ޑައިވިން އަށް ގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ.

ޑައިވިން އަށް ގޮސް އުޅެނިކޮށް މަރުވެފައި ވަނީ ފަތުރުވެރިއެކެވެ. ފަތުރުވެރިޔަކު މަރުވެފައި ވަނީ ފުވައްމުލައް ކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށެވެ.

މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު 08:30 ހާއިރު އެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ 25 އަހަރުގެ ޗައިނާ ފިރިހެނެކެވެ. އޭނާ މަރުވީ ޑައިވް ކުރުމަށް ފަހު ދޯންޏަށް އެރި ފަހުންނެވެ.

މިހާދިސާ އާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.

ޑައިވް ކުރަން ރާއްޖެ އަންނަ ފަތުރުވެރިންގެ މެދުގައި ފުވައްމުލަކަކީ މިހާރު ވަރަށް މަގުބޫލް މަންޒިލެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަބީބު

    ތީވަރައް ނުރައްކާތެރި ޒޯނެއް ޑައިވްކުރަން ކަމުދާ ތަނެއްނޫން

    11
    5
  2. ވަޒީރެއާލާ

    ޑައިވް ކުރި މީހަކު މަރުވެއްޖެ. ދަންޖެހިގެން ކުއްޖަކު މަރުވެއްޖެ. ޕިކަޕެއްކޮންޓްރޯލްނުވެ ތިންޕިކަޕާ ދެސައިކަލް ފުނޑާލައފި. ކާރެއްކޮންޓްރޯލްނުވެ ގަހަކަށްއަރައިފި. މަސްބާނަން ދިޔަ ފަތުރުވެރިއަކު މަރުވެއްޖެ. ކެމިކަލްގުދަނެއްގަރޯވެ 10ގެ އަނދައިފި. ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް އަލިފާން ރޯވެ ލޯންޗާއި ބައުޒަރުތައް އަނދާފި. ޑިންގީއެއް ބަނޑުންޖަހާލާ އެއްއާއިލާގެ އެތައް ބަޔަކު މަރުވެއްޖެ. މިހެންކިޔާނެކަމެއްނެތް މިސަރުކާރު އައިފަހުން މިކަހަލައެތައް އެތައް ހިތާމަވެރިކަންތައްތަކެއްހިނގާފި. ނުވިތާކަށް މާތްﷲ އާއި އެކަލާންގެ ރަސޫލާއަށް ފުރައްސާރަކޮށް ހަޖޫޖަހައިފި. ރައީސް ސޯލިހު ވިދާޅުވީ މީވަރަށް ކާމިޔާބު އަހަރެކޭ.

    6
    1