ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ބޭރުގެ ޤައުމުތަކާ ދެމެދު ފާހަގަކޮށްލެވޭ ވަރުގެ ބަދަހި ގުޅުންތަކެއް އެކުލެވާލެވިފައިވާ ކަމަށާއި، މި ގުޅުންތަކުގެ ތެރެއިން ބޭރުގެ ޤައުމުތަކުން ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު ވިދާޅުވެފައިވާ ކަމަށް ރައީސްގެ ތަރުޖަމާނު، އިބްރާހީމް ހޫދް ވިދާޅުވެއްޖެއެވެ.
ހޫދު ވިދާޅުވީ ބޭރުގެ ޤައުމުތަކާ އެއްކޮށް ބާއްވާ ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ފާއިތުވެދިޔަ އަހަރުގެ ތެރޭގައި ކުރެވިފައިވާ ކަމަށާއި، އެގޮތުން ކުރެވިގެން ދިޔަ މަސައްކަތްތަކުގެ ތެރެއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ޞޯލިޙުގެ ތަރުޖަމާނު އިބްރާހީމް ހޫދު، ރައީސް ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރޭ ދެއްކެވި ވާހަކަފުޅު އިނގިރޭސި ބަހަށް ތަރުޖަމާ ކުރައްވައިގެން ކުރެއްވި ޓުވީޓުގައި، ހިލޭ އެހީ ލިބިވަޑައިގަތީ ކޮން ކޮން ޤައުމުތަކަކުން ކަން ހާމަކޮށްފައެއް ނުވެއެވެ.
ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައީސް ޞޯލިހު ވަނީ ވަރަށް ގިނަ ރަސްމީ ބޭރު ދަތުރުފުޅުތައް ކުރައްވާފައެވެ. ދާދިފަހުންވެސް ރައީސް ޞޯލިހު ވަނީ ހަފްތާއެއްހާ ދުވަހަށް ޖަޕާނަށް ދަތުރުފުޅެއް ކުރައްވާފައެވެ. ރައީސްގެ އިތުރުން ސަރުކާރުގެ މުހިއްމު ވަޒީރުންވެސް ދަނީ ބޭރުގެ ޤައުމުތަކަށް ގިނަގިނައިން ވަޑައިގަންނަވަމުންނެވެ.
ބޭރުގެ ޤައުމުތަކުން ސަރުކާރަށް ލިބޭ ހިލޭ އެހީތައް އިތުރުވެފައިވާ ކަމަށް ސަރުކާރުން ބުނާއިރު، މިއަންނަ އަހަރަށް ސަރުކާރުގެ ފަރާތުން ވަނީ ރިކޯޑު އަދަދެއްގެ ބަޖެޓެއް ހުށަހަޅާފައެވެ. 38 ބިލިއަން ދިވެހި ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައި އޮތްއިރު، ޤައުމުގެ ދަރަނިތަކަށާއި، އެކިއެކި ކުންފުނިތަކަށް ބަދަލުދޭން ޖެހުމުގެ ސަބަބުން ބަޖެޓުގެ ބޮޑުބައެއް އެކަންކަމަށް ޚަރަދުކުރަން ޖެހިފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.
އެހެންވިއްޔާ މިހާރު ވަސްވެސް ނުހުންނާނެ! ތިބޭނީ ދިރުވާލައިގެން! ކޮބައި ބްރިޖް ކުންފުނިން މިހާރު ކިތައް ބުރިޖު އަޅާ ނިންމާފިތަ؟
ރައީސް ކޮބާ ރުފިއާ ތައް، ބައި ކުދިންނަށް ބަހާލީ ދޯ ....
ލޮލައް ނުފެނޮނަ ހިލޭ އެހީ ދޯ
ދެން ކޮބާހޭ ތި ލިބުނި ފައިސާ ވީތަނެ ހެދިގޮތެއް ބުނެބަލާށޭ؟ އިބޫ މިހާރުން މިހާރަށް އިސްތިއުފާ ދޭންފެނޭ ހުވާ މިބުނީ
އަވަހަށް ދިރުވާލާ
ތިޔަފައިސާތައް ވެއްދީ ކޮންތާކަށް. 32ބިލިއަންރުފިޔާގެ ބަޖެޓެއް ރައްޔިތުންނަށ
ތިޔަފައިސާތައް ވެއްދީ ކޮންތާކަށް. 32ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންނަށް އެއިން އެއްވެސް ކަމެއްނުކޮށްދީ ޕާޓީ މީހުނަށްދީހުސްކޮށްފި.
އެހީ އަކީ ފަޚުރުވެރިވާންޖެހޭ ކަމެއްނޫން. ތި އެހީއަށްވުރެ ބޮޑު ޚަރަދު އެހީ ހޯދަން ކޮށްފި. އަމިއްލަ އަށް މަސައްކަތްކޮށްގެން ދިރިއުޅޭ ޝަރަފުވެރިބަޔަކަށް ދިވެހިން ވާންޖެހޭ. އަބަދު ސަލާންޖަހާކަށް ނުޖެހޭނެ. ތި އެހީ އަކީ އަޅުވެތިވުން. ތީ ކަންމަތީ ފިހާރައަށް ސަލާންޖެހުމަކީ.
ހިލޭއެހީ ދެނީ އިންޓަރެސްޓާއެކު ދަރަނީގެ ގޮތުގައި ދެއްތޯ؟
ހިލޭއެހީ ދެނީ އިންޓަރެސްޓާއެކު ދަރަނީގެ ގޮތުގައި ދެއްތޯ؟
ފައިސާގެ ބަދަލު ކާފަރުން މިގައުމަށް ދޭނެ.. ކާފަރުން އަރާނެ އަދި އެމީހުންގެ ގާނޫނުތައް މަޖިލިސްގެއިން ފާސްކޮށް ކާފަރުންގެ ދީން ދިވެހިރާއްޖޭގައި ގާއިމު ކުރެވެންދެން އެކިއެކި ގޮތްގޮތަށް ހީލަތްތެރި ރޭވުން ރާވައި މަސައްކަތް ހިންގާނެ . ލިބުނު އެހީ ގެ ބޮޑު ބައެއް ގާނޫނުތައް ހެދުމަށް ހޭދަކުރަން ޖެހޭނެ . މިއީ ޑިމޮކުރަސީ ހަރުދަނާ ކުރަން ހަދާ ގޮތްތަކެއް.. މިކަން ނޭގޭނެ މީހަކު މިގައުމުގެ ވެރިކަމުގައި ނުތިބޭނެ. އެހެންވެ ، ޓެރަރިޒަމްގެ ގާނޫންތައް ގާނޫނުގައި ހިމެނިއްޖެ. ރައްޔިތުންގެ ބާރުކަނޑުވައި ފި .