ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ކުރެވިފައިވާ މަނީ ލައުންޑަރިންގ ތުހުމަތަށްފަހު، އެމަނިކުފާނަށް ހުކުމް އަންނާނެ ގޮތެއް ބެލުމަށް ސުޕްރީމް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމަށް ގުޅައި ނުފޫޒު ފޯރުވި ކަމަށް ބުނާ މި ސަރުކާރުގެ އިސް ބޭފުޅުންގެ ނަންތައް ހާމަކުރުމަށް އެމްޑީޕީގެ ޗެއާޕާސަން، އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިގޮތަށް ވިދާޅުވީ، ހައިލަމް ރޭ ނެރެފައިވާ ނޫސް ބަޔާނާއި ގުޅިގެންނެވެ. ހައިލަމްއަކީ ރައީސް ޔާމީންގެ އެ މައްސަލަ ބައްލަވަމުން ގެންދެވި ގާޒީއެވެ. ނަމަވެސް އޭނާ މިހާރު ވަނީ ސަސްޕެންޑްކޮށްފައެވެ.
ހައިލަމް ރޭ ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، ރައީސް ޔާމީންއަށް މަނީލޯންޑަރިންގ ތުހުމަތު ކުރެވުނު ހިސާބުން ފެށިގެން ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިބި އެކި ފަރާތްތަކުން ސީދާ ގޮތުންނާއި ނުސީދާގޮތުން އޭނާ އަށް ގުޅައި އަދި ގާތް މީހުން މެދުވެރިކޮށް ނުފޫޒު ފޯރުވިދާނެ ކަމަށް ހިތާ ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
"އަދި މި މަސައްކަތް އެންމެ ބޮޑަށް ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުރައްވާފައި ވަނީ މި ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހާއި ހަތަރު ވަނަ ދުވަހުއެވެ". ހައިލަމް ނެރުނު ބަޔާނުގައި ވެއެވެ.
ހައިލަމް ވިދާޅުވީ، ސަރުކާރުގެ ވަރަށް އިސް މަގާމުތަކިގައި ތިބި ފަރާތްތަކުން އޭނާއަށް ސީދާގޮތުން މެސެޖްކޮށްގެންނާއި ގުޅައިގެންނާއި އަދި އޭނާ ދަންނަ މީހުން މެދުވެރިކޮށް ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކުރާނެ ކަމުގެ ކަށަވަރުކަން ދިނުމަށް އެދުނު ކަމަށެވެ.
ހައިލަމްގެ މި ބަޔާނުގެ ފޮޓޯތައް ހިއްސާ ކުރަމުން ހަސަން ލަތީފް މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ، އެހެން މީހުންގެ ބޮލުގައި އިލްޒާމް ނާޅުވާ ސަރުކާރުގެ މަތީ ބޭފުޅުން ނުފޫޒު ފޯރުވިކަމަށް ބުނާ ކަމުގައި ވާނަމަ އެމައްސަލަ ހުށައަޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ މީހުންގެ ނަންތައް ހާމަކުރުމަށް އެދޭ ކަމަށެެވެ.
Gaazee Hailam, sarukaruge huriha beyfulhunge isthashifukhugai thiya ilzam naalhuvvaa, nufoozu foaruvi kamah vidhaalhuvanya ekan kurevvi beyfulhunge nanthah haama kuravvaa adhi emassala hushahalhuvvaa. pic.twitter.com/zKAgjMnBbz
— Hassan Latheef🎈 (@HassanLatheef) November 8, 2019
"ގާޒީ ހައިލަމް ސަރުކާރުގެ ހުރިހާ ބޭފުޅުންގެ އިސްތަށިފުޅުގައި ތިޔަ އިލްޒާމް ނާޅުވާ، ނުފޫޒު ފޯރުވިކަމަށް ވިދާޅުވަންޔާ އެކަން ކުރެއްވި ބޭފުޅުންގެ ނަންތައް ހާމަ ކުރައްވާ އަދި އެ މައްސަލަ ހުށައަޅުއްވާ" ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ހަސަން ލަތީފް މިގޮތަށް ވިދާޅުވިިއިރު، ރައީސް ޔާމީނަށް ޖަލު ހުކުމެއް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ސަރުކާރުން އެދުނު ކަމަށް ބުނާ މައްސަލަ ސީރިއަސްކޮށް ބަލަންޖެހޭކަމަށް ބައެއް މަޖިލީސް މެންބަރުންނާއި، އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ކަލޭގެނަން އެއްމެކުރީގައޮތީ.. ދެންއޮތީ ނަޝީދާ ހިސާނާ ރިފްއަތު.. އޭގެފަހަށް އިބުރާހިމު.. ނަންތައް ހާމަކުރުމުން ކަލޭމެން އެއްބަސްވާނަންތަ ނުފޫޒުފޯރުވިކަމަށް ރޔާމީންގެ ހުކުމަށް.. ކަލޭމެންގެ ނުފޫޒުން ފުރިހަމަނުވާ ތަހުގީގަކަށް ޝަރީއަތެ ޕޖއިންކުރީވެސް. އެއްބަސްވާނަންތަ.. ބާރެމިއަދުލިބިފައޮތީމަ މާދަން އާރެނެތްބަޔަކަށް ތިމާމެންވެދާނެކަން ހިތަންއަރާތަ.. ރައްޔިތުންގެ ޙަޒާނާއިން ނަހަމަގޮތުގަ ބޭނުންކުރިކަން އޮޑިޓްރިޕޯޓުން ފެންނަންއޮތްމީހެ ކަލެއަކީ ޒިންމާ އުފުލަންކެރޭނެތަ.. މަރުމޯލުންތަކާ..
ރައީސް ޔާމީނުގެ ށަރީއައް ލައިވްކުރީމާ ހަރުވާޅުބޭލުނުފަދައިން ތިއުޅެނީ އަނެއްކާ އޮރިޔާންވާން
ބަލަ އަދިވެސް ކަލެޔަކައްނޭންގޭތަ ނަމެއް އެއޮއްކިޔަނީ ތީވީތަކުންވެސް އަދިނުވިތާކައް އެއޮތީ އެއްބަސްވެފަ ޢާސީ ހައިލަމްއައްގުޅިކަމައްވެސް މިވަރުވާއިރު ކަލޭތިހިރީ މިޤައުމުގަތަ
ހަސަނާ އިބުރާހީމާ ބުނެގެން އަލިއްޕި ގުޅިކަމަށް އަމިއްލައަށް އިއުތިރާފް ވެއްޖެ
ނަން ހާމަ ކުރަން ނުކެރެނޭކަމަށްތަ ތިޔަހެން ތިގޮވަނީ!
ޔާމީނަށް އެންމެ ބޮޑަށް ނަފްރަތު ކުރި ތިންމީހުން އެތިބީ ޖޭއެސްސީގައި، ނަށީދު، ހިސާނު، ރިފްއަތު އަދި މަސްތޫރު އަކީ އެޓީމުގެ މީހެއް. ފުރަތަމަ ޖޭއެސްސީ ނޫންތޯ ސާފް ކުރަންވީ! އިންތިޔާޒް ފަހްމީ ހަމަޖައްސާފައި އޮތްތަނަކަށް ކުއްލި ގޮތަކަށް އެހެންމީހަކު ހަމަޖެއްސީ ކޮން ސަބަބަކާ ހެދީތޯ.
މިސްކިތުހުޅުޖެހިމީހާ ބުނީ " މަށޭ އެބަކިޔާތަ؟" ރަ އްޔިތުންގެ ފަ އިސާގަ ޖެޖިފަހުރިވަސް މަގުމަތިންދާ އިރުވެސް ދުވާމީހުން ހޮރުހޮރުގަތިބެ މާނޫންކަމަ އް ހެދެން ވަ އިޓްވީޓްތަ އްކުރިޔަސް ޔަގީންވާކަމަކީ ފަޅާއަރާ ނޭޒާރުވާނެ ދުވަސްް އޮތީވމާދުރުގަ ނޫންކަން . އިންތިޒާރުކޮށްލާ!!
ކަލޭ އަޑުއަހަން ހުންނާތި! ދާދި އަވަހަށް ހާމަވާނެ! މިއަދު ރައްޔިތުންނަށް ކަށަވަރުވިކަމަކީ ރައީސް ޔާމީން ޖަލަށްލިޔަސް ލާނީ ބާރު އޮތީތީ އެ ބާރު ބޭނުންކޮށްގެންކަމެވެ. ޔާމީންގެ މައްޗަށް ކަލޭމެން ސާބިތުކުރަން އުޅުނު އެއްކަމެއްވެސް ޤާނޫނުގެ އިމުގެތެރެއިން ސާބިތު ނުވި ކަމެވެ. ޝަރީޢަތް ލައިވްކުރިއިރު ބެލި އެންމެންނަށްވެސް މިކަން އޮތީ ޔަޤީންވެފައެވެ. މާތްﷲގެ ބާރުފުޅު ކަލޭމެންގެ ރޭވުންތެރިކަމަށްވުރެ ގަދަފަދަ އެވެ. ވެރިކަން ވެއްޓންވެސް ދާދިކައިރިވެއްޖެއެވެ.
މިސްކިތް ހުޅުޖެހިމީހާ ހެދެނީތަ. ކުރު ހަސަނާ.
ގާޒީ ހައިލަމަށް ނޫފޫޒު ފޯރުވި ބޭފުޅުންގެ ނަންތައް ހާމަކުރޭ - ހަސަން ލަތީފް
19 ގަޑިއިރު ކުރިން ( ނޮވެމްބަރު 8, 2019 )
މިސަރުކާރުން ޔާމީން ޖަލަށްލާން އެދި ހައިލަމްއަށް ނުގުޅާނެ: މަހްލޫފު
17 ގަޑިއިރު ކުރިން ( ނޮވެމްބަރު 8, 2019 )
ޔާމީނުގެ ޝަރީއަތަށް މަހުލޫފް ނުފޫޒް ފޯރުވާކަމުގެ ތުހުމަތު!
15 ގަޑިއިރު ކުރިން ( ނޮވެމްބަރު 8, 2019 )
ކަލޯ އަދިވެސް ބޭނުބްތަ؟