަށައިގެން އުދުހެނީ. ފަތުރުވެރިޔަކުވެސް ހޭ އަރުވާލައިފި. މާގިނަވީމަ ޖައްވަށް ފަޒާއަށް ޖަހަނީ
އެއޮތީ ނޮކުވެފަ އަވަހައް ރިވައިވްކުރޭ
މި ވެރިކަމުގަ ހާދަ ސުންޕާކަންތައް ގިނައޭ.
ކަލޯ މީ ސުންޕާކަންބޮޑު ލާދީނީ ސަރުކާރެއް ނުވާނެ ރަނޅުކަމެއް، ދީނާއި ކުޅެގެން ކުރިންވެސް ފެއިލްވެ ވެއްޓުނީ، މިފަހަރު އޮތީ ދެހާންދާނު ތެރޭގައި ނެރު ޒުވާބާއި ކޯޅުން.. އެއަށް ފަހު ކޯލިޝަން ހަލާކުވެ ސަރުކާރުން ފެކްޝަން ވެދާނެ،
ގިރި ފުށީގައި ތިބެގެން ސިފައިން ތިކަހަލަ ތަމްރީން ހަދާނަމަ އެސަރަހައްދުގައި ޓޫރިސްޓުން ގެންގުޅެގެން ތިކަހަލަ ކަމަކުންލިބޭ ގެއްލުމުގެ ޒިއްމާނަގަން ޖެހެނީ ކޮންބައެއްބާ؟ﷲ ގެ ހެޔޮރަހުމަތްފުޅުން މިފަހަރު ފުރާނަ ނުދިޔަސް އޭނާ އަށްލިބުނު ނަފްސާނީ ،ޖިސްމާނީ ގެއްލުމުގެ ބަދަލު ދޭން ވެސް ޖެހިދާނެ! ކަމެއްވީމާ ދެންތިހޭވެރިކަންވަނީ! މިއީ އެޒަމާނެއްނޫން! ޥަޒީރުކަމަށްވެސް އިސްވެތިބެނީ އަޚުލާގީމިންގަޑުން ބޭރުވެފައި ތިބި މީހުން!
އިންޓަރނޭޝަނަލް ކޯޓެއްގައި މައްސަލަ ފައިލްކުރަންވީ. މީ އަލަކަށްވާ ކަމެއްނޫން. ބުއްދިއެއްނެތް ބަޔަކަށް ހަތިޔާރު ލިބުނީމަވާގޮތަށް މިވަނީ.!
ސަރުކާރު މާބޮޑަށްވެސް ފޭލްވެއްޖެއެވެ އަވަހަށް އިސްތިއުފާ
ދިނުމަށް ގޮވާލަން. ރާއްޖެ މިދަނީ ކަސިޔާރުވެން. މުއައްސަސާ ތަކުގެވެރިންނަށް އެތަންތަން ކޮންޓްރޯލްނުކުރެވޭ
ނަމަ މަގާމުން ދުރުކުރޭ. މޑޕ ގެ އެކްޓިވިސްޓުން އެއްކައި
ކުރޭ. ނަސީދުގެ އައުވާނުން ދުރުކުރޭ.
ޖަޒީރާ ރާއްޖެ ހާދަ ބިރުވެރިޔޭ
އެދިނީ އޮޅުމަކުން ނަމަވެސް ޓެރަރިސްޓް ހަމަލައެއް، އެހެން ބަޔަކު ކުރި ކަމެއްނަމަ ހީވާނެ ކުޅި މިރުހޭ