ގައުމީ ވާޖިބު އަދާނުކުރާނަމަ ފިތުނަވެރިކަން އުފެދި ސުލްހަ މަސަލަސްކަން ގެއްލިދާނޭ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވިދާޅުވެއެއްޖެއެވެ.

ދިވެހި ޖުމްހޫރިއްޔަތަށް 52 ވަނަ އަހަރު ފުރުމުގެ ޝަރަފުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ގައުމުގެ މުސްތަގްބަލް އުޖާލާކޮށް ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް ކޮންމެ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އެމީހެއްގެ ބޮލުގައި އެޅިފައިވާ ޒިންމާތައް އަދާކުރުމަކީ ކޮންމެ ފަރުދެއްގެ ބޮލުގައި އެޅިފައިވާ ފަރުދީ ޒިންމާއެއް ކަމަށެވެ.

ދިވެހި ޖުމްހޫރިއްޔަތަށް އާ އަހަރެއް ފުރިގެން ދާއިރު ޖުމްހޫރީ އެކި ކަންކަމުގެ ވައްޓަފާޅިއާއި ނަޒަރިއްޔާތާއި މެދު ފުންކޮށް ވިސްނާ ފިކުރުކޮށް ދިވެހި ޖުމްހޫރިއްޔާގެ މުސްތަގްބަލް އުޖާލާ ކުރުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ބޮލުގައޮ އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ބައެއް ސިޔާސީ ބޭފުޅުން ބުނާ ގޮތުގައި ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންނާިއ ހިސާބުން ފެށިގެން އަންނަ ވެރިކަމެއް ކަމަށާއި ޖުމްހޫރީވެރިކަމެއް ގާއިމް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"ޖުމްހޫރީ ވެރިކަމެއްގެ މިލްކް ވެރިންނަކީ ރައްޔިތުން، ލޯތްބާއި މަންފާވެސް ލިބެން ޖެހޭނީ ރައްޔިތުންނަށް" އިމްރާން ވިދާޅުވިއެވެ.

ޖުމްހޫރީ ވެރިކަމެއްގެ މައިގަނޑު އަސާސަކީ ރައްޔިތުން ކަމުގައި ވާއިރު، ވެރިންގެ ފަރާތުން ދޭން ޖެހޭ ހިދުމަތްތަކުގެ ފަދައިން ވެރިކަން ދެމެހެއްޓުމަށްޓަކައި ރައްޔިތުން ކުރަން ޖެހޭ ކަންތައްތަކެއް ވެސް ހުންނާނޭ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"އިންސާނީ މުޖްތަމައުއެއްގައި ލިބެން ޖެހޭ ހަމަޖެހުން އޮންނާނީ ފަރުދުންނަށް ލިބެން ޖެހޭ ހައްގުތަކާއި އެއްވަރަށް ރައްޔިތުންގެ ޒިންމާތައްވެސް ފުރިހަމަ ގޮތުގައި އަދާކުރެވިގެން" އިމްރާނު ވިދާޅުވިއެވެ.

ގައުމީ މަސްލަހަތު ރައްޔިތުންނަށް އިސްނުކުރެވޭނަމަ ގައުމުގައި ސުލްހަ މަސަލަސްކަމާއި އަމްނަ އަމާންކަން ގާއިމް ކުރުމަށް ދަތިތަކެއް ދިމާވާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއަށް ފަޙުރުވެރި ރީތި ނަން ހޯދާދިން އެންމެންނަށް މިނިސްޓަރ ވަނީ މި ޖަލްސާގައި ޝުކުރާއި މަރުހަބާ ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މަޖޫދި

    އިމްރާނާ މސ ހަމީދު ވާޖިބު އަދާކުރުމުގެ އެންމެ ފުލުގައިތިބީ. އެހެންވީމަ ދިވެހި ރައްޔިތުން ނުކުމެ ގައުމުގައި ފިތުނަ އުފައްދާ ބޮޑުން މަގާމުން ދުރުލުރަމާބަހީ.

  2. ޢަޒްލާ

    ކަލޭ މޮޔަނުގޮވާ އިސްލާމް ދީނުގެ ކަންފުޅެއްވެސް ހުރިނަމަ ހޯމްމިނިސްޓަރު މިހާރ އިސްތިއުފާ ދެއްވާނެ

    37
  3. މުހައްމަދު

    ސުބްހާނަﷲ ހަމަތެދެއްތޯ ބޭފުޅާގެ ދުލުގަކަށިހުރޭތޯ ނޫނީ ތުރުކުރަށްފައި ހުރި ކޯޓުގެ އަގުބޮޑީތޯ ؟ އަހަރެމެންގެ ދީނަށް އިހާނެތިކޮށް އެތަށްގޮތަކަށް ކުރަމުންގެންދާމީހުން ފިލުވާފަ ދީނުގެ ދިފާއުގަ ތެދުވާމީހުން ފިރުއަނުގެ ޖަލަށް ލާފަދައިން ލައިގެން އެމީހުންނާއި އާއިލާތަކަށް މުސީބާތް ކުރިމަތިކުރުވާފަ ދެން ކޮންވާހަކައެއް ދައްކާކަށް އެމީހުންގެ ބަދު ދުއާތަކުން ތިބާޔާ ތިބާގެ ޖާހިލުބައިވެރިން ބަލިކުރައްވާ ނިކަމެތި ކުރައްވާނެކަން ދަންނާތި ތީމިހާރު ބޮޑު ކެހިވެރި މަކަރުވެރި ދޮގުވެރިއެއް ތިޔަޖަހާމަތި ދެން ބާރެއް ނުކުރެވޭނެ ހެހެހެހޭ

    15
  4. Anonymous

    ކޮބާ ތޯ އަޅުގަނޑުމެން މުސްލިމު އުންމަތަށް އަދާކުރަންޖެހޭ ވާޖިބު ތައް؟ ހަމައެކަނި ގައުމީ ވާޖިބު އަދާ ކުރުމުން ނިމުނީތޯ

    15
  5. ސޭކު ޢިމްރާނު

    ދީނީ ވާޖިބު އަދާނުކޮށް ކޮން ޤައުމީ ވާޖިބެއްގެ ވާހަކަ މީއްޗަކު މިވީދެނީ، އަމިއްލަ އެދުމާހެދި ލަދު ޙަޔާތުގެ ކަންފުޅެއްވެސް މިއާލާތުންގެ ނެތޭ ކޮންފަދަ މުޞީބާތެއްތަ މީ

    14
  6. ދަރި

    މަނިކުފާނުގެ މިނިސްޓަރުކަމުގައި ގައުމަށް ދެއްވި އެންމެ ބޮޑު ގެއްލުމަކީ ދިވެހި ގައުމީ ދިދަ އާއި ބެހޭ އުސޫލު އުވާލުން މިއަށް ވުރެ ބޮޑު ގެއްލުމެއް ގައުމީ ވާޖިބު އަދާ ކުރުމުގައި ދެވިދާނެތޯ .. ދިވެހި ގައުމީ ދިދަޔަށް ހުރުމަތެއް ނެތް މީހަކީ ދިވެއްސެއް ކަމަށް އަހަރެން ގަބޫލެއް ނުކުރަން

    12
  7. ބިޖޫ

    ގައުމު ހަލާކު ކުރި ލަނޑިސޭހް އިމްރާން އަބްދުﷲ ދުފާއެއްޗިއްސޭ ނުވީދިބަލަ މިގައުމު ހަލާކުކޮއްފަ

    12
  8. ފައިޒަމް

    ފިތުނަފަސާދަ އުފައްދަންޖާގަ ދެނީ ތިބޭފުޅާ ދެންކޮންވާހަކައެއްތޯ ތި ދައްކަވަނީ ފިތުނަވެރިކަން ފަތުރާފަ

  9. އިހަވަންދޫ ރައްޔިތެއް

    "ގައުމީ ވާޖިބު އަދާނުކުރާނަމަ ފިިތުނަވެރިކަން ފެތުރިދާނެ" ގައުމީ ވާޖިބަކީ ﷲއަށާއި ރަސޫލާއަށް ފުރައްސާރަކުރުންތޯ. ނޫނީ ގައުމީ ވާޖިބު ދަސްކޮއދެންވަންވީނޫންތޯ. މީސްތަކުންނަށް އެބައޮޅޭ މިހާރު